ކަސްޓަމްސް އިން ރޭ އަތުލައިގަތް މަސްތުވާތަކެތި ޓެސްޓުކުރަނީ. -- ފޮޓޯ: ކަސްޓަމްސް
11 ޖޫން 2025 - 16:16
ރާއްޖެއަށް ވައިގެމަގުން އެތެރެކުރަން އުޅެނިކޮށް އިއްޔެ އަތުލައިގަތް 18 ކިލޯގެ މަސްތުވާތަކެއްޗާ ހަވާލުވާން ދިޔަ ބިދޭސީއަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ގާތްގަނޑަކަށް 26 މިލިއަން ދިވެހި ރުފިޔާގެ މަސްތުވާތަކެތި ހުރީ 30 އަށް ވުރެ ގިނަ ޕެކެޓުގައި ވަކިވަކިން ބަންދުކޮށްފަ އެވެ. އެ ތަކެތި ހުރީ ޕްލާސްޓިކް ގަސް ފަދަ ތަކެތީގެ ޕޮޓާއި އޭގެ ބައިތަކުގައި ފޮރުވައިފަ އެވެ.
އެ މައްސަލާގައި ފުލުހުންގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ އެ ޑްރަގްއާއެކު 35 އަހަރު ބިދޭސީ ފިރިހެނަކު ކަސްޓަމްސްއިން ފުލުހުންނާ ހަވާލު ކޮށްފައިވާ ކަމަށެވެ. އެ މީހާގެ ބަންދުގެ މުއްދަތު އަދި ނުޖަހަ އެވެ.
ކަސްޓަމްސްގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި އެ ބިދޭސީ މީހާއަކީ އެތަކެއްޗާ ހަވާލުވާން ގޮސް ހުރި މީހާ އެވެ. އަދި އެގޮތަށް އަތުލައިގަން މަސްތުވާތަކެއްޗާއި އެއާ ހަވާލުވާން އަންނަ މީހުން އެ އިދާރާއިން ހަވާލުކުރަނީ ފުލުހުންނާ އެވެ.
ކަސްޓަމްސް އިން ރޭ ހިންގި އޮޕަރޭޝަނުގައި އަތުލައިގަތް ބައެއް ތަކެތި ފާސްކުރަނީ.-- ފޮޓޯ: ކަސްޓަމްސް
އެއީ ކޮން ފަރާތަކުން ރާއްޖެއަށް އެތެރެކުރި ސާމާނެއް ކަމެއް އަދި ސާފެއް ނޫނެވެ. އިންޑިއާގެ ބެންގަލޫރު މަގުން ގެނަައި އެއާ ކާގޯ ޝިޕްމަންޓަކުން އަތުލައިގަތް އެ ތަކެތި ވަނީ ކެނަބިއޮއިޑްސް އަށް ޕޮޒިޓިވްވެފަ އެވެ. އަދި އެ ތަކެތީގެ ޖުމްލަ ބަރުދަން 18.62 ކިލޯއަށް އަރާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ފަހިކޮށް އޮތް މާހައުލު ނައްތާލައި، އެ ފަރާތްތަކާ ގާނޫނު ދަނީ އަރާ ހަމަކުރަމުން ކަމަށެެވެ. އަދި އެއީ ކަސްޓަމްސް އިން އެކަމުގެ މައުލޫމާތު ލިބިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގަތް މަސްތުވާތަކެތި ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސަރަފަ
12 June 2025
ކޮމެންޓްތަށް ކިޔާލަން މިއައީ. ހުރިހާ ކުދިންވެސް ކުރުކޮށް ފޮނިކޮށް ކޮމެންޓް ކުރައްވާ
އަސް
12 June 2025
އެތެރެކުރީ ކާކުހޭ ތިތަކުތި، ކޮންމެ ދުވަހަކު އެކައްޗެއް ތަފާތުކޮށް، އެތެރެކުރި ފަރާތް ކޮބާހޭ، ކޮންސައިނީ ؟؟؟؟
އިސްމާލި
12 June 2025
އިހަކަށް ދުވަހު އަހަރެން ވަންވޭ އަކުން އިދިކޮޅަށް ވަދެގެން ގޮސް ދެތިން މިނިޓު ނުވަނީސް ސީދާ ޕޮލިހުން މަގޭ ފޯނަށް ގުޅުއްވައި ހާޒިރުވާން ދަންނަވައިފި. އެހެނަސް މި އުޅެނީ، ރާއްޖޭގެ ބޯޑަރު ހުރަސްކޮއް އެތެރެކުރި ބޮޑު ޝިޕްމަންޓެއްގައި ހުރި ޑުރަގު ގެނައީ ކޮން ބައެެއްކަން ނޭނގިގެން.
އިސްމާލި
12 June 2025
"އެއީ ކޮން ފަރާތަކުން ރާއްޖެއަށް އެތެރެކުރި ސާމާނެއް ކަމެއް އަދި ސާފެއް ނޫނެވެ." ގެނައި ފަރާތް ސާފު ނުވަނީތަ ނޫނީ އަންގަން ބޭނުން ނުވަނީތަ؟ ގައިމު އަހަރެމެން ލާނެ ޖަނގިޔާ ގަނޑެއް ގެނަޔަސް، ކަސްޓަމްސް އަށާ އެމް.ޕީ.އެލް. އަށް ސާޅީސް ފޯމުލައިގެން އެ ތަކެތި ނެރެވެނީ. އަނެއް ވާހަކައަކީ ތިޔަ ތަކެތި ތިހެން ގެންނާނީ ކަސްޓަމްސް ފަދަ ތަންތަނުގެ އެކަމުގައި އުޅޭ މުވައްޒަފުން ގެ ބައިވެރިވުން އޮވެ. އެ ތަންތާ ތިބީ ކޮން ގޭންގުތަކެއްގެ ބައެއްތޯ ބަލާލަބަލަ.
މަގުމަތީ އަގު
12 June 2025
އަތުލައި ގަންނަ މަސްތުވާ ތަކެތީގެ މަގުމަތީ އަގޭ ކިޔާފަ އަސްލު މަގުމަތީ އަގައް ތުރެވެސް ބޮޑެތި އަގުތައް ކިޔުން ހުއްޓަން ވެއްޖެ. ތި ކިޔާފަ މަސްތުވާ ތަކެތި އެތެރެ ކުރާހިތް ވާމީހުން ވަނީ އިތުރު.
ފަނޑިޔާރު
12 June 2025
ކަސްޓަމްސް އަކި އަބަދުވެސް ކަރަޕްޝަނުގެ ތަނެކޭ ކިޔާ އަޑު އަހަމެވެ. އެހެންނަމަވެސް ކަސްޓަމްސް އޮފިސަރުން މަސްތުވާ ތެކެތި އަތުލުމުގައި ވަރަށް ވެސް ހުޝިޔާރެވެ. ތިޔަ އޮފިސަރުން ތިޔަ ކުރައްވާ މަސައްކަތައް އަލުގަނޑު ވަރަށް ބޮޑަށް ޝުކުރު ވެރި ވަމެވެ. އަދި ތިޔަ މަސައްކަތުގައި ކަސްޓަމްސް ކުރި އަރާފައި ހުރި މިންވަރު ރައްޔިތުންނަށް ވަނީ ހާމަ ވެފައެވެ.
މިއީ ދިވެހިން
12 June 2025
ސިނގިރޭޓް އަތުލިޔަސް ބަނގުލަދޭސް ގަސްޕޮޓެއް އަތުލިޔަސް ބަނގުލަދޭސް. ދިވެހި މީހަކު ނުހުރޭ. ތިޔަ ކުޖްފުނީގެ ނަން ބުނެލަންވެސް ކަސްޓަމަށް ނުކުރުނީތަ އަޅެ
ބަފައިބެ
11 June 2025
ޢެތެރެކުރި ކުންފުންޏެއް އެތެރެ ކުރި ތަނެއް އެތެރެ ކުރިމީހެއްނެތް. ހަމައެކަނި ހަވާލުވާން ދިޔަ ބޭރު މީހެއް. ޖަރުމަނެއްކަން އެމެރިކާއެއް ކަންވެސް ނޭގުނު މީހެއް. އެންމެންނަށް އެނގޭކަމަކީ ގޭންގަކުން އެތެރެ ކުރި ތަކެތިކަން. ސަރުކާރުވެސް ބިރުގަމްނަވަރުގެ ކުންފުންޏެއް ވީމަތާ ބުނަން ނުކެރޭނީ.
ހަސަންބޭބެ
11 June 2025
ވައްސަލާމު އަލައިކުމް ވަރަޙުމަތުﷲ. މައްސަލަ ނިމުނީ. އިތުރުކަމެއް ނެތިއްޔާ ދެން ވަޑައިގަތަސް އެންމެ ރަނގަޅު.
އަދަބަކީ ޑިޕޯރޓްކޮށްލުން
11 June 2025
ތިއޮށް ބޮޑު ކުށް ކުރީމަވެސް ރާއްޖޭން ބުނާނީ ކަލޭ ރަށަށްދާށޭ. އެއީ އަދަބަކީ. ކުށަށް އަދަބު ނުދީ ޑިޕޯރޓް ކޮށްލުމަކީ ޤާނޫނީ އަސާސެއް އޮތްކަމެއްބާވައޭ ހިތަށްއަރާ