ޝަހީދު ހުސެއިން އާދަމް ބިލްޑިން.
02 ޖޫން 2025 - 16:34
އަންހެނެއް ގޮތަށް ހެދުން އަޅައިގެން ފިހާރައަކަށް ވަދެ 67،500ރ. ގެ އަގު ހުރި ގަޑިއެއް ވަގަށް ނެގުމަށް ފަހު، އެ ގަޑި ގަތް މީހާގެ އަތުން މިހާރު ގަޑި ހޯދާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ރާއްޖޭގައި ގަޑި ވިއްކުމުގައި މަޝްހޫރު ފިހާރައަށް ވަދެ 67،500ރ. ގެ "އޮމެގާ" ބްރޭންޑުގެ ގަޑިއެއް ވަގަށް ނެގި މައްސަލާގައި އައްޑޫ ހުޅުދޫ، އަބުލަޣީގޭ، މުހައްމަދު ސިމާދު ހައްޔަރުކޮށް، ތަހުގީގުގެ ބޭނުމަށް މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން 15 ދުވަހަށް ވަނީ ބަންދުކޮށްފަ އެވެ.
އެ އަގު ބޮޑު ގަޑި ސިމާދު ވަގަށް ނެގީ ސިފަ ނޭނގޭ ގޮތަށް މޫނު ބުރުގާ އަޅައިގެން ފިހާރަތެރެއަށް ވަދެ އެވެ. އެ މަންޒަރު ސީސީޓީވީ އަށް ވެސް ހުރީ އަރައިފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "މިހާރު" އަށް މިއަދު ވިދާޅުވީ ވިއްކާލި ގަޑި މިހާރު ހޯދާފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި އެ ގަޑި ވަގަށް ނެގި މީހާ އަތުން ގަޑި ގަތީ ވެސް ދިވެއްސެކެވެ.
އެންމެ މަޝްހޫރު ބްރޭންޑުތަކުގެ ތެރޭގައި ހިމެނޭ އޮމެގާ ބްރޭންޑުގެ އެ ގަޑި ވަގަށް ނެގުމަށް ފަހު، ސިމާދު އެ ވިއްކާލީ 10،000ރ. އަށް ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ގަޑި ވަގަށް ނެގި ސިމާދަކީ މިދިޔަ އަހަރެއްހާ ދުވަސް ތެރޭގައި ޖިނާއީ ގިނަ ހައްޔަރު ރެކޯޑް އޮތް މީހެކެވެ. އޭގެ ތެރޭގައި މަސްތުވާތަކެތި ވިއްކުމާއި ގަތުން އަދި ބޭނުން ކުރުމާއި ކައުންޓަފީޓް ފައިސާ ގެންގުޅުމާއި ސައިކަލް ވަގަށް ނެގުމާއި ހަތިޔާރު ބޭނުންކޮށްގެން ފޭރުމާއި ފިހާރަތަކުން ވައްކަން ކުރުން ހިމެނެ އެވެ.
އެހެންވެ، ގަޑި ވަގަށް ނެގި މައްސަލާގައި ތަހުގީގަށް 15 ދުވަހުގެ މުއްދަތަށް ސިމާދު ބަންދު ކުރުމުގެ ހުއްދަ ދިނީ ވެސް ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެ ކަަމަށް ކަނޑައަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުގުރު
03 June 2025
ރެކޯޑު މުގުރާން ތިބި ކުދހިން ހަމަ މުގުރާންވީ
ގަދަރު
03 June 2025
ގަޑިގައިތް މީހާގެ ވަނަވަރު އާމުކުަރަންޖެހޭ އޭނަޔައްކަނޑައެޅިގެން އިނގޭނެ ވަގުގަޑިޔެއްކަން އިންގިހުރެ ގަންނާނީ ޖެހިޖެހިގެން ދެފިހާރަ ހުއްޓާ އެއްފިހާރައިން ވަގައްނަގައިގެންގޮސް ޖެހިގެންހުންނަ ފިހާރަޔަ އެބަވިއްކާލާ ސޭޓުހަމަ ހެވިލާފަ 40ރުފިޔާޔަ ލިބޭ ރެޑްބުލް 25ރުފިޔާޔަ އެގަނެލަނީ މިގައުމުގެ ހާލަތު
ފަހުދު.
03 June 2025
ކުށުގެ ރެކޯޑް ކިޔާލީމަ އިންގޭ ކުލީން މީހެއްކަން
ބަޑިތަކުރު
03 June 2025
"މަސްތުވާތަކެތި ވިއްކުމާއި ގަތުން އަދި ބޭނުން ކުރުމާއި ކައުންޓަފީޓް ފައިސާ ގެންގުޅުމާއި ސައިކަލް ވަގަށް ނެގުމާއި ހަތިޔާރު ބޭނުންކޮށްގެން ފޭރުމާއި ފިހާރަތަކުން ވައްކަން ކުރުން ހިމެނެ އެވެ." މިހުރިހާ ރެކޯޑެއް އޮންނަ މީހުންވެސް މިނިވަންކަމާއެކު ކުށްކުރުން ތަކުރާރު ކުރުމުގައި އުޅެވެނީ ކީއްވެބާވައެވެ. މިކަހަލަ މީހުން ޖަލަށް ލައިގެން ދައުލަތުން ހޭދަކުރުމުގެ ބަދަލުގައި ބޮޑު ފަޅުރަށެއްގައި ދަނޑުވެރިކަން ކުރުންފަދަ ކަމެއް މިވެރިންލައްވާ ކުރުވައިގެން އެމީހ
އާމިރު
03 June 2025
އައްޑޫ ހުޅުދޫމީހުން ސަރުކާރުންވެސް ބޮޑެތި ވައްކަންދެއްތޯ
ކަލްލީލް
03 June 2025
ދިވެހި ފުލުހުންއާއި ގާޒީންގެ ނާގާބިލް ކަން މިހިރަ ފެންނަނީ.
ސސސސސ
03 June 2025
ޕޮލިހުން ލަދު ނުގަނޭބާ މޭ ފުއްޕާފަ ކުށުގެ ރިކޯޑް ކިޔާއިރު. އަދި އެއީ މިދިޔަ އަހަރުގެ ލިސްޓޯ. އެކަމަކުވެސް ވީކަމެއް ހަރާން.
އަކްމެޑް
03 June 2025
ޕޮލިހުނެއް ނޫން މީހުނަށް ހުކުމް އިއްވާފަ ޖަލަށް ލަނީކީ. ޕޮލިހުން މައްސަލަ ތަހުގީގުކޮށްފަ، ޕްރޮސެކިއުޓް ކުރުމަށް ފޮނުވާނީ. ކޯޓުން މީހާ ބަންދުކުރުމާ، ޖަލަށްލުމާ ކަންތަކަށް ގޮތް ނިންމާނީ.
ތެލި
02 June 2025
ސީރިއަސް މައްސަލައެއްގެ ގޮތުގަ މިކަން ބަލަންޖެހޭ. މިހާ ގިނަ ބޮޑެތި ކުށްތަކުގަ ހައްޔަރައް އެތައްފަހަރަކު ގެނެސްފައިވާ މީހެއް މުޖުތަމައުގެ ތެރެއަށް ދޫވެފައިވާ ގޮތެއް ކޮންމެހެންވެސް ބަލަންޖެހެއެވެ. ކާކުކަން ނޭންގޭ ގޮތަށް ހެދުން އަޅައިގެން މިފަދަ ކުށްތައް ކުރަން ފަށައިފިނަމަ މިއީ ނުރައްކަލެއް. ކާކުކަން ނޭންގޭގޮތަށް ހެދުން އަޅައިގެން އާންމު ތަންތަނުގަ އުޅުން ހުއްޓުވަންޖެހޭ.
ކައްކާ
02 June 2025
ފައިދާއަށް 57،500 ލާފަ އެއޮތީ.
ބުއްދި
02 June 2025
ޢެހެންވީމަ ތިސޮރަށް އަވަހަށް ދޭންވީ އެވޯޑެއް ، ހިތްވަރު ދިނުމުގެ ގޮތުން