ޕީޕީއެމަށް ބަޔަކު ސޮއި ކުރުމަށް ބޭއްވި ހަފްލާއެއްގައި އަބްދުއްރަހީމް ބައިވެރިވެވަޑައިގަންނަވަނީ: އޭނާ ވަނީ ނުސީދާ ގޮތެއްގައި މައުމޫނަށް ފާޑު ވިދާޅުވެފައި. - ފޮޓޯ: ނިޝާން އަލީ/ މިހާރު
22 މާޗް 2017 - 14:32
ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ޚިޔާނާތަކީ އެފްޕީއައިޑީގެ ޚިޔާނާތްް ކަމަށާއި އެހެންވެ ޚިޔާނާތުގެ ވާހަކަ ދެއްކެން އޮތީ ހަމަ އެކަނި މި ސަރުކާރުގެ އެކަނި ނޫން ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމަށް އަލަށް ގުޅުނު މެމްބަރުންތަކެއްގެ ފޯމު ހަވާލުކުރަން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އަބްދުއްރަހީމް ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ ރާއްޖޭގެ އެންމެ ބޮޑު ޚިޔާނާތް ނޫން ކަމަށާއި އެންމެ ބޮޑު ޚިޔާނާތަކީ ގައުމީ މަސް ކުންފުނި އެފްޕީއައިޑީގެ ޚިޔާނާތް ކަމަށެވެ. އެއީ ރައީސް މައުމޫންގެ ދައުރުގައި ހިންގާފައިވާ ވަރަށް ބޮޑު ޚިޔާނާތެކެވެ. މި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިސް ނަގައިގެން އަލުން ތަހުގީގު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވެސް ދާދި ފަހުން ވަނީ ގޮވާލައްވައިފަ އެވެ.
"އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަކައަކީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށް ބުނާއިރު، ކޮބައިތޯ އެފްޕީއައިޑީގެ ހިޔާނާތުގެ މައްސަލަ، މިއީ ރާއްޖޭގެ ތާރީހުގައި އެންމެ ބޮޑު ހިޔާނާތް، މި ހިޔާނާތް ހިނގައިިގެން ދިޔައީ ކޮން ސަރުކާރެއްގައިތޯ ވިސްނާލަން ޖެހޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ. "މިއަދުގެ ސަރުކާރުގެ ކޮރަޕްޝަންގެ ވާހަކަ ދައްކާއިރު، ތިމާމެންގެ ފަސްބަޔަށް އެބަޖެހޭ ބަލާލަން."
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ސަރުކާރާއި ޕީޕީއެމާ "ކުޅުމުގެ" ހިތްވަރާއި ފަންވަރެއް އިދިކޮޅު ފަރާތްތަކުގެ ނެތެވެ. ސަރުކާރާއި ޕީޕީއެމް އޮތީ ވަރަށް ބޮޑު ގުޅިފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ރައްޔިތުން ބޭނުންވާ ތަރައްގީ އާއި ކުރިއެރުން ހޯދައިދިނުމަށް ރައީސް ޔާމީނާ އެކުގައި ދެވެން އޮތް ހިސާބަކަށް ދާން ތައްޔާރަށް ހުންނެވި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ގާނޫނަށް ގެންނަން ޖެހޭ ކޮންމެ ބަދަލެއް ގެންނާނީ ގާނޫނީ އިމުގެ ތެރެއިން، ޗާޓުން ބޭރުނުވެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގައުމަށް އަންނަ ތަރައްގީއަކީ މާދަމާގެ ޒުވާނުން، ރައީސް ޔާމީންގެ ނަން އަކުރުން ލިޔާނެއް ތަރައްގީއެއް، މީގެ 50 އަހަރަށް ބެލިނަމަވެސް، މިވަރުގެ ތަރައްގީއެއް ނާދޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އެފްޕީއައިޑީ ކޮރަޕްޝަންގެ މައްސަލައަކީ 1990 ވަނަ އަހަރުގެ ތެރޭގައި ފެންމަތިވި މައްސަލައެކެވެ. އެ މައްސަލާގައި އެންމެ ބޮޑަށް ތުހުމަތު ކުރެވިފައިވަނީ މައުމޫން ވެރިކަމުގައި ވަޒީރުކަން ކުރެއްވި އިލްޔާސް އިބްރާހިމް އާއި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީގެ ކުރީގެ ފިރިކަލުން އަބްދުއްސައްތާރު އަލީ (ސަޓޯ) ގެ މައްޗަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިއްބެ 22
23 March 2017
ކޮބައިތޯ އެމް. ޑީ. ޕީ ގެ ވެރިކަމުގައި ވީނުވީތަނެއް ނޭންގޭ 4 ބިލިޔަން ގެއްލިފައިވާކަމަށް އޭރުގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހީމް ނެރުއްވި އޯޑިޓް ރިޕޯރޓް؟ އަދި ކޮންމެ ވުޒާރާ އަކުން ވެފައިވާ ފައިސާގެ ޚިޔާނާތްތަކާ ބެހޭގޮތުން ނެރުނު އޯޑިޓް ރިޕޯރޓްތައް؟ އެއީވެސް ރައްޔިތުންގެ ޙައްޤު. އެމް. ޑީ. ޕީގެ ސަޕޯޓަރުންނަށް ވާބައި މަޢާފް ކުރިއަސް އެނޫން ހުރިހާ ރައްޔިތުންނަށް ވާބައި މިސަރުކާރުން އަޅުގަނޑުމެންނަށް ހޯއްދަވައި ދެއްވުމަށް ގޮވައިލަން.
އަހުމަދު
22 March 2017
އަދުރޭ ވިދާޅުވީ ރާއްޖޭގައި ހިނގި އެންމެ ބޮޑު ހިޔާނާތަކީ އެމްއެމްޕީއާރުސީގެ ހިޔާނާތޭ ކިޔައި ބާރުލައި އެ ވާހަކަ ދައްކާ އިރު އެންމެ ބޮޑު ހިޔާނާތަކީ އެފްޕީއައިޑީގެ ހިޔާނާތް ކަމަށެވެ. އެއީ ރައީސް މައުމޫނުގެ ވެރިކަމުގައި މިހާރުގެ ރައީސް ޔާމީނުގެ ބެލުމުގެ ދަށުން ހިނގާފައިވާ ހިޔާނާތެއްކަމަށެވެ އެ ހިޔާނާތުގެ ޖުމްލަ އަދަދު 100 މިލިއަން ޑޮލަރަށްވުރެ މަތިވާނެ ކަމަށްވެސް ވެއެވެ. ޔާމީންގެ ބެގްގުރައުންޑް އޮތީމުޅިންވެސް މިފަދައިންނެވެ. އަދުރޭމެން ވާހަކަ ދެއްކި ވަރަކަށް ޔާމީން ފަލީހަތްވަނީއެވެ.
ޕައްލަންބެ
22 March 2017
ކެޔޮޅު. މީނަ ވައްތަރީ ހަމަ ރަތްލާޖެހި މަސްވެރިޔަކާ.
ބަޑިބޭސް
22 March 2017
ލަދެއް ހަޔާތެއް ވެސް އޮތްމީހެއްނޫން. އެހެންތާވަނީ ވަގުން މޭކަރާނެ އެއްނޫން އެހެންމީހަކަށް އެޗެއްލިބެންޔާ..މިމީހުން ހަމައެދުވަހުވެސް މީތިފާސްކުރީ.މުހައްމަދު ނޝދު ނުބުނޭ ތިމަންނަ އެއް މިއެނި ވަރަކޭ އިނާޔަތްދޭންވާނިކީ..ދެންމަގިނަދުވަހެއް ނެތްފުޓުނި އަޅާކަށެއް، ތައްޔާރު ވެގެންހުރާ އިންޝާާާﷲ....
ބަފާބެ
22 March 2017
އަދުރޭ ޚިޔާނާތުގެ ވާހަކަ ދެއްކީމާ ވަރަށްޖޯކުދޯ މިސަރުކާރުން ކޮރަޕްޝަންގެ ވާހަކަ ދެއްކީމާ ހަމަ ހިނިއަންނަނީ
އަދުރޭ ބޯހަލާކު
22 March 2017
އެއްވެސް ސަރުކާރެއްގައި ކޮރަޕްޝަން ޕްރޮމޯޓް ކުރަން އުޅެގެން ނުވާނެ.. އިންޑިއާގައި ކޮރަޕްޝަން އޮތޭ ކިޔާފަ ދުނިޔޭގެ ހުރިހާ ގައުމަކުން މަދުން ނަމަވެސް ކޮރަޕްޓް ވާކަން ނުޖެހޭ
އިކޮނޮމިސްޓޭކް
22 March 2017
އަދުރޭ ތިބުނާ އެފް ޕީ އައި ޑީގެ ވައްކަން ހިގިއިރު ކުންފުނީގެ ޗެއާރމަން އާ މިހާރު ދަވްލަތުގެ ވެރިޔާ އަކީ ދެމީހެއްތަ...؟
ލާމު ގުރޫޕް
22 March 2017
މެންބަރު އުޅުއްވާ ގޮތުން ލަދުން ބޯހަލާކު. މޮޔަވެދާނެ. ހުވާ.
ބާބާ
22 March 2017
އެއްވެސް ބައެއްގެ މޮޓޯއަކީ "އެމީހުންވެސް ކެއޭ އަހަރުމެންވެސް ކާނަމޭ" ކަމަށް ވެއްޖެއްޔާ އެއީ އެގައުމުގެ ހަލާކު.
ގުދު
22 March 2017
ބަލަ އަދުރޭ މީހުން ކިޔާ އަޑު ނާހަންތަ އެއް ގުދު އޮންނަ މީހާއަށް ހަތް ގުދު އޮންނަ މީހާ ގުދޯ ގުދޯ ނުގޮވާށޭ