ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުމޫން ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ނިޝާން އަލީ/މިހާރު
28 މާޗް 2017 - 19:39
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހަމަ މަގަށް އަޅުވަން އިދިކޮޅު މެމްބަރުން މިހާރު ކުރައްވަނީ ގައުމީ މަސައްކަތެއް ކަމަށާއި އިތުރު ހިތްވަރަކާއި ވަރުގަދަ އަޒުމަކާ އެކު އެކަން ކުރިއަށް ގެންދިއުން ވަރަށް މުހިންމު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
މި ވަގުތު އިންޑިއާގައި ހުންނެވި މައުމޫން، ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން ނެރުއްވި ބަޔާނެއްގައި ވަނީ އިއްޔެ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ފާސްކުރަން މަސައްކަތްކުރެއްވި މެމްބަރުންނަށް ޝުކުރު ވެސް އަދާކުރައްވައިފަ އެވެ.
އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ނެގި ވޯޓުގައި "ގާނޫނީ ހައިސިއްޔަތެއް ނެތެ"ވެ. އެހެންކަމުން އެއީ "ބާތިލް ވޯޓެއް" ކަމަށް ވެސް ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ އެ ވޯޓު ނެގީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށް ދިވެހިންގެ އިތުރުން މުޅި ދުނިޔެ ވެސް ގަބޫލުކުރާ ކަމަށެވެ.
ވޯޓުގެ ކަންކަމުގައި އިސްކޮށް އުޅުއްވި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އާއި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމުގެ ފަހަތްޕުޅުން އެހެން މެމްބަރުން ކުރެއްވީ، މައުމޫން ވިދާޅުވި ގޮތުގައި، ގައުމު އިސްލާހުކުރުމުގެ މަސައްކަތެކެވެ.
އެމަނިކުފާނު ވިދާޅުވީ އެއީ ވަރަށް ކާމިޔާބު މަސައްކަތެއް ކަމަށެވެ.
"އެ ކާމިޔާބީއަކީ މިނިވަން ވޯޓެއް ނެގުމަށް ސަރުކާރުން ޖެހިލުންވުން" ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގީ މެމްބަރުންނާ ވަކިވަކިން އަހައިގެންނެވެ. އެއީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ކުރި ކަމެއް ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވެ އެވެ. އަދި ޖަލްސާ ކުރިއަށް ގެންދަން ހުރަސް އެޅުއްވުމުން ވޯޓު ނެގީ، ސިފައިން ލައްވާ 13 މެމްބަރަކު މާލަމުން ނެރެފަ އެވެ. އެހާ ހިސާބުން އިދިކޮޅު އަނެއް 21 މެމްބަރުން ޖަލްސާ ބޮއިކޮޓްކުރެއްވީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހަންމަދު
29 March 2017
މަނިކުފާނާއި މަނިކުފާނުގެ އެކުވެރިޔާ ނަޝީދު ހަމަ މަގަށް އެޅެން އެބަޖެހޭ. މި ގައުމުގެ ކަންކަމާ ދުރުވެ ތިބެން އެބަޖެހޭ. ތި ދެބޭފުޅުން ގައުމުގެ ކަންކަމުގެ ތެރެއަށް މެހި ހަދާހާ ހިނދަކު ހަމަޖެހުމެއް ނެތް. ކުރިން ވަރަށް ތާއީދު ކުރިން. ނަޝީދާ އެއް ކަރުދާސްގަނޑެއްގައި ސޮއި ކުރި ދުވަހުން ފެށިގެން އެ ތާއީދު އަހަރެންގެ މުޅި އާއިލާއިންވެސް އަނބުރާ ގެނެއްސީމު. ވަރަށް ވެދުމާއި ސަލާމް.
އަލީ
29 March 2017
ހަގީގަތަކީ ދިވެހި ގައުމު އުފެއްދި ބާނިއަކީ ރައީސް މައުމޫނު އަބުދުލްގައްޔޫމުކަން. އެކަން ކަނޑުވައެއްނުލެވޭނެ. އަދި ފޮހެވެސް ނުލެވޭނެ.ހަގީގަތް ގަބޫލުކުރުމަކީ ހިތްވަރުގަދަކަން.ރައީސް ނަޝިދަކީ އެންމެ މީހަކަށް އެންމެގިނަބައެއްގެ ތާއިދު މިގައުމުގައި އޮތް އެކަކު. މިހަގީގަތެއްވެސް އޮޅުވައެއް ނުލެވޭނެ.އަލުގަނޑުމެން މަސައްކަތް ކުރަނީކީ ވަކިމީހަކަށްޓާކައެއްނޫން.އަޅުގަނޑުމެންނަށް މުހިންމުވާނީ ގައުމު. މައުމޫނަށް ވިޔަސް ނަޝީދަށް ވިއަަސް ގާސިމަށް ވިއަސް އަދި ޝޭޚު އިމްރާނަށް ވިއަސް އަޅުގަނޑުމެން ތާއީދުކުރަނީ އެމީހުންނަކަށް ނޫން .އެމީހުން ގައުމަށްޓަކާ ކުރާ މަސައްކަތަށް.
މިއީ ތެދު ބަސް
29 March 2017
ރައްޔިތުންގެ މަޖްލީސް އިންތިޚާބުގައި މައުމޫނު އާއި އަޅުގަޑު ބައްދަލުވި އެވެ. އެ މަނިކުފާނު އަޅުގަޑު ގާތު ވިދާޅުވި ދޭއްޗެއް އަޅުގަޑު މިހާރު ވެސް ވަރަށް ސާފު ކޮށް ހަނދާން އެބަ ހުއްޓެވެ. އެ މަނިކުފާނު ވިދާޅުވި އެކައްޗަކީ " ވެރިކަން ލިބުނަސް ނުފުދޭ ކަމަށައި މަޖްލީސްގެ ސާފު މެޖޯރިޓީ ސަރުކާރަށް ބޭނުން ވާކަމަށާއި އެހެން ނޫނީ ވެރިކަން ނުކުރެވޭނެ ކަމަށެވެ" ދެވަނަ އަށް ވިދާޅުވި ބަހަކީ " މަޖްލީހަށް ހޮވިއްޖެ ނަމަ ޔާމީނުގެ ފަހަތްޕުޅުގައި ހުންނަން ވާނެ" ކަމަށެވެ. މިއީ ހަމަ ހައްޤު ތެދު ބަހެވެ.އަޅުގަޑު މިހާރު ވެސް މިހުރީ އެގޮތުގައެވެ.
ްއއެ
29 March 2017
މައުމޫނު ދެކެ ވަރަށް ލޯބިވާ މައުމޫނު ކުށެއް ނުކުރާނެކަމަށް ކުރިން ތަކުރާރުކޮށް ބުނަމުން ދިޔަ މީހުންގެެ އަގައިން މިހާރު މައުމޫނަކީ ގޯސްމީހެކޭ، ނުބައިމީހެކޭ، ޑިކްޓޭޓަރެކޭ، ތިރީސް އަހަރޭ، މިހުރިހާ އެއްޗެއް މިއަދު މިގޮވާއިރު، މިވާހަކަ އޭރު މާކުރިން އަހަރަމެން ދެއްކީމު.އެކަމު ހަމަ ޤަބޫލެއްނުކުރި. މިއަދު ކިޔެއްވެހޭ މިމީހުންނަށް މައުމޫނު ގޯސްވެގެން މިއުޅެނީ! ޝައްކެއްނެތް މައުމޫނު އިސްލާޙަށް މަސައްކަތްކުރާތީ! އޭރު އަހަރަމެންނަށް މައުމޫނު ގޯސްވީ މައުމޫން އިސްލާޙަށް މަސައްކުރި މިންވަރު ކުޑަވެގެން. މިއަދު އަހަރެމެންނަށް މައުމޫނު ރަގަޅުވީ މައުމޫނު އިސްލާޙަށް މަސައްކަތްކުރާ މިންވަރު މަތިވެގެން. މިކަމުން އެގެނީ، ޕޕގައި ހާޑްކޯ ވެގެން އުޅެނީ އަބަދުވެސް އިޞްލާޙަށް މަސައްކަތް ކުރާމިހުންދެކެ ބިރު ގަންނަ މީހުންނޭ.
އެދުރުބެ
29 March 2017
ޕީޕީއެމް އަކީ މައުމޫން އުފެއްދި ޕާޓީއެއްކަން ދިވެހިރައްޔަތުންނަށް އެގޭ ޔާމީނުގެ ޕާޓީއަކީ ޕީއޭ ތިންހާސްމީހުން ހަމނުވެގެން އުވާލިޕާޓީ ދިވެރައްޔަތުން ތާޢިދެންނެތް ނުކުރޭ ޔާމީނަކަށް ޔާމީނުއަކީ ދިވެހި ރަޢިއްޔަތުންދެކި ލޯބިވާމީހެންނޫން
ސައްމޫނު
29 March 2017
މައުމޫނުވެސް ހަމަޔަކަށް އެޅެންވެއްޖެ. އޭރުން މިގައުމުވެސް ހަމަމަގަށް ކަންކުރެވޭނީ. ތިއުޅުއްވަނީކީ، ރިޓަޔަރޑް ރައީސުން އުޅުއްވާގޮތަކަށްނޫން. ތިހެން އުޅުއްވީމާ މީހުންގެ ނަފުރަތު ލިބޭނީ.
ހުޝިޔާރު
29 March 2017
ޙަޤީޤަތުގައިވެސް ކުރީގައި މައުމޫނަށް އެއްވެސް ގޮތަކަށް ތާއީދެއް ނުކުރަން އެކަމަކު މިހާރު ހަމަރަގަޅަށް ވިސްނާލުމުން އެގިގެން ހިގައްޖެ މައުމޫނަކީ ވަޠަންދެކެ އިންތިހާއަށް ލޯބިވާ މިޤައުމުގެ އެންމެ ވެލިފުކެއްވެސް މުސްލިމަކަސް އަދި ކާފަރަކަށް މިލްކުކޮށް ދިނުމަށް ރުހިވަޑައި ނުގަންނަވާކަން މިޤައުމު އިސްލާޙުކުރުމުގެ މަސައްކަތުގައި ނުކުމެވަޑައި ގަތުމުން ވަރަށް ބޮޑަށް ޝުކުރުއަދާކުރަން އަދި ސާބަހާއި އައްސަރި ބަހާއި ސާބަސް އަދި ހަމަ މިދަޑިވަޅުގައި ބައްޕާފުޅުގެ ފަހަށްޕުޅުގައި ހުންނަވައި ފާރިޝް ތިޔަ ކުރައްވާ ބުރަ މަސައްކަތްޕުޅަށްވެސް ސާބަހާއި އައްސަރިބަސް ރައްދުކުރަން ޝުކުރިއްޔާ
ފާތުން
29 March 2017
މަނިކުފާނުގެ ވެރިކަމުގަ މަޖިލިހަށްދާ މަގުވެސް ހަމަހަމަ ކުރެއްވީމެއްނޫންތޯ؟ އަދި އެމަގު އަޑިގުޑަންވެ މީހަކަށް ގެއްލުންލިބޭވަރުހެން ހިއެއް ނުވޭ..
ނޫނުއަލިފު
29 March 2017
ހުރިހައި މެމްބަރުންނަށް އަންގަވާ މަޖީދީމަގުން ހިންގެވުމަށް. އޭރުން ހަމަ މަގަށް އެޅުވުނީނޫންތޯ.
ޙަސަންދީ
29 March 2017
ކުރިން ހަޤީގަތުގަވެސް ރ މަޢުމާނާދެތެރޭ ހިތްހަމައެއް ނުޖެހޭ އެކަމަކު މިހާރު ޤަބޫލު ކުރަން ތިޔައީ ޤައުމު ދެކެ އިންތިހާ އައް ލޯބިވާ ދިވެހިވަންތަ ލޭހިގާ ދިވެހި ދަރިއެއްކަން، މަނިކުފާނައް ޓަކައި މިއަދު މުޅި ދިވެހޤައުމު ފަޚުރުވެރިވަނީ ޝުކުރުވެރި ކަމާއެކު،ރ މަޢުމޫންގެ އުމުރުފުޅު ދިގުކުރައްވާ ފުރިހަމަ ސިއްޙަތެއްގައި ލަހައްޓަވާށި އާމީން!
ފާތުން
29 March 2017
ޔެލޯ ކުލަޖައްސާލީ ލޯބިން މަރުވަނީ..ހެހޭހޭ.. ކަލޭމެން ދުވަހަކުވެސް މައުމޫނަށް ހިތް ހެޔޮނުވާނެ.. ޔެލޮ ގްރޫޕް މައުމޫނާ ޖައްސާލީވެސް މައުމޫނުގެ ވެރިކަމުގެ ކަލޭމެންގެ ކޮންމެވެސް މީހަކު ޖަލަށްލީ މައްސަލައެއްގަ. އެއީ ނުވާކަމަކަށް ހެދޭނެ އެއްގޮތެއްވެސް ނޯންނާނެ..އަންނިގެ ސްޓްރެޓެޖީގެ ދަށުން، އެ ވެރިކަމުގެ ޒަމާނުގަ އުޅުން ކުއްވެރިންގެ އާއިލާ ތަކާ ގުޅިފަ ހުރީވެސް.