ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ނަމުގައި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ ގުޅިގެން މަސައްކަތް ކުރިއިރު ބޭއްވި މުޒާހަރާއެއްގައި ނަޝީދާ އެކު ގާސިމް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ:ރާއްޖެޑޮޓްއެމްވީ
29 މާޗް 2017 - 18:53
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިރޭ ފުލުސް އޮފީހަށް ހާޒިރުކުރަނީ ސިޔާސީ ބޭނުމަށް، ބިރުދައްކަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ގާސިމް ފުލުސް އޮފީހަށް ހާޒިރުކުރުމާ ދެކޮޅަށް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވީހާވެސް ގިނަ ބަޔަކު ގާސިމާ އެކު ފުލުސް އޮފީހަށް ދާން އެދިވަޑައިގަތެވެ.
ގާސިމް ފުލުސް އޮފީހަށް ހާޒިރުވާން އެންގީ މިރޭ 8:30 އަށެވެ. ނަމަވެސް ފުލުސް އޮފީހަށް ހާޒިރުވާން އެންގި ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
ކުރިއަށް އޮތް 30 ދުވަސް ވަންދެން ރާއްޖެ އިން ބޭރަށް ފުރާވަޑައިނުގެންނެވޭނެ ކަން ވެސް ފުލުހުން ގާސިމަށް އެންގި ކަމަށް ވެ އެވެ.
ގާސިމް ފުލުސް އޮފީހަށް ހާޒިރުކުރާއިރު، އިިދިކޮޅު ސިޔާސީ ލީޑަރުން ވަނީ ސަރުކާރާ ދެކޮޅަށް މަސައްކަތްކޮށް ގައުމު ހަމަމަގަށް އެޅުވުމަށް އެއްބަސްވުމެއް އެކުލަވާލައިފަ އެވެ. އެ އެއްބަސްވުމުގައި ގާސިމްގެ އިތުރުން ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވަނީ ސޮއިކުރައްވައިފަ އެވެ.
ގާސިމް ފުލުސް އޮފީހަށް ހާޒިރުވާން އެންގިއިރު، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވަނީ މިދިޔަ ހޯމަދުވަހުގެ ރޭ ފުލުސް އޮފީހަށް ހާޒިރުކޮށް އޭނާގެ ފޯނު އަތުލައިފަ އެވެ. އަދި ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް އޭނާ ވަނީ އިއްޔެ ހަވީރު ވެސް ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ. އެއާއެކު، ނަޝީދުގެ މައްޗަށް އަނެއްކާވެސް ޓެރަރިޒަމްގެ ދައުވާއެއް އުފުލާފައިވާއިރު، ގޭބަންދަށް ބަދަލުކޮށްފައި ހުންނެވި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މިއަދު ވަނީ އަނބުރާ ޖަލަށް ގެންގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުރަބޯ
04 April 2017
ބަލަ ތިޔަމީހާވެސް ގާސިމު ލި ގާސިމު ހަރުއަޑުން ގޮވި....؟ ހަމަ ތިޔައީ މިސްޓަރ ފޭކް ދޯ.
ފޭކް ފޭކް
29 March 2017
ފެންމަތީ ނުހިފެހެއްޓިގެން ދޯ މިއުޅެނީ ހަމަ
ޤާދިރު
29 March 2017
ޤާސިމުގެ އެކަނުންޓުތައް ފުރީޒުކުރީމާ އެވަރުގެ ބޮޑުކަމަކަށް ވެގެން އަނގަތަޅާ އިރު، ޤާސިމުއަތުން ސަރުކާރަށް ނެގި ތ. އެލާ އާއި، ޅ. ކަނި ފިނޮޅު އެކީ ދެފަރާތާއި ދެ ރަށް ޙަވާލުކުރީ. ކަނިފިނޮޅުގައި ރިސޯޓު ތަރައްޤީކޮށް ރިސޯޓް ހިންގާތާ 4 އަހަރަށް ވުރެ ގިނަ ދުވަސްވީ. އިލާގެ ތައްޤީއަށް ގާ ބުރިއެއްގެ މިންވަރު ވެސް ނުބާއްވާ. އެ ރަށުން ސަރުކާރަށާއި އަތޮޅުގެ ރައްޔިތުންނަށް ވީ ފައިދާއަކީ ކޮބާ؟ ތަރައްޤީ ނުކުރާތާ ސަރުކާރަށް ދައްކަން ޖެހޭ ކުލި ދައްކަނީއަކީ ވެސް ނޫން. ދެން ސަރުކާރުން ފިޔަވަޅު އެޅީމާ ސަރުކާރު ގޯސްވީ. މި ކޮމެންޓު ނުޖަހާނެކަން ވެސް އެނގޭ..
އަލީ
29 March 2017
ބިރުދެއްކިއަކަސް ދިވެހިން އެހާބިރެއްނުގަނޭ މިސަރުކާރުދެކެއެއް ވަރަށްގިނަ މީހުން ޖަލަށްލާން ބޮޑެތި އަދަދުން ހުކުމްތައްވެސްކޮށްފި ކޮންކަމެއްތޯހާސިލްވީ މީހަކަށް ލަނޑެއްދިނުން ފިޔަވައި އިތުރުކަމެއް މިސަރުކާރަކަށް ހާސިލެއްނުކުރެވުނު މީހުންނަށް ބިރުދެއްކީމާ ސިޔާސީ މަަަސައްކަތް ހުއްޓިއްޖެތޯ ބަޔަކު ބުއްދިފިލައިދިޔައީމާ ވާނީ އަދި މިވަރެއްވެސްނޫން ހުރިހާވެސް މައްސަލައަކީ ލީޑާރޝިޕް ކޮލިޓީނެތުން އެއީ ބާރާ ފައިސާދީފަ ގަނެވޭއެއްޗެއްނޫން
އޯކޭޑް
29 March 2017
ގާސިމް ޕޮލިހަށް ހާޒިރު ކުރަނީ ބިރު ދައްކަން ކަމަށް ވީނަމަވެސް ގާސިމް ގެ މައްސަލަ އެއް އޮންނާނެ ކަމަށް މަމެން ނުދެކެވެ. ބިކޮޒް ގާސިމް ވަނީ ވިދާޅު ވެފައި ތިމަންނާ އެކޮޅު ކޮޅުން ނަގާ އެލުވާފައި ކާޅަށް ކާން ދިނަސް އޯކޭ ކަމަށް ދޯ. ދެން ކޮބާތޭ މައްސަލަ އަކީ ކެނެރީގެ ނަޝީދު ގެ. ތަމެން ވެސް އެހެން ބުނަންވީ އެއް ނޫންތޭ މަމެން ބުނަން ނެތީމު ދޯ.
ހާޝްހާޝް
29 March 2017
ގާސިމް ހާޒިރު ކުރަނީ ޕޮލިހުންގެ އިންވެސްޓިގޭޝަން އަކަށް. އެއީ ބިރު ދެއްކުމެއް ކަމަށް ތަމެން ބުނާނަމަ ކޯޓް ހުކުމެއް ގެނެސް ދެގަ އެއީ ބިރު ދެއްކުމެއް ކަމަށް ބުނެ އިނގޭ. އެއިރުން ތިޔާ ޕްރޮޕެެގެންޑާ ގަބޫލުކުރެވޭނީ އިނގޭ. އެނޫން ނަމަ ހާޝް ހާޝް..
އަލީ
29 March 2017
ނަޝީދު ވިޔަސް ޓުވީޓްކުރައްވާއިރު ވިސްނުންތެރިކަމާއެކު ޓްވީޓް ކުރެއްވުންއެދެން.
ނަތަން
29 March 2017
ބަލަ މަނިކްފާނުވެސް އެގޮތަށް ބިރުދައްކަން ނޫންތޯ ޔާމީނު އަދި ގާސިމް ގެންދިޔައީ...
ސޮކްތެރެޕީ
29 March 2017
މިކަހަލަ ވާހަކަ ދެއްކީމާ ނަޝީދު އަތައްގޯވަނީ.
މަންސޫރު
29 March 2017
ސޮކްތެރެޕީ ބުރޯ. އަތަށް ގޮވާ ވާހަކަ ނުދައްކަމާ؟ ސަރުކާރުން ފުއްދާ ވައުދެއްގެ ވާހަކަ ތިޔަ ދައްކަނީ.
ދަގަދަގަ
29 March 2017
ގާސިމް އަށް ފުލުސް އޮފީހަށް ހާޒިރު ވާން އެންގީމާ ޖެހޭނީ ފުލުސް އޮފީހަށް ދާން. ނުގޮސް ކުރާނެ އިތުރު އެއްވެސް ކަމެއް ނޯންނާނެއެވެ. ގާސިމް ފުލުސް އޮފީހަށް ހާޒިރު ކުރަނީ ގޭގައި ނިދާފައި އޮތްވަ އެއް ނޫން ދޯ. މިދިޔަ ހަފްތާގައި ރާއްޖެ އެއްފުށުން އަނެއް ފުށަށަ ޖަހާލަފާނެ ހެން ހީވަނީ ދޯ ގާސިމް އިބްރާހިމް އާއި މައުމޫނު މިދެ ބޭފުޅުން. ދަގަ ޕޮލިހަށް ގޮސް ބަޔާން ދެގަ. އެނިމުނީ އެއް ނޫން ދޯ.