ޑްރަގާއެކު ހައްޔަރުކުރި މީހުންގެ ތެރެއިން ބަންދު މުއްދަތު ޖެހި ތިން މީހުން.-- ފޮޓޯ: ޕޮލިސް
03 އޯގަސްޓް 2025 - 10:49
މާލޭގައި ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ހައްޔަރުކުރި 10 މީހުންގެ ތެރެއިން ހަތް މީހަކު ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.
ފުލުހުން މިއަދު ބުނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކަ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އެ މީހުންނާ ގުޅުން ހުރި ކަމަށް ބެލެވޭ މާލޭގެ ދެ ގެއެއް ބަލައި ފާސްކުރި ކަމަށެވެ.
އެ ދެ ގެއިން ތިންފުޅި ބަނގުރަލާއި މަސްތުވާތަކެތި ކަމަށް ބެލެވޭ 66.92 ގްރާމުގެ ތަކެތި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި އެ ދުވަހު 10 މީހުން ހައްޔަރުކުރި ކަމަށާއި އޭގެ ތެރެއިން ހަތް މީހުން ޝަރުތު ކުރުމަށް ފަހު ކޯޓުން ދޫކޮށްލީ ކަމަށް ފުލުހުން ބުންޏެވެ.
ހައްޔަރު ކުރި މީހުންގެ ތެރެއިން ފުލުހުން ވަނަވަރު ހާމަކުރީ ކޯޓުން ބަންދުގެ މުއްދަތު ދިން މީހުންގެ އެކަންޏެވެ. އެއީ:
- އާއިޝަތު ފައިހާ ތޯހާ، 19، ފްލާވާހައުސް/ ހދ. ނޭކުރެންދޫ
- އަކްރަމް މުހައްމަދު، 28، ސާމިޔާނާ/ ނ. މަގޫދޫ
- އަހުމަދު ތައިސީރު، 27، ރޯޝަނީމާގެ/ ސ. ހުޅުދޫ
އޭގެ ތެރެއިން ފައިހާ އާއި އަކްރަމްގެ ބަންދަށް ފަސް ދުވަސް އަދި ތައިސީރުގެ ބަންދު ކުރަން އަމުރު ކޮށްފައި ވަނީ ހަތް ދުވަހަށެވެ.
ރާއްޖެ އަށް ޑްރަގް އެތެރެކުރުން ނުވަތަ އޭގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް، ޑްރަގާ ބެހޭ ގާނޫނު އިސްލާހުކުރާނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ އިއުލާން ކުރައްވައިފަ އެވެ.
ރާއްޖެ އަށް ޑްރަގް އެތެރެކުރާ މީހުންނަށް ގާނޫނުގެ ދަށުން މިހާރު ދެވޭ އަދަބަކީ އުމުރަށް ޖަލަށްލުމާ އެކު، 100،000ރ. އިން ފެށިގެން 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުންމު އަފީފް
03 August 2025
އޮނަރަބަލް މެން މުޅި މާލެ ހަލާކުކޮށްފި
ކިޔަވަންމާލެއަށް
03 August 2025
މާލެއަށް ކިޔަވަން ފޮނުވަން އަދިވެސް ރަށްތަކު މީހުން އުޅެނީ. އެ ފެންނަނީ ކިޔަވަން އަރައިގެން ދާ ދިމާ
ވަތަނީއްޔާ
03 August 2025
ސިޔާސީ ވިޔަފާރި އާއި މަސްތުވާ ތަކެތީގެ ވިޔަފާރިއަށް މި ގައުމުގަ ނެތް އަދަބެއް ހުސް ކުރިއެރުން އޮތީ..
އަސްލީ
03 August 2025
ދެން ކިހިނެއް ޑްރަގް ވިޔަފާރިކުރާ މީހުން މަރަން ގާނޫނު ހަދާނީ!!!
ޢަރުތަ
03 August 2025
ޤާނޫނު ހެދިދާނެ ބޯކޮށް، މިހާރުވެސް ޤާނޫނެތިގެން ކަންކަން ނުވަނީކީ ނޫން، ހުކުން ތަންފީޒު ކުރެވޭނެ ޤާބިލުކަން މުއައްސަސާތަކުގަ ނެތީ ނޫނީ ގަސްތުގަ ނުކުރަނީ، ފައިސާކަނޑަން ކޮށިގަނޑަށްއެރި ބިދޭސީން ތިބެނީ ޤާނޫނު ނެތިގެނެއް ނޫން.
ކަލްމީ
03 August 2025
މަރުގެ އަދަބު ދެނީޔޯ! އެއްކަމެއްވެސް ރަނގަޅަށް ކުރަން ނޭގެ!! ރައީސް އޮފީހުގަ ތިބީ ހުސް ބޮންދުން! ޥަޒީރުންނަށް ތިބީ އަމިއްލަ ޖީބު އަދި އަމިއްލަ ނަފުސު ބޮޑުކުރަން ތިބި މީހުން.
ބުޅާގޯނި
03 August 2025
ސަރުކާރާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރަން އެބަޖެހޭ މަސްތުވާތަކެއްޗާއި ދެކޮޅަށް ރައްޔިތުން ރިޕޯޓް ކޮށްދޭންވީ މިކަމުގައި އުޅޭ ފަރާތްތައް ރައްޔިތުންގެ އެއްބާރުލުން ލިބިގެން މިކަންކަން ހުއްޓުވޭނީ މަސްތުވާތަކެތި އެތެރެކުރާ މީހާއާއި ވިއްކާ މީހާއާއި ބޯމީހާއަވެސް މަރުގެ ހުކުން ތަންފީ ކުރަން މަށަށް ފެންނަނީ އޭރުންމިބައި މަދުވާނީ މަގޭތިމާގެ 2 މީހުންވެސް ތިބީޖަލުގައި އެ 2 މީހުންވެސްބޮނީ މަރުގެ އަދަބު މި 2 މީހުންނަށްވެސް ދޭންވާނެއެވެ އޭރުންމަދުވާނީ
ޕިސް
04 August 2025
ވަރަށް ފަސޭހަ ދޯ ތިހެން kiyaafa ކޮމެންޓެއް ކޮއްލަން؟؟ ތި އިންޕްލިމެންޓް ކުރުމަކީ ކިހާވަރެއްގެ ކަމެއް ކަން ނޭނގޭތީ އަސްލު ތީ!!
ކަން ހިނގާގޮތް
03 August 2025
ރަނގަޅަށް ވިއްޔާ މައްސަލައިގައި ހިމެނޭ ނިކަމެތި މީހުން މިތީބީ ހައްޔަރުގަ، ބޮޑުން އެ ނިކުތީ
ޕިސް
04 August 2025
ތިއީ އެއްވެސް ޝައްކެއް ވަސްވާހެއް އޮތް ކަމެއް ނޫން !! ޙަމަ ތި ވިދާޅުވި ގޮތައް ތިކަން ނިމިފަ އޮންނާނީ!! ޝަރުތު ކޮށް ކޯޓުން ދޫކޮއްލި އެކަކުގެ ވެސް މަޢްލޫމާތެއް ކޮޕުންނެއްވެސް ހާމަ ނުކުރިތާ؟! ޢެކަމު އެންމެންވެސް ކުށުގެ ވެށިންތާ ގެންގޮއްސަ އެއޮތީ!؟!
ރަދީފއޮފިޝަލް
03 August 2025
ތައިސީރު / ތާސީރު ، މިވެސް ދެން މީހުންނަށް ކިޔާ ނަން ނަން ދޯ. ހެހެހެހެހެހެ
ރަދީފްއޮފިޝަލް /
03 August 2025
ލަދު ކޮބާ؟؟ މަސްތުވާތަކެތި އެއީ ސ.ހުޅުދުއަށް ޖެހިފައޮތް ބޮޑު މުސީބާތެއް.
09090909090
03 August 2025
ޒުވާން ކުދިން ހަލާކުވެއްޖެ! މަސްތުގެ ވަބާއިން ދިވެހިން ސަލާމަތް ވާންޖެހޭ އެބަ!