ޔާމީން ރަޝީދަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ އާންމުންގެ ބަޔަކު ބޭއްވި އެއްވުމެއް. - ފޮޓޯ: މިހާރު
05 ޖޫން 2017 - 16:41
ރަހުމު ކުޑަ ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ބްލޮގާ ޔާމީން ރަޝީދަށް އިންސާފު ހޯދުމަށް ކުރާ މަސައްކަތަށް މިހާތަނަށް ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.
ޔާމީންގެ އާއިލާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޔާމީނަށް އިންސާފު ހޯދުމަށް ކުރާ މަސައްކަތުގެ ޚަރަދުތަކަށް އެހީތެރިވުމުގެ ގޮތުން ހެޔޮ އެދޭ މީހުން 14،000 ޑޮލަރު ލިބިފައިވާ ކަމަށެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ، ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާ އެވެ.
ޔާމީންގެ އާއިލާ އިން ބުނި ގޮތުގައި މި މަސައްކަތަށް 51،000 ޑޮލަރު ޚަރަދު ކުރެވޭނެ ކަމަށް ލަފާ ކުރެވެ އެވެ. އެއީ ރުފިޔާ އިން ބަލާނަމަ، ގާތްގަނޑަކަށް އަށް ލައްކަ އެވެ.
ބަޔާނުގައި ބުނީ އާއިލާ އިން އިސް ނަގައިގެން ފައިސާ ހޯދުމުގެ މަސައްކަތް މިއަދު ނިމުނަސް، އެ މަސައްކަތަށް އަދިވެސް އެހީތެރިވުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށެވެ. އެހެންވެ، ވީހާވެސް ގިނަ ބަޔަކު އެހީތެރިވަމުން ގެންދިއުމަށް އާއިލާ އިން ވަނީ އެދިފަ އެވެ.
ޔާމީންގެ އާއިލާ އިން ވަނީ އޭނާ އަށް އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.
Justice For Yameen
Maldivian blogger, Yameen Rasheed, 29, was murdered on April 23 2017. Help us raise £40,000 to seek justice for Yameen.
އޮންލައިންކޮށް ފައިސާ ހަދިޔާ ކުރުމަށް.
ޔާމީން މަރައިލި މައްސަލައިގައި ފުލުހުން ވަނީ ހަތް މީހަކު ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނެފައި ވަނީ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިިބިފައިވާ ކަމަށެވެ. އެ މައްސަލައިގެ ތަހުގީގު ކާމިޔާބުވާނެ ކަމުގެ އުއްމީދު ބޮޑު ކަމަށާއި ހައްޔަރުކުރި މީހުންގެ ތެރޭގައި ޔާމީނަށް ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ހިމެނޭ ކަމަށް ފުލުހުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދެރަ
06 June 2017
ސުވަރުގެ ލިބުން ވަނީ ސުވަރުގެ ގަބޫލު ކުރާ މީހުނަށް.
އަހުލާ
05 June 2017
14000ޑޮލަރު... ރަގަޅުވާނެ ތިލާރިން ސަދަގާތް ކުރިއްޔާ. އިންސާފު ލިބޭނެ ދުވަހެއް އަންނާނެ. ލާއި އެއްކޮށްގެން ސަލާންޖަހައިގެން އިންސާފު ހޯދަން މިދުނިޔޭގައި ތެޅުމަށް ވުރެ ރަގަޅުވާނީ ޔާމިންއަށް ހެޔޮދުއާކުރުން. މާތް ﷲ އޭނާގެ ފާފަ ފުއްސަވާ ސުވަރުގެ މިންވަރު ކުރަށްވާށި. އާމިން
ހޯހޯހޯ
05 June 2017
ތިޔަ ފައިސާއިން ޔާމީނަށް ޞަދަޤާތްކުރަން ފެނޭ. ޔާމީނުގެ ނަމުގައި މިސްކިތެއް ބިނާކުރަންފެނޭ. އޭރުން ދެމި ދެމި ހުންނަ ޞަދަޤާތަކަށް އެކަން ވެގެންދާނެ.
ހެއުއެދޭ މީހާ
05 June 2017
ތިޔަ ފައިސާ ތާކުންތާކު ނުޖެހޭ ގޮތަށް ޚަރަދު ނުކުރައްވައި ޔާމީންގެ ނަމުގައި ޙައްޖު ދަތުރެއް ނުވަތަ އުމުރާ ދަތުރެއް ކުރަން ޚަރަދު ކުރެއްވިއްޔާ ކީއްތޯ؟ ބިލިޔަނުން ބިލިޔަނުން ޚަރަދު ކުރިޔަސް މި ޤައުމަކުން އެއްވެސް މަރެއްގެ ހަގީގަތެއް ނުހޯދޭނެ.
ޅަނއަ
05 June 2017
ޔޫރަޕް ގައުމުތަކުގެ ހުރިހާކަމެއް ފްރީ ޖަމާއަތްތަކުންވެސް ހޯދާ..
މުގާބޭ
05 June 2017
ދެން ހަޔަރ ކުރަންވީ ޕްރައިވެޓް ޑިޓެކްޓައެއް.