ޖުމްހޫރީ ޕާޓީގެ އޮފީސް ހިންގާ މ. ކުނޫޒްގައި ޕީޕީއެމްގެ ރައީސް މައުމޫން، ޖޭޕީގެ ލީޑަރު ގާސިމްއާ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ފޮޓޯ: ނިޝާން އަލީ /މިހާރު
10 މެއި 2017 - 20:41
ރިޝްވަތު ދޭން އުޅުމާއި ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ދެއްކެވި ހިތްވަރަށް ސެލިއުޓް ކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ކްރިމިނަލް ކޯޓުން މިއަދު ހަވީރު ގާސިމް މިނިވަންކުރުމާ ގުޅިގެން މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިހާރު ހިތްޕުޅަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބިވަޑައިގެންފައިވާ ކަމަށާއި ގާސިމަށް ހުރިހާ ގޮތަކުން ވެސް ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ގާސިމް ބަންދުގައި ބެހެއްޓުމަށް ކުރިން ޖަހާފައިވާ ހަތަރުދުވަހުގެ މުއްދަތު ހަމަވާތީ، އޭނާ ކޯޓަށް ހާޒިރުކުރުމުން މިނިވަންކުރީ ބޮޑެތި ޝަރުތުތަކަކާ އެކު އެވެ.
Extremely relieved and happy that Hon @qasimibrahim has been released. I salute his courage & wish him every success insha Allah.
— Maumoon Abdul Gayoom (@maumoonagayoom) May 10, 2017
އެއީ ތަހުގީގަށް އެއްބާރުލުން ދެއްވުމާއި ފުލުހުންގެ ހުއްދަ ލިބިގެން ނޫނީ ރަށުން ބޭރަށް ވަޑައިނުގަތުމަށާއި ފިތުނަ އުފެދޭ ފަދަ ވާހަކަތައް ދައްކާ މީހުންނާ އެކު ބައްދަލުވުންތައް ނުބޭއްވެވުމަށާއި ހެކި ގެއްލިދާނެ ފަދަ ނުވަތަ ހެއްކަށް ނުފޫޒު ފޯރާ ފަދަ އެއްވެސް ކަމެެއް ނުކުރެއްވުމަށާއި ފިތުނަ އުފެދޭ ވާހަކަތައް ނުދެއްކެވުމާއި ފިތުނަ އުފެދޭ ވާހަކަތައް ދެއްކެވުމަށް ގާސިމްގެ ގޯތިގެދޮރު ބޭނުން ނުކުރެއްވުމާއި އެފަދަ ކަންކަމަށް މީހުންނަށް ތަންތަން ދޫ ނުކުރެއްވުމާއި ދައުލަތުގެ ތިން ބާރާއި އެ ބާރުގެ ވެރިންނާ ބެހޭގޮތުން ނުތަނަވަސްކަން އުފެދޭ ވާހަކަތައް ނުދެއްކެވުމެވެ.
ދެ ފަހަރެއްގެ މަތިން ގާސިމްގެ ބަންދުގެ މުއްދަތު އިތުރުކޮށް، 19 ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަށް ފަހު ކޯޓުން އޭނާ މިއަދު ދޫކޮށްލީ އެންމެ ފަހުން އިތުރު ކޮށްދިން ހަތަރު ދުވަހުގެ މުއްދަތު މިއަދު ހަމަވާތީ ކޯޓަށް ގެންދިއުމުންނެވެ.
ގާސިމް ހައްޔަރުކޮށްފައި ހުންނެވިއިރު، އޭނާ ދޫކޮށްލުމަށް އެކި ފަހަރުމަތިން މައުމޫން ވަނީ ގޮވާލައްވައިފަ އެވެ.
ގާސިމް ދޫކޮށްލަން ގޮވާލައްވައި މައުމޫން ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނުއަސާސީ ހުއްދަކުރާ ކަމެއް ކުރަން އުޅުމަކީ ކުށެއް ނޫން ކަމަށެވެ. އަދި ގާނޫނު އަސާސީގައިވާ އުސޫލުން މީހަކު މަގާމުން ވަކިކުރަން އުޅުމަކީ ކުށެއް ނަމަ، މީހަކު އިންތިހާބު ކުރުމަށް މަސައްކަތް ކުރުން ވެސް ވާނީ ކުށަކަށް ކަމަށް އޭރު މައުމޫން ވިދާޅުވެފައި ވެ އެވެ. ގާސިމް މިނިވަން ކުރުމުން އޭނާގެ ގެ މާފަންނުވިލާ ގައި ވީޓީވީއާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އޭނާގެ މައްޗަށް ކޯޓުން ޝަރުތުތަކެއް ކަނޑައަޅާފައިވާއިރު، އެއާ ޚިލާފު ވެއްޖިއްޔާ އަނެއްކާވެސް ބަންދުކުރާނެ ވާހަކަ ވެސް އެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ. "އެހެންވީމާ މިވަގުތު އަޅުގަނޑަށް އެއްޗެއް ދެންނެވޭކަށް ނެތޭ ދަންނަވާލަން އޮތީ،" މާފަންނުވިލާގެ ގޯތިތެރޭގައި ހުންނަވައިގެން ގާސިމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަންތިމަރިޔަނބު
11 May 2017
މައުމޫނު މިދައްކާވާހަކަ އަޑުއަހާނެ ބަޔަކުނެތް. މިހާރު މަނިކުފާނު އެންމެ ރަނގަޅުވާނީ ސިޔާސީ ކަންތައްތަކާ ދުރުގައި ހުންނެވުން. ރާއްޖޭގައި މިއޮތީ ޢާއިލީ ވެރިކަމެއްނޫން. މާތް ﷲ މިންވަރު ކުރެއްވި ފަރާތަކަށް ވެރިކަން ލިބޭނެ. ދެން އެމްޑީޕީ މީހުންނާ ގުޅިގެން ތިހެން މަނިކުފާނު އުޅުއްވުމުން އަޅުގަނޑުވެސް ވަރަށް ލަދުގަނޭ. އާދޭސްކޮށްފައި ދަންނަވަން. ސިޔާސީ ކަންތަކާ ދުރުވެ ވަޑައިގަންނަވާ. 30 ޔިއަރސް.. މޯ ދޭން އިނަފް. ޕްލީޒް
އަލިފުތު
11 May 2017
30 އަހަރުގެ ވެރިކަމުގައި ހިގާދިޔަ ހާދިސާތަކާ ޖަރީމާތަކާ ކޮރަޕްޝަނާ އިންސާފުން އެއްކިބާވެގެން ދިޔަ ކަމަށް މީޑިޔާގައި ސިފަކުރި މަންޒަރަށް ވިސްނާލުން ދައުލަތާ ދެކޮޅު ޙަރަކާތަކަށް އުފާކުރުމުގެ ބަދަލުގައި މާމުހިއްމު.
ޒާ
11 May 2017
މައުމޫނަކީ އެއްވެސް އިޚްލާސްތެރިކަމެއްނެތް މީހެއް. އެހެން މީހުން ލައްވައި ގޯސް ހައްދާފައި ތިމާ ފިލާ ހުންނަނީ. މައުމޫނު އުޅޭ ގޮތުން މައުމޫނަކީވެސް ހަމަ ސިޔާސީ އެހެން މީހުން އުޅޭ ގޮތަށް ސިޔާސީގޮތުން ތިމާގެ ބާރު ދަށްވާތަން ފެނުނީމާ ބާރު ގަދަކުރަން ކޮންމެ ފަދަ ގޮތަކަށްވެސް އުޅެފާނެ މީހެއްކަން ވަރަށް ސާފު. މައުމޫނުގެ ބަސްމަގާއި ޢަމަލު ހުރިގޮތުން މިހާރު އޭނާއަށް ކުރިން މީހުން ކުރި ގަދަރު އެދަނީ ކުޑަވަމުން. ގައުމަށް އެޔޮ އެދުމަށްވުރެން އަމިއްލަ އެދުން ބޮޑުކަން މައުމޫނު އެދަނީ ފާޅުގައި ދައްކަމުން. ގައުމަށް ގެއްލުން ދިނުމުގައި މައުމޫނުވެސް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަން މިހާރު ވިސްނެއެވެ.
މަާން
11 May 2017
ޢަނެއްކާ ގާސިމް އެހެރީ ދޫކޮއްފަބާ. މަ ހިނި ނާންނައްޗޭ
ރޮކެޓް ސައިންސް
11 May 2017
ރައީސް މައުމޫން ރާއްޖެ ވަޑައިނުގަންނަވާ އަބަދު ދެން ތިހެން ހުންނަވަނީތޯ؟ އަޅުގަނޑަށް ޔަގީން ރާއްޖޭގެ އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުން ހިފާ ހަރުގެޔަށް ލިޔަސް ރައީސް މައުމޫން ހަރުގެއަކަށް ނުލެވޭނެކަން އަދި ލާކަށް ނުވެސްކެރޭނެ. ރައީސް މައުމޫންވެސް ހިތްވަރު ގަދަކުރައްވާ ރާއްޖެ ވަޑައިގެން ކުނޫޒް ޖަލްސާތަކުގަވެސް ބަސްފުޅު ވިދާޅުވާންވީ. އާދޭސް ކޮއްފަ މިދަންނަވަނީ ކޮންމެސް ލީޑަރެކޭ އަަޅުގަނޑުމެން މިކަމުން ސަލާމަތްކޮއްދީބަލަ ހެޔޮނުވާނެ.
ސޮކްތެރެޕީ
11 May 2017
ހުދުމުހުތާރު ތިރީސް އަހަރު ކީކޭ މިކިޔަނީ.
ޟުޖާ
11 May 2017
މީނޫންތޯ ހުދުމުހުތާރު އަސްލުސަރުކާރަކީ
ސާންތި
11 May 2017
މި ނަސީދު ފަހަތުގައި އުޅޭ ކުދިން ހުދުމުހުތާރު ކިޔަނީ އޭރަކު ވެރިކަމުގައި އޮންނަ ބަޔަކަށް... ކުރިން މައުމޫން... ދެން ވަހީދު... މިހާރު ޔާމީން.. ދިވެހި ރައްޔިތުންނަން އޮޅުވާލަން އެމްޑީޕީ ނޫޅޭ
ޤުއްޓޭ
10 May 2017
މަޢުމޫނަށް ސަލާމަށްފަހު ދަންނަވާލަން ބޭނުންވަނީ މި ކަމަކީ ތިބޭފުޅުން އިސްކޮށް ތިއްބަވައިގެން ކުރެއްވި ކަމަކަށްވާތީ މިހާރު ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދުވަހަކުވެސް ދަށައް ނުދައްހާ މިންވަރަށް ދަށައް ގޮސްފައި ވުމާއި ރާއްޖޭގެ އެކިއެކި ސަރަހައްދުތައް ތަރައްޤީގެ ނަމުގައި ބޭރުގެ ނުފޫޒު ގަދަ ޤައުމުތަކަށް މިލްކު ވާގޮތައް ވިއްކަމުން ދާއިރު ރައްޔިތުން މި މުސީބާތުން ސަލާމަތް ކުރުމަށްޓަކައި ތިބޭފުޅުންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށް މިރާއްޖެ ސަލާމަތުގެ އައްސޭރިއަށް ގެނެސްދިނުމަކީ މިހާރު ޔިބޭފުޅުންގެ މައްޗަށް ލާޒިމް ވެގެންވާ ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެމެވެ. މިކަން ތިބޭފުޅުން ނުކުރައްވައިފި ނަމަ ދިވެހި ތާރީޙު ލިއުއްވާ ބޭބޭފުޅުން ތިބޭފުޅުންގެ ނަންތައް ރަން އަކުރުތަކުން ދިވެހި ރައްޔިތުންނަށް މި ދިން އަނިޔާ ތަކުގެ ވާހަކަ ލިއެވިގެން ދާނެ ކަމާއި މެދު މި ނިކަމެތި އަލާ އެއްވެސް ސައްކެތް ނުކުރާ ވާހަކަ ވަރަށް ހިތާމަ އާއިއެކު ދަންނަވާލަން. ހީކުރަން މި މުހިންމު ކޮމަންޓް ޖަހާލަ ދޭނެކަމަށް.
އޮޑިތާންކޮއި
10 May 2017
މަގޭ ހިތެއްނުބުނެ މަދުވެގެން ހައެއްކަ އަހަރުގެ ޖަލު ހުކުމަކުންނޫނީ ގާސިމް ފަކީރު ސަލާމަތްވާނެއެކޭ. ތިޔަހަރީ އަމަށަކު ޝަރުތުތަކެއްނޫންވިއްޔަ. ބަލަންތިބެމާބަހީ.
ސާންތި
11 May 2017
މާމިގިއްޔަށް އަރުވާލަންވީ
ޢަޒުމާ
10 May 2017
ހާދަ ސްޓްރޯންގްއޭ ދޯ މިހާރު ގާސިމް.
ނަމޫމާ
10 May 2017
ރައީސް މައުމޫނުވެސް ޤާސިމް ގެންގޮސް އޯޑިއޯނުގައި ދޭތެރެ ދޭތެރެއިން ބޭންދެވީމެއް ނޫންތޯ ؟ ދެން އެހެންނެއް ނޫޅޭނަމޭ ކިޔާ ޤާސިމް ރޯން ފެށީމަ ދެން އެހެން ނޫޅޭށޭ ވިދާޅުވެފަ ދޫކޮށްލައްވަމެއް ނޫންތޯ ؟ މިއާ އެއާ ހުރި ތަފާތެއް ކޮބައިތޯ ؟ ޤާސިމަށް އެހުރިހާ އަހުވައެއް އެދެއްކެވީ ، ޤާސިމް ކުޑައިރު އެންދެރިމާގޭގައި އުޅެފަ ހުރީމަތޯ ؟ ޒަމާން މިއޮތީ ބަދަލުވެފަ. މިހާރު ކަންކުރާނީ މިހާރަށް ފެތޭގޮތަށް ނޫންތޯ ؟ އޭރުވެސް އަދި މިހާރުވެސް ، ޢަދުލުވެރި އިންސާފެއް ލިބުނު މީހަކު މި ރާއްޖޭގައި އެބަހުރިތޯ ؟