ހަންޏާމީދޫ ކައިރިއަށް ދޯންޏެއް އަޑިއަށް ހިނގައްޖެ

އދ. ހަންޏާމީދޫ ކައިރިއަށް ދޯންޏެއް ދިޔަވެ މިއަދު އަޑިއަށް ހިނގައްޖެ އެވެ. ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.


އެމްއެންޑީއެފުން ބުނީ އދ. އޮމަދު އަށް ދަތުރުކުރަމުން ދަނިކޮށް އަލިހުރަސް ކަނޑަށް އަޑިއަށް ދިޔަ ދޯނި އޮތް ސަރަހައްދު ޓީއެމްއޭގެ ސީޕްލޭނެއް މެދުވެރިކޮށް ހޯދައި އެހީ ފޯރުކޮށްދޭން ފަށައިފި އެވެ. އެ ދޯނިން ފަސް މީހަކު ދަތުރު ކަމަށާއި އެންމެން ވެސް ސަލާމަތް ކުރެވިފައިވާ ކަމަށް ކޯސްޓްގާޑުން ބުނެ އެވެ.

ރާއްޖެ އަށް ހުޅަނގު މޫސުން ފެށި މުޅި ރާއްޖެ އަށް މިހާރު ދަނީ ވިއްސާރަ ކުރަމުންނެވެ. ރޭ ކުރި ވިއްސާރައިގައި ރާއްޖޭގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހި ބައެއް ރަށްރަށުގައި ވަނީ ފެން ބޮޑުވެފަ އެވެ. ކަނޑުގަދަ ވުމާ އެކު މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.