ޕީޕީއެމް/އެމްޑީއޭގެ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުން ދާދި ފަހުން ބޭއްވި ނިއުސް ކޮންފަރެންސްގައި ފަލާހް ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ
04 އެޕްރީލް 2017 - 22:14
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަކީ އިދިކޮޅު އެމްޑީޕީގެ ރައީސް ކަމަށް ވިދާޅުވެ އިނގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހިމް ފަލާހް ވަރަށް ބޮޑަށް މިރޭ ފާޑުވިދާޅުވެއްޖެ އެވެ.
ވެރިކަން ކުރާ ޕީޕީއެމަށް ބަޔަކު ސޮއިކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެން ރާއްޖެ ވަޑައިނުގަންނަވާނެ ކަމަށާއި "އެމްޑީޕީގެ ރައީސަކީ ރައީސް މައުމޫން" ކަމަށެވެ.
"ރައީސް މައުމޫނަށް އެނގިވަޑައިގަންނަވާނެ 2008 ގައި 30 އަހަރު ވަންދެން މި ރާއްޖޭގެ ރައްޔިތުން ރައީސް މައުމޫނަށް ވެރިކަން ކުރުމުގެ ފުރުސަތު ދެއްވި. އަޅުގަނޑުމެން ތިބީ ހަމަ ޗުއްޕު ވެސް ނުބުނެ. ރައީސް މައުމޫނަށް މި ގައުމު ލިބުނީ މޭބިސްކަދުރު ހައްދަން. އެހެން ނަމަވެސް ކޯޗެއްތޯ ހެއްދީ؟ ކަށިކުނބުރު،" ޕީޕީއެމުން މައުމޫން ވަކިކުރުމުގައި ވެސް އިސްކޮށް ހުންނެވި ފަލާހް ވިދާޅުވި އެވެ.
"އަދި ކިރިޔާ މި ގައުމަށް ބޭފުޅަކު ވަޑައިގެން އަޅުގަނޑުމެންނަށް މޭބިސްކަދުރު ގަހެއް މި ގައުމުން ހެދޭތަން މި ފެންނަނީ. ރައީސް މައުމޫން ވެރިކަން ކުރެއްވިއިރު ދިވެހި ރާއްޖޭގެ ރައްޔިތުން ތިބީ ކިޔަމަންތެރިކަމާއި އޯގާތެރިކަމާ އެކު. އެމަނިކުފާނު ބޭނުން ގޮތަކަށް މި ގައުމުގެ ކަންކަން ބައްޓަން ކުރަން ފުރުސަތު ދީފި."
ފަލާހް ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ކުރު މުއްދަތުގެ ތެރޭގައި އެތައް ބިލިއަން ރުފިޔާގެ ތަރައްގީގެ މަޝްރޫއުތައް ވަނީ ހިންގައިފަ އެވެ. އެހެންވެ އިދިކޮޅު ފަރާތްތަކުގެ ލޮލަށް ނިދި ނައިސްގެން އުޅެނީ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ބޭފުޅުންނަށް ޔަގީން ވަނީ މި ބޭފުޅުންނަށް ދެން ވެރިކަން އަތުނުވާނެކަން 2060 ގައި ވެސް،" ފަލާހް ވިދާޅުވި އެވެ.
އޭނާގެ ވާހަކައިގައި މައުމޫންގެ ދަރިކަލުން އަދި ސަރުކާރާ އިދިކޮޅު ހަރަކާތުގައި އިސްކޮށް އުޅުއްވާ އަހުމަދު ފާރިސް މައުމޫނަށް ވެސް ފާޑުވިދާޅުވި އެވެ.
ފަލާހް ވިދާޅުވީ ދިއްގަރު ދާއިރާގެ މީހުން ފާރިސް އަށް ގުޅުމުން ފޯނުން ޖަވާބު ނުދެއްވާ ކަމަށާއި 5،000 މީހުންގެ އާބާދީއަކަށް ޖަވާބުދާރީ ނުވެވުނު ބޭފުޅަކަށް ގައުމު ހިންގެވޭނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.
ފަލާހް ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން މިހާރު މަސައްކަތް ކުރަނީ އެ ބޭފުޅުންގެ ފައިގައި "ބެދިފައި ހުރި މަޅިތަކުން" އަދި "ކަރަށް ވެއްޓިފައި ހުރި މަޅިތަކުން" ސަލާމަތް ވުމަށް ކަމަށެވެ.
"ދެން ބައްލަވާ އުމަރު ނަސީރު. އެއްޗެއް ވިދާޅެއް ނުވާނެ. ތިޔަބޭފުޅުން ބައްލަވާ މިނިވަން 50 ގައި ކުދިކުދި ކުންފުނި ހަދާފައި އެ އޮތީ 10 ދުވަހަށް 15 ދުވަހަށް. އެކަމަކު ކޮރަޕްޝަންގެ ވާހަކަ އެހެން މީހުންނާ ދިމާލަށް މި ދައްކަނީ،" ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހަރަކާތްތަކާ ގުޅޭ ތަފާތު މަސައްކަތްތައް އެކި ފަރާތްތަކާ ހަވާލު ކުރުމުގައި، ކުރީގެ ހޯމް މިނިސްޓަރު އުމަރުގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ސަރުކާރުން ކޮށްފައިވާ މައްސަލަ އަށް އިޝާރާތް ކުރައްވަމުން ފަލާހް ވިދާޅުވި އެވެ.
އެކަމަކު އުމަރު ވަނީ އޭނާގެ މައްޗަށް ސަރުކާރުން ކުރާ ކޮރަޕްޝަންގެ ތުހުމަތު ދޮގުކުރައްވައިފަ އެވެ. އުމަރު ވިދާޅުވެފައި ވަނީ ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށާއި ސަރުކާރުން އެކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރިޔަސް ހާސްކަމެއް ނެތް ކަމަށެވެ.
ފަލާހް މިރޭ ވިދާޅުވީ މައުމޫން ޕީޕީއެމް ހިންގެވި ދުވަސްވަރު އެ ޕާޓީގައި 25،000 މެމްބަރުން ވެސް ނުތިބޭނެ ކަމަށެވެ. އެކަމަކު ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމްގެ މަސައްކަތްޕުޅުންނާއި އެހެން ބޭފުޅުންގެ އެހީތެރިކަމާ އެކު މިއަދު ޕީޕީއެމަށް 60،000 މެމްބަރުން ހަމަވެއްޖެ ކަމަށް ފަލާހް ވިދާޅުވި އެވެ.
"މެޑަމް އެ ވިދާޅުވަނީ މި އަހަރު ނިމޭއިރު ﷲ އިރާދަކުރެއްވިއްޔާ 120،000 މެމްބަރުން ޕީޕީއެމްގައި ތިބޭނެއޭ. އަޅުގަނޑުމެން ރިޔާސީ އިންތިޚާބަށް ނުކުންނާނީ ﷲގެ ރަހުމަތްފުޅާ އެކު ޕީޕީއެމުން އެކަނި އެމަނިކުފާނުގެ އިންތިޚާބު ކާމިޔާބު ކުރެވޭވަރުގެ މެމްބްރުންނާއި ދިވެހި ރައްޔިތުން ގޮވައިގެން،" އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގައި ތިއްބަވާ ޕީޕީއެމްގެ ބައެއް މެމްބަރުން އެމްޑީޕީ އަށް ސޮއިކުރައްވާނެ ކަމަށް ދެއްކެވޭ ވާހަކަތަކާ ގުޅިގެން ފަލާހް ވިދާޅުވީ އެއީ ހަގީގަތެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ޕީޕީއެމްގެ މެމްބަރުންތަކެއް ފައިސާ އަށް އިދިކޮޅު ފަރާތްތަކަށް ނުގެންދެވޭނެ ކަމަށެވެ.
"އެކަމަކު ވަރަށް އަވަހަށް އެމްޑީޕީ އާއި ޖޭޕީ، މި ދެ ޕާޓީގެ ދެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ޕީޕީއެމާ ގުޅިވަޑައިގަންނަވާނެ. ވަރަށް އަވަހަށް އެ ޖަލްސާ އޮންނާނެ،" ފަލާހް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯޑްވަން
05 April 2017
ފަލާހް މީ ކާކުތަ... އަޅުގަނޑަށް ނޭނގޭތީ... އެކަމަކު މައުމޫން އެނގޭ... މީހުން މީހުންނަށް އެއްޗެހި ގޮވާއިރު އަމިއްލަ ފެންވަރުން އެއްޗެހި ގޮވުން ވަރަށް މުހިންމު... މިއީ ފަލާހްއަށް އެއްޗެއް ބުނަނީކީ ނޫން... އަޅުގަނޑަކަށް ފަލާހްއެއް ނޭނގޭވިއްޔަ...
އަސްލަމް
05 April 2017
ޒައީމްއަކީ އަސްލު ކޯލިސަންގެ ރައީސް. ނަސީދު އަކީ އެއްވެސް ހައިސިއްޔަތެއް ނެތް ރައީސް.
އަބްދުއްލާ އަލީ
05 April 2017
އޭ ފަލާހް މި ކޮމަންޓް ތައް ކިޔާލިންތަ ، މިކޮމަންޓް ގެ ލައިކް ގެ އަދަދު ގުނާލިންތަ ؟ މައުމޫނަކީ މި ގައުމުގެ ބައްޕަ ކަން ޔަގީން ވާވަރު ނުވޭތަ ؟ޔާމީނަކީ މިގައުމުގެ ރައްޔިތުން ދުވަހަކުވެސް ސަޕޯޓް ކުރާނެ ފަރާތެއްނޫން.
ބޯގޯސް
05 April 2017
އެމްޑީޕީގެ ރައީސްއަކީ މައުމޫނު ޕީއޭ ރައީސްއަކީ ނަޝީދު ޕިޕީއެމް ރައީސަކީ ޔާމިނު ތޯ ؟؟
ކަނޑުކޮސް
05 April 2017
ޕީޕީއެމްގެ މެމްބަރުންތަކެއް ފައިސާ އަށް އިދިކޮޅު ފަރާތްތަކަށް ނުގެންދެވޭނެ އެކަމަކު އެމްޑީޕީ އަދި ޖޭޕީގެ މެމްބަރުން ފައިސާ ގެންދެވޭނޭތޯ ތި ވިދާޅުވަނީ!! ނުނީ ޕީޕީއެމްގެ މެމްބަރުން އެހެން ޕާޓީތަކަށް ދާނީ އެކަށީގެންވާ އަދަދެއް ކަމުން ހަލާލެއް ހަރާމެއް ނުބަލާއޭ އެކަމަކު އެމްޑީޕީ އަދި ޖޭޕީގެ މެމްބަރު ޕީޕީއެމާއި ގުޅޭނީ ހެޔޮނިޔަތުގެ.....!!! ހިންޔެއް ނާދޭތަ!
ހޮޓެލް ޖެން
05 April 2017
މާ ފޮނުވިގެން އުޅޭ މީހެއް މީ
އޭބީ
05 April 2017
ނޫނޭވާ ލަދު ޙަޔާތްކުޑަ މީހުން ދުނިޔޭގައި އެބަ އުޅެއެވެ
ޗިކުސް
05 April 2017
ކޮބާތަ ރ. އަތޮޅުގަ އަޅަންބުނި އެއާރޕޯރޓް . މި ވާހަކަ ދައްކަބަލަ. ނޮކޮއްދޭ ވަރުގެ ފޮނިނުކަނޑާ . ތިވާހަކަ އަނޑު އަހާނެ މީހަކު ނެތް.
އަޝްރަފް
05 April 2017
ކަލޯ ބުނަން ރަނގަޅުވާހަކައެއް. މައުމޫނާ ނުބެހެއްޗޭ އިނގޭ. މަށަކީ އެމްޑީޕީއަށް ތާއީދުކުރާމީހެއް. އެކަމަކު އަހަރުމެންވެސް މައުމޫނަށް އިހުތިރާމް ކުރަން. އަހަރުމެންގެ ރައީސް ނަށީދުވެސް މައުމޫނަށް އިހުތިތާމް ކުރި. އަދި ނަޝީދުގެ ވަރިކަމުގަ މައުމޫނަށް ވަރަށް ފަސޭހައިން ހަމަޖެހިލައިގެން ގައުމުގަ އުޅެވުނު. އެމްޑީޕީގެވެސް އަދި ޕީޕީއެމްގެވެސް ތާއީދު އޮތީ މައުމޫނަށް.
ނުފޮޅޭމާ
05 April 2017
ދައުލަތުގެ މީޑިއާ ބޭނުންކޮށް، އެކިއެކި ބޭފުޅުންގެ އަބުރުކަތިލަމުންދާތަން މިފެންނަނީ