ރާއްޖެއަށް 18 ކިލޯގެ ޑްރަގު އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފައި.
15 ޖޫން 2025 - 16:06
ރާއްޖެއަށް ވައިގެ މަގުން އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް 18 ކިލޯގެ ޑްރަގްގެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.
މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިއޮއިޑްސް ރާއްޖެ ގެނައީ އެއާ ކާގޯ ޝިޕްމަންޓެއްގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ބެންގަލޫރު މަގުންނެވެ. ގާތްގަނޑަކަށް 26 މިލިއަން ރުފިޔާގެ އެ ތަކެތި ރާއްޖެއަށް އެތެރެކުރި މައްސަލާގައި ކަސްޓަމްސްއިން ހިފެހެެއްޓީ އެ ތަކެއްޗާ ހަވާލުވާން ދިޔަ ބަންގްލަދޭޝް މީހެކެވެ.
އެކަމަކު އޭނާއާ އެ މަސްތުވާތަކެއްޗާ ގުޅުމެއް އޮތް ކަމަށް ނުފެންނާތީ ފުލުހުން އޭނާ ވަނީ ދޫކޮށްލައިފަ އެވެ.
ފުލުހުން މިއަދު ބުނިގޮތުގައި އެ މައްސަލާގައި އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ. އެކަމަކު އެ މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ބުންޏެވެ.
އެތަކެތި ރާއްޖެއަށް އެތެރެކުރީ ކޮން ފަރާތެއްގެ ނަމުގައި ކަމެއް ވެސް ފުލުހުން އަދިވެސް ނުބުނެ އެވެ.
މަސްތުވާތަކެތީގެ އެ ޝިޕްމެންޓް އަތުލައިގަތީ ކަސްޓަމްސް އަށް މައުލޫމާތު ލިބިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
16 June 2025
ތިޔައެއްޗެއް ރާއްޖެޔާ ހަމަޔަށްއައީ ރިސީވަރ އެޑްރެސްއެއް ނަމެއްވެސްނެތިތަ؟.
މޯލްޑިވްސް ޖަމަލު ފޮޑި ސާވިސް
16 June 2025
ބަލަގަ މީހަކު ހައްޔަރު ކުރާކަށް ނުޖެހެޔޭ. މިހާރު އެ އެއްޗެހި އެހެރީ ކޮންސައިނީ އަތަށް އަރާފަ. ލަހެއް ނުވެ ދުވަސްކޮޅަކުން ކޮންސައިނީގެ ޑިސްޓްރިބިއުޓް ޑިޕާރޓްމަންޓުން ތިޔަ އެއްޗެހި ވިއްކަން ފަށާނެ. އަދި އޭގެ ދުވަސްކޮޅެއް ފަހުން ގޮދަން ފުށް ޕެކެޓުތަކެއް ނޫސްވެރިން އެއްކޮށްފައި މެންދުރު ދަޅާގައި ފީފާ ބުރިއަކަށް އަޅައިގެން އަންދާލާތަން ދައްކާނެ. ހުރިހާ ކަމެއް ވެސް ހިނގާނީ ކޮންސައިނީގެ ބެލުމުގެ ދަށުން. މިނިވަން ބައެއްގެ އެއްވެސް ހިއްސާއެއް ނޯންނާނެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އެޑްވައިޒަރ
16 June 2025
ޕެކޭޖުގެ ބޭރުގައި " ސެންޑަރ" ނުވަތަ " ސެލާރ"އަދި "ރިސީވަރ" ނުވަތަ "ކަސްޓަމަރ" ޖަހާފައިވާ ލޭބަލް މީޑިއާއަށް އާންމު ކުރުމަށް ގޮވާލަން..
ފައްޔާޒަށް ދައުވާ ކުރަމާ!
15 June 2025
ކުރީ ސަރުކާރުން އެތެރެ ކުރި އެއްޗެއް ދެއްތޮ؟
ކޮރަލް
15 June 2025
ތިޔަ ޑްރަގް ބަހައްޓާ ތަނެއް ތިޔަށް ހަދާ ގޮތެއް ބުނެދީ ބަލާށެވެ.؟ ރަނައްވުރެ އަގު ބޮޑު އެއްޗެއް ގިނަ ދުވަހު ނުބެހެއްޓޭނެ އެވެ. އަވަހަށް ނައްތާލާށެވެ. ނޫނީ ކައިރީގަ ހުރި މީހަކު ވިއްކަން ފަށާ ފާނެ އެވެ.
އަލީ ޖަނާހު
15 June 2025
ނުވާނެ ތިކަމެއް! ހުއްޓާލާފަ ގަނޑުކޮއް މުސާރަ އާއި އިނާޔަތް ލިބޭ ގޮތައް ރިޓަޔާރ ކުރޭ!
ސޭތު
15 June 2025
ތިހެން ނުހަދާ. ކޮންމެވެސް މީހަކު ހައްޔަރު ކޮށްލަންވާނެ! މަގުމަތީގަ އުޅޭނެ ބައިވަރު މީހުން.
ބަބޫ
15 June 2025
މީހަކަށް އެޑްރެސް ކޮށްފަ ނެތީތަ؟ ހަމަ އެކަނި މޯލްޑިވްސް ޖަހާފަ ތަ އިނީ؟ ގައުމުގެ ހުރިހާ ރައްޔިތުންތަ ހަވާލުވާންޖެހެނީ؟ ނޫނީ ރައީސުލް ޖުމްހޫރިއްޔާތަ؟ އަޖައިބެއް ނުވާނެތަ؟ ގަރުނުގެ ބޮޑު ޖޯކެއްނުތިޔައީ. ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ނަގައިގެން ކޮންކަހަލަ ހަޑިއެއްތަ ތި ހަވަނީ
ބޮޑުބޭބެ
15 June 2025
ޑްރަގާހަވާލުވާންދިޔަމީހާއަކަށް ނޭންގޭ އެބަލާދާށޭބުނީ ކާކު ކަމެއްވެސް، ހެހެހެ ހޭ
1828
15 June 2025
18 ކިލޯގެ މަސްތުވާތަކެތި، އޭގެ އަމިއްލަ ޒާތުގައި ރާއްޖެއައީމައި ދެން އެކަމުގައި މީހަކު ހައްޔަރުކުރަން ޖެހޭ ތޯ؟ މީހަކަށް އެކަމުގައި ތުހުމަތު ކުރަން ޖެހޭ ތޯ؟ ޖަހާލާ ހެޑްލައިން ދޯ؟
އިޖްރާތް
15 June 2025
އެވާނީ ނުބައި އިޖުރާއަތެއްގެ ދަށުން އެތެރެކޮށްފައި ހުރި ތަކެތި ކަމަށްވީމަ މީހަކު ހައްޔަރު ނުކުރީ ކަމަށް.