މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި ދެ މީހުން: މީގެ ތެރެއިން ޝިޔާޒާ އަކީ ފުލުހެއް.
19 ޖުލައި 2025 - 21:05
މާލޭގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފުލުސް މީހާ ދިޔައީ އޭނާއާ އެކު ދެން ހައްޔަރުކުރި މީހާ އެކު މަސްތުވާތަކެތި ބަލައި ކަމަށާއި ހައްޔަރުކޮށް ޓެސްޓުކުރި އިރު ދެ މީހުން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ކަމަށް ފުލުހުން ކޯޓުގައި ބުނެފި އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ އދ. ކުނބުރުދޫ ދިލްބަހާރުގޭ އައިޝަތު ޝިޔާޒާ 31، އާއި ހއ. ދިއްދޫ ހަޒާރުމާގޭ ސައިފުﷲ އަހްމަދު، 26، އެވެ.
ޝިޔާޒާ އަކީ ފުލުހެއް ކަމަށާއި އޭނާ މިހާރު ހުރީ ސަސްޕެންޑުކޮށްފައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މީގެ ތެރެއިން ސައިފުﷲ އަކީ ކުރިން ނޫސްވެރިއެކެވެ. އޭނާ ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލުން މިދިޔަ އަހަރު ދިން އެވޯޑްގައި ލައިފްސްޓައިލް ކެޓަގަރީން އެވޯޑު ވެސް ހޯދައިފަ އެވެ.
މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އޭގެ ވިޔަފާރި ކުރުމުގެ ތުހުމަތުގައި ދެ މީހުން ހައްޔަރުކޮށްފައި ވާއިރު ފުލުހުން ކޯޓުގައި ބުނީ ދެ މީހުން ވެސް ސީއޯސީ އަށް ޕޮޒިޓިވް ކަމަށެވެ. އެއީ ކޮކެއިން ބޭނުންކޮށްފައި ހުރުމުން ޓެސްޓުން ދައްކާ ގޮތެވެ.
ސައިފުﷲގެ ބަންދު އަމުރުގައިވާ ގޮތުން އޭނާ ބަލައި ފާސްކުރީ، އިތުރު މީހަކާ އެކު ޑްރަގް ބަލައި ދާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. ޝިޔާޒާގެ ބަންދު އަމުރުގައި ފުލުހުންނާ ހަވާލާދީ ބުނެފައިވަނީ އޭނާގެ ދަބަހުން، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ރަބަރު ތިން ޕެކެޓާއި މަނާ ބޭސް ގުޅައެއް ފެނުނު ކަމަށް ވެސް ބުނެފައިވެ އެވެ. ފެނުނު މަސްތުވާތަކެތީގެ ބަރުދަން ދެ ގްރާމަށް ވުރެ ގިނަ އެވެ.
ސައިފުﷲގެ ބަންދަށް 10 ދުވަސް ދީފައި ވާއިރު ޝިޔާޒާގެ ބަންދަށް ދީފައި ވަނީ ފަސް ދުވަހެވެ. އެއީ އޭނާގެ ގާނޫނީ ވަކީލަކު އައްޔަންކުރަން ބޭނުންވާ ކަމަށް ބުނެފައިވާތީ އެކަމަށް ރިއާޔަތްކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒަންޖަބީލު
20 July 2025
ޕޮލިސް ނުވާނެ ރަގަޅެއް. އެތާ އެކަކު މަސްތުވާ އެއްޗިސް ބޮންޔާ ދެން ހުރި މީހަ އުޅޭނީ ޖަރީމާއެއްގައި. ކުރިން ދުވަހަކުވެސް އާދައިގެ ހެދުމުގައި ތިބި ދެތިން ފުލުހުން ހޮޓަލެއް ތެރޭ އާއްމުންނާ ޒުވާބުކޮށް ބޭއަދަބީ ބަސްތައް ބޭނުންކުރިތަން ދުށިން.
ހޫރޭ ކޮމިޝަނަރު
20 July 2025
މުއިއްޒުގެ ސިޔާސަތު އޮތީ އަދި މާފައްކާކޮށް ފާސްނުވާ ނުކިޔަވާ ހުރިހާއެއްމެން ފުލުހަށާ ސިފައިންގެއިން ވަޒީފާދޭގޮތައް، އެއިރުން މުޅިމުއައްސަސާ ގޭންގަކަށްބަދަލުނުވިއަސް ރަނގަޅު.
ޑަކުޓަރު ކަނޑުކޮސް
20 July 2025
ކުރިންވެސް ވައްދަނީ ގިނައިން އޯލެވަލް ޔޫސެޓުތައް ފުލުހަށް. ވައްދާފަ ފެންވަރާ ސުލޫކާ ނުބައްދަލު ސެލެރީއާއިނާޔަތާ ދިނީމަ ހޭކެނޑެނީ. މިހާރު ޔޫ ސެޓް އެއީ ސިޔާސަތަކަށް މުއިއްޒު ހެދީ.
ރަންނަމާރި.
20 July 2025
އެއީ މިގައުމުގައި އެމީހުން ހިންގާ ވިޔަފާރިއެއް. ޑެލިވަރި ހަދާއިރު ޓްރެކްފިކްފްލޯރ ބަރާބަރަށް ބަލަހައްޓާ އާއްމުވެހިކަލްތަޖަށް ނުވަދެވޭގޮތަށް މަގުފަސޭހަކޮށްދޭ.
ކައްޓެލި
20 July 2025
ބައި އެޅެޔޭ. މޯލްޑިވްސް ޖަރީމާ ސާވިސު
ލެއްގިކޮމޝަނަރ
20 July 2025
މިކަމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ އިބުރާހިމް މުހައްމަދު ސޯލިހުގެ އެމްޑީޕީ ސަރުކާރާ އެސަރުކާރުގެ މެޖޯރިޓީ 19ވަނަ މަޖުލީސް މެމްބަރުން. ފުލުހުންނާ ސިފައިންގެއަށް ވައްދާ މީހުންގެ ބެކުރައުންޑް ބެލުމާ މެޑިކަލީ ބޮޑެތިކަންކަން ހުރިނެތްގޮތް ބަލަން ނުޖެހޭގޮތަށް ޤާނޫން ބަދަލުކުރީ އެމީހުން. އެކަން އެގޮތަށް ކުރީ ހަމަ ސީދާ ދެމުއައްސަސާގެ އަގުވައްޓާލަން. މިތާންގަ ކޮށްފަހުރި ކޮމެންޓްތަކުން އެމްޑީޕީގެ މަގުސަދު ހާސިލުވަމުންދާކަން ހަމަ ރަނގަޅަށް ފާހަގަކުރެވޭ
އެންމެންވެސް
20 July 2025
ވަކި އެމްޑީޕީ އެކަންޏެއް ނޫން. މެޑަމް ފާތުންގެ ބާރުގަވެސް އެބަތިބި މެންޓަލީ ފިޓް ނޫން މީހުން ސިފައިންގެއަށް ވައްދާފަ. ސިފައިންގެ ކަހަ ތަންތަނަށް ކޮންމެ ކޮންމެ މީހަކަށް ވަޒީފާ ދެވިގެން ނުވާނެ. މިހާރު މި ސަރުކާރުންވެސް އެ ފަށަނީ އެކަންތައް. ސްކޫލް ނިންމާފާ، ކިޔެވުމާ ދުރުހެލިވާ ކުދިންނަށް ފުރުޞަތު ދޭންށޭ ކިޔާފަ
ދޮގު ދޮލަނގު
20 July 2025
ކަލޯ ހަމަ ކުރީ ސަރުކާރުން ނާރަ ދޯ؟ ތިހެދީ ދޮގެއް. ފުލުހަށް ޗައްދާއުސޫލާ ޕުރޮސީޖާއަށް އެއްވެސް ބަދަލެއް ނާދެ އޭރަކު
ވާންޗޮ ބޮޓު
20 July 2025
އޭ އޭ އޭރުވެސް މެޑިކަލާ ބެކުގުރައުންޑާ ޓުރޭނިން ހަދުވާ. ކޯއްޗެއް އޮޅުވާލަންތަ ތިޔާ އުޅެނީ؟ އަސްލު މައްސަލައަކީ ފުލުހުންގެ އިދާރާ އުފައްދާފަ މިލިޓަރީ ދަރަޖައިގެ މުސާރައާ އިނާޔަތް ސިވިލު ބަޔަކަށް ދިނުން. ދެން ހިތް އެރީ އާސްމާނަށް ހެދޭ ނުހެދޭ އެއް ހިންގޭ ނުހިންގޭ ޖަރީމާއެއް ނޭގި މޮޔަވީ. އިގިއްޖެ ދޯ ވީ ގޮތް އަސްލު؟ ކައެމެންގެ އަގު ވެއްޓެނީ ބަގާވަތް ކުރުމާ މަސްތުވާތަކެއްޗާ ޖަރީމާ ހިންގާވަރުން. ގެޓު ވެއްޖޭ؟؟؟
ތުއްތޮންބެ
20 July 2025
މިކަހަލަ ކަންކަމުގަ ފުލުހުންގެ ޖާމިނުވުންވާކަން އެއީ އެންމެން ދަންނަ ބޮޑު ސިއްރެއް.
ކޮރަލް
20 July 2025
ފުލުހުން ޔުނީފޯމް ގަ މަގުމަތީ ސިނގިރޭޓް ބުއިން އާއްމު ކަމަކަށް ވެއްޖެ އެވެ. ގަލޮޅު ޕޮލިހާ ( އެމްޑަބްލިއު އެސްސީ ކުރިމަތީ ) ޖެހިގެން އޮންނަ ގޯޅި ގަނޑުގަ މިހާރުވެސް ގްރޫޕް ހަދާފަ ފުލުހުން ސިނގިރޭޓް ބޯން ހުންނާނެ އެވެ. މިއީ ކޮންމެ ދުވަހަކު މިހާރު އާއްމު ކޮށް ކުރާ ކަމެކެވެ.
އަހުމަދޭ
20 July 2025
ސިގިރޭޓު ބުއިމަކީ ޤާނޫނީ ކުށަކީތަ؟
މަންޑޭ ޑާ
20 July 2025
އަހުމަދޭ އާއްމު އިޖުތިމާއީ މިންގަޑާ ހިލާފު! ކޮންމެ ކަމެއް ގާނުނުންތޭ މަނާ ވާން ޖެހެނީ؟
އިޚްލާސްތެރިކަމެއް ނެތް
20 July 2025
މައްސަލައަށް ބަލާއިރު މިދެމީހުންނަށް ޑްރަގް ދިން މީހާ ނުވަތަ ޑްރަގު ދޭނެ މީހާ ހައްޔަރު ނުކުރޭ. އެމީހާ އެހުންނަނީ މީސްތަކުންނަށް ޑްރަގު ދޭން ދޫކޮށްފަ! އެއީ ކޮން އުސޫލަކުން ބުއްދިއަށް ގަބޫލު ކުރެވޭނެ ހަމައެއްބާ؟ ފުލުހުންނަށް އެބަ އެނގޭ މީހަކު ޑްރަގު ބަހާކަން ނުވަތަ ވިއްކާކަން. އެކަމަކު އެމީހާ ހައްޔަރެއް ނުކުރޭ. އަދި ޢާއްމުންނަށް އެމީހާއަކީ ކާކުކަން އެނގޭހެން ފޮޓޯއެއް ވެސް ނުޖަހާ؟
ރަންޒާށި
20 July 2025
ނޫސްވެރިން ހާދަވަރަކަށްށޭ މަސްތުވާ ތަކެތި ވިޔަފާރިޔަށް ތިޔަ ގަޔާވަނީ. 2 ދުވަސް ކުރިން ހަބަރެއްގަ އިން ހަމަ ނޫސްވެރިޔަކު މަސްތުގެ ހާލަތުގަ މުސްތުވާތަކެތި ހިފައިގެން ހުއްޓާ ހައްޔަރު ކުރި ވާހަކަ، ދެން މި އާެރޓިކަލް ގަވެސް މިޔޮތީ އަވާޑު ލިބިފިހުރި ނޫސްވެރި މަސްތުވާތަކެތި ބޭނުން ކުރާވާހަކަ. އެހެން ދޯ ވާނީ މިހާރު ލިބޭމުސާރަ އެއްގެ އަގެއް ނުހުރޭ. ޑޮލަރެއް ލިބެނީ 20.73 އަށް.
÷ޕާ ގަލު
20 July 2025
ފުލުހުންގެ ތެރޭގައި އުަޅޭ ނޫޅޭ ބައެއް ވެސް ނޭގޭ ހިސާބުގައި ގަދަ!
ކޭކޭ
20 July 2025
ގޮތް ކުޑަކަން!