ޚަބަރު / މަސްތުވާތަކެތި

މަސްތުވާތަކެތީގެ ޝިޕްމެންޓާ ހަވާލުވާން ދިޔަ ބިދޭސީ މީހާ ދޫކޮށްލައިފި

ކަސްޓަމްސް އިން ހިންގި އޮޕަރޭޝަނުގައި އަތުލައިގަތް ބައެއް ތަކެތި ފާސްކުރަނީ.-- ފޮޓޯ: ކަސްޓަމްސް

ރާއްޖެއަށް ވައިގެމަގުން އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް 18 ކިލޯގެ ޑްރަގާ ހަވާލުވާންދިޔަ ބިދޭސީ މީހާގެ ބައިވެރިވުމެއް އެކަމުގައި އޮތް ކަމަށް ނުފެންނާތީ އޭނާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ އިންޑިއާގެ ބެންގަލޫރު މަގުން ގެނަައި އެއާ ކާގޯ ޝިޕްމަންޓުގައި މަސްތުވާތަކެތި ފޮރުވާފައި ހުރީ 30 އަށް ވުރެ ގިނަ ޕެކެޓުގައި ވަކިވަކިން ބަންދުކޮށްފަ އެވެ. އެ ތަކެތި ހުރީ ޕްލާސްޓިކް ގަސް ފަދަ ތަކެތީގެ ޕޮޓާއި އޭގެ ބައިތަކުގައި ފޮރުވައިފަ އެވެ.

ޖުމްލަ ބަރުދަނުގައި 18.62 ކިލޯ ހުރި އެ ޑްރަގުގެ މަގުމަތީ އަގު އުޅެނީ 26 މިލިއަން ދިވެހި ރުފިޔާގަ އެވެ.

އެ މައްސަލާގައި ކަސްޓަމްސް އިން ފުލުހުންނާ ހަވާލުކުރީ އެ ތަކެއްޗާ ހަވާލުވާން ގޮސް ހުރި 35 އަހަރުގެ ބަންގްލަދޭޝް މީހެކެވެ. އަދި ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތި ވެސް ފުލުހުންނާ ހަވާލުކުރި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވި ގޮތުގައި ތަހުގީގަށް ބެލިބެލުމުން މަސްތުވާތަކެތި އެތެެރެކުރި ބަޔަކާއި މުދާ ކްލިއާ ކުރަން ދިޔަ މީހާއާ ގުޅުމެއް އޮތް ކަމަށް ނުފެނެ އެވެ.

"ފުލުހުންގެ ތަހުގީގަށް ބެލިބެލުމުން މަސްތުވާތަކެތި އެތެރެކުރި ބަޔަކާއި މުދާ ކްލިއާ ކުރަން ދިޔަ މީހާއާ ގުޅުމެއް އޮތް ކަމަށް ނުފެންނާތީ މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މީހާ ވަނީ ދޫކޮށްލާފައި،" ފުލުހުން ބުންޏެވެ.

އެކަމަކު އެތަކެތި އެތެރެކުރީ ކޮން ކުންފުންޏަކުން ކަމެއް އަދި ސާފެއް ނޫނެވެ.

ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތި ވަނީ ކެނަބިއޮއިޑްސް އަށް ޕޮޒިޓިވްވެފަ އެވެ.

އެ ޝިޕްމެންޓް އަތުލައިގަތީ ކަސްޓަމްސް އަށް އެކަމުގެ މައުލޫމާތު ލިބިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ.

24 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 0%
icon angry icon angry 93%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަރުތަ

13 June 2025

"އެތަކެތި އެތެރެކުރީ ކޮން ކުންފުންޏަކުން ކަމެއް އަދި ސާފެއް ނުވެއެވެ." ކްލިއަރ ކުރަން ދިޔަ މީހާއާވެސް ގުޅުމެއް ނެތް، އެހެންވިޔާ ކްލިއަރ ކުރަން ދިޔަ ބަންގާޅު މީހާ ދިޔައީ ހަމަ އަމިއްލައަށް އެއްޗިހިތަކެއް ކްލިއަރ ކުރަންބާ!، އެމީހާގޮސް ގަސްޕޮޓުތަކެއް ބަލާ އައިވާހަކަ ބުނީބާ! އެމީހާ އެތަކެތި ކްލިއަރ ކުރަން ދިޔައީ ކާކު ފޮނުވައިގެންތޯ ބެލޭނެ ނޫންބާ!

The name is already taken The name is available. Register?

ރާވެރިބެ

13 June 2025

ހަމަ ގައިމުވެސް މީ ތިކިޔާ އުޅޭ ގޭންގަކުން އެތެރެކުރި އެއްޗެއްހެން ހީނުވޭ. މާލޭގެ މަޝްހޫރު ފިހާރައަކުން އެތެރެކުރީ. ބަލައި ދިޔަމީހާ އާ ގުޅުމެއްނެތް ކަމަށް އެނިންމީ ޝަރިއަތަކާ ނުލާ. ދެން މައްސަލަ އޮބޭނީ. ހެއްކެއް ނުފެންނާނެ. އަމިއްލަ އަށް އިމްޕޯޓުވީ ކަމަށް ނިމޭނީ. މަސްތުވާތަކެތީގެ މިކަހަލަ ހުރިހާ ބޮޑެތި މައްސައެއް ވުޖޫދުން ގެއްލޭނެ. ބޮޑުން ހިންގާ ޖަރީމާ ޖެހެނީ އޮއްބާލަން. ކަސްޓަމްސް ކުދިން އެތުރިތިބެގެން ނެގި ފޮޓޯ މިގޯސްވީ.

The name is already taken The name is available. Register?

ޑރ ވާންޗޯ

13 June 2025

ދެން ބުނޭ އެތަނުން އެއްވެސް ޑްރަގްޕެކެޓަކަށް ނޭގުނޭ އެގެނައިބަޔަކު ބުނެދޭކަށް އެހެންވެ ހުރިހާޑްރަގް ޑީޕޯޓްކޮށްފީމޭ!!!!.

The name is already taken The name is available. Register?

ރިހާކުރުފުޅިމީހާ

12 June 2025

26 މިލިއަން ވިއްޔާ ދިވެހިންގެރާއްޖެއަކު ކުއްވެރިއެއްނުވާނެ!!

The name is already taken The name is available. Register?

އިންސާފް އުތުރިއަރަނީ

12 June 2025

الله أكبر، الله أكبر، الله أكبر

The name is already taken The name is available. Register?

އެދުރުބެެ

12 June 2025

ދެން މިޙަބަރު މި ނިމުނީ. ދުވަހަކުވެސް އިމްޕޯރޓް ކުރިބަޔަކު ހާމަ ނުކުރާނެ، ކޮބާ ތިލަފުށީގައި ހުންނަ ހޯކްސް ގުދަނަށް މިލިއަނުން ގެނައި ސިގިރޭޓްތައް، އެވެސް މާވަހަރަށްވީމަ ދޫކޮށްލީދޯ އަމިއްލައަށް ލެއްގި އެއްޗަކަށް ވީމަ؟ 3 ލައްކަ އާބާދީ ހަމަނުވާ ތަނެއް ނުބެލެއްޓޭކަމަށް ހަދައިގެން މިލިއަނުން ޙަރަދުކޮށްގެން ހިންގާ ޖަރީމާނޫންތަ؟ މިހާރުވެސް ރިހާކުރު ފުޅިއެއް ވަގަށް ނަޤާބަލަ، ވަގުތުން ހުކުމް. ހިސާބު ބައްލަވާނެ ދުވަސް އަދި އެބައޮތް ނުހަނު ގާތުގައި....

The name is already taken The name is available. Register?

ބަބޫ

12 June 2025

ދެން ޒިންމާ ނަގަންވީ ކާކު؟ ހައްޔަރު ކުރި މީހުން ދޫކޮށްލަނީ. އަޑި ނުބައި ޖަރީމާތަކެއް.

The name is already taken The name is available. Register?

ރަދީފްއޮފޮޝަލް /

12 June 2025

ފައިސާ ވަރަށް ރަނގަޅު އަދަދަކުން ބައިއެޅިކަން އެނގި ހާމަވީ.

The name is already taken The name is available. Register?

އެންމެން ހެޕީ

12 June 2025

ސޭކުސްތާނުގަ ތިޔަކަހަލަ ކަންތައް ހިގައެވެ.

The name is already taken The name is available. Register?

ޖާބިރު

12 June 2025

26 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ވީމަ އެ އެތެރެ ކުރި ބައެއްގެ ނަންވެސް ސިއްރުވީ. އޭގެން ކޮންމެސް ވަރެއްގެ ކަޓެއް ނަގާލެވޭނީ މައްސަލަ އޮއްބާލީމަތާ! އެތެރެކުރާ އެއްޗެއްގެ ވެރިފަރާްތް ނޭނގޭހާ ގަމާރު ސިސްޓަމެއް ދޯ މިތާ އޮންނަނީ. މިމީހުން ހީކުރަނީ އެންމެންނަކީ ވެސް ގަމާރުން ކަމަށްތަ!

The name is already taken The name is available. Register?

ލެއްގިކޮމިޝަނަރ

12 June 2025

ފުލުހުން ތަހުޤީޤުކުރާ ހުރިހާ މައްސަލަތަކެއްގެ ތަފުސީލު ނުޖެހޭނެ ހާމަކުރާކަށް. ވާނުވާ ނޭންގިގެން މިތާކޮމެންޓްކޮށް ތެޅިބާލަނީ ކަލޭމެންތީ ކޮންފެންވަރެއްގެ ބައެއްކަން ހުދުކަލޭމެންނަާްވެސް ނޭންގޭ! ތިހާކަންކަން އެގެންޏާ ކޮފީބޮއި، ދުފާ، ސިނގިރޭޓްބޮމުން ކޮމެންޓްކުރަން ނީންދެ ގޮސް ފުލުހުންގެ ވަޒީފާއަށްވަދެ ނިކަން ބޭސިކް ޓުރޭނިން ހަދާލަބަލަ. މަހުވާކޮށްފަބުނަން ތިމީހުނަށް އެވަރުވެސް ކޮށްނުލެވޭނެ. އެކަމަކު ފޯނުން ކޮމެންޓްކުރަން ނިކަންމޮޅުވާނެ. ވ.ސަލަމް

The name is already taken The name is available. Register?

އލށފތ

12 June 2025

ލެއްގިކޮމިޝަނަރ ބޭސިކް ޓުރޭނިން ހަދާއިގެން ކަލޭމެނައް ކުރެވުނީ ކޮންކަމެއް، ޕޮލިސް ކަންތަކެއް ރަނގަޅުކުރަންޖެހޭކަން އެގޭއިރުވެސް ހަމަ މޭކަރާަފަ ބޯހަރުވެގެން ރައްޔިތުންގެ ފައިސް ކާލައިގެން ތިބީމަ ވޭތަ އަދި؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454