ކުރީގެ އަރަބިއްޔާ ހުރި ބިމުގައި އިމާރާތް ކުރަމުންދާ ފްލެޓް. މި ފްލެޓްތަކުގެ މަސައްކަތުގެ އަގު ސަރުކާރުން ނުދައްކާތީ، ފްލެޓްތައް ވަނީ ސަރުކާރާ ހަވާލުނުކޮށް. - ފޮޓޯ: ނިޝާން އަލީ/މިހާރު
15 ޖޫން 2016 - 14:02
މާލޭގެ ގާކޮށީގަ އާއި އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި އިމާރާތްކުރި ފްލެޓްތަކުގެ މަސައްކަތް ނިމުމުން، އެއްފަހަރާ ފައިސާ ދައްކަން ސަރުކާރުން އެންމެ ކުރިން ވެސް އެއްބަސްވެފައިވާ ކަމަށް ޑިވެލޮޕަރު އިއްޔެ ބުނެފި އެވެ.
އެމްޑީޕީގެ ސަރުކާރުން ފްލެޓްތަކުގެ މަސައްކަތް ހަވާލުކުރި "އެޕެކްސް ރިއަލްޓީ" ކުންފުނީގެ އިސް އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ސަރުކާރުން އެ ކުންފުންޏަށް ލިބެން ޖެހޭ 278 މިލިއަން ރުފިޔާ އަކީ ފްލެޓްތަކުގެ އަގު ކަމަށެވެ. އަދި އެ ފައިސާ ނުދައްކަނީސް ފްލެޓްތައް ސަރުކާރާ ހަވާލުނުކުރާނެ ކަމަށް އެޕެކްސް އިން ވަނީ ބުނެފަ އެވެ.
އެޕެކްސް އަކީ އިންޑިއާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ޓާޓާ އާއި އެސްޖީ 18 ޑިވެލޮޕާސްގެ ހިއްސާއާ އެކު އުފައްދާފައިވާ ކުންފުންޏެވެ.
"ސަރުކާރުން އެއްބަސްވެފައިވާ ގޮތަށް ފްލެޓްތަކުގެ އަގުގެ 20 ޕަސެންޓް ފައިސާ ސަރުކާރުން ވަނީ ދީފައި. އަޅުގަނޑުމެން މި ބުނަނީ ބާކީ 80 ޕަސެންޓް ފައިސާ ދެއްވާށޭ. އޭރުންނޭ ފްލެޓްތައް ސަރުކާރާ ހަވާލުކުރާނީ،" އޮފިޝަލް ވިދާޅުވި އެވެ.
"މިއީ ފްލެޓްތަކުގެ މަސައްކަތުގެ އަގު ކަމަށް ވާތީ، އެ ފައިސާ އަށް އަޅުގަނޑުމެން މި ޑިމާންޑް ކުރަނީ. ސަރުކާރުން ފުރަތަމަ ވެސް އެއްބަސްވެފައި ވާނެ ފްލެޓްތަކުގެ މަސައްކަތް ނިމުމުން ފައިސާ ދޭން."
އޭނާ ވިދާޅުވި ގޮތުގައި 319 އެޕާޓްމަންޓް ހިމެނޭ ފްލެޓްތަކުގެ މަސައްކަތް މިދިޔަ މާޗް މަހުގެ ނިޔަލަށް ނިންމާފައިވާއިރު، އޭގެ ފަހުން 90 ދުވަހުގެ ތެރޭގައި ފައިސާ ދައްކައި ނިންމަން ސަރުކާރުން އެއްބަސްވި އެވެ. އެކަމަކު އެ މުއްދަތު ހަމަވިއިރު ވެސް ފައިސާ ނުދެއްކުނުކަން އޮފިޝަލް ފާހަގަކުރެއްވި އެވެ.
އަރަބިއްޔާ ހުރި ތަނުގައި އިމާރާތްކޮށްފައިވާ ފްލެޓް އިމާރާތް.
"ސަރުކާރުން ބުނީ މޭ ފަހެއްގެ ނިޔަލަށް ދައްކައި ނިންމާނަމޭ. އެކަމަކު އެކަމެއް ވެސް ނުވި. އެންމެ ފަހުން ދެން މިހާރު ބުނަނީ މި މަހުގެ ނިޔަލަށް ފައިސާ ދައްކައި ނިންމާނެ ކަމަށް. އަޅުގަނޑުމެން ވަރަށް ބޮޑަށް އުންމީދުކުރަން މި މަހުގެ ނިޔަލަށް މިކަން ނިންމާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
"އެ ޔަގީންކަން އެބަ އޮތް. ސަރުކާރަށް އިތުބާރު އެބަ އޮތް. ފްލެޓްތަކުގެ މަސައްކަތް ނިންމައި އެތަން ބޭނުން ނުކޮށް ގިނަ ދުވަސް ވުމަކީ އަޅުގަނޑުމެންނަށް ވެސް ވަރަށް ބޮޑު ގެއްލުމެއް. ސަބަބަކީ އެ ދެ ފްލެޓް އިމާރާތް ބަލަހައްޓަން އަޅުގަނޑުމެން އެބަ ގެންގުޅެން 40 މީހުންގެ ޓާސްކްފޯހެއް. އެއީ ފްލެޓާ ގުޅޭ އެކި ކަންކަމުގައި ހަރަކާތްތެރިވާ މުވައްޒަފުން. މިހާރު މި ގުނަމުން މިދާ މުއްދަތުގައި، ފްލެޓްތަކުގައި އެއްވެސް މައްސަލައެއް ހުރި ނަމަ، އެކަން ހައްލުކޮށް އަދި އެހެނިހެން ކަންކަމުގައި މުވައްޒަފުން އެ އުޅެނީ."
ފްލެޓްތަކުގެ އަގު އެޕެކްސް އަށް ދެއްކުމާ ގުޅޭ ގޮތުން މިހާތަނަށް ސަރުކާރުގެ ބަހެއް ނުލިބެ އެވެ.
ސަރުކާރުން އެއްބަސްވެފައިވާ ގޮތަށް ފްލެޓްތަކުގެ އަގުގެ 20 ޕަސެންޓް ފައިސާ ސަރުކާރުން ވަނީ ދީފައި. އަޅުގަނޑުމެން މި ބުނަނީ ބާކީ 80 ޕަސެންޓް ފައިސާ ދެއްވާށޭ. އޭރުންނޭ ފްލެޓްތައް ސަރުކާރާ ހަވާލުކުރާނީ. މިއީ ފްލެޓްތަކުގެ މަސައްކަތުގެ އަގު ކަމަށް ވާތީ، އެ ފައިސާ އަށް އަޅުގަނޑުމެން މި ޑިމާންޑް ކުރަނީ. ސަރުކާރުން ފުރަތަމަ ވެސް އެއްބަސްވެފައި ވާނެ ފްލެޓްތަކުގެ މަސައްކަތް ނިމުމުން ފައިސާ ދޭން
ފްލެޓްތަކުގެ މަސައްކަތް އިންޑިއާގެ ކުންފުންޏާ ހަވާލުކުރި އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް "މިހާރު" އަށް ވިދާޅުވީ ފްލެޓްތައް ތަރައްގީކުރުމުގެ ކަންކަން އޭރު ކުރިއަށް ގެންދިޔައީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްގެން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ގާކޮށީގަ އާއި އަރަބިއްޔާ ހުރި ބިމުގައި ފްލެޓްތައް އަޅަން ފަށަން އެޗްޑީސީން އެޑްވާންސްގެ ގޮތުގައި 20 ޕަސެންޓް ފައިސާ ޑިވެލޮޕަރަށް ދައްކައިދިނެވެ. ބާކީ 80 ޕަސެންޓް ފައިސާ މަސައްކަތް ނިމޭތާ 90 ދުވަހުގެ ތެރޭގައި ދައްކަން އޮތީ ވެސް އެޗުޑީސީންނެވެ.
ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި މި ސަރުކާރުން ފްލެޓްތަކުގެ އަގު ދެއްކުމުގައި އެޗްޑީސީގެ އެއްވެސް ދައުރެއް ނެތެވެ. ސީދާ ސަރުކާރުން އެހާ ބޮޑު އަދަދެއް އެއް ފަހަރާ ދައްކަން ޖެހޭތީ މިހާރު ހަމަޖައްސާފައި ވަނީ ފަސް އަހަރު ތެރޭގައި 2 މިލިއަން ރުފިޔާ ދެއްކޭވަރުގެ މީހުންނަށް އިސްކަން ދީގެން ފްލެޓް ހަވާލުކުރާށެވެ.
އެ ދެ އިމާރާތުން ފްލެޓް ލިބުނު މީހުންނަށް ކުރިން އަންގާފައި އޮތީ ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާށެވެ. އެގޮތުން މަހަކު ދައްކަން ޖެހޭ މިންވަރު 9،000ރ އަށް ވުރެ ބޮޑެއް ނުވެ އެވެ. އެކަމަކު މިހާރު ހަމަޖައްސާފައިވާ ގޮތުން މަހަކު ދައްކަން ޖެހޭ ވަރު 33،000ރ އަށް އަރަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޮކް
16 June 2016
ތިވަރުގަދަ ކޯލިޝްން ވެރިކަމަށް އަންނަ ދުވަހަކުން ފައިސޭ ހަވާލުކުރަން މަޑުކޮށްލާ.
ހިންދުސްތާން
16 June 2016
278 މިލިޔަން ވަގަތުން ދޭން ރައީސް ނަޝީދުގެ ސަރުކާރުން އެއްބަސްވެ ސޮއިކުރިކަމީ ހިތާމަހުރި ކަމެއް.
ޒުވާނާ
15 June 2016
ކީއްވެބާ ފައިސާ ނުދެއްކިގެން ސަރުކާރަށް މިއުޅެނީ.. އެގްރީމެންޓްގައި ވާގޮތައް ފައިސާ ނުދެއްކޭނެކަން އެގޭނަމަ އެގްރީމެންޓް އުވާނުލީ ކީއްވެބާ. ތަން ހަދާ ނިމެދެން ސަރުކާރުން ބަލަން ތިބީ ކީއްވެބާ. ގައިމު ވެރިކަން ބަދަލުވިތާ 4 އަހަރުވެއްޖެ. ކީއްވެބާ 4 އަހަރުވަންދެން އަޅާވެސް ނުލާ ސަރުކާރުން އޮތީ... ޖަވާބެއް ބޭނުން.
ކަނޑާލާ
15 June 2016
އެއްގޮތަކަށް ވެސް މިފްލެޓްސް ތަކުގެ އަގުކަށް އިންޑިއާގެ ކަރަޕްޓް ޓާޓާ އިން އެބުނާ ދުއިސައްތަ އެތައް މިލިއަން ރުފިޔާ އަކީ އެތަނަށް ދާނެ ޚަރަދެއްވެސް ނޫނެވެ. ވަރަށް ފެންވަރު ދަށް ކޮށް އެތަން އިމާރާތް ކޮށްފައި ހުރީ ވެސް. ތިފްލެޓްސް ތައް އެމްޑީޕީ ގެ ސަރުކާރުން އެހެންކަމަށްވާނަމަ ޕިޕިޕީ ގެ ދަށުން ޓާޓާ އަށް ދިނީ ރައްޔިތުންނަށް ބޮޑު އޮޅުވާލުންގަނޑެއްގެ ތެރޭން މަކަރާއި އަދި ހީލަތުން ނޫންތޯއެވެ. އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި ތިފްލެޓްސް ތައް އަޅާދެނީ ފްލެޓްސް ތަކުގެ ތިން ބުރި އެމީހުންނަށް ދީފައި އަދި ނުވިތާކަށް މާލޭން ބޮޑު ދެބިން އެމީހުންނަށް ދީގެންނެވެ. ދެން ކީއްވެގެންތޯ އެމީހުންނަށް 278 މިލިއަން ރުފިޔާ ދޭން ޖެހެނީ. 278 މިލިއަން ރުފިޔާ ނުދާނެ ތި ދެ ފްލެޓްސް ގެ އިމާރާތް އަމިއްލަ ތަކެތީގައި ކުރުމަށް ވެސް. ދާނީ އެކު ޖުމްލަ 100 މިލިއަން ރުފިޔާ އެވެ. ކަން މިހެން ހުރުމުން އިދިކޮޅު ސިޔާސީ ފަރާތް ތައް އޮޕަރޭޓް ކުރާ އެޕެކްސް އިން މިކަން ސިޔާސީ ކަމަކަށް ހަދާ ނިންމާފައިވާތީވެ ފައިސާ ދެވޭނީ އޯޑިއޯންގައި އޮތް ބިމާއި ނާދީ ހުރި ބިން ސަރުކާރަށް ނަގާ ގޮތަށެވެ. ސިފައިން ވައްދައިގެން މިހާރުން މިހާރަށް އެޕެކްސް މީހުން އެތަނުން ނެރެ އެއްލާލަންވީއެވެ. ޖީއެމްއާރަށް ހެދި ގޮތަށް ސައިޒުން ކަނޑާލަންވީ އެވެ. އިންޑިއާ އެއްޗިއްސެއް ނޫން. ތިބެން ޖެހޭނީ ދިވެހިންގެ ދަށުގައި. އެއީ އެކަން އޮންނަން ޖެހޭނެ ގޮތަކީ. އިންޑިއާ އަކީ އެއީ ދިވެހިންގެ ނޯކަރުންނެވެ.
Damn
15 June 2016
ކަލޭ ތީ ބީ.އޯ.ކިއު ހެދި މީހާތަ އަގުބޮޑޭ ކިޔަން .....
ރާސްޓަސް
15 June 2016
މީ މާމޮޅަށް ފުލެޓް އެޅިބައެއް އަދި މޮޅީ މެވިރަނަށް މިތަން ހަވާލުކުރިމީހުން.... މަށަށްވެސް 20% އެޑްވާންސް ދިނީމަ ބުޅާދާ ޖަހާފަ ތިފެންވަރުގަ ތަނެއްހެދޭނެ.. 20% ދިނީ ބެންކުން ލޯނުދިނީ ... އަދި ނުވިތާކަށް މުޅި އުމުރަށް މިވެރިންނަށް ގްރައުންޑު އަދި މަތިން 2 ފުލޯ... ކީކޭ ބުނާނީ....ނަންވާނީ ބުރޯ
މަރީ
15 June 2016
މީހަރުގެ ޓީމަށް، ވަރަށްބޮޑަށް އެދެން ކޮންސްޓްރަކްސަން އިންޑާސްޓްރީ އާއި ސަރުކާރުގެ ޕްރޮޖެކްޓްތަކުން ސަރުކާރުން ދައްކަންޖެހޭ ފައިސާ ދެއްކުން ލަސްވުމުގެ ސަބަބުން އެތަށް ކުދި އަދި މެދުފަންތީގެ ކޮންސްޓްރަކސަން ކުންފުނިތަށް ބަނގުރޫޓުވި ކަންތަކުގެ މައްޗަށް ރިޕޯޓެއްލިޔުމަށް. ސަރުކާރުން ބިލްތަކަށް ފައިސާނުދެއްކެމުގެ ސަބަބުން މަތީ ބުނެވިދިޔަ ކުންފުނިތަށް ވަނީ، 1. މުވައްޒިފުންނަށް މުސާރަނުދެވި ހިޔުމަންޓްރެފިކިންގެ ގޮޅިޔަށް ފެތިފަ. 2.މީރާއަށް ޓެކްސް ނުދެއްކުމުގެ ސަބަބުން ބޮޑެތި ޖޫރިމަނާކޮށް އެކަުންޓްތަށް ފްރީޒްކޮށްފައި.
އހ
15 June 2016
ކޮބާ ހީވޭކަމެއްހެން އެއޮތީ އެމްޑީޕީ ސަރުކާރުން ހަޑިހާވާފަ އެބުނީ % 20 ދައްކާފަޔޭ ބާކީ ނިމުމުން % 80 ދައްކާގޮތައް ، ތިގޮތައް މަސައްކަތް ކުރާ ރާއްޖޭގެ ކުންފުނިތަކުންވެސް ، އެކަމު އެމްޑީޕީ ސަރުކާރުން މީޑިޔާގަ ދެއްކީ އެހެން ވާހަކައެއް ސަރުކާރުން އެއްވެސް އެއްޗެއް ދޭކައް ނުޖެހޭނޭ ކީ
ޢަބްދުﷲނާފިޒު
15 June 2016
އަދިވެސް މިޒާތުގެ ބޯ ނެތް ކުރަފި އުޅެޔޭ އުތަ.
ޙއ
15 June 2016
ސައުދީ އިން ހިލޭ ކަދުރު ދޭ ގޮތަށް ދޯ ކަލޭކަހަލަ ބޯ ނެއް ކުރަފި ތައް ފުލެޓު ބޭނުންވަނީ.ނުވިސްނުނަސް ބޮޑުވަރު
އަހުމަދު
15 June 2016
އަދި އެ %20 ޕަސެންޓް ދެއްކީވެސް އެމްޑީޕީ ސަރުކަާރަކުން ނޫނޭ އިނގޭތޯ. 2012 ވަނަ އަހަރު ވަހީދު ސަރުކާރުން. ރަގަޅަށް ރިކޯޑުތައް ބައްލަވާ
ތަރި
15 June 2016
ތިހާ އަގު ބޮޑުކޮށް ތިފްލެޓްތައް އަޅާފަ އަދި މިމަސައްކަތް އަގުބޮޑުކޮށް ކޮށްދޭތީ އޭގެ ބަދަލުގައި ނާދީ ބިމާ އޯޑިއޯން ބިންވެސް މިމީހުނަށް ދިގު މުއްދަތަކަށް ދިނީ ޖީއެމްއާރަށް އެއަރޕޯރޓް ދިން ގޮތައް.
ޢަބްދުﷲނާފިޒު
15 June 2016
ދެން އެހެންވީރު، އުފެދުމުގަވެސް ބާތިލު އެގްރިމެންޓެކޭ ކިޔާފަ ދޭން އެއްބަސްވެފައިވާ ލާރިވެސް ނުދީ ތަޅާ ބޭރުކުރަންވީނު ޖީއެމްއާރަށް ހެދިހެން، އޭރުން ވަރަށް ތާހިރުވާނެ، އެކަމަކު މިހާރުގެ ޙަލަތަށް ވިސްނާލާއިރު އެޒާތުގެ ޖަރީމާއެއް ހިންގަން ކެރިދާނެހެން ވަރަށް ހީނުވޭ.
އިސްމާއިލް
15 June 2016
އަޅުގަނޑަކީވެސް ތިޔަ ފްލެޓްތަކުން ފްލެޓް ލިބުނުކަން ލިޔުމުން އަންގާފައިވާ މީހެއް އަދި އެތަނުގެ އަގެއްގެ ގޮތުން އޭރު ސަރުކާރުން ކަނޑައެޅި އަގަކީ މަހަކު 9000 ރުފިޔާ ކަމަށްވެފައި ޖުމްލަ އަގު ގާތްގަނޑަކަށް 20 ނުވަތަ 25 އަހަރުން ދައްކަ ޚަލާސް ކުރެވޭނެ އަދަދެކެވެ. ނަމަވެސް ފްލެޓްތަށް ނިމެން ކައިރިވެފައި ތަޅުދަނޑި އަތަށް ދޭ ހިސާބަށް އައުމުން އަގައް ގެނައި ބަދަލަކީ ސަރުކާރުން އަޅުގަނޑުމެން ފަދަ އާދައިގެ ދިރިއުޅުމެއް އުޅޭ ކުޑަ އާއްމުދަނީ ލިބޭ ބަޔަކަށް ދިން އަނިޔާއެއް ނޫނީ ދެން ކޯންޗެއްތޯ ހަމަ ސަރުކާރާ ސުވާލު ކޮށްލަމެވެ. ޔަގީނުންވެސް މި މުއާމަލާތް ހިނގާފައިވާގޮތް ސަރުކާރަށް މާކުރިންވެސް އެނގޭނެކަން ކަށަވަރެވެ. ވީމާ ކުއްލިއަކަށް މިފަދަ ބޮޑު އަގެއް ދައްކަން ޖެހޭގޮތަށް ނިންމުމުން މީ ލިބުނު ބޮޑު ހިތާމައެކެވެ ސަރުކާރުން ފްލެޓް ތަކަށް ޖޫން މަހު ވަދެވޭނެކަމުގެ ޔަގީންކަން ދިނުމުން މިހާރު ކުއްޔަށް އުޅޭ ތަނުގެ އެގްރިމެންޓްވެސް ޖޫންއާއި ހަމައަށް ހެދުމުން މިހާރު މިދަނީ އެ އަނިޔާވެސް ތަހައްމަލު ކުރަމުންނެވެ އެއީ ޖޫން މަހުން ފެށިގެން 15500 ރުފިޔާ ކުއްޔަށް ދައްކަން ޖެހުމެވެ. ކާންބޯންވެސް ޖެހެއެވެ. ލިބޭ މުސާރައާއި އެހެނިހެން އެލަވަންސްތަށް އެއްކޮށް މި ހޭދަކުރަނީ ކުއްޔަށާއި ބިލްތަށް ދެއްކުމަށެވެ. މިހާރު ހަތަރު ދަމު އާއްމުދަނީ ހޯދުމަށް މަސައްކަތް ކުރުން ނޫން ނޫންގޮތެއް ނެތެވެ. އުމުރުން ދުވަސްވެ ގައި ބާރު ނެތް ދުވަހު ހިތްހަމަ ޖެހުމުގެ ނޭވާއެއް ލެވޭނެ ކަމުގެ އުއްމީދުގައި ހުއްޓާ އާޚިރުގައި މަގުމަތި ވީއެވެ. މިކަމުގައި ސަރުކާރުގެ އިހުމާލެއް ނުވޭބާވައެވެ. އަޅުގަނޑަށް މިހާރު ސަރުކާރުން ކަނޑައެޅި ގޮތަށް ފައިސާ ދެއްކެން ނެތް ކަމަށް ވާނީ އަންގާފައެވެ. ނަމަވެސް ކުރިން ސަރުކާރުން ކަނޑައަޅާ މީޑިޔާގައި އިއުލާން ކުރިއަގަށް ފައިސަ ދައްކަން ތައްޔާރު ކަމަށްވެސް ލިޔުމުން ހައުސިންގ މިނިސްޓްރީއަށް އެންގީމެވެ. ނަމަވެސް ޖަވާބަކީ 5 އަހަރުތެރޭ 2 މިލިއަން ދެއްކެނެކަމަށް އެއްބަސްވި ފަރާތްތަކަށް އެގްރީމެންޓްތަށް ހަދަނީ ކަމަށެވެ. އެކަމަކު އެވަރަށް ފައިސާ ދެއްކެން ނެތް ފަރާތްތަކަށް ވާނީ ކިހިނެތްކަމެއް ހައުސިންގ މިނިސްޓްރީއަކަށް އަދިވެސް ނުބުނެވެއެވެ. އެކަމަކު އަޅުގަނޑުގެ އަތުގައި ދައުލަތުގެ ސިއްކަޖެހި ލިއުމަކުން އަޅުގަނޑަށްވެސް މާލެއިން ފްލެޓް ލިބުނުކަން އަންގާފައިވާ ލިއުމެއް އެބައޮތެވެ. މިއަދު އަޅުގަނޑު މި ދިވެހި މުޖުތަމައުއަށް ދޫކޮށްލަ ސުވަލަކީ ސަރުކާރުން މިފަހަރު މިނިންމީ އަދުލުވެރި ނުވަތަ އިންސާފުވެރި ނިންމުމެއްތޯއެވެ.
ޢަބްދުﷲނާފިޒު
15 June 2016
އިސްމާއިލް އަތުގައޮތް ދައުލަތުގެ ސިއްކަ ޖަހާފަ ދިންކަމަށް ބުނާ ލިއުމަކީ ސައްހަ ލިއުމެއްތޯ ފުރަތަ ބަލަން ޖެހިދާނެހެން އިސްމާއިލްއަށް ހީވޭތޯ، އެކަން އެހެން ކުރަން ޖެހިއްޖެއްޔާ ދެން ވާނެ ގޮތްވިސްނޭ ދެއްތޮ، އެލިއުމުގެ ސައްހަކަން ޔަޤީންކުރަން ނަގާފާނެ 15 އަހަރުވެސް، މީވާ ސަރުކާރެއް.
މީހާ
15 June 2016
"އޭނާ ވިދާޅުވި ގޮތުގައި 319 އެޕާޓްމަންޓް ހިމެނޭ ފްލެޓްތަކުގެ މަސައްކަތް މިދިޔަ މާޗް މަހުގެ ނިޔަލަށް ނިންމާފައިވާއިރު،" ދޮގު ހެދިޔަސް ބޮޑުވަރު. ދެން މިދިޔަމަހު އަހަރުމެންގެ ލޮލަށް އެފެނުނީ ކޮންކަމެއް. މަސައްކަތް ނިމުނީމަ ކަރަންޓް ވައިރުކޮށް، ކުލަލާންވެސް ޖެހޭދޯ
ޢަބްދުﷲނާފިޒު
15 June 2016
ދެން މޭ މަހުގެ ނިޔަލަށް އެބުނާ ފައިސާ ދައްކާ ޚަލާސްކުރަން ސަރުކާރުން އެއްބަސްވީ ކީއްވެބާ!