ރަށެއްގެ ކުނި ކޮށި ސާފުކުރަނީ: ރައްކާތެރި ގޮތުގައި ކުނި ނައްތާލަން ވޯލްޑް ބޭންކުން ރާއްޖެއަށް އެހީ ދޭން ވަނީ ނިންމާފައި --ފޮޓޯ/މިހާރު
24 ޖޫން 2017 - 14:05
ކުނި މެނޭޖް ކުރުމަށް ރާއްޖެ އަށް 17.5 މިލިއަން ޑޮލަރު (269 މިލިއަން ރުފިޔާ) ގެ އެހީ ދިނުމަށް ވޯލްޑް ބޭންކުން ނިންމައިފި އެވެ.
ވޯލްޑް ބޭންކުން ނެރުނު ބަޔާނެއްގައިވާ ގޮތުން ރާއްޖޭގެ ވަކި ސަރަހައްދުތަކެއްގައި ކުނި މެނޭޖްކުރަން 17.5 މިލިއަން ޑޮލަރުގެ އެހީއެއް ރާއްޖެ އަށް ދިނުމަށް އެ ބޭންކް ޑިރެކްޓަރުންގެ ބޯޑުން އިއްޔެ ވަނީ ނިންމައިފަ އެވެ. އެ ފައިސާ ބޭނުން ކުރާނީ ހަ އަހަރުގެ މުއްދަތަކަށް ތިމާވެށްޓާ ރަށްޓެހި ގޮތަކަށް ކުނި ނައްތާލަން ކަމަށް އެ ބަޔާނުގައިވެ އެވެ.
އެކަމަކު އެހީގެ ފައިސާ ޚަރަދު ކުރެވޭނީ ކޮން ސަރަހައްދުތަކެއްގައި ކުނި ނައްތާލުމަށް ކަމެއް އެ ބަޔާނުގައި ބުނެފައެއް ނެތެވެ.
ވޯލްޑް ބޭންކުން ރާއްޖެ އަށް ކަނޑައަޅުއްވާފައިވާ ކަންޓްރީ މެނޭޖަރާ ހަވާލާދީ އެ ބަޔާނުގައިވަނީ ކުނި މެނޭޖް ކުރަން ރަނގަޅު ސިޔާސަތުތަކެއް ރާއްޖޭގައި އެބައޮތް ކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ މައިގަނޑު ސިޔާސަތުތަކުގެ ތެރޭގައި ކުނި މެނޭޖް ކުރުން ހިމެނޭ ކަމަށެވެ.
އެ ބަޔާނުގައިވާ ގޮތުން ރާއްޖޭގައި އަހަރަކު 365،000 ޓަނުގެ ކުނި އުފެދެ އެވެ. ނިސްބަތުން ބަލާއިރު، މާލޭގެ ކޮންމެ މީހަކު ކޮންމެ ދުވަހަކު 1.8 ކިލޯގެ ކުނި އުފައްދާ ކަމަށާއި އެހެން ރަށްރަށުގައި އުޅޭ ކޮންމެ މީހަކު 0.8 ކިލޯގެ ކުނި ދުވާލަކު އުފައްދާ ކަމަށް އެ ބަޔާނުގައިވެ އެވެ. ރިސޯޓްތަކުގައި އުޅޭ ކޮންމެ މީހަކު ދުވާލަކު 3.5 ކިލޯގެ ކުނި އުފައްދާ ކަމަށް އެ ބަޔާނުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަބަރު
25 June 2017
މިއީ 17.5 މިލިޔަންގެ ހިލޭ އެހީތޯ، ނުވަތަ ލުއިލޯނުތޯ، ނުވަތަ ލުއި ނޫން ލޯނުތޯ؟ ރާއްޖެއަށް މި ދޭ ފައިސާއިން ޝަރުތުކުރުވާ ކަންކަން އެގޭނެނަމަދޯ މިފަދަ އާޓިކަލް ތަކުން
ްޤުއްޓޭ
25 June 2017
ތި ފައިސާ ފަހަރެއްގައި 2018 ގެ ކެމްޕޭނަށް ފަހަރެއްގާ ޙަރަދު ކޮއްފާނެ. އަނެއްކާ އަނެއް ދަރަނި ރައްޔިތުންގެ ބޮލުގައި އެލެނީ. ސާބަހޭ ކުދިންނޭ.
އައްޑޫ ބަކުރު
24 June 2017
ރާއްޖެއައްތަ ނޫނީ ޕީޕީއެމް މީހުންނަށް ތަ....
އަހުަމަދު
24 June 2017
ކުނި މެނޭޖްކުރުން ހަރުދަނާ ވެއްޖެކަމުގެ ނަތީޖާ މިއޮތީ ފެންނަން....ވޯލްޑް ބޭންކުން ލޯން ދޭނީ ކަނޑުއަޑީގެ ކެބިންޓް މީޓިންގ އާއި ފިލްމި ކުޅެގެނެއް ނޫން.. އެމީހުން އެހީދޭނީ ނަތީޖާ ދައްކާ ބަޔަކަށް... ވަރަށް ސަލާމް
ޖުހާ
26 June 2017
ގްރީންޓެކްސް ކިޔާއެއްޗެއްވެސް ވެރިކަމަށް އެރުމާއެކު ނަގަންފަށައިފި އެކަމަކު މާލެއޮތީ ގޮނޑެއްހެން ވީކަމެއް ހަރާން ހަމަގައިމުވެސް ރައްޔިތަކަށް ވީލުޔެއްނެތް
ޙުސޭނު
24 June 2017
ބޭރުން ދެން އެހީ އެއް ނުދޭނޭ ވެސް ކީ. ލާރި އައް ވާނުވާ ނޭގޭތީީ. ގައިމު ސައުދީ އެރޭބިޔާ ބުނެގެނެއް ނޫން އެ ދިނީ.
ބަކުރު އެންޑް ޒުބޭރް
24 June 2017
އިހައްދުވަހު ޖަޕާނުގެ އިސްބޭފުޅަކާ ފައިނޭންސް މިނިސްޓަރު ބައްދަލުކުރުމަށްފަހުވެސް ކުނިނައްތާލުމަށް ބޮޑު އެއްޗެއްދޭން އެމީހުންވެސް އެއްބަސްވި. ކުނިނައްތާލަން ހާދަ އެހީއެކޭ މިދެނީ. ކުރިޔަށް އޮތްތަނުގާ ހުރިހާ އެހީތައްވެސް ބޭރުގައުމުތަކުން ދޭނީ ހަމައެކަނި ކުނިނައްތަންހެން ހީވަނީ. "ރީތި ދިވެހިރާއްޖެ ސާފުދިވެރާއްޖެ"
ގަބުޅި ކަތީބު
24 June 2017
ތިއީ ކޮރަޕްޓްވެފައިވާ ސަރުކާރު އިތުރަށް ކޮރަޕްޓް ކުރުމަށް ދޭ ފައިސާތަކެއް. ވޯލްޑް ބޭންކުންނާ އައި.އެމް.އެފް އޭޑީބީ އަދި މިނޫނަސް އެތައް ބައިވަރު ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން އެބަހުރި ބިލިއަނުން މައްޗަށް ގުނާލެވޭވަރަށް ފައިސާ ދީފަ. ކޮން ރަށެއްގަ ބާ ރަނގަޅު ފެންވަރުގެ ކުނި މެނެޖްކުރާ ނިޒާމް ގާއިމްކުރެވުނީ؟
ދަވޭ
24 June 2017
ކުނި މެނޭޖްކުރަން ވޯލްޑް ބޭންކުން 17 މިލިއަން ޑޮލަރު ރާއްޖެއަށް ދޭން ނިންމި ނިންމުން އެއީ ރަނގަޅު ނިންމުމެކެވެ. މިހާތަނަށް ވޯލްޑް ބޭންކް އިން ރާއްޖެ އަށްދޭ އެއްވެސް އެހީއަކީ އެއީ ރާއްޖެ އަށް މާ ބޮޑު ފައިދާ ތަކެއް ކުރި އެހީތަކެއް ނޫނެވެ. މިކަން ފެނެއެއް ނޫންތޭ ރާ އަތޮޅު ވަންދޫ ގައި ގާއިމް ކޮށްފައިވާ އިންސިނިރޭޓިންގް ސިސްޓަމް. އެއީ ވޯލްޑް ބޭންކް އިން ގާއިމް ކުރި ފެސިލިޓީ އެއް ރާއްޖެ ބޮލުގަައި 25 މިިލިއަން ޑޮލަރު އަޅުވައިގެން. 10 އަހަރު ދުވަސް ވެގެން ދިޔައިރު ވެސް އަދި ވެސް އެ ތަނެއް މަސައްކަތެއް ކުރާ ގޮތެއް ނުވިއެވެ. އަންޑަރއެސްޓިމޭޓް ކޮށް ހުރިހާ ކަމެއް ކުރުމުގެ ސަބަބުން ރާ އަތޮޅު ވަންދޫ ކުނި ނައްތާލާ ނިޒާމް އެއީ ޓޯޓަލް ޑިޒައިން ފެއިލިއަރ އެކެވެ. މީ ރާއްޖޭން ބޭރު ދޮން މީހުން ޑިޒައިން ކުރާ މިފަދަ ކޮންމެ އިންޖިނިއަރިންގް ކޮމްޕޯނެންޓް އެއް ރާއްޖޭގައި ހުންނަ ގޮތް. މިކަން ކަން މިހެން މިހިނގަނީ އެއީ ރާއްޖޭގެ ތިމާވެށި މިނިސްޓްރީ އަކީ ރަނޑު މިނިސްޓްރީ އަކަށް ވެފައި އެތަނުގައި ޖެންޓުލްމެން ސްޓައިލްގެ މަސައްކަތް ކުރެވޭނެ މީހުން ނެތީމައެވެ. ކަން މިހެން ހުރުމުން ދިވެހިސަރުކާރުން އެބަޖެހޭ ދިވެހި ސަރުކާރާއި ސިންގަޕޯރގެ ވަރުގަދަ ކޮންސަލްޓެންސީ ފާރމް އަކާއި ގުޅިގެން ޖޮއިންޓް ވެންޗަރ އެއް ހަދައިގެން ސަރުކާރުގެ އަމިއްލަ ކޮންސެލްޓެންސީ ފާރމް އެއް އުފައްދަން އިންފްރާސްޓްރަކްޗަރ މަސައްކަތް ތަކަށް. މިހާރު އައިޖީއެމްއެޗް 25 ބުރި އިމާރާތުގެ ކޮންސަލްޓަންޓް އެއީ ވެސް ހަމަ ރަނގަޅު ބަޔަކަށް ވެދާނެ ނޫންތޭ ޖޮއިންޓް ވެންޗަރ އެއް ސަރުކާރުން ހަދަން.
ކްރިޓިކަލް
24 June 2017
މަދަމާ މި ނޫހުގަ އޮންނާނެ ލިޔެފަ.. ވޯލޑް ބޭންކުންދިން ލާރިއައް ވީނުވީއެއް ނޭނގުނޭ....
އަބްލާހި
24 June 2017
އަސްލު ތިކަހަލަ އެހީ ދީފަ ވޯލްޑް ބޭންކުން އެބަޖެހޭ އެ ފައިސާގެ ބޭނުން ކުރެވޭގޮތް ވަރަށް ގާތުން ބަލަން، އަދި އެ ފައިސާ ހަރަދުކެރެވޭ ގޮތާއިމެދު ސަރުކާރަށް އެއްވެސް ތުހުމަތުތަކެއް ކުރެވޭތޯ. އަދި ތުހުމަތު ތަކެއް ކުރެވޭނަމަ އެކަން އިންވެސްޓިގޭޓް ކުރަން. އެއީ ވަރިހަމަ ކޮންމެ ސަރުކާރެއް ވިޔަސް. ކޮރަޕްޝަން އަކީ އެއަކާއި ނުލައި ނޫޅެވޭނެ އެއްޗެކޭ ރައީސް ޔާމީންވެސް ވަނީ ބުނެފައި ވިއްޔާ