ޚަބަރު / މުޒާހަރާ

އިމާރާތުން ވެއްޓުނު ޒުވާނާ އަށް އިންސާފު ހޯދައިދޭން ގޮވާލައި މުޒާހަރާކުރަނީ

ފުލުހުންގެ އިދާރާ ކައިރީގައި މިރޭ މުޒާހަރާކުރަނީ - މިހާރު ފޮޓޯ/ނިޝާން އަލީ

އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން، ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓުނު ޒުވާނާ އަށް އިންސާފު ހޯދައިދީ، އެކަމުގައި ބައިވެރިވި މީހުން ހައްޔަރު ކުރަން ގޮވާލައި މިރޭ މާލޭގައި މުޒާހަރާކުރަން ފަށައިފި އެވެ.

ހެންވޭރުގައި ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ އަންހެނަކު ވެއްޓިފައި އޮއްވައި މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ފެނިފައިވާއިރު، އެ މައްސަލައިގެ ތަހުގީގު ފުލުހުން ގެންދާ ގޮތުން ގިނަ ބައެއްގެ ހިތްހަމަނުޖެހުންތައް ވަނީ އަމާޒުވެފަ އެވެ.

އޭގެ ތެރެއިން، ޒުވާނާއާ އެކު އެންމެ ފަހުން އުޅުނު ފިރިހެން މީހާ ޑްރަގަށް ޕޮޒިޓިވް ވިއަސް، އޭނާ ރާއްޖެ އިން ފުރުން މަނާކުރުން ފިޔަވައި އިތުރު އެއްވެސް ފިޔަވަޅެއް އަޅާފައިނުވުން ހިމެނެ އެވެ. އޭގެ އިތުރުން، އެ މައްސަލައިގައި ދެން ތިބި މީހުން މަސްތުވާތަކެއްޗަށް ޓެސްޓު ނުކުރުމާއި އެ މީހުންގެ ވަނަވަރު ހާމަނުކުރުން ހިމެނެ އެވެ.

އެ ކަންބޮޑުވުންތަކާ ހެދި ހެންވޭރު ޕޮލިސް ސްޓޭޝަން ސަރަހައްދަށް ޒުވާނުންގެ ގިނަ ބަޔަކު މިރޭ އެއްވެ އަންނަނީ އަޑުއުފުލަމުންނެވެ.

ފުލުހުންގެ އިދާރާ ކައިރީގައި މިރޭ މުޒާހަރާކުރަނީ - މިހާރު ފޮޓޯ/ނިޝާން އަލީ

މި މައްސަލައިގައި އެންމެންނާ މެދު ހަމަހަމަކޮށް އަމަލު ކުރުމަށް އެދި އެކި ކަހަލަ ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ތިބި އެ ޒުވާނުން އަޑު އުފުލަނީ އިންސާފު ހޯދައި ދިނުމަށެވެ.

އެ ހާދިސާގެ މައުލޫމާތު ހިއްސާކުރަން ފުލުހުން ރޭ ބޭއްވި ފުރަތަމަ ނިއުސް ކޮންފަރެންސްގައި ބުނީ އިމާރާތުގެ ނުވަ ވަނަ ފަންގިފިލާގެ ފެންލައިޓުން ޖެހިގެން ހުރި އިމާރާތުގެ މައްޗަށް ވެއްޓުނުއިރު އެ ޒުވާނާ ހުރީ މަސްތުގެ ހާލުގައި ކަމަށެވެ. އަދި އޭނާ ރޭޕްކޮށް އިމާރާތުން ބޭރަށް ވައްޓާލި ކަމަށް ތުހުމަތު ކުރިޔަސް، އެފަދަ އެއްވެސް ހެއްކެއް ނެތް ކަމަށް ފުލުހުން ރޭ ބުންޏެވެ.

އަނިޔާވި ޒުވާނާއާ ބައްދަލުވި މީހުން ދެނެގަނެވުނުއިރު، އޭގެ ތެރޭގައި ސިޔާސީ މީހަކު ނުހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

އެ ހުރިހާ މައުލޫމާތެއް ފުލުހުން ހިއްސާކުރީ، ފޯނާއި ކެމެރާ ނުވެއްދޭ ގޮތަށް ބޭއްވި "ކްލޯޒްޑޯ" ނިއުސް ކޮންފަރެންސެއްގަ އެވެ. އަނިޔާވި ޒުވާނާގެ ވަނަވަރު ހާމަކުރިއަސް، އެ މައްސަލައިގެ ދެން ތުހުމަތު ކުރެވޭ މީހުންގެ މައުލޫމާތު ހިއްސާ ކޮށްދިނުމަށް ނޫސްވެރިން އެދުމުން ވެސް އެއްވެސް ސުވާލަކަށް ޖަވާބެއް ނުދެ އެވެ. އިތުރު މީހެއްގެ ވަނަވަރު ހާމަނުކުރިއަސް އެ ހާދިސާ ހިނގި ގޮތް އެ އިދާރާއިން ވަނީ ތަފްސީލުކޮށް ކިޔައިދީފަ އެވެ.

ފުލުހުން ރޭ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، އެ އަންހެނާ ހިނގާފައި ދަމުން ބުރުޒު މަގުގައި ހުރި ގެއަކަށް ވަންނަތަން ފުޓޭޖުން ފެނެ އެވެ. އޭނާގެ ފަހަތުން އުމުރުން 21 އަހަރުގެ ފިރިހެނަކު ވެސް ދުވެފައި އެ ގެއަށް ވަދެ އެވެ. އެ މީހުންގެ އަމަލުތައް ހުރި ގޮތުން އަދި ހިނގާފައި ދިޔައިރު އަރިއަޅާލާ މަންޒަރު ފެންނާތީ އެ ތިބީ މަސްތުގެ ހާލަތުގައިކަން ސާފުވެ އެވެ.

މަސްތުގެ ހާލަތުގައި ތިބި ކަމަށް ބެލެވޭ ދެ މީހުން ވަން ހ. ފެންޓޯނިއާއަކީ އެ މީހުންނާ އެއްވެސް ގުޅުމެއް އޮންނަ ގެއެއް ނޫނެވެ. އެ ދެ މީހުން ދަންނަ ބަޔަކު އެ ގޭގައި ނޫޅުނަސް އެ މީހުން އެ ގެއަށް ވަނީ ބޭރު ދޮރު ތަޅު ނުލައި ހުރުމުން ކަމަށް ފުލުހުން ބުންޏެވެ.

ސިޑި މަތީގައި ދެ މީހުން އުޅުމުގެ ތެރޭގައި ބަދުއަހުލާގީ އަމަލުތައް ވެސް ދެ މީހުން ހިންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ގެއަށް ވަތްއިރު ފިރިހެން މީހާ ލައިގެން ހުރި ޓީޝާޓު ފަހުން ލައިގެން ހުރީ އަންހެން މީހާ އެވެ. ފިރިހެން މީހާގެ ޓީޝާޓު ލައިގެން އެ އަންހެންމީހާ 8 ވަނަ ފަންގިފިލާ އަށް އަރާ މަންޒަރު ފެނެ އެވެ. އެ އަށް ފަހު، އެޕާޓްމެންޓެއްގެ ދޮރުގައި ޓަކި ޖަހައި 9 ވަނަ ފަންގިފިލާއަށް އަރަ އެވެ. ބެލެވޭ ގޮތުގައި އޭނާ ދިޔައީ ފިރިހެން މީހާ ހޯދަމުންނެވެ.

އަންހެން މީހާ މައްޗަށް އެރިތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފިރިހެން މީހާ ވެސް ހުސްގަޔާ ހުރެ 8 ވަނަ ފަންގިފިލާ އަށް އަރަ އެވެ. އޭރު ގަޑިން ފަތިހު 4:52 ހާއިރު އެވެ. އެ ތަނުން އަންހެން މީހާ ފެންނަން ނެތުމުން 9 ވަނަ ފަންގިފިލާ އަށް ފިރިހެން މީހާ ސިޑިން އަރަނިކޮށް ބާރުގަދަ އަޑެއް އިވެ އެވެ. ފުލުހުން ބުނާ ގޮތުގައި ތަހުގީގަށް މިހާތަނަށް ބެލި ބެލުމުން އެއީ އަންހެން މީހާ ވެއްޓޭ އަޑެވެ. އެ އަޑު އިވުނުއިރު، ފިރިހެން މީހާ ސިޑިމަތީގައި ހުންނަ މަންޒަރު ފެނެ އެވެ. އެ ގޭގެ 9 ވަނަ ފަންގިފިލާގައި ޓެރަސް ހުންނައިރު އެ ތަން ހުރީ ތަޅުލައިފަ އެވެ. އެ ފަންގިފިލާގައި ކެމެރާއެއް ވެސް ނުހުރެ އެވެ. އެހެންވެ، އަންހެންކުއްޖާ ވެއްޓޭ މަންޒަރެއް ނުފެނެ އެވެ. ނަމަވެސް، ފުލުހުންގެ ތަހުގީގަށް ބެލިބެލުމުން އަންހެން ކުއްޖާ ވެއްޓިފައިވަނީ ފެންލައިޓުންކަން އެނގޭ ކަމަށާއި އޭނާ ވެއްޓި ގުދަނުގެ ފުރާޅުމަތީގައި އޮތީ ވެސް އެ ދިމާލުގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ އިންސްޕެކްޓަރު މުހައްމަދު ސާމިހު ރޭ ވިދާޅުވި ގޮތުގައި، އަންހެން މީހާ ގަދަކަމުން ވައްޓާލި ކަމުގެ އެއްވެސް ހެއްކެއް ނެތެވެ. އަދި ސީސީޓީވީ ފުޓޭޖުތަކުން ވެސް ފުލުހުންނަށް އެފަދަ ކަމެއް ފާހަގަވެފައެއް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ދެ މީހުންގެ އިތުރުން އެ ވަގުތު އެ ތަނުގައި އިތުރު މީހަކު ނެތްއިރު، އަންހެން މީހާ ވެއްޓުނު ވަގުތު ފިރިހެން މީހާ ހުރީ ސިޑިމަތީގައި ކަން ވެސް ތަހުގީގަށް ދެނެގަނެވިފައިވާ ކަމަށް ސާމިހު ފާހަގަކުރެއްވި އެވެ. ސާމިހު ވިދާޅުވި ގޮތުގައި ކުއްޖާ ވެއްޓުނު ބާރު އަޑު ބައެއް މީހުންނަށް އިވިފައިވެ އެވެ. އެކަމަކު، އެ ފުރާޅުމަތި އޮތް ގޮތުން އެ ޒުވާނާ ވެއްޓިފައި އޮއްވައި އެއްވެސް މީހަކަށް ނުފެންނަ ކަމަށް ސާމިހު ވިދާޅުވި އެވެ. އަންހެނަކު ވެއްޓިފައި އޮތް ތަން ބަޔަކަށް ފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ ހުކުރު ދުވަހުގެ ހެނދުނު 7:23 ހާއިރު އެވެ. އޭރު އޭނާގެ ހަރަކާތް ހުއްޓަސް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން އެ ތަނުން ތެދު ނުވެވިފައި އޮތީ ކަމަށް ސާމިހު ވިދާޅުވި އެވެ.

އެ ދުވަހު އައިޖީއެމްއެޗަށް ގެންދިޔަގޮތަށް އޭނާއަށް ދަނީ އައިސީޔޫގައި ފަރުވާ ދެމުންނެވެ. އެކަމަކު، ލިބުނު އަނިޔާތަކުގެ ތަފްސީލެއް ނުލިބެ އެވެ.

އަންހެން މީހާ ވެއްޓުނު ފަހުން ވެސް އޭނާ ހޯދަން ފިރިހެން މީހާ މަސައްކަތް ކުރާ މަންޒަރު ވެސް ފުލުހުންނަށް ނޫސްވެރިންނަށް ދެއްކި ސީސީޓީވީ ފުޓޭޖުން ފެނެ އެވެ. ވެއްޓުނު ފަހުން އަޑު ހަރުކޮށް ރޯ އަޑު ވެސް ކެމެރާ އަށް އަރާފައި އެބަހުރި ކަމަށާއި މަގުމައްޗަށް ނުކުމެ ބައެއް މީހުންގެ އެހީތެރިކަމަށް ވެސް ފިރިހެން މީހާ އެދިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް، ފުލުހުންނާ އެއްވެސް ކަމެއް ހިއްސާ ނުކޮށް އެ ފިރިހެން ދިޔައީ ގެއަށެވެ.

އެހެންވެ، އެއްވުމުގައި ބައިވެރިން ވަނީ މީހަކު ވެއްޓުމުން އެހީތެރިކަން ނުދީ އަދި ފުލުހުންނަށް ރިޕޯޓު ނުކޮށް އަޅާނުލާ ދިއުމަކީ މީހަކު މަރުވާން ދޫކޮށްލުން ފަދަ ކަމެއް ކަމަށެވެ. އެއީ ޖިނާއީ ކުށަކަށް ވާތީ އެ މައްސަލަ ބެލުމަށް ވެސް ގޮވާލައިފަ އެވެ.

81 ކޮމެންޓް, 30 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 0%
icon angry icon angry 37%
icon wow icon wow 3%
icon inlove icon inlove 40%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕިސްޕިސް

24 April 2025

ތިޔަ މުޒާހަރާއެކޭ އެހެން މުވާހަރާތަކެކޭ ތަފާތެއްނެތް. ލަދުކުޑަ އަދަބުކުޑަ އަޚުލާގެއްނެތް.

The name is already taken The name is available. Register?

ބޮއެގެން ވެއްޓުނީމަވެސް މަތަ ގޯހީ؟

24 April 2025

ބޮއެގެން ވެއްޓުނީމަވެސް މަތަ ގޯހީ؟ ބުއި މީހާ ގޯހެއް ނުވެޭ. ޒިނޭ ކުރި ދެމީހުން ގޯހެއް ނުވޭ. މި އޮތީވާ ޤައުމެއް

The name is already taken The name is available. Register?

ކަނަމާ

24 April 2025

ވެރިއެއްގެ ދަރިޔެއް ނޫން ވެއްޖެޔާމުން 5 އަހަރު ޖަލުހުކުމެއް. ވެރިޔެއްގެ ދަރިއެއް ވެއްޖެޔާމުން 5 އަހަރުގެ ޔޫރަޕް ޓްރިޕެއް.

The name is already taken The name is available. Register?

އިސްމާލި

24 April 2025

"އަނިޔާވި ޒުވާނާގެ ވަނަވަރު ހާމަކުރިއަސް، އެ މައްސަލައިގެ ދެން ތުހުމަތު ކުރެވޭ މީހުންގެ މައުލޫމާތު ހިއްސާ ކޮށްދިނުމަށް ނޫސްވެރިން އެދުމުން ވެސް އެއްވެސް ސުވާލަކަށް ޖަވާބެއް ނުދެ އެވެ." ވައްޓާލައި/ވެއްޓިގެން ވެސް އަނިޔާ ލިބުނީ އަންހެން މީހާއަށް. ފުލުހުންގެ ފަރާތުން ވެސް އަނިޔާ މި ލިބުނީ އެ އަންހެންމީހާ އަށް. ތުހުމަތު ކުރެވޭ އެންމެންގެ ވަނަވަރު ސިއްރު!! ކޮންމެވެސް ކަމެއް އެބަ އުޅޭ.

The name is already taken The name is available. Register?

ރަދީފްއޮފިޝަލް / ސްކޫލް ސިސްޓަމް ވަނީ ފެއިލްވެފަ

24 April 2025

އިސްލާމް ދީނުގެ ތަރަހައިން ބޭރުން ނިކުމެގެން އަދުގެ ގިނަ ޒުވާނުން / ކުޑަކުދިން އުޅޭކަމީ ހިތާމަކުރާކަމެއް.އަހަރެންގެ ވެސް 4 ކުދިން އެބަތިބި.އެކުދިން އެއީ ބަސްއަހާ ދީންވެރި ކިޔަމަންތެރި ދަރީން ކަމުގައި ލައްވާށި.އާމީން. ގރޑ 7 ނުވަތަ 8 ގަ އުޅޭ ކުދިން މަގުމަތިން ދަނީ ކޮންމެ ވެސް ފިރިހެނެއް ގައިގަ ބައްދައިގެން.ލަނީ ނިވާކަންކުޑަ ފޭރާން. .. ބާއްވައިގެން މިކަން ހައްލުކުރަން ރައީސް ވެސް މަސައްކަތްކުރަން ޖެހޭ.

The name is already taken The name is available. Register?

ނޮފިޝަލް

24 April 2025

އަފްޢާން މީހުންނަށް މަރުހަބާ

The name is already taken The name is available. Register?

އޮަޓޯ

24 April 2025

ފެއިލް ވެގެން މިއުޅެނީ ސްކޫލް ސިސްޓަމެއް ނޫން. ފެއިލްވެގެން މިއުޅެނީ ބެލެނިވެރިންނާއި މައިންބަފައިން. ގޭތެރޭގައި ތިބެގެން މައިންބަފައިން ދަރިން ތަރުބިއްޔަތު ނުކޮށް ވަޒީފާތަކަށް ދެމަފިރިންގޮސް ނޯކަރުންނާ ދަރިން ހަވާލުކޮށްގެން ތިބެނީ. ވަޒީފާއިން އެބުރި ގެއަށް އައިސް ނިދާފައި ދެން ދަނީ ކޮފީއަށް. މިހެން އުޅޭ އާއިލާތަކުގެ ދަރިން މިދަނީ ވިއްސިވިހާލިވަމުން.

The name is already taken The name is available. Register?

އަލި

24 April 2025

ހުރިހާ އެންމެންނަށް އިންސާފު ލިބުމަކީ އެންމެ ރަނގަޅުގޮތް. އެކަން ކަށަވަރުކުރުމަކީ ދައުލަތުގެ ޒިންމާއެއް. ހަމަ އެހެންމެ ދަރިން ބެލެހެއްޓުމަކީ ބެލެނިވެރިންގެ ޒިންމާއެއް. މިކަހަލަ ޕާޓީ ކުރުން ބަޔަކަށް ރަނގަޅު ވިއަސް މީ ވަރަށް ނުރައްކާތެރި ހިތާމަވެރި ކަންކަން. އިންސާފު ހޯދަން ނުކުންނަ ގޮތަށް މިފަދަ ނޭދެވޭ އަމަލުތައް ހުއްޓުވަށް ނިކުންނަނަމަ ވަރަށް ރަނގަޅުވާނެ ކަމަށްފެނޭ.

The name is already taken The name is available. Register?

ރަދީފްއޮފިޝަލް / ގައުމު ހަލާކުވެއްޖެ

24 April 2025

2000 ވަނަ އަހަރުގެ ފަހުން އެންމެ ކުއްޖަކު ވެސް ޑިސިޕްލިންކޮށް ރަނގަޅު ކުއްޖަކު ސޮސައިޓީއަށް ނެރެން ސްކޫލްތަކުން މަސައްކަތެއް ނުކުރޭ.އަހަރުމެންގެތެރެއިން 30 އަހަރުން ދަށުގެ ގިނަ ޒުވާނުން އެއީ ލަދެއް ބިރެއް ނެތް ކުދިންކަން މުޅި ގައުމު ހެކިވާނެ.ހަފްތާގެ ކޮންމެ ބުރާސްފަތި އެއީ ގިނަ ޒުވާނުން ރޭގަނޑު''ކޯލާ'' ބޭނުންކުރާ ރޭކަން އެންމެނަށް އެނގޭ.ބޭރު ބިދޭސީން ވެސް މިރޭތިބޭނީ ''ކޯލާ'' ބޮއެގެން.އަހަރެންނަށް ވެސް އެނގޭ މިފަދަ ބައެއް ގެތައް.ވ.ވެދުން

The name is already taken The name is available. Register?

ދަރިން

24 April 2025

ދަރިން ރަނގަޅަށް ތަރުބިއްޔަތުކޮށް، އަދަބުވެރި ކުރުވަނީ ބެލެނިވެރިން، ސްކޫލުން ކިތަންމެ ވަރެއް ކުރިއަސް ބެލެނިވެރިން ކުދިން ނަމާދުކުރުން ފަދަ ކަންކަމަށް އާދަނުކުރުވާނަމަ، ކުދިން ދުވަހަކު ރަނގަޅު ނުވާނެ.

The name is already taken The name is available. Register?

މިދިޔަ ހަފުތާ

24 April 2025

ސްކޫލަކުން ދަރިވަރެއްގެ ބޯކޮށައިގެން އެންމެން ތިބީ ރަތަށް އަރާފައި. ސްކޫލްގައި އޮންނަ ގަވާއިދުތައް ސްކޫލަށް ތަންފީޒު ނުކުރެވޭނަމަ ސްކޫލްތަކުގެ ބޮލުގައި އެއްވެސް ޒިންމާއެއް އެޅުވޭކަށް ނޯންނާނެ. މިގައުމުގެ ބެލެނިވެރިންގެ ނުބައިކަމުން ގައުމު މިހާލަތަށް މިދަނީ. ދަރިޔަކު ބޯކޮށައިގެން ނިޔަފަތި ކަނޑައިގެން ގައިންތާހިރުކޮށްގެން ނެތް ވާކަށް. މިވަރަށް ބެލެނިވެރިންގެ ހާލަތު ދިޔައިމާ ފެންނާނެ މަންޒަރު މިފެންނަނީ.

The name is already taken The name is available. Register?

ދިވެއްސެއް

24 April 2025

ސްކޫލަށް މައްސަލަ ފޫޅު ކެނޑިޔަސް ކަމަކު ނުދާނެ. މިއަދު މިއޮތީ ޔޫރަޕުން ޖަހާފައިވާ މޮޅެތި ރައިޓްސްތަކުގައި ޖެހި ޖީލެއް ހަލާކުވެފަ. ސްކޫލަކުން ދަރިވަރުންނަށް ކަންކަން ދަސްކޮށްނުދެނީއެއް ނޫން. ނަރަކައާއި ސުވަރުގެ ވާހަކަ ސްކޫލުން ކިޔަވައިދިނީމަ ބެލެނިވެރިން މި އަންނަނީ މުދައްރިސުން ބޮލަށް އަރަން ނަފްސާނީ ވަނިއްޔޭ ކިޔާފަ. މި ހުރިހާވެސް މައްސަލަތަކެއްގެ އަސްލަކީ އިސްލާމްދީނާ ހިލާފް ވަޟައީ ގާނޫނުތަކެއް ހަދައިގެން އެޔަކަށް އަމަލުކުރަން ފެށުން.

The name is already taken The name is available. Register?

ފަރުދީ ޒިންމާ ޤައުމު

24 April 2025

ސްކޫލްގައި 6 ގަނޑިއިރު ހޭދަކިރާއިރު ސްކޫލްގެ ޒިންމާ ވެސް ވަރަށްބޮޑު.ކުދިން ތަރުބިއްޔަތު ކުރުމުގައި ހަމައެކަނި މައިންބަފައިންގެ ބޮލުގަ އަޅުވައިގެން ނިންމާލެވޭކަށްނެތް. ފުރަތަމަ ކަމަކަށް ބަލާބަލަ ސީއެޗްސީގެ ޔުނީފޯމުން އަންހެންކުދިންގެ އައުރަނިނިވާވޭތޯ. ރޭގަޑު 10 ގެ ފަހުން ބޭރުގައި އުޅޭ ކުދިން ބޭރުގައި އުޅެނީ ކީއްވެތޯ ބަލާލާކަށް ނުކެރޭ ފަރުދީ ޒިންމާ އެއްގަ އަޅައިގަނެގެންއުޅޭ ފިޑި ފުލުހުންނަކަށް. އަޑަށްބާރުލާފަ ކިޔާތި، ޤައިމަށްޓަކާ ދީނަށްޓަކައި

The name is already taken The name is available. Register?

ރަދީފްއޮފިޝަލް / ނަތަންޔާހޫއަށް 5 × 5

24 April 2025

''ޒުވާނުން ކޯފާ އިސްކޮށްފިނަމަ ވަރަށް ގޯސްވާނެ'' ~ ކުރީގެ ނައިބް ރައީސެއް (2016-2013) ހެހެހެހެހެހެހެ

The name is already taken The name is available. Register?

ޙަޤީޤާތް

24 April 2025

1. ސުވާލު އުފެދޭ ގޮތަށް ފުލުހުން އަމަލުކުރުން. 2. ފުރިހަމަ މައުލޫމާތު ހާމަނުކޮށް ވަޒީރު ހެސްކިޔާފަ ދިފާއަށް ކުޅުން. 3. ޤައުމިއްޔަތާއި އަޚުލާޤުގެ ނަމުގައި ބޮޑުކުށެއް އޮއްބާލަން އުޅުން. 4. ވިކްޓިމް ކުށްވެރިކޮށް އޭނާ ބޭޒާރުކޮށް އިހުމާޅުވި މީހުން ސަލާމަތްކުރަން އުޅުން. 5. އިންސާފު ޤާއިމުކުރުމަށް ފުލުހުން ހޯމް މިނިސްަޓަރު ނުކުޅެދުން. 6.ސަރުކާރުން ކީއްކުރަންތޯ އޮޅުވާލުމަށް ނޫންނަމަ ސިއްރު ރިސްޓްރިކްޓެޑް ނޫސް ކޮންފަރެންސެއް ބެއްވީ؟ ޑިއެންރާރުއާ ވައްތަރު

The name is already taken The name is available. Register?

ޕިއްޒާ

24 April 2025

އެކުދިން އެތަނަށް ދިޔައީ ޕިއްޒާކާން ދޯ؟ ފުލުހުންނަށް ހީވަނީ ތިމަންނަ މެން ގޭމުކުޅެ، ވެރިންނާއި ސަރުކާރު ބުނާގޮތަށް ކަންކަން ކުރާނަމަ ބޮލުގައި ފޮށާ ކީއްކުރަން، ރިޔާވެސް އެޅޭނެ. ރައްޔިތުންގެ ކުރިމަތީގައި ސަރުކާރު އޮރިޔާން ވަނީ.

The name is already taken The name is available. Register?

އެކޮޅު މިކޮޅު

24 April 2025

ވެއްޓުނު/ވައްޓާލި ޒުވާނާގެެ އާއިލާއިން ދައްކާ ވާހަކަވެސް ދެކޮޅެއް ނުޖެހޭ. ހަމަ ނުލާހިކު ރަނގަޅަށް ބަލަހައްޓާ ކުއްޖެކޯ! އެކަމަކު ޒުވާނާ ގޭގައި ނެތްކަން މޭރުންވީވެސް ޕޮލިހުން ހެނދުނު އާއިލާއަށް ގުޅާފަ އެންގީމަޔޯ! އާއިލާއާ ހަވާލާދީ ނޫހެއްގަ ލިޔެފަ އޮއްވާ ކީ ވާހަކަ މީ. މި ދެކޮޅު ޖެހޭތަ؟!

The name is already taken The name is available. Register?

ބޮކޮޅު ފޮކޮޅު

24 April 2025

އެއްގޮތަކަށް ނުބެލިޔަސް، މަގުމަތީގަ އުޅުނަސް ވެއްޓުނު ކުއްޖާއާ އެކު މިޕާޓީ ކުރި ގުރޫޕު ސުވާލެއްވެސް ނުކޮށްލާ މިނިވަން ކަމާއެކު އުޅެނީ ކީއްވެބާ؟ އަބަދުވެސް ކަލޭމެންގެ ވިސްނުން ހުންނާނީ ވިކްޓިމް ބްލޭމިންގަ.

The name is already taken The name is available. Register?

ކަލޯ 21

24 April 2025

21 އަހަރުގެ ޒުވާނެއް. ވީމާ އާއިލާ ތިބެންވީ އަބަދު ފަހަތުގައި؟ ޒުވާނާއަށް އަނިޔާއެއް ވިކަން އިނގޭ. ފަހަތުން މީހުން އައިކަން އިނގޭ. އެހީއަށް ނުދަންނަ ގެއަކަށް ވަދެ ޓަކިޖެހިކަންވެސް އިނގޭ. އެކަމުވެސް ވިކްޓިމް ބްލޭމް. މިޤައުމު އިސްލާހު ނުވާނެ ކަލޭމެން ކަހަލަ ގޮފަޅު މީހުންނާ ހެދި.

The name is already taken The name is available. Register?

އިސްމާލި

24 April 2025

މި ޖެހިގެން އުޅޭ މައްސަލައަކީ އަންހެން މިހާ އަށް އާއިލާ އަޅާލުމާއި ނުލުމުގެ މައްސަލައެއް ނޫން. މައްސަލައަކީ ކުޑަކުއްޖަކަށް ނުވާ ބޮޑު މީހަކަށް މިފަދަ ކަމެއް ދިމާވުމުން އެ މައްސަލަ. މިސްރާބު އޮޅުވާލަން ނޫޅުން ރަނގަޅުވާނެ.

The name is already taken The name is available. Register?

ދޫލަ

24 April 2025

އެރޭ ހަތަރު ދަމު މިވެރިން މިގޮތަށް އުޅުނުއިރު، ދުށް ފުލުހެއް ނެތް، އެކަމަކު 24 ގަޑިއިރު ފިނިބުރު ޖަހާ. އެއީ ކުށުގެ ވެށްޓެއްގައި އުޅުނު މީހުންކަން ކަން ހިނގިގޮތަށް ވިސްނާލުމުން އެނގޭ. ކޮބާ މިކަމުގެ ތަފުސީލް. ފުލުހުން ބޭނުންވީމާ ބޭނުން އެއްޗެއްތަ ހާމަކުރަން ޖެހެނީ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454