ނަޝީދުއާ އެކު މަހްލޫފް މިއަދު ފޮޓޯއަކަށް ހުއްޓިވަޑައިގެން. --ފޮޓޯ: ޓުވިޓާ
17 ޖޫން 2017 - 18:16
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް، ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ މިއަދު ސްރީ ލަންކާގައި ބައްދަލުކުރައްވައިފި އެވެ.
މަހްލޫފް ވިދާޅުވީ ޖަލުގައި ހުންނެވިއިރު އެންމެ ބޮޑު ހިތްވަރަކާއި އެހީތެރިކަމެއް ލިބިވަޑައިގަތީ، ނަޝީދާއި އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ ފަރާތުން ކަމަށެވެ. އެހެންވެ އޭނާ ވަނީ އެކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ދެ މައްސަލައެއްގައި މަހްލޫފަށް އިއްވި 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމް މި މަހުގެ ނުވަ ވަނަ ދުވަހު ތަންފީޒުކޮށް ނިމުމުން އެ ދުވަހު ވަނީ މިނިވަންވެފަ އެވެ.
In Colombo to thank President @MohamedNasheed & MDP for the sincere support for me & family during my imprisonment pic.twitter.com/trdRNZtWem
— Ahmed Mahloof (@AhmedMahloof) June 17, 2017
މިނިވަން މެމްބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި އިންނަވާ މަހްލޫފް ގެންދަވަނީ ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގަތުމަށް ވިސްނަވަމުންނެވެ. އޭނާގެ ސިޔާސީ މަސައްކަތް ދެން ކުރިއަށް ގެންދާނެ ސިޔާސީ ޕާޓީއެއް ވަރަށް އަވަހަށް ނިންމަވައި އެ ޕާޓީއަކާ ގުޅިވަޑައިގަންނަވާނެ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.
ވެރިކަން ކުރާ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި މަހްލޫފް އެ ޕާޓީން ވަކިކުރީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޅުގައި ފާޑުވިދާޅުވާން ފެއްޓެވެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢެދުރުބޭ
18 June 2017
ލަނޑަޔާ ވާނީ ހަމަ ލަނޑަޔާ.
އަސްލަމް
18 June 2017
ތިހާ ވަރުގަދަ މީހަކާ ބައްދަލުވީމަ ދެން ކޮންކަމެއްތަ ނިމުނީ. ކޮންއިރަކުންނޯ ވައްޓާލެވެނީ
މައިނާ
18 June 2017
ކީކޭ ދެން ބުނާނީ.ދެން އެއްޗެކޭ ނުބުނިއްޔާ ރަނގަޅުވާނީ.އެއިރަކު ވައިޖެހޭ ކޮޅަށް އޮޑި ދުއްވާ ކޯސް އަދި ނެހެދެނީ
ބަސްއަހާތި
18 June 2017
ތިކުއްޖާ އަށް ރަނގަޅު ވިސްނުން ދެއްވާނެ ކަމަށް މަމެން މިދެކެނީ. ތިކުއްޖާ ދެކެ ވަރަށް ލޯބިވެއޭ މަމެން. ދެން ނޫޅޭތި ނުލަފާ ކޮށް އެމެންނާއި އެކީގައި އިނގޭ.
ޒާ
18 June 2017
މަހުލޫފު ނަޝީދުގެ އެހީ ހޯދައިގެން މިހާރު ހިޔެއްނުވޭ ދެން އިނގިރޭސިވިލާތުން ކުރިން ލިބުނުހާ ފަސޭހައިން ހިމާޔަތް ދޭން އެއްބަސްވެ ވިސާދޭނެ ހެނެއް. އެއީ ނަޝީދުގެ ރައްޓެހި ލިބަރަލް ޕާޓީ ބަލިވެއްޖެ. ތެރީސާވެސް މިހާރު އެހެރީ ކިރިޔަކިރިޔާ. ލޭބަރ ޕާޓީ ވެރިކަމަށް އަންނަން ދެން މާ ގިނަދުވަސް ވާނެ ހެނެއް ހީއެއްނުވޭ. އެދުވަހަކުން ތިޔަތާ ފަސާދަ އުފައްދަން ތިބި ރާއްޖޭގެ ގުރޫޕްވެސް ފައްސާލާނެކަން ކަށަވަރު. އެހެންވެ ނަޝީދު އެބަބަލާ ލަންކާގެ ހިމާޔަތް ހޯދަންވެސް. ވީމާ މަހުލޫފު ތިޔަ ކުރަނީ ބޭކާރު މަސައްކަތެއް މިހާރު.
ވާގޮތް
18 June 2017
އެމްޑީޕީގެ ވެރިކަމަށް ރައްޔިތުން މިހާރު އެއޮތީ ނޫނެކޭ ބުނެފައެެވެ. ދެން މިހެން އޮތް އިރު އާންމުންގެ މެދުގައި ސަރުކާރާއި މެދު ނަފްރަތު އުފައްދައިގެން އެމެން ނުޖެހޭނެ ރާއްޖޭގެ ވެރިކަމަށް އަންނާން. އެމެންނަށް އެކަން އެހެންވިޔަ ނުދޭނަމެވެ. ނުވެސްވާނެއެވެ.
ޓުރޫ
18 June 2017
އައްޗީޑި ތީދެންކާކު
އަލީ
18 June 2017
ބަލަ ތި ކުރެއްވުނީ ރޔ އެންމެ ރުޅި އަންނަ ކަންތައް. ޜެޑް ނޯޓިސް ނެރޭނެ މާދަމާ!
ބާބާ
18 June 2017
އެމް ޑީ ޕީ އާގުޅޭ އޭރުން ސަރުކާރު ރަތައް އަރާނީ . ސާބަހޭ މަހޭ އަށް.
އަލިފުތު
17 June 2017
މަހުލޫފު ކިތައްމެ ބޭނުންވިޔަސް ނަޝީދުގެ މޫނުމަތީން ރުހުމެއް ނުފެނޭ. އަދި 2018 ނަގާފިއްޔާ އޭގެ ހިތި ބޭސް ބޯންދޭނެ އެކަކީ މަހުލޫފަށް ވެދާނެއޭ ބުނާ ކަހަލަ.
ޢަލިފުތާޗއަމާ
18 June 2017
ހަޖަމުކޮއްލާ ނަޝީދަކީ ބަދަލު ހިއްޕަވާނެ ބޭފުޅެއްނޫން ދާދި އަވަހައް އދ ދެއްވާ ގްލޯބަލްސުލްހައިގެ އެވޯޑުވެސް އެބޭފުޅާޔައްލިބޭނެ
އަލީ
17 June 2017
ޖަލުގެ ރަހަދެކި ނިކުމެވުނީމާ ވިސްނެނީ ނަޝީދުގެ ހިތްވަރުގަދަކަމާ ކެތްތެރިކަމާ އިހުސާންތެރިކަން. އަންނިއަށް ކޮންމެހެން ސަޕޯޓް ނުކުރިޔަށް އަންނިގެ ކިބައިން މިހާރުގެ ޖީލުތަކަށް މިސާލުތަކެއް ލިބޭ.
ނޫނުއަލިފް
18 June 2017
އާނ.... ހިތްވަރުގަދަކަމުން މައިބަދައޭ ފަޅޮލޭ ކިޔާފައި ފިލައިގެން ދިޔައީ.