ގިނަ އަދަދެއްގެ މަސްތުވާތަކެތި ދިރުވާލައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ. 

ކަސްޓަމްސްއިން ބުނި ގޮތުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިދިޔަ މަހުގެ 19 ވަނަ ދުވަހު ހިފެހެއްޓި އެވެ. 

އެ މީހާ މަސައްކަތް ކޮށްފައިވަނީ ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން ކަމަށާއި އެއީ ބަރުދަނުގައި 1،180 ގްރާމް ހުރި ކޮކެއިން ކަމަށް ކަސްޓަމްސް އިން ބުންޏެވެ. 

އޭގެ މަގުމަތީ އަގު 2.9 މިލިއަން ރުފިޔާއަށް ވުރެ އިތުރެވެ. 

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ މައުލޫމާތެއް އާންމެއް ނުކުރެ އެވެ. ފުލުހުން ވެސް އޭނާއާ ގުޅޭ މައުލޫމާތު އަދި ހިއްސާކޮށްފައެއް ނުވެ އެވެ.