ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް: މަޖިލީހުގެ ރިޔާސަތު ބަދަލުކުރުމާ ގުޅޭގޮތުން ގެނައި އިސްލާހަށް އެމަނިކުފާނު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި. --ނިޝާން އަލީ/ މިހާރު
11 އެޕްރީލް 2017 - 11:59
ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހެޅޭ ގޮތް ބަދަލު ކޮށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހު ކުރި އިރު، އެ މެމްބަރުންގެ ހަމަބުއްދި ކޮބައިތޯ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ސުވާލު ކުރައްވައިފި އެވެ.
މަދުވެގެން 42 މެންބަރުންގެ ސޮޔާ އެކުގައި ނޫނީ މަޖިލީހުގެ ރައީސް ނުވަަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަނޭޅޭ ގޮތަށް، މަޖިލީހުގެ ގަވާއިދު ބަދަލުކުރުމުން ވަރަށް ބޮޑަށް ހިތްޕުޅުހަމަޖެހިވަޑައިނުގެން ކުރެއްވި ޓުވީޓެއްގައި މައުމޫން ވިދާޅުވީ ގާނޫނުއަސާސީގައި ބުނާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަކިކުރުމުގެ ގަރާރު 29 މެމްބަރުންގެ ސޮޔާއެކު ހުށަހެޅިދާނެ ކަމަށެވެ.
"އެކަމަކު މަޖިލީހުގެ ރައީސް ވަކިކުރުމުގެ މައްސަލަ ހުށަހަޅަން މި ޖެހެނީ 42 މެމްބަރުންގެ ސޮޔާ އެކު. ހަމަބުއްދި ކޮބައިބާ؟" މައުމޫން ކުރެއްވި ޓުވީޓްގައި ވިދާޅުވި އެވެ.
QA bunaa gothun RJ vaki kurumuge qaraaru 29 menbarun ge soyaa eku husha elhidhaane. Ekamaku Majlis ge raees vaki kurumuge massala..1/2
— Maumoon Abdul Gayoom (@maumoonagayoom) April 11, 2017
މައުމޫންގެ ޓުވީޓް.
.. husha alhan mijehenee 42 menbarun ge soyaa eku. Hama budhdhi kobaibaa? 2/2
— Maumoon Abdul Gayoom (@maumoonagayoom) April 11, 2017
މަޖިލިހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާ އެކު ކަމަށް، ސަރުކާރުގެ މެޖޯރިޓީ އޮންނަ ކޮމިޓީއަކުން، މަޖިލީހުގެ ގަވާއިދަށް ކުއްލިއަކަށް ގެނައި އިސްލާހު މައޖިލީހުގެ އިއްޔެގެ ޖަލްސާގައި ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 46 މެމްބަރުންގެ އިއްތިފާގުންނެވެ.
މި ވޯޓުގައި އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.
ގަވާއިދު ބަދަލު ކުރި އިރު، ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައި އޮތް މައްސަލަ އޮތީ މާދަމާގެ ޖަލްސާ އަށް އެޖެންޑާ ކޮށްފަ އެވެ. އަދި ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލަ، 31 މެމްބަރެއްގެ ސޮޔާ އެކު، އަލުން އޮތީ ހުށަހަޅައިފަ އެވެ. އެކަމަކު ގަވާއިދަށް ގެނައި އިސްލާހާ ގުޅިގެން، އެ ދެ މަައްސަލަ މިހާރު ވަނީ މަޖިލީހުން ބޭރުވެފަ އެވެ.
މަޖިލިހުގެ ގަވައިދުގައި ކުރިން އޮންނަ ގޮތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހެޅޭނީ 15 މެމްބަރުންނަށް ވުރެ މަދު ނޫން އަދަދެއްގެ މެންބަރުންގެ ސޮޔާ އެކު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުވައްމުލަކު މީހާ
12 April 2017
30 އަހަރުގެ ދިގު ވެރިކަމުގައި މިފަދަ ކޮމެންޓެއްކުރާނެ މީހަކު ނެތުމަކީ ގައުމު މިޙަލަތަށް ވެއްޓެން ޖެހުނު ސަބަބެއް ނުވާނެތޯ؟
އަލިފުތު
12 April 2017
" ރަގަނޅު ގެރިބަކަރިވެސް ދަނެޔޭ އެއަށް ކާންދީ އުޅޭމީހުން ރަގަނޅު ހެޔޮ ކޮންމެ ކަމަކަށް އޭގެ ބަދަލެއް އޮތުން ވާޖިބު ރަގަނޅު މާތް މުސްލިމުންނޭ އިސްނަގަންވީ ޚުލްގު ހެޔޮ ހިތަކުން " ( ނައިފަރު ދޮހޮއްކޮގެ ލަވައަކުން ނަގާފައި )
ސަރުކާނު
12 April 2017
ޤާނޫނު އަސާސީ އަށް ގެނައި އެއްވެސް ބަދަލަކުން ރާއްޖޭގެ ދީންކަމުގައިވާ އިސްލާމްދީނަަށް ރާއްޖޭގައި ކުޑައިމީސް ކަމެއް ކުޑަކޮށްވެސް ވެފަކަ ނެތް. ރާއްޖޭގެ ތަރައްްީއަށް ހުއްޓުމެއް އައިސްސަކާ ނެތް. ރާއްޖޭގެ މިނިވަންކަމަށް ލޮޅުމެއް އަރާފައެއް ނެތް. ކޮންމެ ބަދަލަކުންވެސް އައީ ހަމަޖެހުން ކުރިއެރތުން. ވީމާ ޤާނޫން އަސާސީ ރަގަޅުކަންކަމަށް ބަދަލްކުރުމަކުން އަޅުގަޑުމެން ގެ މައްސަލައެއް ނެތް.
ސަރުކާނު
12 April 2017
މަނިކުފާނުގެ ހަމަބުއްދި ހުރިތޯ އަމިއްލައަށް ސުވާލުކޮށްލަބަލަ.
އލހ
12 April 2017
ރައްޔިތުން ވޯޓްދީގެން ހޮވިޔަސް އެމީހުންނަށް ރައްޔިތުންގެ މަންދޫބުންނަށް ތިބެވޭގޮތެއް ނޯވޭ! އެހެންވާންދިމާވާ އެއްސަބަބަކީ ވޯޓްދޭ މީހުން ކަންކުރާގޮތުން. މަޖިލިސް މެންބަރަކީ ތިމާމެންނަށް ޖެހޭ ހުރިހާކަމެއްކޮށްދޭން ހުންނަމީހެއްކަމަށް ގަބޫޅުކުރެވި، އެފަދަކަންކަމަށް އެދޭނަމަ، އެކަންކަންކުރަން މެންބަރު ޖެހެނީ ކޮންމެވެސް މުއައްސަސާތަކުގެ ވެރިންނާއި ފައިސާވެރިންގެ އެހީއަށް އެދެން. މަޖިލީސް މެންބަރުންނަކީ އަހަރެމެންގެ ހުރިހާބޭނުންތަށް ފުއްދަންތިބޭ ބަޔަކަށް އަހަރެމެންނަށް ހޫކުރެވެންޏާ ދުވަހަކުވެސް މަޖިލީހަކީ ރައްޔިތުންގެ މަޖިލީހަކަށްނުވާނެ.
އަލިފުތު
12 April 2017
މަދުން ނަމަވެސް ރަހުމެއްނެތް ގޮތުގައި މީހުން މަރަމުން ދިޔަ މިގައުމު، ، މުޒާހަރާތަކާ އެއްވުންތަކާ ހެދި ވިޔަފާރީގެ ފައިދާ ނުލިބި ބޮޑެތި ވިޔަފާރިތައް އިދަ ޖެހެމުން ދިޔަ މިގައުމު ހަމަޖެހުމަކަށް އައީ ޔާމީނުގެ ވެރިކަމުގައި އެޅުއްވި ހަރުދަނާ ފިޔަވަޅު ތަކުގެ ސަބަބުން. އެފިޔަވަޅު ތަކަށް ފަހު ގައުމަށް ހަމަޖެހުން ލިބި ފުލުހުންނާ ސިފައިންނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނު ހިނދު އެކިއެކި އުކުޅު ބޭނުންކޮށްގެން ސަރުކާރުގެ ބަލިކަށިކަން ދެއްކުމަކުން ގައުމަށް ކުރާނެ ފައިދާއެއްނެތް. ހުރިހާ ދެރައެއް ލިބެނީ ރައްޔިތުންނަށް. ބުއްދި ހަމަޔަށް ނެތީތޯ ސުވާލުކުރާ ފަރާތްތައް ވިސްނާނެ ކަންތައްތަކެއްނެތް.
ޔާމީނު
12 April 2017
ކޮންމެކަމެއް ކުރަންވީމާ ގާނޫނު އަސާސީ ބަދަލުކުރާނަމަ އޭގެ ބޭނުމެއް އެބައޮތްބާ؟ ކަންކަން ވަމުންދާގޮތް ނޭންގޭ ބުރާންތީންވެސް ނޫސްތަކުގައި ކޮމެންޓް ކުރުމުގެ ފުރުސަތު އެބައޮތްވިއްޔާ
މޮޅުކަރާ
12 April 2017
މިނިސްޓަރ އޮފް ޓޫރިޒަމް އަލީވަހީދު
ޔާމީން 2018
11 April 2017
މައުމޫންގެ ހަމަ ބުއްދި ކޮބައިތޯ ސުވާލުކުރަން
ވިލޭއަލި
11 April 2017
މިރާއްޖޭގައި ހަމަ ބުއްދި ހުރީ މައުމޫނުގެ އެކަނި. ކިހާ ބޮޑު މުސީބާތެއް މިއޮތީ.
ވިލޭއަލީގެ ބަފާ
12 April 2017
ކާކުތަ ބުނީ މުސީބާތުގަ އުޅޭށޭ؟ އެހެން ތަނަކަށް ދޭބަލަ ނުދެވެންޔާ މުސީބާތޭ ނުކިޔާ މައިތިރިވޭ