ކުނަހަންދު އަށް ވިއްސާރަވެ، ރަށުގައި ފެން ބޮޑުވެފައި. --ފޮޓޯ: ކުނަހަންދޫ ކައުންސިލް
15 މާޗް 2017 - 20:23
މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ބައެއް ރަށްތަކުގައި ފެންބޮޑުވެ ގެއްލުންތަކެއް ލިބިއްޖެ އެވެ.
އިއްޔެ އިން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރަމުން ދާއިރު ބައެއް ރަށްރަށުގެ ގެތަކަށް ފެން ވަދެ، ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. ގެއްލުން ލިބުނު ރަށްތަކުގެ ތެރޭގައި ގއ. ކަނޑުހުޅުދޫ އަދި ލ. އިސްދޫ ހިމެނެ އެވެ.
ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް ނަޖާހު މުހައްމަދު ވިދާޅުވީ ރޭ ދަންވަރުން ފެށިގެން ހެނދުނު ވަންދެން ބޯކޮށް ވާރޭވެހުނު ކަމަށާއި ރަށުގައި ދެ ފޫޓަށް ވުރެ ބޮޑަށް ފެން ބޮޑުވި ކަމަށެވެ. ނަމަވެސް ސިފައިންނާއި ރަށުގެ ރައްޔިތުން ގުޅިގެން ފެންގަނޑު ހިންދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފެން ވަދެވެގެން ރަށުގެ 17 ގެއަކަށް އެކި ގެއްލުންތައް ލިބިފައިވާކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.
ކަނޑުހުޅުދު އަށް ވިއްސާރަވެ، ރަށުގައި ފެން ބޮޑުވެފައި. --ފޮޓޯ: ކުނަހަންދޫ ކައުންސިލް
ވާރޭ ވެހޭ އިރަށް ފެން ބޮޑުވުމަކީ އާއްމު ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
"ފެންވަދެ، ފަރުނީޗަރު އެއްޗިއްސަށް ގެއްލުން ލިބިފައި ހުރީ. މިހާރު ޕަންޕު ބޭނުންކޮށްގެން ފެން ހިންދާލައިފި،" އާބާދީގައި 932 މީހުން އުޅޭ ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް ނަޖާހު ވިދާޅުވި އެވެ.
އާބާދީގައި 1385 މީހުން ދިރިއުޅޭ އިސްދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ލުތުފީ ވިދާޅުވީ ރެއިން ފެށިގެން އެ ރަށަށް ވިއްސާރަ ކުރަމުންދާ ކަމަށާއި ދެ ފޫޓަށް ފެން ބޮޑުވެފައިވާ ކަމަށެވެ. އަދި އެ ފަންގަނޑު ހިންދައި ގޭގޭގެ ދޮރުމަތީގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ވެސް ކުރަމުން އަންނަކަމަށް އޭނާ ވިދާޅުވި އެވެ.
"ރަށުގެ 10 ގެއަކަށް ފެންވަދެ، ހިފާ ގެންގުޅޭ އެއްޗިއްސާއި ފަރުނީޗަރަށް ގެއްލުން ލިބުނު ކަމުގެ ރިޕޯޓު ލިބޭ،" ލުތުފީ ވިދާޅުވި އެވެ.
މޫސުން ލަފާކޮށް މޯލްޑިވްސް މީޓިއިރޮލޮޖިކަލް ސެންޓަރު (މެޓް) އިން ބުނީ އަންނަ ހުކުރު ދުވަހުން ފެށިގެން މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުށާމު
15 March 2017
މި ކަންތަށް ވެސް ސިޔާސީ ކުރަމާ ބަހީ
މަންސޫރު
15 March 2017
މިކަންތައް ހައްލު ނުކޮށް ހަވާއަރުވާ ނާޗަރަނގީ ކުޅުނީމައި ދެން ސަރުކާރަށް ސަނާ ކިއަންވީތަ؟
ދިސްވޭ
15 March 2017
ވިއްސާރައާ ގުޅިގެން ބައެއް ރަށްތަކަށް ގެއްލުން ވެއްޖެ އެވެ، މީ މިިރާއްޖޭގެ ކޮންމެ ވިއްސާރަ މޫސުމެއްގައި އިވޭ އަޑެވެ. މިކަން ކަން ހަމައަކަށް އެޅޭނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށް ތަކުގެ އަދަދު 10 އަށް ބަދަލު ވެ އަދި އެ 10 ރަށް މާލެ އާއި 10 ކިލޯމީޓަރުގެ ރޭޑިއަސް އަށް ވުރެން ދުރަށް ފެތުރިގެން ނުދާނެ އުސޫލުން މާލެ ސަރަހައްދުގައި އެންމެން ދިރިއުޅެގެން ނެވެ. ކަން މިހެން ހުރުމުން ދެން ވެސް ސަރުކާރުން ބައްލަވަންވީ މިފަހަރު ސައުދީ ރަސްގެފާނު ރާއްޖެ އަށް ކުރަައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރޭން ސައުދީ ފަންޑް އިން 500 މިލިއަން ޑޮލަރުގެ ލޯނެއް މާލެ ސަރަހައްދުގައި 1 ލައްކަ ލަގްޒަރީ ހައުސިންގް ޔުނިޓްސް ތަކެއް އެމްޓީސީސީ އާއި ބިންލާދިން ގްރޫޕް ވެގެން އެޅޭތޯއެވެ. އެއިރުން ދެން ރާއްޖޭގައި މިފަދަ ހިތާމަވެރި ކަންކަން ތަކުރާރު ނުވާނެއެވެ. އެއިރުން ފެން ބޮޑު ވެގެން އުޅެން ނުޖެހޭނެއެވެ.
އަންތަރީސް 8
15 March 2017
ދަރިންނޭ، މިކަމާ ބިރުގަންނާކަށް ނުވޭތަ އަދިވެސް. ޤައުމުގަ ބަލިމަޑުކަމާ ވިއްސާރަޔާ ފަސާދަޔާ މި ދިމާވަނީ އަހަރެމެންގެ އަމަލުތަކުގެ ސަބަބުން. ރަށެއް ވިއްކާލަން އުޅޭއިރު ހަމަ ބަހެއްވެސް ނުބުނެ ހަމަ ތިބެންވީތަ. ކޮބާތަ ބޯފަން މީހުނާ ޑީޑީ ތަކާ ބޮޑުތަކުރުފާނު ވެގެން އުޅުނު އެންމެން. ހަމަ އެކަކުވެސް ނެތި އެންމެން ނެތިފަނާވީތަ. އަންދަލުސް ވެސް ގެއްލުނީތަ.
ވިސްނާ
15 March 2017
ދުނިޔެއަކީ ވަގުތީ މަންޒިލެކެވެ. ވިއްސާރަޔާއި ބަލިމަޑުކަންފަދަ ކަންކަމަކީ މިތާގެ ފިތުރަތެވެ. ފިތުނަފަސާދައިގެ ނުބައިކަން މިދީނުގެ އެތައް އެންގުންތަކެއްގައި ވެއެވެ. މިފަދަ ނޭއްގާނި ކަންކަމުން ދުރުވަމާތޯ