މާލޭގައި 2015 ގައި ބޭއްވި ސިޔާސީ އެއްވުމެއްގައި ޖޭޕީގެ ލީޑަރު ގާސިމް (މ) އަދި ކުރީގެ ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އެމްޑީޕީ
11 މެއި 2017 - 12:41
ޝަރުތުތަކަކާ އެކު ނަމަވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޖަލުގެ ކުޑަ ގޮޅިން ސަލާމަތްވުމަކީ ލިބިވަޑައިގެންނެވި ހިތްވަރެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެެވެ.
ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި 19 ދުވަސް ވަންދެން ޖަލުގައި ބެހެއްޓުމަށް ފަހު ކޯޓުން އިއްޔެ ގާސިމް ދޫކޮށްލީ ހަތް ޝަރުތެއް ކުރުމަށް ފަހު އެވެ. އޭނާ ދޫކޮށްލީ އެންމެ ފަހުން އިތުރުކޮށްދިން ހަތަރު ދުވަހުގެ މުއްދަތު ހަމަވާތީ ކޯޓަށް ގެންދިއުމުންނެވެ.
އެންމެ ފުރަތަމަ އިތުރުކޮށްދިން 15 ދުވަހުގެ މުއްދަތަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.
ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ގާސިމް ސަލާމަތްވުމަކީ ލިބިވަޑައިގެންނެވި އުފަލެއް ކަމަށެވެ.
ގާސިމް ހައްޔަރުކުރުމާ އެކު އޭނާ މިނިވަންކުރަން ކުރެވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ނަޝީދު ވަނީ ކުރިން ވިދާޅުވެފަ އެވެ.
1- ތަހުގީގަށް އެއްބާރުލުން ދެއްވުން
2- ފުލުހުންގެ ހުއްދަ ލިބިގެން ނޫނީ ރާއްޖޭން ބޭރަށް ވަޑައިނުގަތުން
3- މުޖުތަމައުގެ ތެރޭގައި ފިތުނަ ފަސާދަ އުފެދޭ ވާހަކަތައް ދައްކާ މީހުންނާއެކު ބައްދަލުވުންތައް ނުބޭއްވުން
4- ހެކި ގެއްލިދާނެ ފަދަ އެއްވެސް ކަމެއް، ހެއްކަށް ނުފޫޒު ފޯރުވާ ފަދަ ކަމެއް ނުކުރެއްވުން
5- މުޖުތަމައުގެ ތެރޭގައި ފިތުނަ ފަސާދަ އާއި ހަމަނުޖެހުން އުފެދޭ ވާހަކަތައް ނުދެއްކެވުން
6- ފިތުނަ އުފެދޭ ވާހަކަތައް ދެއްކެވުމަށް ގާސިމްގެ ގޯތިގެދޮރު ބޭނުން ނުކުރެއްވުމާއި އެފަދަ ކަންކަމަށް މީހުންނަށް ތަންތަން ދޫ ނުކުރެއްވުން
7- ދައުލަތުގެ ތިން ބާރާއި އެ ބާރުގެ ވެރިންނާ ބެހޭ ގޮތުން ނުތަނަވަސްކަން އުފެދޭ ވާހަކަތައް ނުދެއްކެވުން
ގާސިމް ދެއްކެވި ހިތްވަރަށް ސެލިއުޓްކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ ވިދާޅުވެފަ އެވެ. މައުމޫން ވިދާޅުވީ ހިތްޕުޅަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބިވަޑައިގެންފައިވާ ކަމަށާއި ގާސިމަށް ހުރިހާ ގޮތަކުން ވެސް ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ގާސިމް ހައްޔަރުކުރީ އިދިކޮޅު ފަރާތްތަކާ ގުޅިގެން އިސްލާހީ މަސައްކަތްތަކެއް ފަށާފައިވަނިކޮންނެވެ. އެ މަސައްކަތްތަކުގައި ކުރީގެ ދެ ރައީސުންނާއި މި ސަރުކާރުގެ އިސް މަގާމުތައް އަދާކުރެއްވި ބައެއް ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ގާސިމް ދޫކޮށްލަން އަމުރު ކުރިއިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމަށް ދައުވާކޮށް، ޝަރީއަތް ވަނީ ފަށައިފަ އެވެ. އެ މައްސަލާގައި ތިން ދައުވާއެއް ގާސިިމަށް ކުރެ އެވެ.
ގާސިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ބޮޑެތި ޝަރުތުތަކާ އެކު، އިދިކޮޅު ކޯލިޝަނުން ވަނީ ގާސިމްގެ މިލްކުވެރިކަން އޮންނަ ކުނޫޒުގައި ޖަލްސާތައް ބޭއްވުން ހުއްޓާލައިފަ އެވެ. ރެއިން ފެށިގެން އިދިކޮޅު ފަރާތްތަކުގެ ޖަލްސާތައް ދެން ބާއްވާނީ އާޓިފިޝަލް ބީޗު ކައިރީގައި ހުންނަ އެމްޑީޕީ ހަރުގޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމާލް
11 May 2017
ތިޔައީ އަނެއްކާވެސް އެމޑީޕީ އަށް ލިބުނު ރަންފުރުސަތެކެވެ ގާސި.މްގެޚަރަދާއި ބަރަދު ބޭނުންކޮށްގެން ޕާޓީ ޕްރަމޯޓްކުރަންވީ އެވެ ހިހޫތަނުން ދެއްދޮ.
ކަރުންމަތީގެ ޑޮކްޓަރު
11 May 2017
ގާސިމް ސަލާމަތް ވިޔަސް ދުވަހެއްގައިވެސް ކަލޭމެން ނުވާނެ އުފަލެއް. މީ ވ ގިނަ ވާހަކަ.
ޯލުގުމާން
11 May 2017
ގާސިމް ދޫކޮށްލުމަކީ ހިއްވަރެއް ކަމަށް ވާނަމަ ކީއްވެޔޯ ނަޝީދު ގާސިމް ހައްޔަރުކުރީ
ސޮކްތެރެޕީ
11 May 2017
ނަޝީދު ޤަސިމް ކުޑަގޮޅިއައްލީ ހިއްތިރިކަމުން.
ޅިޔަންބެ
11 May 2017
ނަސީބެއްނު ގަާސިމު ކުޑަކަމުދާށާ ބޮޑުކަމުދާން މަނާ ނުކުރުކަން. ކޯޓުތައް ވަރައް ހެޔޮފުޅު.
ޑޯން
11 May 2017
ހިތްތިރިކަމުގަ މިވަރެއްނެތް... މަގޭހިތުގަ އަދިވެސް ބަދަލުހިފުމުގެ ރޫހު ފެބް7
ފެނޭދޯ
11 May 2017
ޝަރުތުތަކާ އެކު ނަމަވެސް ގާސިމް ދޫކޮށްލުމަކީ ހިތްވަރެއް ކަމަށް ކެނެރީގެ ނަޝީދު ބުނާނަމަ މިހާރު މިފެންނަނީ ނޫންތޭ މަމެން މިކިޔާ އެތި ދިމާވާ ކަން ދޯ. ކެނެރީގެ ނަޝީދު ވެސް ގަބޫލުކުރެއޭ މަމެން ޕިންކީންގެ ސަރުކާރަކީ އެއީ ކަން އެންމެންގެ ވެސް ބެލެނިވެރިއަކީ. މަމެން ބުނާ ގޮތް އޭނާ ޖެހޭނީ ހަދަން ކަން. ނަހަދާ ކޮން ތާކަށް ތޭ ދާނީ ދޯ. މީ މަމެންގެ ވެރިކަން އަދި މީ މަމެންގެ ގައުމު ވިއްޔާ. މިހާރު މަމެންނަށް މިއޮތީ އެކަނި ނިކުމެ އެމެން އެންމެންގެ މައްޗަށް ވަރުގަދަ ލޭންޑްސްލައިޑް ވިކްޓަރީ އެއްވެސް ހޯދާފައި ދޯ އެލްސީއީ ރޭހުގައި. ހުންނާނެ ރަނގަޅަށް ރާކަނި މަސްކެވިފައި ރެޑޭ އަށް ވެސް އަދި ރަންރީނދޫ ބޮޑޭ އަށް ވެސް ދޯ.
އައްޑޫ ރަދުން
11 May 2017
ޔާމީންއަށް ތާއީދުކުރަންޖެހޭ ހުރިހާ ސިފައެއް މި ކޮމެންޓްކުރާ ބޭފުޅާ ގައިގަ އެބަހުރި.މީނަ އޭބީސީޑީ ތަރުތީބުން ކިޔަން ބުނީމަ "ޒެޑު"އިން ފަށާފަ "އޭ"އަށް ނިންމާފަ އެއީ ތަރުތީބު ކަމުގައި ބުނެ ޒުވާބުކުރާނެ ކަމީ ޔަގީންކަމެށް.....