ބޫޓެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރި މަސްތުވާތަކެތި. --ފޮޓޯ: ކަސްޓަމްސް
08 މެއި 2017 - 19:56
އަރައިގެން ހުރި ބޫޓު ތެރޭގައި ފޮރުވައިގެން ރާއްޖެ އެތެރެކުރި މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން މިރޭ ބުނިގޮތުގައި މިދިޔަ އަންގާރަ ދުވަހު މާލެ އައި ފިރިހެނެއްގެ ބޫޓު ތެރެއިން އަތުލައިގަތީ ކިލޯއަކަށް ވުރެ ގިނަ ހެރޮއިން ކަމަށެވެ. މަސްތުވާތަކެތި އޭނާ އެތެރެކުރީ ކޮން ގައުމަކުން ކަމެއް ކަސްޓަމުން ނުބުނެ އެވެ.
އެތަނުން ބުނިގޮތުގައި އެތެރެކުރި މަސްތުވާތަކެތީގެ އަގު ހަތަރު މިލިއަން ރުފިޔާ އަށް އަރާނެ އެވެ.
މިދިޔަ އަންގާރަ ދުވަހު މާލޭގެ ދެ ގެއެއް ބަލައި ފާސްކޮށްގެން ވެސް ކިލޯއަަކަށް ވުރެ ގިނަ މަސްތުވާތަކެތި ވަނީ އަތުލައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީގެ މަލީ
09 May 2017
ކަސްޓަމްސްއަކީ ވަރަށް ހީވަގި އޮފިސަރުންތަކެއް މަސައްކަތް ކުރާ މުއައްސަސާއެއް ނަމަވެސް... އަބަދުވެސް ބަދުނާމު އަޅުވާފަ އޮންނަނީ ކަރަޕްސަނޭ ކިޔާފަ
އަހުމދު
08 May 2017
މިވެސް ޚަބަރެއް ކޮންޤައުމެއްގެ މީހެއް ޖިންސެއް އެންމެ ކުޑަމިނުން ނޭގެ. ހަމަ އަބަރު ދެއްތޮ.
މަނިކް
08 May 2017
ދެން އޭނަގަ ފޮޓޯވެސް ދެއްކިނަމަދޯ