ހ. ތެމާގައި ކުރިން ހިންގި ޕީޕީއެމްގެ އޮފީހުގައި މައުމޫން ނޫސްވެރިންނާ ވާހަކަ ދައްކަވާއިރު، މައުމޫންގެ ފެކްޝަންގެ ކައުންސިލްގެ ބޭފުޅުންނާއި އެމަނިކުފާނަށް ހެޔޮ އެދޭ ބައެއް މީހުން ފަހަތްޕުޅުގައި.---މިހާރު ފައިލް ފޮޓޯ: ނިޝާން އަލީ
30 މާޗް 2017 - 23:07
ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަމުގައި ހ. ތެމާގައި ހިންގަމުންދާ އޮފީސް ހިންގުން ހުއްޓުވުމަށާއި ޕީޕީއެމްގެ ރައީސްގެ ނަމުގައި އެއްވެސް ހަރަކާތެއް ހިންގާ ނަމަ އެކަން ހުއްޓުވަން ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް މި ރޭ އަމުރުކޮށްފި އެވެ.
ކޯޓުން ކުރި އަމުރުގައި ބުނެފައި ވަނީ ޕީޕީއެމް ހިންގުން ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށް ކޯޓުން ކޮށްފައިވާ ހުކުމާ ޚިލާފަށް، ޕީޕީީއެމްގެ ނަމުގައި އެއްވެސް ޖަލްސާއެއްް ބާއްވާ ނަމަ އަދި އެ ޕާޓީގެ ލޯގޯ ބޭނުންކޮށްގެން އެއްވެސް ހަރަކާތެއް ހިންގާ ނަމަ އެކަން ހުއްޓުވުމަށާއި އަދި ހ. ތެމާގައި، ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަމުގައި މައުމޫން ހިންގަވަމުން ގެންދެވި އޮފީސް ބަންދުކޮށް، އެ ތަނުގައި ހުރި ޕީޕީއެމްގެ ދިދަ ނެގުމަށެވެ.
އެ އަމުރުގައި ބުނެފައިވަނީ ޕީޕީއެމްގެ ރައީސް އޮފީހުގެ ނަމުގައި އޮފީހެއް ހިންގުމާއި އެ ޕާޓީގެ ދިދަ އާއި ލޯގޯ ބޭނުން ކުރުމާއި އެ ޕާޓީގެ ނަމުގައި ޖަލްސާތައް ބޭއްވުމަކީ އެ ޕާޓީ ހިންގުން ރައީސް ޔާމީނާ ހަވާލުކޮށް، ކުރިން ކޮށްފައިވާ ހުކުމާ ޚިލާފް އަމަލެއް ކަމަށެވެ. އެފަދަ އަމަލުތަކަކީ ކޯޓުތަކުގެ ގާނޫނާ ޚިލާފް ކަމެއް ކަމަށާއި އެހެންވެ އެފަދަ ކަންކަމަކީ ސަލާމަތީ ބާރުތަކުން ހުއްޓުވަންޖެހޭ ކަމެއް ކަމަށް އެ އަމުރުގައިވެ އެވެ.
ކޯޓުން އެގޮތަށް އަމުރުކުރީ އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނުން ތެމާގައި އޮފީހެއް ހިންގަމުން ދަނިކޮށެވެ. އަދި ޕީޕީއެމްގެ ލޯގޯ އާއި ދިދަ ވެސް ފެކްޝަނުން ދަނީ ބޭނުން ކުރަމުންނެވެ.
މައުމޫން ޕާޓީން ވަކިކުރަން ޕާޓީގެ ސުލޫކީ ކޮމެޓީން ވަނީ ނިންމައިފަ އެވެ. އެކަމަކު މައުމޫން ވިދާޅުވަމުންދަނީ އެއީ ގާނޫނާ ޚިލާފް ނިންމުމެއް ކަމަށާއި އެ މަނިކުފާނު ޕާޓީން ވަކިނުވާ ކަމަށެވެ.
ރައީސް ޔާމީނާއި މައުމޫނާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި ޕާޓީ ހިންގުން ހުއްޓިފައި ވަނިކޮށް ކޯޓުން ވަނީ ޕާޓީ ހިންގުން ރައީސް ޔާމީނާ ހަވާލުކޮށްފަ އެވެ. އެކަމަކު އެ ނިންމުން މައުމޫން ފެކްޝަނުން ގަބޫލެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަދު
31 March 2017
ލަދު؟؟؟؟
ބެޓަރއޮފް
31 March 2017
މިވަގުތުން ފެށިގެން ޕީޕީއެމް އަކީ އެއީ ރައީސް މައުމޫނުގެ އެއްޗެއް ނޫން ކަން އަދި ޕީޕީއެމްގެ ނަމުގައި ރައީސް މައުމޫނު އަށް ވަކިން އޮފީހެއް ހަދައިގެން އެގޮތަށް ނުހިންގޭނެ ކަން މިހާރު ހުންނާނީ ރަނގަޅަށް އަންޑަރސްޓޭންޑް ވެފައި ރައީސް މައުމޫނުގެ ގްރޫޕް އަށް. ރައީސް މައުމޫނަށް ވެސް އަދި ކެނެރީގެ ނަޝީދަށް ވެސް އަންޑަރސްޓޭންޑް ވާންވީ ތި ދެ މީހުންނާއި ވެސް މިރާއްޖޭގެ ރައްޔިތުން ވެރިކަން ހަވާލު ކުރިކަން. އެކަކަކާއި 30 އަހަރު ވެރިކަން ހަވާލު ކުރި އިރު ވެސް މާލެ ސަރަަހައްދުން އެންމެންނަށް ބޯހިޔާވަހިކަން ނުދެވުނެވެ. މަހަށް ދިޔައިއްޔާ މާ ތާހިރެއް ނޫން ދޯ. ދެން ހެޔޮ ވެރިކަމެއް ކޮށް ދޭން އައި ކަލޭގެ އާއި ވެރިކަން ހަވާލު ކުރީމާ އިންޑިއާ އަށް ރާއްޖެ ވިއްކާލާ މޭޒު ދަށުން ދަމާ ކަން ކުޅުނީ އެހެރީ ޓްރެކް ރިކޯރޑްސް ތަކުން ފެންނާން. ތި ދެމީހުން ވެސް ތިބެންވީ މިއަދު ރިންގް އިން ބޭރުގައި ކަން ރައްޔިތުން އެބުނެދެނީ ޕީޕީއެމްގެ މެމްބަރުންގެ އަދަދު 40 ހާސް އަދި އެމްޑީޕީގެ މެމްބަރުންގެ އަދަދު 29 ހާހަށް ތިރިވުމުންނެވެ. މިއަހަރު ނިމޭ އިރު އެމްޑީޕީގެ މެމްބަރުންގެ އަދަދަކީ އެއީ 1500 މީހުން ކަމަށް ބޮޑަށް ލަފާ ކުރެވެނީ. ޔުއަރ ބިލީވް އިޒް ނޮޓް އަވަރ ބިލީވް ބެޓަރ އޮފް ދިސްވޭ..
ދަވޭ
31 March 2017
ރައީސް މައުމޫނު ހިންގަވާ ޕީޕީއެމްގެ ހަރަކާތް ތައް ހުއްޓުވަން ފުލުހުންނަށް އަންގާ ކޯޓް އަމުރެއް ނެރެފިނަމަ ފުލުހުން ޖެހޭނެ އެކަން ތަންފީޒު ކުރަން. އެއީ ކުރަން ޖެހޭނެ ކަމެކެވެ. މިރާއްޖޭގެ ސިޔާސީ މައިދާން ހަމަ މަގުން ދާނީ ޝަރުއީ ދާއިރާއިން ފުލު ފުލުގައި ކޯޓް ހުކުމް ތައް ނެރެގެން ނެވެ. ސައިބަރ ކްރައިމް ހުއްޓުވުމަށް ޓަކައި ވެސް ގާނޫނެއް ހަދާ ޓްވިޓަރ އެކައުންޓްސް ތަކާއި އަދި ފޭސް ބުކް ފަދަ ވަސީލަތް ތަކުގައި ސިޔާސީ ވާހަކަ ލިޔަން ޖެހޭނީ ސަރުކާރުން ދޫކުރާ ލައިސަންސް އެއްގެ ދަށުން ނަމަވެސް ހަދަންވީއެވެ. އެއިރުން ކަންކަން ރަނގަޅު ވަމުންދާނީ.
ބްރަވާޑޯ
31 March 2017
ފިލްމް ނިމިއްޖެ..މިހާރު އެއުޅެނީ މިފިލްމްގެ އެޕިސޯޑް 2 ނިކުންނަން.
ޕޮގުބާ
31 March 2017
ގާނޫނާ ގަވައިދަށް ހުރުމަތްތެރިކޮންނުހިތާ ޕީޕީއެމްގަ ހުރެގެން ރާއްޖޭގެ ރައީސްސުލްޖުމުހޫރިއްޔާއާ ދެކޮޅަށް ނިކުތީމަވެސް ޖެހޭދޯ ޕީޕީއެމްގެ ރައީސްކަމުގަ މައުމޫނު ބަހައްޓަން ނުޖެހޭނެ ބަހައްޓާކަށް ބޭރުކުރެވެން ހުރިގޮތަކަށް ބޭރުކުރަން ޖެހޭނީ ދެންކީވެތަ؟ އެމްޑީޕީން ރީކޯމޫސާމަނިކު ބޭރުކޮއްލީ ސަރުހިންގާޕާޓީގަ ހުރެގެން ސަރުކާރާދެކޮޅަށް މަސައްކަތް ކުރުމުގެ ފުރުސަތެއް އެއްވެސް މީހަކަށް ނުލިބޭނެ ސަރުކާރު ހުސްވިޔަސް އެފުރުސަތެއް އަޅުގަޑުމެން އެމީހަކަށް ނުދޭނަމެ
ސަލީމް
31 March 2017
ތިހާ ސަޕޯޓް ލިބެންޏާ ޔާމިން ވެއޖެ އެއްނުން އާ ޕާޓީއެއް ހަދައިގެން، އޭަނަގެ ޕޮޕިއުލަރިޓީ އޮތްކަން ހާމަކުރަން، %100 ޔަޤީން އެކަން ނުކުރެވޭނެތީވެ، މައުމޫން ހެއްދެވި ޕާޓީ ފޭރިގަތީ، އަހަރެމެން ނާ ހަމަޔަށް އަންނާނެ، އޭރުން ވޯޓް ގަނޑުވެސް އަދި ގަލަންވެސް އޮންނާނީ އަހަރެމެން އަތުގަ އެނގިދާނެތާ ވާނެ އެއްޗެއް
ލުކްވެލް2
31 March 2017
ޔާމީނަށް ވެރިކަމަށް އާދެވުނީ މައުމޫން އަދި ޤާސިމްގެ ސަޕޯޓް އާއެކު އަދި ކޯޓު އަމުރަކުން. 2018ގައިވެސް އެކަން ދެންކުރެވިދާނެބާ?
ދިސްވޭ
31 March 2017
ދުނިޔެ އުފެދިފައިވަނީ އެއީ މެތެމެޓިކްސް އެންޑް ފިޒިކްސް އެއީ އަސްލު ކަމަށް ބަލައިގެން އޭގެ މަތިންނެވެ. މިކަން ދަނެގެން ދުނިޔޭގައި އުޅޭ މީހުންނަށް ދުނިޔެ ކާމިޔާބު ވާނެއެވެ. ޑިމޮކްރަސީގެ ސްޓްރަކްޗްރަލް ތިއަރީ އަށް ބަލާއިރު ރައްޔިތުންގެ ސީދާ ވޯޓަކުން ގައުމެއްގެ ވެރިކަމަށް އައުން އެއީ އެންމެ ސްޓެބިލިޓީ ލީޑަރޝިޕް އަދި އެންމެ ކޮރަޕްޝަން ދަށް ސިސްޓަމް އަކީ. ވެރިކަމަށް އަންނަން ސިޔާސީ އިސް ފިގަރސްތަކެއް ގެ ތާއީދު ހޯދަައިގެން ވެރިކަމަށް އައުމުން އެެތާއީދު ދިން ސިޔާސީ ފިގަރސް ތަކުން ދައުލަތަށް ދައްކަން ޖެހޭ 18 މިިލިއަން ޑޮލަރު އެމެން ސަރުކާރަށް ކުރި ތާއީދާއި އަޅާ ކޮމްޕެންސޭޓް ކުރަން އުޅެފިނަމަ އެކަން ނުވާނެއެވެ. އެއީ އެއްގޮތަކަށް ވެސް ރައީސް ޔާމީން ގެ ތާއީދު ގެއްލޭނެ ކަމެއް ނޫނެވެ. އެއީ ތާއީދު އިތުރުވާނެ ކަމެކެވެ.
މަގުއޮޅިފައި ހުރި ދިސްވޭ އަށް
31 March 2017
ހާދަ ތާއީދެކޭދޯ ތިއިތުރުވަނީ. އެހެންވީމަދޯ ރައްޔިތުން މަޖްލީހުގައި އޮތް ސުޕާރ މެޖޯރިޓީ ތި ގެއްލުނީ.
ކަނބުރު
31 March 2017
މިއަށްވެސް ކިޔަންވީ އިންސާފްތޯ ؟ ޕާޓީން ހޮވާފާ ހުރި ރައީސް ހުއްޓާ ޕާޓީގެ އެއްވެސް މަގާމެއް ހައިސިއްޔަތެއްނެތް ބޭފުޅަކާ ޕާޓީ ހިންގުން ހަވާލުކޮށް ޕާޓީގެ ރައީސްގެ ހުއްދަޔަކާ ނުލާ ޕާޓީގެ ނަމުގާ އޮފީހެއް ހަދައިއިގެން ހިންގުމަކީ އިންސާފުން ކުރެވޭ ކަމަކަށް ވާނެތޯ ؟ ޕާޓީގެ އަސާސީ ގަވާއިގާއި ހިންގާ ގަވާއިދާ ހިލާފަށް ޕާޓީގެ އެއްވެސް މަގާމެއްގައި ހޮވާފާ ނެތް ބޭފުޅަކާ ޕާޓި ޙާވާލު ކޮށްގެން ކުރާ ކަންތައްތަކަކީ ގާނޫނީ ހަމަތަކަކުން އަދި އިންސާފުން ކުރެވޭ ކަމަކަށް ވާނެގޮތެއް އެއްވެސްގޮތަކަށް ނުވިސްނެއެވެ.
ހޯބޯ
31 March 2017
އޭ ކޮބާ އުމަރު؟ އޭނަވެސް އެބަ އުޅެޔޭ ތިތަނުން ސްލޮޓެއް ލިބޭތޯ
ޢަލީ
31 March 2017
މިހިރީ ދުރުހިލޭ މީހުންނައް ވުރެ އެއްބަފާ ލޯބިވާ ބޭބެޔައް ހަދާލާގޮތް ނަޝީދުވެސްނުޖައްސާހާލު މިހިރީ ޔާމިނާ ވައިނޭޅުމައް ހުރިހާސިޔާސީ ލީޑަރުންނައް ގޮވާލަން