ކްރިމިނަލް ކޯޓު: އަންހެން ހެދުން އަޅައިގެން އަގުބޮޑު ގަޑިއެއް ވަގަށް ނެގި މީހަކު ބަންދު ކުރަން ވަނީ އަމުރުކޮށްފައި
28 މެއި 2025 - 09:32
އަންހެނެއް ގޮތަށް ހެދުން އަޅައިގެން ފިހާރައަކަށް ވަދެ އަގު ބޮޑު ގަޑިއެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށް، 15 ދުވަހަށް އިއްޔެ ބަންދުކޮށްފި އެވެ.
އުމުރުން 47 އަހަރުގެ މީހާ ހައްޔަރުކުރީ ފިހާރައަކުން 67،500ރ. ގެ "އޮމެގާ" ބްރޭންޑުގެ ގަޑިއެއް ވަގަށް ނެގި ކަމުގެ ތުހުމުތުގަ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ ގަޑި ވަގަށް ނެގީ ސިފަ ނޭނގޭ ގޮތަށް މޫނު ބުރުގާ އަޅައިގެން ފިހާރަތެރެއަށް ވަދެ އެވެ. އެ މަންޒަރު ފިހާރައިގެ ސީސީޓީވީ ފުޓޭޖަށް ވަނީ އަރައިފަ އެވެ.
އެކަމަކު، ވަގަށް ނެގި ގަޑި އަދި ހޯދިފައެއް ނުވެ އެވެ. ބެލެވޭ ގޮތުގައި ގަޑި ވަނީ އެހެން މީހަކަށް ވިއްކާލާފައި ކަމަށް ފުލުހުން ބުންޏެވެ.
ގަޑި ނެގި މީހާއަކީ މިދިޔަ އަހަރެއްހާ ދުވަސް ތެރޭގައި ޖިނާއީ ގިނަ ހައްޔަރު ރެކޯޑް އޮތް މީހެކެވެ. އޭގެ ތެރޭގައި މަސްތުވާތަކެތި ވިއްކުމާއި ގަތުން އަދި ބޭނުން ކުރުމާއި ކައުންޓަފީޓް ފައިސާ ގެންގުޅުމާއި ސައިކަލް ވަގަށް ނެގުމާއި ހަތިޔާރު ބޭނުންކޮށްގެން ފޭރުމާއި ފިހާރަތަކުން ވައްކަން ކުރުން ހިމެނެ އެވެ.
އެހެންވެ ކްރިމިނަލް ކޯޓުން ވަނީ އޭނާ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެ ކަަމަށް ކަނޑައަޅައި، 15 ދުވަހަށް ބަންދު ކުރަން އަމުރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެހިންގެ ރާއްޖެ
28 May 2025
15 ދުވަސް ފަހުން ނުރައްކަލެއް ނޯންނާނެ ތޯ. ކޮންމެ ކަމެއްގައި ކުޅެނީ ޑްރާމާ.
ސަލީމު އިދުރީސް
28 May 2025
މިހެންވަނީ މަޖިލީހުންވެސް ރައްޔިތުންގެ ރައްކާތެރިކަމައް ގާނޫނުނުހަދާތި! ބެންކު ހޮޓާރެސްޓޯރެންޓުތަކައް މޫނު ނިވާކޮއްގެން ނުވަދެވޭގޮތްހަދާ ނުވަތަ އެތާހުންނަ ގާޑު ޗެކުނުކޮއް ނުވަދެވޭ ގޮތްހަދާ
ސަލީމުގެ މޫނު
28 May 2025
ސަލީމު. ގޯސްތިވީ އަދިވެސް މޫނުބުރުގާ ދޯއެވެ. ވައްކަން ކުރުމާއި، ވައްކަން ކުރިމީހާ ގޯސް ނުވިދޯއެވެ. މޫނު ނާޅާ ވައްކަން ކުރިއަސް މޫނު އަޅައިގެން ވައްކަން ކުރިއަސް ތީ ހަމަ ގޯސްކަމެކެވެ. މައްސަލަ އަކީ ސަލީމު ކަހަލަ މީހުން އުޅޭތީއެވެ.
ބޯ ހަލާކުބެ
28 May 2025
ކައްޓަކައް އަރާފަތަ ހުރީ
ގާނޫނު ބަދަލު ކުރާށޭ
28 May 2025
ކުރިމިނަލް ކޯޓުން މިކަހަލަ މީހުން މާލެ ތެރައަށް ދޫނުކުރާށޭ.....އެމީ ނިސްބަތްވާ ރަށްގެ ކައުންސިލާ ހަވާލު ކުރާށޭ
raajje
28 May 2025
މިއާޓިކަލްގެ ކޮމެންޓުތައްވަރަށް ހޫނުވަމުންދާނެ، އެއީ އަޅުގަނޑުމެން ދިވެހިންގެމެދުގައި ގިނައީ ރޯނުއެދުރުމުސްލިމުންވީމާ، މާނައަކީ އިސްމާމްދީނުގެ ބޭސިކުވެސްނޭންގި ބޮޑެތިދީންވެރިންނަށްވެގެންއުޅޭމީހުން ގިނަވީމަ، މިސާލަކަށް ﷲއަކުބަރުގެ މާނަވެސް ނޭންގޭމީހުންގިނައީ
ޑޮކްޓާރ. ބަނާނާ
28 May 2025
މޫނު ބުރުގާ އަޅައިގެން ވައްކަން ކުރާ ވަގުން ހިފަން ފުރަތަމަ ފޮގް ސެކިއުރިޓީ ސިސްޓަމް ބޭނުން ހިފާ! ދެން ބާރުގަދަ ސައިރަން ، މޯޝަން ސެންސަރާއި އިންޓަރގްރޭޓެޑް އާޓިފިޝަލް އިންޓެލިޖެންސް މޯޝަން ކެމެރާއި ފިހާރައިގެ އެތެރެ އަދިބޭރުގައި ހަރުކުރޭ ! ތިޔަ ވަގުކަލޭގެ ދެން ފިހާރަތެރެއަށް ވަދެފިނަމަ ވެރިމީހާ އަށް އެކަންއަންގާ ސައިރަން ޖެހި ފިހާރަ ތެރެއަށް ފޮގް ދޫކޮށްލުން އެކަލޭގެ އަށް އޮންނާނީ ރާކަނި މަސްކެވިފަ! ވ ސަލާމް!
ައއމނ
28 May 2025
ޖަޒާކަﷲ ޚައިރަން. ސުރުހީގަ މޫނުބުރުގާ އަޅައިގެން ހުރި މީހެކޭ ނެތިމަ.
ދެލޯ ފުހެލައިގެން ޝުރުޚީ ކިޔާލަބަލަ!
28 May 2025
ބޮޑުއަކުރުން ލިޔެފައި އެއޮތީ "މޫނު ބުރުގާ އަޅައިގެންނޭ" ވައްކަންކުރީ!
ސްލީމު އިދުރީސް
28 May 2025
މަގޭ ދަރުކުރާ ފުލައިޓެއްގަ ޖެހިގެން ހުރި ސީޓުތަކުގަ މޫނުނިވާކޮއްގެންއިން މީހެއްއިންނަމަ އެއީކާކުކަން އެގޭނެގޮތައް މަގޭއަން މޫނު ދެއްކުމައް ބޯޓުގެ ކެޓަނައް އަންގާނައް ސަބަކީ ކިތެމެ ބޮޑު ދުސްމަނެއް ވެސް އިނދެދާނެތި ބޯންގެންނަ ތައްޓައް އެއްޗެެއް އަޅާ ނުރައްކާ ކުރުމިގެ ފުރުސަތު އޮތީމަ
ސްލީމް މައިކާ ލޯޒް
28 May 2025
ބޯންގެންނަ ތައްޓައް އެއްޗެެއް އަޅާ ގެންތޯ ؟؟؟ ކޮމެންޓް ލިޔަން ބޭނުން ވާނަމަ ފުރަތަމަ ދިވެހިބަސް ދަސްކުރާ ކުލާހަކަށް ގޮސް ފޮޅުވަތް އަޅައިގެން ނަމަވެސް ދިވެހި ލިޔަން ދަސްކުރޭ.
ކޮރުކޮރު
28 May 2025
މޫނުބުރުގާ ނޭޅިޔަސް ކަލެއަށް ކޮންމެ ފަދަ އަނިޔާއެއް ދޭނެ މީހުންވެސް އުޅޭނެހަމަ މޫނުމަތިން އެކަން ނުދައްކައި. ވަގަކު ވައްކަން ކުރީމަ ދެން ކަަލޭ ތިއުޅެނީ ކަލޭ މޫނުބުރުގާ އަޅާ މީހުނަށް ހިތުގަ އޮތް ހަސަދަ މިތާގަ ފިލުވަން!!
ސްލީމު އިދުރީސް މިސުވާލުގެ ޖަވާބު ދީބަލަ!
28 May 2025
ތިއީ ބަންގާޅީއެއް ހެއްޔެވެ؟ ކޮމެންޓް ލިޔެފައި އޮތް ގޮތުން ޝައްކުވީ އެވެ.
ޕޮބްލޯ
28 May 2025
އެހެންވީމާ 15 ދުވަސްފަހުން މުޖުތަމައުގެ ސަލާމަތަށް މީނާގެ ފަރާތުން ނުރައްކަލެއްނުވާނެތާ!
ރަދީފްއޮފިޝަލް / އޮމެގާ ގަޑި
28 May 2025
މިއީ ބަޔަކު ކުޅޭ ގޭމަކާ ވަރަށް ވައްތަރު.މޫނު އަޅާ ކަނބަލުންނަށް ކުރި ފުރައްސާރައެއް ކަމަށް ބެލެވެނީ.