ކުޑަހުވަދޫ.-- ފޮޓޯ: ގޫގްލް މެޕްސް
23 މެއި 2017 - 13:11
ދ. ކުޑަހުވަދޫ ކައުންސިލްގެ ތިޖޫރި ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ނެގި ކަމަށް ފުލުހުންނަށް ހުށަހެޅިޔަސް، އެއްވެސް ފައިސާއެއް ގެއްލިފައި ނުވާކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި ކުޑަހުވަދޫ ކައުންސިލްގެ ތިޖޫރި ފަޅާލައި ފައިސާތަކެއް ވަގަށް ނެގި ކަމަށް ބުނެ ފުލުހުންނަށް ރިޕޯޓު ކުރީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.
ނަމަވެސް އެ ފައިސާތައް މިހާރު ފެނިފައިވާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އެކަމަކު އެ މައްސަލާގެ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
އެނގިފައިވާ ގޮތުގައި ކައުންސިލްގެ ތިޖޫރީގައި ހުރީ ހާހެއްހާ ރުފިޔާ އެވެ. ފައިސާތައް ހުރީ ތިޖޫރި ތެރޭގައި އޮތް ސިޓީ އުރައެއްގައި ކަން އެނގިފައިވެ އެވެ. އެ ފައިސާ ފެނިފައި ވަނީ އެ މައްސަލަ ތަހުގީގު ކުރުމަށް ކައުންސިލް އިދާރާގައި ފުލުހުން ހަރަކާތްތެރިވަމުން ދަނިކޮށެވެ.
މި މައްސަލާގައި ކުޑަހުވަދޫ ކައުންސިލުން ވެސް ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
ކުޑަހުވަދޫއަކީ 3500 އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ.
ކުޑަހުވަދޫ ކައުންސިލުން ވަނީ ރޯދަ ހަދިިޔާގެ ގޮތުގައި އެ ރަށު ކޮންމެ މީހަކަށް 500ރ. ދިނުމަށް އެ ރަށު ކައުންސިލުން އޮތީ ނިންމައިފަ އެވެ. މިދިޔަ އަހަރުގެ ރޯދަ މަހު ވެސް ވަރަށް ގިނަ ރަށްރަށުގައި މި ފަދަ ރޯދަ ހަދިޔާތައް ދީފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައްފާރު
23 May 2017
ޔިޖޫރީގަ ހާދަ ކަމެއްނެތޭ...
ކަމަނާ
23 May 2017
ހިނިއަންނަނީ
ޙައްވަ
23 May 2017
އަހަރެން ނަކީ ވެސް ކުޑަހުވަދޫގެ ފައްސަތޭކަ ޕަރސެންޓް ރައްޔިތެއް އެކަމަކު ތިޔަފައިސާ އަހަރެންބޭނުމެއްނޫން ސަބަބަކީ ހެޔޮނިޔަތުގައި ދެވޭ އެއްޗަކަށްނުވާތީ، ބަޔަކަށް ދަތިކުރުމުގެގޮތުން ނުވަތަ ތިމާމެން ނޫން އެހެންބަޔަކު ކައުންސިލްގައި މަސައްކަތްކުރަން ފެށުމުން ތަންހުސްކުރުުގެ ނިޔަތުގައިދެވޭ އެއްޗަކަށްވާތީ، ކޮންމެ މީހަކަށްވެސްއެނގޭނެ މިވަގުތު ކުޑަހުވަދޫކައުންސިލްގައި ތިބިމީހުން އެމީހުން ނުހޮވުމުގެ ސަބަބުން ކުޑަހުވަދޫ ރައްޔިތުންނާއިމ،ެދު ހިތްހަމަނުޖެހިފައިވާކަން އަހަރެން ޤަބޫލުކުރާ ވެރިންގެ ފަލްސަފާއަކީ ތިމާކުރާމަސައްކަތުން ތިމާގެ ބޭނުންތައްފުއްދައިގެންއުޅޭ ފަޚުރުވެރި ދިވެއްސެއްގެގޮތުގައި އުޅުން ޙަލާލެއް ޙަރާމެއް ނުބަލާ ހޯދުނުގޮތަކަށްހޯދައިގެން ލިބުނުގޮތަކަށްލިބިގަނެގެން ލިބޭފައިސާ ބޭނުމެއްނޫން މާތްﷲގެ އިރާދަކުރެއްވިޔަތީ ރަމަޟާން މަހަށް ބޭނުންވާ ހުރިހާ ތަކެއްޗެއްވެސް ލިބިއްޖެ
ފާތުމަ
23 May 2017
ބަލަ ހައްވަ ތިލާރި ނުނެގިޔަސް އަހަރުމެންނަށް ހެޔޮ.. އެހެން ރަށްރަށު ކައުންސިލުން ރޯދަ ހަދިޔާ ދީފަ މިރަށު ކައުންސިލުން ހަދިޔާ ނުދޭ ވާހަކަވެސް އެންމެ ގިނައިން ދެއްކީ ހަމަ ހައްވަމެން.. އިންތިޚާބުން ބަލިވީމަ ބަހަލާނީއޭ ބުނާއިރު، ރޯދަމަސް ކައިރިވީމަދޯ ރޯދަ ހަދިޔާ ދެވޭނީވެސް؟ އަނެއްކާ އިންތިޚާބު ކުރިން ދިންނަމަ ބުނާނެ ވޯޓް ގަންނަން ވެގެނޭ.. ކޮރަޕްޝަނޭ.. އެހެން އެއްޗެކޭ... ދިނަސް ނުދިނަސް ހައްވަމެންނަކަށް ނޯވޭ ހަމަ ރަނގަޅު އެއްގޮތެއްވެސް..
އިބްރާ
24 May 2017
ރައީސް ނަޝީދުގެ ގަދަ 3 އަހަރުގައި ކުޑަހުވަދޫގެ ތަރައްޤީއަށް އެންމެ ޕްރޮޖެކްޓެއްވެސް ނުފަށައި އަދި ހަލާކުވެފައި އޮތް ބަނދަރުވެސް މަރާމާތުކުރަން ބަޔަކަށްދީފައި ފަހުން ކެންސަލްކޮށް ހެދިއިރުވެސް ހައްވަމެންނަށް ރަނގަޅެވެ. އަދި ކަރަންޓް އަގުބޮޑު ވާހަކައާއި ތަކެތީގެ އަގުބޮޑު ވާހަކަދެއްކުން ހައްވަމެން ނުދައްކާނެކަމަށް އުންމީދުކުރަން.
ރަދީފް
23 May 2017
1000 ރުފިޔާ ބޭއްވުނުތަނެއް ނޭނގުނު ކައުންސިލެއް ތިނޫނީ ދުނިޔޭގަވެސް ނެތް.
ރައްދު
23 May 2017
1000 ރުފިޔާ ބޭވުނުތަން ނޭގިގެނެއްނުން ރިޕޯޓް ކުރީކީ.. ތިޖޫރީގެ ދޮރު ހަލާކުކޮށްލައިގެން ހުޅުވާފަ ހުރީމަ..ބަޔަކު ހީކުރީ ރަމާޟް އިނާޔަތުގެ ގޮތުގައި ދޭން ނެގި ފައިސާ ތިޖޫރިގައިހުރިކަމަށް ހީކޮށް އެހޯދަން ބަޔަކު އައީ..އެކަމަކު އެކަންކުރިބަޔަކަށް ލިބުނީ ކެހި...
ހަޑިގިއްލާ
23 May 2017
ކޮމެންޓް ކިރުމުގެ ކުރިން ލިޔުމުގެ ސުރުހީ ކިޔާލިނަމަވެސް ދޯ! ތިޖޫތި ފަޅައެއްނުލާ، ވާހަކައޭ އެއޮތީ!