ޚަބަރު / އިދިކޮޅު ފަރާތްތައް

އެލްޖީއޭއަށް ގެންނަ އިސްލާހަކީ އަޅުވެތިކުރުން: އިދިކޮޅު މެމްބަރުން

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ކުރިއަށް ދަނީ: މިހާރު އުޅެނީ އެލްޖީއޭގެ ބޯޑު ބަދަލުކުރުމުގެ މަސައްކަތުގައި

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުން މިއަދު ހުށަހެޅި އިސްލާހަކީ، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގައި ރައްޔިތުންގެ ބަސް ބުނާނެ ގޮތެއް ނެތި، އިތުރަށް އަޅުވެތިކުރުން ކަމަށް އިދިކޮޅު މެމްބަރުން ސިފަަކުރަައްވައިފި އެވެ.

ސަރުކާރުން ހުށަހެޅީ އެލްޖީއޭގެ ބޯޑު މިހާރު އޮތް ގޮތް ބަދަލުކޮށް، ސީދާ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ފަަސް މެމްބަރަކު ތިބޭ ގޮތަށެވެ. މިހާރު އެލްޖީއޭގެ ބޯޑު އެކުލެވިގެންވަނީ ސިޓީ ކައުންސިލްތަކުން ދެ މެމްބަރަކާއި އަތޮޅު ކައުންސިލްތަކުން ހަތަރު މެމްބަރުން ތިބޭ ގޮތަށް، ނުވަ މެމްބަރުންގެ މަައްޗަށެވެ.

އެ އިސްލާހަށް ބަހުސް ކުރައްވަމުން އަލިފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވީ ގާނޫނަށް އިސްލާހު ގެނެސްގެން މަސައްކަތް ކުރަނީ ދާއިރާތަކުގެ ބަސް ބުނުމުގެ ހައްގު ނަގާލަން ކަމަށެވެ.

"މިއީ ހުރިހާ ބާރުތަކެއް ރައީސަށް ދިނުމަށް ކުރާ ކަމެއް. މަކްތަބު، މަދަރުސާއެއް އޮތަސް ރައީސްގެ ބާރުގެ ދަށަށް ބައްސާލައިފި. ބާރުތައް ނަންގަވައިފި. މިއަދު މަސައްކަތް ކުރަނީ ދާއިރާތަކުގެ ބަސް ބުނުމުގެ ހައްގު ނަގާލަން. އެއީ ހަމަ ގައިމުވެސް ގަބޫލު ކުރާނެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ރަޝީދު ތުހުމަތުކުރެއްވި ގޮތުގައި ސަރުކާރުން އުޅެނީ އެޓޯލް މިނިސްޓްރީ އަލުން ވުޖޫދަށް ގެނެސް، ކަތީބުންގެ ނިޒާމު އަލުން ގާއިމްކުރާށެވެ. ކައުންސިލް ނިޒާމަށް ސަރުކާރުން ވަރަށް ބޮޑަށް ނަފްރަތު ކުރާ ކަމަށާއި މަސައްކަތް ކުރަނީ އެ ނިޒާމު ނައްތާލަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަޑުއްވަރީ ދާއިރާގެ އިދިކޮޅު މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ އެލްޖީއޭގެ ބޯޑުގައި ކައުންސިލަރުން އުނިވުމަކީ ރައްޔިތުންގެ އަޑު އަހަން އޮތް ފުރުސަތު ގެއްލުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: މަޖިލިސް

"އަޅުގަނޑުމެންގެ ސިސްޓަމްތައް ފުނޑާލެވިގެން ނުވާނެ. ސިސްޓަމް ފުނޑާލާ ނަމަ، އަޅުގަނޑުމެންގެ ގައުމުގައި ޑިމޮކްރަސީއެއް ނޯންނާނެ،" ޕީޕީއެމުން ދާދި ފަހުން ވަކިކުރި އަމީތު ވިދާޅުވި އެވެ.

ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ފައިސަލް ނަސީމް ވިދާޅުވި ގޮތުގައި މި އިސްލާހުގެ ސަބަބުން އަނެއްކާވެސް ކުޑަވާނީ ރައްޔިތުންގެ ބައިވެރިވުމެވެ. ލާމަރުކަޒީ ނިޒާމޭ ބުނާއިރު، އެއީ ކޮން އެއްޗެއްކަން އެނގެން ޖެހޭ ކަމަށާއި ވަކި ބަޔަކު ބޭނުންވާ ގޮތަކަށް ކަމެއް ނުނިންމުނީމަ، އެތަނެއްގައި ތިބި އިންތިހާބީ މަގާމުތަކުގެ މީހުން ވަކިކުރުން ބަލައިނުގަނަވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކަށް ސަރުކާރުގެ މެމްބަރުން ރައްދު ދެއްވި އެވެ. އެގޮތުން ބިލެތްދޫ ދާއިރާގެ އަހުމަދު މުބީން ވިދާޅުވީ އެލްޖީއޭގެ ބޯޑަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އެ ގޮތުން މަޖިލިހުގެ ރުހުން ލިބިގެން ބޯޑަށް މެމްބަރުން އައްޔަން ކުރާ ގޮތަށް އޮތުމުން ރައްޔިތުން ބަސް ވެސް އެކަމަށް ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްލާހުގައި އޮންނަ ގޮތުން ފަސް މެމްބަރުން އައްޔަންކުރެއްވުމަށް ފަހު ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯދަން ހުށަހަޅަން ޖެހެ އެވެ.

ސަރުކާރުގެ ފަަރާތުން މި އިސްލާހު ހުށަހެޅުއްވި އުނގޫފާރު ދާއިރާގެ ޕީޕީއެމް މެމްބަރު ޖައުފަރު ދާއޫދު ވިދާޅުވީ އެލްޖީއޭއަކީ ކައުންސިލްގެ ކަންކަން ދުވަހުން ދުވަހަށް ހިނގާ ގޮތް ބަލަން އޮންނަ ބެލެނިވެރި ފަރާތް ކަމަށް ވާތީ އެ ތަނުގެ ބޯޑުގައި ބައެއް ކައުންސިލަރުން ތިއްބަވާ ނަމަ އަމިއްލަ މަސްލަހަތު ފުށުއަރާ ކަންކަން ދިމާވާ ކަމަށެވެ.

"އެހެންވެ މިކަން އިސްލާހުކޮށް، މަސައްކަތްތައް ހަރުދަނާ ކުރަން ބޭނުމީ. އަދި ހަރަދު ހަމަޖައްސައި ވީހާވެސް އަވަހަކަށް މަސައްކަތްތައް ނިންމަން ބާރު އަޅަން ބޭނުންވަނީ،" ޖައުފަރު ވިދާޅުވި އެވެ.

މި އިސްލާހުގައި ހިމެނޭ ބައެއް ކަންކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ތާއީދުކުރެއްވި އެވެ. އެގޮތުން އެލްޖީއޭގެ ބޯޑަށް އައްޔަން ކުރަން ޖެހޭނީ ސިޔާސީ ނުފޫޒުން އެއްކިބާވެ ތިބެ، މިނިވަންކަމާ އެކު މަސައްކަތް ކުރެވޭނެ ގާބިލް ބޭފުޅުން ކަމަށް އެ މެމްބަރުން ފާހަގަކުރެއްވި އެވެ.

އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ބޯޑު އެކުލެވިގެން ދާއިރު، ޖެންޑާ އިކުއަލިޓީގެ ދާއިރާގެ އަންހެން ތަޖުރިބާކާރަކު ހުންނަން ލާޒިމްކޮށްފައި އޮތުމުން ވަރަށް ބޮޑަށް ތާއީދު ކުރައްވާ ކަމަށެވެ. އަދި އެހެން ބޯޑުތަކުގައި އަންހެނުންނަށް މަގާމުތައް ދީ ކައުންސިލްތަކުގައި ވެސް އަންހެނުން އިތުރު ކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ބޯޑުގައި ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާގެ ތަޖުރިބާކާރަކު ވެސް ހުންނަން ޖެހޭނެ ކަމަށް ބުނާއިރު، އެއީ ތައުލީމީ ގޮތުން ވެސް ގާބިލް މީހަކަށް ވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރޮޒައިނާ ވިދާޅުވި ގޮތުގައި ބޯޑަށް އައްޔަން ކުރާ މެމްބަރުންނަކީ ސިޔާސީ އެކްޓިވިސްޓުންނަށް ވެ، ވެރިކަން ކުރާ ޕީޕީއެމް ކުރިއަރުވަން މަސައްކަތް ކުރާ ބަޔަކަށް ވެއްޖެ ނަމަ، ރައްޔިތުންނަށް ކުރާނެ ފައިދާއެއް ނޯންނާނެ އެވެ. އަދި މަގާމުތަކަށް ސިޔާސީ އެކްޓިވިސްޓުން ލުމަކީ ބަލައިގަންނަ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

5 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 12%
icon sad icon sad 0%
icon angry icon angry 88%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކެޔޮޅު

12 April 2017

ބޯޑު އުވާލަންވީ މިހާރުން މިހާރަށް...ތިއީ ބޯޑެއްބާއްވަން ހެޔޮވާވަރުވާ ތަނެއް ނޫން. މުޅި ނިޒާމް ހަލާކުކޮށްލީ ތިތާ ތިބި ވެރިން. ތިއީ ކަމުދާ ތަނެއް ނޫން.. ތިޔަ ތަން އުވާލަންވީ އަވަހަށް.

The name is already taken The name is available. Register?

އިބުރާހިމް

11 April 2017

މިދާވަރުން ދަންޔާ މިގައުމުގެ ރައީތުންނަކީވެސް ޔާމީންގެ މިލްކެއްކަމަށް ބިލެއް ހުށައަޅައިގެން ނިންމަފާނެ. އޭރުން ރައީތުމީހާވެސް ވިއްކާލާނެ. ދެރައީ ރައީތުންކާރިޔަށް ގޮސް ރައީތުންނަށް ސަލާންޖަހައިގެން މެންބަރުކަމަށް ހޮވިގެންއައިސް ރައީތުންގެ އަޑުނާހާ، ޖީބައްބޮޑުކުރަން ރައީސްމީހާ ބުނާހާ ގޮތަކަށް ސަރުކާރަށް ނިސްބަތްވާ މެންބަރުން އަމަލްކުރާތީ. މިކަން އިސްލާހުކުރެވޭނީ ރައީތުން މިފަދައިން އަމަލުކުރާ މީހުންނަށް ކުރިއަށް އޮތްތަނުގައި ފުރުސަތު ނުދީ، އެމީހުން ބާކީކުރެވިގެން

The name is already taken The name is available. Register?

ފާނޫޒު

11 April 2017

ލާމަރުކަޒީ އުސޫލުން މިގައުމު ހިންގުމުގެ ފުރުސަތު ނުދޭންވެގެން މިއުޅެނީ ކީއްވެބާ ؟ ގާނޫނު އަސާސީގައި މިގައުމު ހިންގަން ޖެހޭނީ ލާމަރުކަޒީ އުސޫލުން ކަމަށް ބަޔާންކޮށްފައިވާއިރު އެނޫން ގޮތަށް ކަންތައް ކުރަން އުޅުމްކީ ގާނޫނު އަސާސީއާ ހިލާފުވުން ކަމުގައި ނުބެލެވޭނެތޯ ؟

The name is already taken The name is available. Register?

ބޭބެ

11 April 2017

މި ގައުމަށްތަ ނޯތު ކޮރެއާ އޭ ކިޔާއުޅެނީ!! ބޭބެއަށް މިހާރު އޮޅިއްޖެ!

The name is already taken The name is available. Register?

ގައިގަ

11 April 2017

ރާއްޖޭގެ ވެރިކަން ރަސްކަމަކަށް ބަދަލް ކޮށްލީމަ ހުރިހާ ކަމެއް ނިމުނީނު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454