އިއްޔެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުން ކުރިއަށް ގެންދަނީ.---ފޮޓޯ: އެމްޑީޕީ
04 ޖުލައި 2025 - 11:44
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ މީހުންގެ 33 ޕަސެންޓު ޒުވާނުންނަށް ހާއްސަ ކުރަން އެ ޕާޓީގެ ކަމާ ގުޅޭ ކޮމިޓީގެ ރިޕޯޓެއްގައި ހިމަނައިފި އެވެ.
އެންމެ ފަހުން ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި ލޯކަލް ކައުންސިލް އިންތިހާބުގެ ތައްޔާރީތަކާ ގުޅޭ ރިޕޯޓު އިއްވަވަމުން ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭ ތައްޔާރީތަކާ ބެހޭ ހާއްސަ ކޮމިޓީގެ މުގައްރިރު އަދި ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބު އަބްދުﷲ ވިދާޅުވީ، ޒުވާނުން ކަމަށް ބަލާނީ އުމުރުން 18-35 އަހަރު ކަމަށެވެ.
"މިސާލަކަށް ފަސް ކައުންސިލަރުން ތިބޭ ރަށެއްގައި ވެއްޖިއްުޔާ އޭގެ ތެރެއިން 33 ޕަސެންޓު އެއީ ޒުވާނުންނަށް،" ޔައުގޫބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ޓިކެޓު ދޭނެ ކެންޑިޑޭޓުން ހޮވާ ޕްރައިމަރީ އަށް ފޯމު ހުށަހަޅާއިރު ޒުވާނުންނަށް "ހާއްސަ ޖާގަ" އަށް ކުރިމަތިލާ ނަމަ އެކަން ފާހަގަ ކުރަން ވާނެ ކަމަށެވެ. އަދި "ޒުވާނުންގެ ހާއްސަ ޖާގަ" އަށް ގިނަ ބަޔަކު ކުރިމަތިލާ ނަމަ އެ މީހުންގެ މެދުގައި ޕްރައިމަރީއެއް ބާއްވާނެ ކަމަށް ޔައުގޫބު ވިދާޅުވި އެވެ.
"މުޅި ޖުމުލަ ކައުންސިލަށް ވާދަކުރާ މެމްބަރުންގެ މެދުގައި އޮންނަ ޕްރައިމަރީއަކަށް ނޫން އެ ބޭފުޅުން، އެ ބައި ހަމައެކަނި ޒުވާނުންގެ ޖާގައިގެ ތެރޭގައި އެ ޕްރައިމަރީ ކުރިއަށް ދާ ގޮތަށް އަޅުގަނޑުމެންގެ ވިސްނުން މި ހުރީ،" އޭނާ ވިދާޅުވި އެވެ.
އިއްޔެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި ޔައުގޫބު ވާހަކަ ދައްކަވަނީ.---ފޮޓޯ: އެމްޑީޕީ
ލޯކަލް ކައުންސިލް އިންތިހާބާ އެކު ބާއްވާ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓު ދޭއިރު ވެސް 33 ޕަސެންޓު ޒުވާނުންނަށް ހާއްސަ ކުރަން އެމްޑީޕީން ވަނީ ނިންމައިފަ އެވެ.
އެމްޑީޕީން މި ފަހަރު ކަނޑައަޅާފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް އެ ޕާޓީގެ ޓިކެޓު ހޯދަން ބޭނުންވާ ހުރިހާ ކެންޑިޑޭޓުންނަށް ހާއްސަ ތަމްރީނު ޕްރޮގްރާމެއް ބާއްވާށެވެ. އެއީ ބައިވެރިން މަޖުބޫރު ޕްރޮގްރާމެއް ކަމަށް ޔައުގޫބު ވިދާޅުވި އެވެ.
"އެކަމަކު އެއީ ފާސްވާ، އެ ގޮތަށް ޓެސްޓެއް ދީގެން ކުރިއަށް ގެންދާ ކަމެއް ނޫން. އޭގައި މައިގަނޑު ގޮތެއްގައި ޕާޓީގެ ފިލޯސަފީ އާއި ޕާޓީގެ މައިގަނޑު އުސޫލުތަކާއި އަސާސްތަކާއި މި ކަންކަމާ ގުޅޭ ގޮތުންނާއި ލާމަރުކަޒީ ނިޒާމާ ގުޅޭ ގޮތުން މައުލޫމާތުތަކެއް [ދޭނީ]،" އޭނާ ވިދާޅުވި އެވެ.
އިއްޔެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުން ކުރިއަށް ގެންދަނީ.---ފޮޓޯ: އެމްޑީޕީ
މިހާރު މަގާމުގައި ތިއްބެވި ލޯކަލް ކައުންސިލަރުން އެ ޕްރޮގްރާމުގައި ބައިވެރިވުން މަޖުބޫރު ނޫން ކަމަށް ޔައުގޫބު ވިދާޅުވި އެވެ. އެކަމަކު، އެ ބޭފުޅުން ބޭނުން ނަމަ ޕްރޮގްރާމްގައި ބައިވެރިވެވޭނެ ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީން ނިންމާފައިވާ އެއްކަމަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެ ޕާޓީގެ ޓިކެޓު ދޭއިރު މާކްސް ދިނުމާ އެކު "ވެޓިން ޕްރޮސެސް" އެއް ކުރިއަށް ގެންދާށެވެ. އަދި އެ ޕްރޮސެސް ކުރިއަށް ގެންދަން ތިން މެމްބަރުންގެ ކޮމިޓީތަކެއް އެކި ސަރަހައްދުގައި ހަރަކާތްތެރިވާނެ ކަމަށް އެ ޕާޓީން ބުންޏެވެ.
ޓިކެޓު ދިނުމާ މެދު ގޮތެއް ނިންމާއިރު އެ ރަށެއްގައި ހަރަކާތްތެރިވާ އެމްޑީޕީގެ ހިންގާ ކޮމިޓީ އާއި ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ މެމްބަރަކު ހުންނެވި ނަމަ އެ ބޭފުޅަކާއި އެމްޑީޕީގެ ދާއިރާގެ ރައީސާއި އެ ޕާޓީގެ ކަންތައްތަކުގައި އެ ރަށެއްގައި ހަރަކާތްތެރިވާ އިސް މީހުންނާ މަޝްވަރާ ކުރާނެ ކަމަށް ޔައުގޫބު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
05 July 2025
ތިޔަ 33 ޕަސެންޓް ޒުވާނުންގެ ތެރޭގަ ހަމައިގަނުތިބެވޭ މީހުނާ ، ބޮއެގެން ވެއްޓިފަތިބިމީހުނާވެސް ހިމެނޭތަ؟.
އަޕް ޓު މދ
05 July 2025
އެންމެ ފަހުން އެހެން އުޅުނު ސޮރު ހުރީ މިސަރުކާރު ޔޫތު ކައުންސިލުގައި ދެން ހުރި ސޮރު އުޅުނީ މުއިއްޒު ކެމްޕޭނުގައި
ހަސަންބޭ..
05 July 2025
ކޮންމެހެން ޒުވާނުންނަކަށް ފުރުސަތެއް ދޭނެކަމެއް ނެތް.. ކަމުދާ ޒުވާނަކު ނޫޅޭ
ހޮޅިފަސް
04 July 2025
ޒުވާނުން ތިޕާޓީއަކަށް ދެނެއް ތާއިދެއް ނުކުރާނެ... މަޖިލީސް އިންތިހަބުގައި ވަކި ބަޔަކަސް ތަބަކަށް ލާފަ ޓިކެޓު ދިން ހަނދާން ނުނެތޭނެ.
ާށޘާށވފ
04 July 2025
ރައްޔިތުންގެ ބޮލަށް ޗިޕު ޖަހަން ދައްކާ ވާހަކަ ތިހުންނަނީ. ކަންވެ ނިމޭއިރު ތިބޭނީ ހަމަ ކުރިން ވެސް ތިބި މީހުން.
ޑައިޖިންބޮއެބަލަ
05 July 2025
ކަޑަވީތަ؟
މުރާސިލް
04 July 2025
ޔައުޤޫބެވެ. އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ މީހުންގެ 100 ޕަސެންޓު ޒުވާނުންނަށް ހާއްސަ ކުރިއަސް ދެނެއް ތިޔަ އެމްޑީޕީއަކާއި ޒުވާނުންނެއް ވަޔެއް ނޭޅޭނެއެވެ. ސަބަބަކީ އެމްޑީޕީއަކީ މިހާރު ޕާޓީތެރޭގައި އެންމެ ހަމަ ނުޖެހުން ބޮޑު ޕާޓީއެވެ. ތިޔަ ޕާޓީއަކީ މިހާރު ސިޔާސީ ގޮތުން މާ ބޮޑު ބަރު ދަނެއް ނެތް އަދި ފޫ ވަށް ވެއްޓީ ރޫޅިފައިވާ ޕާޓީއެވެ. ލޯކަލް ކައުންސިލް އިންތިޙާބުގެ ނަތީޖާ ބަލަށް ތިބޭށެވެ.
ބޒ ޒ މ
04 July 2025
އެއްކަލަ ލެބަލް ކުޅިވަރު ފެށުނީ. މީ ހަމަ ހަމަ ކިޔައިގެން އުޅޭ މީހުންގެ ހާލު.
ޢަތޫ
04 July 2025
ހަމަޖެހޭ އުމުރެއްގެ މީހަކު ލައިގެން ރަށެއް ތަރަށްޤީ ވެދާނެތީ ދޯ.
މައްކޫ
04 July 2025
ކަލޯ ޔައުގޫބޫ މައްކޫ އޮޑިޓަރާ މި ހިފަންނޫ ވަގާ ކިޔާފަ ގޮސް މަޖިލީހުގަ ކުރެވުނު އޮޑިޓެއް ހިފުނު ވަގެއް ނެތް. ދެން ކުރަން ތިއުޅެނީ މުހާރު ކޮންކަމެއްތަ. ވަކިބަޔަކަށް ތަބަކަށްލާފަ ޓިކެޓު ދިނުމުގެ ބޭނުމެއް ނެތް. އެންމެންނަށްވެސް ހަމަހަމަ އުސޫލު އޮންނަންޖެހޭނީ. މީހަކީ ޒުވާނެކޭ މުސްކުޅިއެކޭ އަންހެނެކޭ ބަނޑުބޮޑު މީހެކޭ ކިޔާފަ ކެޓަގަރީހަދާފަ އެބަޔަކަށް ސުލޮޓު ދިނުމަކީ ބޯހަމަޖެހޭ ކަމެއްނޫން. ވއ
ޒުވާނެއް
04 July 2025
ޒުވާނުނުން ކުޅުނު ފުޓްބޯޅަ ފުނޑާލީ އެމްޑީޕީ އިން. މިހާރުދެން ޒުވާނުން ވާނެކަމެއް ނެތް؟
ފުނޑި
04 July 2025
ފުޓް ބޯޅަ ފުނޑާލީ ގޭންގްތައް ފުޓްބޯޅައަށް ވައްދަން ކޮއްކޮ ބައްސާމް ލައްވާ ޔާމީން ކުރި ކަންކަމުން
ސުންސިކުންތު
04 July 2025
ދުނިޔޭގެ ތާރީޚަށް ބަލާއިރު ޔޫރަޕް ކިޔާ ސަރަހައްދުގައި ސިޔާސީ ކަންކަމަށް ޒުވާނުން ކިޔާ އުމުރަށް އިސް މަޤާމްތަކަށް މީހުން ނަގާފަ ތިބިކަމަކަށް ފާހަގައެއް ނުކުރެވޭ. މިފަދަ މަޤާމްތަކަށް ނަގަނީ ދުނިޔޭގެ ވައްޓަފާޅި ދަންނަ ހޭލުންތެރިވެފައި އެތަނެއްގެ ޤަަނޫނު ކިޔަވައިގެން ތިބޭ މީހުން. ފަހުގެ ތާޜީޚެއްގައި އެމެރިކާގެ ވެރިޔަކަށް ލާފަހުރި ވިޔަފާރި ވެރިޔަކީ މޮޔައެއްކަމަށް ދުނިޔޭގެ ލީޑަރުން ފާހަކަ ކުރަނީ. ބުނާބަސް ހިނދުކޮޅަކުން ބަދަލުކޮށްލާ ކުޅަދާނަ ވެރިއެއް