އަޒާން: --- ފޮޓޯ: ނިޝާން އަލީ/ މިހާރު
24 އެޕްރީލް 2025 - 09:51
މާލޭގެ އިމާރާތެއްގެ މަތިން ޒުވާން އަންހެނަކު ވެއްޓުނު ކަމަށް ބުނާ މައްސަލާގައި ރައްޔިތުންގެ މަޖިލީހުން އިންކުއަރީއެއް ހެދުމަށް ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީ އަށް ހުށަހަޅައިފި އެވެ.
ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ އަންހެނަކު ވެއްޓިފައި އޮއްވައި މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ފެނިފައިވާއިރު، އެ މައްސަލައިގެ ތަހުގީގު ފުލުހުން ގެންދާ ގޮތުން ގިނަ ބައެއްގެ ހިތްހަމަނުޖެހުންތައް ވަނީ އަމާޒު ވެފަ އެވެ.
އޭގެ ތެރެއިން، ޒުވާނާއާ އެކު އެންމެ ފަހުން އުޅުނު ފިރިހެންމީހާ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވިއަސް، އޭނާ ރާއްޖެ އިން ފުރުން މަނާކުރުން ފިޔަވައި އިތުރު އެއްވެސް ފިޔަވަޅެއް އަޅާފައިނުވުން ހިމެނެ އެވެ. އޭގެ އިތުރުން، އެ މައްސަލައިގައި ދެން ތިބި މީހުން މަސްތުވާތަކެއްޗަށް ޓެސްޓު ނުކުރުމާއި އެ މީހުންގެ ވަނަވަރު ހާމަނުކުރުން ހިމެނެ އެވެ. އެހެންވެ، މި މައްސަލާގައި ފުލުހުންގެ ތަހުގީގާ މެދު ބޮޑެތި ސުވާލުތަކެއް ދަނީ އުފައްދަމުންނެވެ.
މި މައްސަލާގައި މަޖިލިސް އިންކުއަރީއެއް ހެދުމަށް 241 ކޮމިޓީއަށް ހުށަހަޅެއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާނެވެ.
އިންކުއަރީ ހެދުމަށް އެދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުވި ސިޓީގައި ވަނީ މި މައްސަލާގައި ފުލުހުން އަމަލު ކޮށްފައިވަނީ މިފަދަ އެހެން މައްސަލަތަކުގައި ފުލުހުން އަމަލުކުރަމުންދާ ގޮތާ ހިލާފަށް ކަން ފާހަގަކޮށް ގިނަ ބައެއްގެ ކަންބޮޑުވުން އެކަމުގައި އޮތް ކަމަށެވެ.
އޭނާ ވިދާޅުވީ، ޒުވާނުންގެ ކަންބޮޑުވުން އޮތް މިފަދަ މައްސަލައެއްގައި ފުލުހުން އަމަލުކޮށްފައިވަނީ އެއްވެސް ނުފޫޒެއް ނެތި ޒިންމާދާރުކަމާއެކުގައި ކަން ކަށަވަރު ކުރަން ޖެހޭ ކަމަށެވެ.
އެހެންކަމުން މި މައްސަލާގެ ރިޕޯޓު ފުލުހުންނަށް ލިބުނު ހިސާބުން ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ އިންކުއަރީ ރިޕޯޓެއް ހަދަން އަޒާން ވަނީ އެދިވަޑައިގެންފަ އެވެ.
މި މައްސަލާގައި ފުލުހުން ވަނަވަރު އާންމުކުރުމުގައި ތަފާތު ކުރުންތަކެއް ގެންގުޅޭތީ އާއި ކުށުގެ ވެއްޓާ ގުޅޭ ބައެއް ގޭގޭގެ ނަން ސިއްރު ކޮށްފައިވާތީ، އެ ކަމުގައި ސުވާލުކުރުމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ހާޒިރުކުރުމަށް ވެސް މަޖިލީހަށް އޮތީ ހުށަހަޅައފައިފަ އެވެ.
އެ ސުވާލު ހުށަހަޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
މީކާއިލް ވަނީ މި މައްސަލާގައި ވެއްޓިފައި އޮތް އަންހެން ކުއްޖާއަށް ޖިންސީ އަނިޔާ ލިބިފައިވާ ކަމަށް ތުހުމަތު ކުރެވުނުނަމަވެސް، އާންމުކޮށް އަމަލުކުރަމުން އަންނަ ގޮތާ ހިލާފަށް އެ މައްސަލާގައި ފޮރެންސިކް ތަހުލީލު ކޮށްފައި ނުވާތީ، ސޯޝަލް އެންޑް ފެމިލީ ޑިވޮލޮމްޕެންޓް މިނިސްޓަރު އައިޝަތު ޝިހާމް ހާޒިރުކުރުމަށް ވެސް ހުށަހަޅާއިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
24 April 2025
ކުރާނެކަމެއް ނެތިފަ ތިބިބަޔަކަށް ތިއޮތީ ކުރާނެކަމެއްލިބިފަތާ!!!
އަބްޑޫޅް +
24 April 2025
މިހާރު ކުށުގެ ތަހުގީގު ކުރަނީ ތިޔަ މަޖިލީހުންތަ؟ ކޮބާ ފުލުހުންނާ ފަނޑިޔާރުގެ؟
އަފްރާސިޔާބު
24 April 2025
އެދެތަން އޮތީ ވާގިނެތިފައި އައިސީޔޫގައި. ބޭސްދޭންހުރި ޑރ.އަކަށް ދޭނެ ބޭހެއްނޭގުނު. އަސީޔޫގައި އޮތިއްޔާ އޮތްކަމެއްވެސް ލިޔެދޭންޖެހޭ ބޭހެއްވެސް ހަނދާނަކު ނެތް.
ސާބަހޭ އަޒާން
24 April 2025
މިސަރުކާރު ގެނައުމުގަވެސް އަޒާންގެ ވަރަށް ބޮޑު އެހީތެރިކަމެއް އޮތް، މިހާރު މިސަރުކާރު ހަމަމަގަށް އަޅުވަންވެސް.
ގަނޑުފިއްލަ
24 April 2025
އުހުނ... މަޖިލީހުން އޭނާގެ ފުލް ވީޑިއޯ ހޯދައި ބަލާފަ، އެ ކުއްޖާ ގެނެސް އައުގުރާނަ ކިޔުން ނޫން ކަމެއް ކުރަން އެނގޭވަރުގެ ބަޔަކު މަޖިލީހުގައި ތިބިކަމަކަށް ނުފެނޭ.
އިންކުއަރީ
24 April 2025
މަޖިލީހުގައި އެންމެ ފުރަތަ ދިރާސާއެއް ހަދަންވީ މަގުމަތީގައި ހިތުހުރިގޮތަކަށް އުޅެނީ ކީއްވެތޯ؟ ހިތުހުރި ތަނެއްގައި ސައިކަލް ބަހައްޓަނީ ކީއްވެތޯ؟ ހިޔާ ސަރަހައްދަކީ ޖާގަ ނެތް ތަނެއް ނޫން. ޕޭވްމަންޓުގައިވެސް އެއޮންނަނީ ސައިކަލް ހިތުހުރި ތަނެއްގައި ބަހައްޓާފައި. މަޖިލީހުން މިކަންކަން ބަލައި ޑިސިޕްލިން ނުކުރެވޭނަމަ އެއަށްވުރެ ބޮޑެތި ކަންތައް ހިނގާނެ.
އެވާގޮތަކީ
24 April 2025
ދުނިޔޭގެ އާޖުފާޖުނޭންގޭ މީހުން ގެނެސް އެއްފަސްކުރީމަ ވާނެ ހައެތި ފެންނަނީ.
ރާއްޖެ
24 April 2025
ބޮޑެތި މައްސަލަތައް ފުލުހުންނަށް ކާމިޔާބު ނުކުރެވެނީ ފުލުހުންގެ ތެރޭގައި ގިނައިން އުޅެނީ ރަގަޅަށް ފާސް ނުވާ ކުދިން. ދެން މި ހަދާ ގޮތަކީ ނަމެއްގަ ކޮންމެވެސް ކޯހެއް އެެތެރެއިން ހަދައިގެން “މޮޅު” ކޮއްލަނީ. ބޮޑެތި މައްސަލަތައް ބެލުމުގެ ގާބިލު ކަމެއް ފުލުހުންގެ ނެތް. ބޮޑު އެއްވެސް މައްސަލައެއް މިހާތަނަށް ރަގަޅަށް ނިންމިފަވެސް ނެތް.
ރޯނު އެދުރުބެ
24 April 2025
ރާއްޖެ ވަޑައިންނަވަން ވީ ނޫންތޯ ތަހްޤީޤު ކުރައްވަން. ނޫނީ އެއްޗެއް ނޭނގޭ ފުލުހުންނަށް މިކަން ކުރަންވީ ގޮތް ބުނެދޭން.
ދިވެހިނއ
24 April 2025
ވާނުވާ އެގޭ މީހާ ކީއްވެތޯ ފިލާ ތިހުންނަނީ އަވަހަށް ދުރުވެ މިކަންކަން ކުރަންވީގޮތް ރައިތުންނަށް އަދި ފުލުހުންނަށް ބުނެދޭންވީނޫތޯ ގުއި އަނގަ ނުތަޅާ
އުމަރުބޭ
24 April 2025
ޕޮލިހުން ބޭއްވި ނޫސް ކޮންފަރެންސް އިން އިގިގެންދިޔައީ ޕޮލިހުންގެ ނާގާބިލްކަން އިސްވެރިން މަގާމާ ދުރުވެލާފަ ގާބިލް ޒުވާން ކުދިންނާ މަގާމު ހަވާލުކުރަން އެބަޖެހޭކަން ވވވ ސާފުއެބަވޭ
ބަބްސް
24 April 2025
މިއީ މިކަން ކުރާ ގޮތް. ކެކި އެރީމަ މަތިޖަހަން ، ހިންދާލަން ، ހުޅު މަޑުކޮއްލަން ދައްކާ ބަހަނާ. ވާނެ ކަމެއް ހަރާން. ބަލަން ތިބޭ ...
ގަމާރ
24 April 2025
ފުލުނުންގެ މަތީ ފަޑީގާ ތިބީ ވވވ ނާގާބިލް ވެރިން ތައުލީމީގޮތުން ހަމަ ޒީރޯ ގިނަދުވަހު ވަޒީފާގާ އުޅުނީމާ މެޑެލް އަދި ފައްއަރާފަތިބި މީހުން . މިކަން ބަދަލްކޮއް ކިޔަވާގެން ތިބި ގާބިލް ޒުވާނުން މަގާމުތަކައްއިސް ކުރަން އެބަޖެހޭ މިފެން ނަނީ ނާގާބިލް ކަމުގެ ދިރިހުރި މިސާލު އިއްޔެގެ ނޫސްވެރިންގެ ނައްދަލުވުމުންވެސް ބޯހަލަކި
އާދެ
24 April 2025
އެއީ މިހާރު މިހަދާހެން ކިޔަވައިގެންނޭ ކިޔާފައި އޭފޯ ސައިޒުގެ ކަރުދާސްކޮޅެއް ހޯދައިގެން އުޅޭ ކުދިންނަށް ނުވެދާނެ. އެއީ ވިޔަފާރި އެސައިންމަންޓަކަށް ޑިގްރީއެއް ހޯދައިގެން އުޅޭ ބަޔަކަށް ނުވެދާނެ. އެއީ މީހަކު އަނގައިން އަނގަޔަށް އަޅައިގެން މީހަކު ހަދައިދިން ޕްރޮޖެކްޓެއް ހުށަހަޅައިގެން ފާސްވެ ޑިގްރީ ލިބުނު ބަޔަކަށް ނުވެދާނެ. ނަމަވެސް އެއީ ތަޖުރިބާކާރުން. އެއީ ހުނަރުވެރިން. އެއީ ރޯފިލާފައި ތިބި ބައެއް.
ފިންގަރ ޖަހައިފަ ގެޔަށް.
24 April 2025
ބައެއް މުއައްސަސާތަކުގަ ތިބި މީހުން ގަބޫލްކުރޭ، ގިނަދުވަހު ތަނުގަ އުޅުނީމަ ކުރިއެރުން ދޭންޖެހޭ ކަމަށް، މަގާމާ މައްސޫލިއްޔަތުގެ ގޮތުން އުޑެއް ބުޑެއް ނޭނގުނަސް. މަސައްކަތުގެ ވައްޓަފާޅިއެއް އަޚްލާގެއް ނެތަސް.
ރަދީފްއޮފިޝަލް / ނަތަންޔާހޫއަށް 5 ގުނަ 5
24 April 2025
ސްކޫލްތަކުގަ 1980ގެ އަހަރުތަކުގަ އަމަލުކުރިގޮތަށް އަމަލުކޮށްގެން ނޫންގޮތަކަށް ރަނގަޅު ޖީލެއް ބިނާނުކުރެވޭނެ.އެއީ ކުރެވޭނެ ކަމެއް ނޫން.ދަރިވަރުންނަށް އަދަބުވެސް ދޭންވީ.އަދަބު އަޙްލާގް ވެސް ކިޔަވަދޭންވީ.އަދަބު އަޙްލާގެއް ނެތިއްޔާ އެމީހަކު ކިތަންމެ ހަޑި މުޑުދާރު އަމަލަކަށް އަރައިގަންނަން ވެސް ފަހެއް ނުޖެހޭނެ.އެޑިއުކޭޝަން މިނިސްޓަރަކަށް ވެސް ތަންކޮޅެއް ހާޑްކޮށް ހިފާލަން ކެރޭ ހަރުދަނާ މެޗުއާޑް މީހަކު ނަގަން ޖެހޭ.ވ.ވެދުން