އިބްރާހިމް އަފްރާތު (ވ) ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ އެކު
07 އެޕްރީލް 2017 - 23:49
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކަށް އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލާގައި މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހަޅާ ކަމުގެ ތުހުމަތަށް ފުލުހުން މިރޭ ހައްޔަރުކުރި އިބްރާހިމް އަފްރާތުގެ ފޯނު އަތުލުމަށް ފަހު ދޫކޮށްލައިފި އެވެ.
ޕީޕީއެމް ދެ ބައިވެ، ކުރީގެ ރައީސް މައުމޫންގެ ފަޅީގައި ހުރި އަފްރާތު މިރޭ ހައްޔަރު ކުރުމުގެ ކުރިން، އޭނާ ދިރިއުޅޭ މ. ގުލްޝާން ކިނާރާ ރޭގެ ވަގުތެއްގައި ވަނީ ފާސްކޮށްފަ އެވެ. އެ ގެ ފާސްކޮށްފައި ވަނީ ސިޔާސީ ފަރާތްތަކުން ރިޝްވަތުގެ ގޮތުގައި ހުށަހަޅާ ފައިސާ އެ ގޭގައި ބަހައްޓާ ކަމަށް ތުހުމަތުކުރެވޭތީ ކަމަށް ކޯޓު އަމުރުގައިވެ އެވެ.
އަފްރާތު ހައްޔަރުކުރުމަށް ފަހު ދޫކޮށްލާފައި ވާއިރު، މައުމޫނަށް ތާއީދުކުރައްވާ، އަދި އެ ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލްގެ ގޮތުގައި މަސައްކަތްކުރައްވާ އަބްދުލްއަލީމަށް ވެސް، އަފްރާތަށް ކުރި ތުހުމަތުކޮށް އޭނާގެ ގެ ވެސް ދަނީ ފާސްކުރަމުންނެވެ. އަދި އޭނާގެ ފޯނު ވެސް ފުލުހުން ވަނީ ކޯޓު އަމުރަކަށް ހިފަހައްޓައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް މިދިޔަ މަހު ނެގި ވޯޓުގައި މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނުކަމުގެ ތުހުމަތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ހައްޔަރުކޮށް، ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހައްމަދު އަހައްމަދޭ
09 April 2017
ދެރަކަމެއް މިއޮއް ޓެކުނޮލެޖީ ޒަމާނުގަ ބަޓަނަކަށް ފިތާލީމާ ބޭނުން ވަރަކަށް ފައިސާ ޓުރާންސްފާ ކުރެވޭ އިރު ،މިސަރުކާރުގެ ރިސްކު އެލަވަންސް ނަގަން ކާކުތޯ ފައިސާ ހިފައިގެން ގޯނިގޯނީގަ ބަހަމުން ދުވާނީ ،
އަހުމަދު
08 April 2017
މިހާރު ދެން މީހުންހިފެހެއްޓުމާއި ފޯން އަތުލުމާްއި ނުރުހޭމީހުންގެ ގެބެލުމާއި ހިތާވެގެން އުޅޭމީހުންގެ މައުލޫމާތާއި މިކަންކން ޢާއްމުވެއްޖެ.
ފޮގް
08 April 2017
ޒާތީ މުއާމަލާތާ އަދި ޒާތީ ފޮޓޯ ފަދަ ތަކެތި ބެލުމަށް ތިކުރާ މަސައްކަތް ހުއްޓާލާ..
ސިންތިލީ ވޫމް
08 April 2017
ފޫނާއި ހިތާވެގެން އުޅޭބަޔެދޯމީ؟؟؟
ހާނު
08 April 2017
ފޯނު ހިފެހެއްޓީވެސް ކޯތު އަމުރަކުންބާ؟
GAN Island
08 April 2017
ފަހަކަށް އައިސް ދިވެހި ފުލުހުން ވަރަށް އާދައިގެ ކަންކަމުގައިކުރެވޭ ކުޑަތުހުމަތެއްގެ މައްޗަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީސްމީހުންގެ ފޯނުފަދަ ޒާތީ މުއާމަލާތް ބަލާ ފާސްކުރާ ކުރުމަކީ ޕްރޮފެޝަނަލް ފުލުހުންގެ ފަރާތުން ފެންނާންޖެހޭނެ ފަދަ އަމަލެއްކަމަށް ޤަބޫލެއް ނުކުރަން. . . . . ދައުލަތުގެ ފައިސާ ހޭދަކޮށް އެންމެ ޒަމާނީ ވަސީލަތް ޤާއިމްކޮށްދީފައިވާ ފުލުސް ލެބޯޓްރީތައް ފުލުހުންގެ އިދާރާގައި ހުރިއިރު އެތަނުގައި މަތީ ޓެކޮނޯލަޖީގެ ANTI TERROR EQUIPMENT ތަކާއި Spy Gear and Electronic Surveillance Equipment ފުލުހުންގެ އަތުގައި ހުންނާނެ. . . . އެހެންކަމުން މީހަކު ގެންގުޅޭ އާދައިގެ ފޯނުގަޑު ފޭރިގަނެގެން ތަޙްޤީގު ކުރުމަކީ ފުލުހުންގެ ތަމްރީން ތަކާއި ވަސީލަތް ތަކާއި މެދު ސުވާލު އުފެދޭކަންކަން.
ތަކުރާރު
08 April 2017
މިހާރުދެން ފޯނުވެސްގެންގުޅުން މަނާވަނީކަންނޭގޭ ؟؟؟ ެ އެހެންނޫނިއްޔާ ފޯނުންއިތުރު އިތުރު ޑިއުޓީއެއްނަގަންއުޅެނީތޯއްޗެ ؟
ސައްތާރު
08 April 2017
ދޮންހަސަނު ދޯ؟ ކެޔޮގަނޑު ދޯ؟
ހުސެޭނުބެ
08 April 2017
ތިޔަހެން ފުލުހުން ލައްވާ މާގިނަމީހުން ހައްޔަރުކުރި ހުރިހާ ވެރިންވެސް ދައުރު ފުރިހަމަ ނުކޮށް ނިންމާލީ
އަލީ
08 April 2017
ތިޔާކުރާކަމަކުން ހުރިހާގެއްލުމެއް ލިބޭނި ދިރާގަށާއި އޫރެދޫއަށް. ހާދަހާފޯނެކޭ ތިޔަހިފަހައްޓަނީ.