މި އަަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި އެވެ.
ޒަކާތު ހައުސް އިން ބުނީ އިއްޔެ އިން ފެށިގެން ރޯދަމަހުގެ 27 ވަނަ ދުވަހުގެ ހެނދުނު ހައެއް ޖެހުމާ ހަމައަށް އޮންލައިންކޮށް ހަތް ޕްލެޓްފޯމަކުން ޒަކާތް ދެއްކޭނެ ކަމަށެވެ.
އެ ޕްލެޓްފޯމްތަކަކީ؛
- ދިރާގު މޯބައިލް އެޕާއި ދިރާގު ޕޭ ވެބްސައިޓް
- އުރީދޫ
- އެމް ފައިސާ މޮބައިލް އެޕް
- މޯލްޑިވްސް އިސްލާމިކް ބޭންކުގެ މޮބައިލް އެޕް
- ބޭންކް އޮފް މޯލްޑިވްސްގެ މޮބައިލް އެޕް
- ފަހިޕޭ މޮބައިލް އެޕް
- އަވަސް މޯބައިލް އެޕް
- ބަނޑޭރި ޕޭ ވެބްސައިޓް
އެ ޕްލެޓްފޯމްތަކުގެ ތެރެއިން ބަނޑޭރިޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރޯދައިގެ އެންމެ ފަހު ދުވަހާ ހަމައަށް ވެސް ފިތުރު ޒަކާތް ދެއްކޭނެ އެވެ.
އޮންލައިންގެ އިތުރުން މާލޭގައި ނަމަ އިސްލާމީ މަރުކަޒުން ވެސް ޒަކާތް ދެއްކޭނެ އެވެ. ރަށްރަށުގައި ޒަކާތް ދައްކާނީ އެ ރަށެއްގެ ކައުންސިލް އިދާރާއަށެވެ.
މާލޭގައި ޒަކާތް ދައްކާނެ ގަޑިތައް:
- ފެބުރުއަރީ 22 އިން ފެށިގެން މާޗު 9އަށް: ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރު 1:00 އަށް. މާޗު 10-19އަށް: ހުކުރު އަދި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން މެންދުރު ފަހު 2:00އަށް.
ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދުތައް:
- އާދައިގެ ހަނޑޫ: 12ރ.
- ތައިލެންޑް ހުދު ހަނޑޫ: 53ރ.
- ރަތް ހަނޑޫ: 96ރ.
- ބާސްމަތީ ހަނޑޫ (އާދައިގެ): 77ރ.
- ބާސްމަތީ ހަނޑޫ (މޮޅު): 109ރ.
- ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 136ރ.
- އާދައިގެ ފުށް: 10 ރުފިޔާ. އާޓާ ފުށް: 75ރ.