ކްރިމިނަލް ކޯޓު: ޗޮކްލެޓެއް ވަގަށް ނެގި މީހަކު 15 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
11 ޖުލައި 2025 - 20:51
މާލޭގެ ފިހާރައަކުން ޗޮކްލެޓެއް ވަގަށް ނަގަން އުޅުނު މައްސަލައެއްގައި ހައްޔަރުކުރި މީހަކު ތަހުގީގަށް 15 ދުވަހަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން އަންގައިފި އެވެ.
އުމުރުން 59 އަހަރުގެ އެ މީހާގެ ބަންދުކުރަން ކޯޓުން ކުރި އަމުރުގައި ބުނީ އޭނާ ކުށްކުރި ކަމަށް ތުހުމަތުވާ ވަރަށް ކޮންމެެވެސް ވަރަކަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ. ގދ. ގައްދު އަށް އުފަން އެ ފިރިހެންމީހާ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އާއި ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ހުރި ކަންކަން ފުރިހަމަވާތީ ބަންދުކުރަން ނިންމީ ކަމަށް ބުންޏެވެ.
އެ އަމުރުގައިވާ ގޮތުން، ފެންޓަސީ ސްޓޯރުން ޗޮކްލެޓެއް ވަގަށް ނެގި މީހަކު ހިފަހައްޓާފައިވާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމަތަކާ ގުޅިގެން ފުލުހުން ސީނަށް ދިއުމުން ފިހާރައިގެ އެޗްއާރުން ވަނީ ފުލުހުންނާ ބައްދަލުކޮށް، އެ ފިހާރައިގެ ސީސީޓީވީ ކެމެރާ އިން ފެނުނު މައުލޫމާތު ހިއްސާކޮށްފަ އެވެ. ސީސީޓީވީ ކެމެރާ އިން ފެންނަނީ ޗޮކްލެޓެއް ވަގަށް ނަގައި، ޖީބަށް ލައިގެން އެ މީހާ ފިހާރައިން ނުކުމެގެން ދާން އުޅޭ ތަނެވެ.
އެ މީހާ ހިފަހައްޓައި ޗޮކްލެޓް ވަގަށް ނަގައިގެން ދާން އުޅެނީތޯ ސުވާލު ކުރުމުން އެކަމަށް އޭނާ އެއްބަސްވެފައިވާ ކަމަށް ފުލުހުންގެ ހާދިސާ ރިޕޯޓުގައިވާ ކަމަށް އަމުރުގައި ވެ އެވެ.
ކްރިމިނަލް ކޯޓުން ބުނިގޮތުގައި އޭނާގެ ބަންދުގެ ލޮގަށް ބަލާއިރު ކުށުގެ ތުހުމަތުގައި 29 ފަހަރަކު ހައްޔަރު ކޮށްފައިވެ އެވެ. އޭގެ ތެރެއިން 18 ފަހަރު ބަންދަށް ބަދަލުކުރި އެވެ. އެ މީހާ ކޮށްފައިވާ ކުށްތަކުގެ ތެރޭގައި ވައްކަމުގެ މައްސަލަތައް ހިމެނޭ ކަމަށް ވެސް ކޯޓު އަމުރުފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމްރީން
13 July 2025
ޗޮކްލެޓް ވަގަށްނުނަގާތި ބަޑުހައިހޫނުކަންފިލުވަންވެސް. ސަރުކާރުގެ ކޮންމެވެސްތަނަކުން އިވެންޓެއްކަހަލައެއްޗަކުން ދިވެހި ރައްޔިތުންގެ ތިޖޫރީން 100މިލިޔަން ރުފިޔާ ނަގާމީހުންވެސް އެއުޅެނީ ނަމުގެކުރިއަށް އިއްޒަތްތެރި ކިޔާފައި ބެންޒްކާރުތަކުގައި
ޖަލީލީ
13 July 2025
ގައުމުގެ ބައިތުލްމާލް ބިލިއަނުން ދަވާލި މީހުން އުފަލުގަ މިނިވަންކަމާއިއެކު. މިއީ ހަމައެކަނި ދެރަ ނިކަމެތި މީހާއަތް އަތްފޯރާ އިންސާފު އޮތް ގައުމެއް. ބޮޑުން ތިބީ ދޫވެފަ.
މުރަކަ
13 July 2025
ތިކަމަކީ ވޭތުވެދިޔަ ދައުރުގެ ކަމެއް!
ފިލިވަގު
12 July 2025
ތީނަ ހައްޔަރު ކުރިޔަސް ނުކުރިޔަސް، މމޕރސ ގެ 2ބިލިއަން ރުފިޔާގެ ވައްކަމުގެ އަޑީގަ ހުރި ވަގު ކަލޭގެ ވާނެ ދޫކޮށްލާފަ ބަހައްޓަން
ޑރ ވާންޗޯ
12 July 2025
ކުޑައިރު އަޑުއަހަން އަލީބާބާ އާއި ސާޅީސްޗޯރުގެ ވާހަކަ، ހަގީގަތުގަވެސް މިހާރު ދިވެހި ސަރުކާރު ސިފަވަނީ މިގޮތަށް.
ދަނފީނާދ
12 July 2025
ރަންގަޅު ނިންމުމެއް، 12ރ އަށް ދޭ ޗޮކޮލެޓެއް ވަގަށް ނަގައިގެން ރާއްޖޭގެ އިންސާފު ސިސްޓަމުން ސަލާމަތް ވެވިގެން ނުވާނެ. ވަރަށް ދަށު ދަރަޖައިގެ އަމަލެއް މި ހިންގީ، ހުކުމް މާ ކުޑަ، އެއްގޮތަކަށްވެސް ބަލައެއް ނުގަނެވޭނެ. މީނާ މިކުރި ކުށުގެ އަދަދުން ރައީސް އޮފީހުން ދޭ ސުޓޭޓް މިނިސްޓަރުކަން' ބޭރު އެންބަސީއަކުން ވަޒީފާ އަދި މަޖްލިސް އަކަށް ވެސް ޝަރުތު ހަމަނުވޭ، ވަރަށް ލަދުވެތި.
ސަރީފާ
12 July 2025
“ކްރިމިނަލް ކޯޓުން ބުނިގޮތުގައި އޭނާގެ ބަންދުގެ ލޮގަށް ބަލާއިރު ކުށުގެ ތުހުމަތުގައި 29 ފަހަރަކު ހައްޔަރު ކޮށްފައިވެ އެވެ. އޭގެ ތެރެއިން 18 ފަހަރު ބަންދަށް ބަދަލުކުރި އެވެ”.މިވަރުން މީނާ އަށް ފެނުނު ހެއްކަށްބަލާ އޯޓަމެޓިކިން ހުކުން އިއްވަން އެބަޖެހޭ. ކީއްކުރަން ކޯޓް ތަކުގެ ވަގުތު ގެއްލުވާލަންވީ. ތަކުރާރު ކޮއް ކުއްކުރާމީހިނަށް އާސަންދަޔާ އެފަދަ އެހެން ހިދުމަތް ނުދޭންވީ.
އަލީލީ
13 July 2025
ކަލޯ އެޗް.އާއރު.ސީ.އެމްން ނުކުންނާނެ އޭރުން. ހުސް ކުށްވެރިންގެ ހައްގުތަށް އޮތް ރާއްޖެއެއް މީ.
ޗަންޕާޕޫލް
12 July 2025
ކޮބާ އެމްއެމްޕީއާރު މައްސަލަ؟ ނޫމަޑި މައްސަލަ؟ ޖެމްކިއުއިން ލާރިތައް ކާލިމައްސަލަ؟ ދިވެހިންގެރާއްޖޭގަ ކުށަކަށްވާނީ ހަމައެކަނި މެޓައެއް ވަގައްނެގީމަ އުތަ؟
އބްރާހީމާ
12 July 2025
ދައުލަތުގެ ފައިސާ އިން ވައްކަން ކުރީމާ “ކޮރަޕްޝަން މައްސަލައެއް ބަލަމުން ދާތީ މުސާރަ އާއި އެކު ގޭގަ ސަސްޕެންޑް” ހީވާ ކަހަަ އިންގިރޭސި ބަސްތަކެއް އަމުނާ ދައުލަތުގެ ފައިސާ އިން ވައްކަން ކުރާ ވަގުން މުސާރަ އާއި އެކު ގޭގަ ބޭތިއްބީމަ އެއީ ވަގުން ނޫނޭ. އެވެސް ވާނީ ހަމަ ބޮޑެތި ވަގުންނަށް. އެހެން ދީފަވާ ރައްޔިތުންގެ ފައިސާ އެވަގުންގެ އަތުންގެ އަތުން ނެގެންވާނެ. ނަގަން ވެސް ޖެހޭ.
އޭނަ
12 July 2025
ތިއަދަދު މަތިވިނަމަ ސަލާމަތްވާނެ..