ޕީޕީއެމް/އެމްޑީއޭގެ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ދެ ޕާޓީގެ މެމްބަރުން:.---ފޮޓޯ: ނިޝާން އަލީ/މިހާރު
17 އެޕްރީލް 2017 - 14:40
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ވަކިކުރަން އިިދިކޮޅު ފަރާތްތަކުން ހުށަހެޅި އިތުބާރު ނެތް ކަމުގެ ވޯޓު، ވެރިކަން ކުރާ ޕީޕީއެމް ކޯލިޝަނުން ކާމިޔާބު ކުރީ 48 ވޯޓުން ކަމުގައި ވިޔަސް މިހާރު އެ އަދަދު 54 އަށް އަރާފައިވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ ކޯލިޝަންގައި މިހާރު 54 މެމްބަރުން އެބަތިބި ކަމަށެވެ. އަބްދުއްރަހީމް ފޯނުން ޖަވާބު ނުދެއްވާތީ ތަފުސީލެއް އަދި ނުލިބެ އެވެ.
ޕީޕީއެމް/އެމްޑީއޭ ކޯލިޝަނުން މީގެ ކުރިން މަޖިލީހަށް ހުށަހެޅި ބޮޑެތި މައްސަލަތަކުގައި ވެސް 54 ވޯޓު ހޯދާފައިވެ އެވެ.
ކުރިން އެ އަދަދަށް ވޯޓު ހޯދި ނަމަވެސް މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓުގައި އެ އަދަދު ވަނީ ދަށްވެ، ސަރުކާރަށް މަޖިލީހުގައި އޮތް ސުޕަ މެޖޯރިޓީ ގެއްލިފަ އެވެ. މަސީހް ވަކިކުރެވޭނީ 42 މެމްބަރުންގެ ސޮޔާ އެކު ކަމަށް މަޖިލީހުގެ ގަވާއިދަށް ހުށަހެޅި އިސްލާހު ފާސްވީ ޕީޕީއެމާއި/އެމްޑީއޭ ކޯލިޝަންގެ 46 މެމްބަރުންގެ ވޯޓުންނެވެ.
27 March ga Maseehu ge vote kaamiyaab kuree 48 vote in. Mihaaru 54!Alhamdhulillah!
— Abdul Raheem Abdulla (@Banafsaa) April 17, 2017
އަބްދުއްރަހީމް ކުރެއްވި ޓުވީޓް؛
ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ މެމްބަރުންތަކެއް ވަރަށް އަވަހަށް ޕީޕީއެމާ ގުޅޭނެ ކަމަށާއި އެ ޖަލްސާ ވަރަށް އަވަހަށް ބާއްވާނެ ކަމަށް އިނގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ފަލާހް ކުރިން ވަނީ ވިދާޅުވެފަ އެވެ.
މަސީހްގެ ވޯޓު ކާމިޔާބު ނުކުރެވޭނެ ކަމަށް ވެރިކަން ކުރާ ޕީޕީއެމުން ބުނާއިރު އިދިކޮޅު ފަރާތްތަކުން ބުނަނީ، އެމަނިކުފާނު ވަކިކުރަން ބޭނުންވާ އަދަދަށް ވޯޓު ކަށަވަރުވެފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކު ކަމަށް މިދިޔަ ހަފުތާގައި ވަނީ ފާސްކޮށްފަ އެވެ. ކުރިން އެކަމަށް ބޭނުންވަނީ 15 މެމްބަރުންނަށް ވުރެ މަދު ނޫން މެމްބަރުންގެ ސޮޔެވެ.
މަޖިލިހުގެ ގަވައިދަށް ގެނައި މި އިސްލާހާ ގުޅިގެން، އިދިކޮޅު ކޯލިޝަނުން ބުނަމުން އަންނަނީ މަސީހް މަގާމުން ވަކިކުރުމަށް މަޖިލިހަށް ހުށަހަޅަން ބޭނުންވާ 42 މެމްބަރުން ހަމަވެފައިވާ ކަމަށެވެ. އަދި ދޮޅުމަހުގެ ޗުއްޓީ އަށް ފަހު މަޖިލިސް ފަށާތަނުން މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޯހޯހޯ
18 April 2017
އެހެންވީ އިރު ހަވާ ނައަރުވާ ތިއްބެވީޔޯ؟
ހޯބޯ
18 April 2017
މިމީހުން މި ގޮތަށް ތޮޅެން މަޖިލިސް ތެރޭގައި ތިބެންޏާ އޯކޭ. އަހަރުމެންނަށް އުނދަގޫ ކުރަން މަގުމަޢްޗަށް ނުކުންނާނެ ކަމެއް ނެތް.
މަންސޫރު
18 April 2017
ފޮޓޯއިން އެ ފެންނަނީ އަޅެފަހެ ނޯތު ކޮރެއާގެ މަންޒަރެއްތަ؟
ގޮއްޔެ
18 April 2017
ކޮންމެވެސް ކަސްތޮޅެއްގައި ބެދިފައި ނެތް މީހަކު ތިތާކު ނެތް. ކަސްތޮޅު އަޅުވާފައި ނުވަތަ އެޅިފައި. އަދި އެއްބަޔަކު ފައިސާގެ ދަހިވެތި ކަމުގައި. އިޚްލާޞްތެރި އެކަކުވެސް ނެތް.
ދޮގެއްތަ؟
18 April 2017
ތިކިޔާ އަދަދުތަކާމެދު ތިޔައިގެ ތެރެއިން ތެދު ހަދަނީ ކޮން ބައެއްކަން އެނގޭނީ މަޖިލިސް ހުޅުވުނީމަ. މިހާރަކު ހަމަ އެކަކު ބުނާ އެއްޗެއްވެސް އަޑެއް ނާހާނަން.
މެމްބަރުން
18 April 2017
54މެމްބަރުން ހަމަވީ!!!!!! މިއީ ބަލަންޖެހޭނެ ކަމެއް ހެޔޮހިތުން ދިޔައީތޯ ނޫނީ ފައިސާއަށް ދިޔައީތޯ މިމައްސަލަ ބަލަންފެނޭ!!!!
ގުރައިޝާ
18 April 2017
މެންބަރުން މަގުންކައްސުވާ އެމީހުންގެ އަގުވެސް ވަނީ ވައްޓާލާފަ އެމީހުން މިނިވަން ކަމައެކު މަސައްކަތް ކުރުމުގެ ފުރުޞަތު ވަނީ ގެއްލިފަ
އިބުރާހިމްބެ
18 April 2017
މަޖުލީހަށް އިތުރު މެންބަރުންތަކެއް ވެއްދީތަ؟ ކޯޑިނޭޓަރުންލާހެން
ޔާން
18 April 2017
ޢެއްމެފަހުން އަދުރޭ އާ ނިހާންވެސް ވޯޓް ދޭނީ މަސީހް ބޭރުކުރަން
ފުޅި
18 April 2017
މީނަމިހެން ވާހަކަ ދައްކަން ފެށީމާ އޯކޭ ތަ!