ވައިގެ މަގުން ރާއްޖެ އަށް މަސްތުވާތަކެއްޗާއި މަނާ ބޭސްތަކެއް އެތެރެކުރި ބަންގްލަދޭޝްގެ ދެ މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ޝިފުލް، 40، އާއި ސަޖިބް، 32، އެވެ.
ފުލުހުން ބުނީ އެ ދެމީހުން ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ.
އެއީ މަސްތުވާތަކެއްޗާއި މަނާބޭސް ރާއްޖެ އަށް އެތެރެކުރިކަމުގެ ތުހުމަތުގައި ކަސްޓަމްސް އިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރި ދެ މީހުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޝިފުލް އާއި ސަޖިބް ރާއްޖެ އެތެރެކުރި ޑްރަގްގެ ބަރުދަނުގައި 1،105 ގުރާމް ހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ދެ މީހުން 15 ދުވަހުގެ މުއްދަތަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.