ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާރިސް ވާހަކަ ދައްކަވަނީ.
23 މާޗް 2017 - 16:15
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ފުލުސް އޮފީހަށް މިއަދު ހާޒިރުކޮށްފި އެވެ.
ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް ހާޒިރުކުރީ، ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށެވެ. ނަމަވެސް ތަފްސީލެއް ނުދެއްވި އެވެ.
އެނގިފައިވާ ގޮތުގައި ފާރިސް ހާޒިރުކުރީ، މައުމޫން ވެރިކަމުގައި ހުންނެވިއިރު، ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގޭގެ ބަޖެޓުން ހަރަދުކުރެއްވި ގޮތާ ގުޅޭ ކުރިއަށް ގެންދާ ތަހުގީގަކަށެވެ.
މައުމޫން ފެކްޝަންގެ ބައެއް ބޭފުޅުން ތުހުމަތު ކުރައްވާ ގޮތުގައި ފާރިސް ޕޮލިހަށް ހާޒިރުކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓުގައި އިސްކޮށް އުޅުއްވާތީ، ބިރުދެއްކުމުގެ ގޮތުންނެވެ. އަދި ފާރިސްއާ ސުވާލުކުރީ އޭނާއާ ގުޅުމެއް ނެތް މައްސަލައެއްގައި ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ.
ފާރިސް ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅޭ ގޮތުން ވެސް މި މަހު އެ ކޮމިޝަނަށް ހާޒިރުވެވަޑައިގެންފަ އެވެ. މި މަހުގެ 14 ގައި އޭނާ އޭސީސީ އަށް ހާޒިރުކުރީ، 2008 ގައި ނެރުނު ތީމުގޭ އޮޑިޓް ރިޕޯޓްގައި ހުރި މައްސަލަތަކާ ގުޅިގެންނެވެ. އޭގައި ފާހަގަކޮށްފައިވާ ބައެއް ކަންކަމާ ގުޅިގެން ފާރިސްގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫނާ ވެސް ކުރިން ސުވާލުކޮށްފައިވެ އެވެ.
މަސީހުގެ ވޯޓާ ގުޅިގެން މެމްބަރުންނަށް ބިރުދެއްކަމުންދާ ކަމުގެ ތުހުމަތުތައް ކުރާއިރު، އެމަނިކުފާނު ވަކިކުރުމާ ގުޅޭ ގޮތުން، އިދިކޮޅު ފަރާތްތަކުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ފާރިސް ޕީޕީއެމް ތަމްސީލުކުރެއްވި މައްސަލަ ޕީޕީއެމުން ވަނީ ކުށްވެރިކޮށްފަ އެވެ. އެއީ ފާރިސް ކުރެއްވި ދަށު ދަރަޖައިގެ އަމަލެއް ކަމަށް ބުނެ އޭނާ އަށް ފިޔަވަޅު އެޅުމުގެ އިންޒާރު ވެސް އެ ޕާޓީން ވަނީ ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ައަޅުގަޑު
24 March 2017
އަޅުގަޑު ޤަދުރީއަށް އިޙްތިރާމާއެކު ދަންނަވަމެވެ. އަޅުގަޑު ކުރި ކުަށެއްގެ އަދަބު ޤަދުރީއަށް ލިބިގެނެއް ނުވާނެއެވެ.
ސައުރު
24 March 2017
ތި ރިޕޯޓުގައި ސުވާލުކުރަން އޮތީ ފާރިޝް އެކަނިތޯ ؟؟ ގައްސާނު ، ދުންޔާ ޔުމްނާ ، ނަސްރީނާ އަދި މައުމޫނުގެ ނަމެއްނެތްތޯ ؟ މިހާރު ތި ލުބޯގައިހުރި ހުތްތަ ހުސްވެއްޖެއެވެ. ދެން އިތުރަށް ނެރެވޭނެ އެއްޗެއް ނުހުންނާނެއެވެ. ދެން ގޮވާނީ އަތަށެވެ.
މެންޓަލިސްޓް
23 March 2017
ފާރިޝްވެސް ޖެހޭ ޕޮލިހަށް ހާޒިރުވާންވެސް ،،،، އަދި ޖަލަށްވެސް ވަންނާންޖެހޭ ،،، އެއީ ރާއްޖޭގައި ވެރިކަން ލިބުމުގެ ތަޅުދަނޑީގެ ގޮތުގައި ބަލާކަންކަން ،،، ފާރިޝްގެ ބައްޕަ ވެސް އަލްމަރހޫމް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ޖަލަށްލައި އޭގެ ފަހުން ހދ.މަކުނުދޫއަށް އަރުވާވެސް ލެވުނު ،،، ނަމަވެސް އެއަނދިރިގަނޑު ބަދަލުވެގެން ދިއައީ އަލިގަނޑަކަށް ،،،، 30 އަހަރަށް ދެމިގެންދިޔަ އަލިގަނޑަކަށް ވެގެންދިއައީ ،،، ރައީސްނަޝީދުވެސް ޖަލަށްލައި އަރުވާލައި އެތަށް ފަހަރަކު ބަންދުވީ ،،، އެކަންވެސް ވެގެންދިއައީ ވެރިކަމުގެ ތަޅުދަނޑިކަމަށް ،،،، ރައީސްޔާމިންވެސް އާރަށުގައި ބަންދެއްވެގެންދިއަ ،،، ވީމާ ފާރިޝްއަކީ މިހާރު އަރަމުން އަންނަތަރިއެއްގޮތުގައި މިފެންނަނީ ،، ވީނަސް އާޢި މާރސްއާޢި ދިމާލުން ވަރަށް އަލިގަދަކޮށް މިހާރު ފެންނަމުންދޭ ،،، ވީމާ ބަނދުކުރުމަކީ ކުރިމަގަށް އެޅޭ ބިންގަލެއްކަމަށް ވެގެންދިއުމަކީ ވަރަށް ލާޢިގުކަމެށް ،،،، ވަރަށްވެދުން
މަންސޫރު
23 March 2017
އަދި ތިޔަ ތަހުގީގަށް ބަޔާނެއް ނަގަން މާ އަވަހެންނު؟ ކިތައް ގަރުނުންބާ ތިޔަ ތަހުގީގެއް ނިމޭނީ.
މިރުސް އަލީ
23 March 2017
2008 ގައި ފާރިސު އަކީ އަޅުގަނޑާއި އެކު ޔޫ ކޭ ގެ ކޮލެޖްގައި ކިޔަވަން އުޅުނުކުއްޖެއް..
ޢަބްދުﷲނާފިޒު
23 March 2017
ރިޔާސީ ގަނޑުވަރު ތީމުގޭގެ ބަޖެޓުން ހަރަދުކުރެއްވި ގޮތާ ގުޅޭ ކުރިއަށް ގެންދާ ތަހުގީގަށް، ފާރިޝް ހާޒިރު މިކުރީ އަނެއްކާ އޭރު ވެރިކަމުގަ ހުރީ ފާރިޝްބާ! މީ އަނެއްކާ ކީހިނެއް ވެގެން އުޅޭ ބްލޫސް އެއްތަ.
ފެހުނު
23 March 2017
ތި ދަނީ މާ ދަށް ފެންވަރަކަށެވެ. އެހެން މީހުން ޤަބޫލް ނުކުރާ ފެންވަރުގެ ކަންތަކެވެ.
ހުޒޭމު
23 March 2017
ގަބޫލު ކުރާ ފެންވަރުގެ ކޮންކަމެއް އޮތީ
ހަސަނު
23 March 2017
މިގައުމުގެ ފުލުހުންނާއި، މުއައްސަސާ ތަކުގައި މޮޑޮވިގެން ތިއްބެވި މީހުން ލަދުގަންނަންޖެހޭނެ، ރައީސް މައުމޫނުގެ އާއިލާއަށް އިހްތިރާމް ކުޑަވާގޮތަށް އެހިންގާ ނޭއްގާނީ ކަންތައްތަކާއިމެދު،
ޤަދުރީ
23 March 2017
ރައީސް މައުމޫނު ގެ ޢާއިލާ އަކީ ޤާނޫނު ހިނގާ ބަޔަކަށް ނުވަނީތޯ.. އިއްޔެ ތިޔަ ދޫތަކުން ވިދާޅުވީ 30 އަހަރުގެ ކްރަޕްޝަން ގެކަންތައް ބެލުމަށް.. މިއަދު އެކަން ބަލަން ފެށީމަވެސް ތިޔަގޮވަނީ ހޯހޯ އޭ މައުމޫނުގެ ދަރިން ނުގެންދާށޭ.. އަޅެފަހެ މީ ހަމަރަންގަޅައްވެސް ސޭކުން ގެރާއްޖެއެއްތަ..؟
ަމިދުނިޔެ
23 March 2017
ޕޮލިސް ކުދިން ވެސް ތިބީ ﷲ ގަންދީ ހުވަޔެއް ކޮއްގެންތަ؟ އެ ހުވާގަ އޮންނަނީ ވެރިޔަކައް ހުންނަމީހާ ދެކެބިރު ގަންނަން ވާނެ ކަމާ ވެރިމީހާ ބުނިހާކަމެއް ކޮއް ރައްޔިތުންނައް ބިރު ދައްކާ ގައުމު ހަލާކުގެ ތެރެޔައް ވައްޓާލަންތަ؟
މޮހޯ
23 March 2017
މިސަރުކާރައް ކުއް ކުށަކައްވަނީ، ސަރުކާރާދެކޮޅުވެރިވެގަންނަހިސާބުން، މިހަމައަޖައިބެއްކަހަލަކަމެއް، ދެންކީއްކުރަން އޮންނަގާނޫނު އަސާސީއެއް؟؟؟؟، އިހްލާސްތެރިކަމުގެ ކަންފުޅެއްހާޙިސާބުވެސް ހަމަނެތީޢޭ.
ާމަންސޫރު
23 March 2017
އެހެންވެގެންތާ ތީމުގޭ ބަޖެޓުން ފައިދާއެއް ނެގި އެހެން މީހަކާ ކުރާނެ ސުވާލެއް ނެތީ.