އެއާއޭޝިއާގެ ބޯޓެއް އެއާޕޯޓްގައި: އެ އެއާލައިންގެ ފްލައިޓަކަށް ނުރައްކާތެރި ހާދިސާއެއް އިއްޔެ ކުރިމަތިވި
26 ޖޫން 2017 - 15:00
އޭވިއޭޝަން ދާއިރާއިން އޮސްޓްރޭލިއާގައި މަތީ ތައުލީމް ހާސިލް ކުރަމުން އަންނަ އަހުމަދު ފައިޒާން، އިއްޔެ ރޭ އެއާ އޭޝިއާގެ ބޯޓަކުން މެލޭޝިޔާއަށް ދަތުރު ފެށީ، އާއިލާގެ އެއްވެސް މީހަކަށް ނާންގަ އެވެ. އެއީ މާލެއަށް ދަންވަރުގެ ވަގުތު ކަމުން ނުގުޅީ އެވެ. އެކަމަކު އެ ދަތުރު ވީ ދުވަހަކު ވެސް ދިމާވެފައި ނުވާވަރުގެ ބިރުވެރި ތަޖުރިބާއަކަށެވެ.
ކުއަލަ ލަމްޕޫރަށް ދަތުރުކުރަން އެއާއޭޝިއާ އެކްސްގެ މަތިންދާބޯޓު އޮސްޓްރޭލިއާގެ ޕާތުން ނައްޓާލީ އިއްޔެ ރޭ ފަތިހު އެވެ. ގިނަ އަދަދަކަށް ކުޑަކުދިން ވެސް ތިބި އެ ބޯޓަށް މައްސަލަ ދިމާވީ ދަތުރަށް ފެށިތާ ގާތްގަނޑަކަށް 90 މިނިޓް ވީ ތަނުންނެވެ.
ފައުޒާން ބުނި ގޮތުގައި ބާރު އަޑެއް ގޮވައި، ބޯޓު އާދަޔާ ހިލާފަށް ތެޅެން ފެށީ އެވެ. ގޮނޑިތަކާއި ލަގެޖް ކޮމްޕާޓްމެންޓާއި ފާހާނާގެ ދޮރުތައް ވެސް ތެޅޭވަރުން ހީވީ ދެންމެ ދެންމެ ނައްޓަައިގެން ހިނގައިދާނެ ހެން ކަމަށް އޭނާ ބުންޏެވެ.
"ކެޕްޓަން އެ ވަގުތު އަންގައިފި ބޯޓަށް ކަމެއް ވެގެން އުޅޭ ކަމަށް. އެކަމަކު ދިމާވި މައްސަލަ ސާފު ނުވާ ކަމަށް، އަދި އެންމެން ވެސް ލައިފްޖެކެޓް އަޅައިގެން ތިބެން އެންގި" ޕައިލެޓްކަން ވެސް ކިޔަވަން އޮސްޓްރޭލިއާގައި ހުރި 21 އަހަރުގެ ޒުވާނާ ކިޔައިދިނެވެ.
"އެކަމަކު އިރުކޮޅެއް ފަހުން ކެޕްޓަން ބުނެފި އަނބުރާ އޮސްޓްރޭލިއާއަށް ދެވޭނެ ކަމުގެ ޔަގީން ކަމެއް ނެތޭ. ހުރިހާ އެންމެން ދުއާ ކުރާށޭ. ތިމަންނަ ވެސް ދުއާ ކުރާނަމޭ."
ފައުޒާން ބުނި ގޮތުގައި ސަލާމަތްވާނެ ކަމުގެ އުއްމީދު އެވަގުތު ގެއްލުނެވެ. އަދި މަންމަމެން މަތިން ހަނދާންވެ، އެ މީހުންނަށް ގުޅައި ވަދާއީ ސަލާމް ނުކުރެވުނުކަމުގެ މައްޗަށް ހިތާމަކުރި އެވެ.
އޭރު ބޯޓުގައި ގިނަ މީހުން ތިބީ ބިރުން ހިމޭންވެ އެވެ. ކުޑަކުދިންތައް ރޮއެ ހެދި އިރު، ބައެއް ބޮޑެތި މީހުން ވެސް ދިޔައީ ރޮމުންނެވެ. ފައުޒާން ސިފަކުރި ގޮތުގައި އެއީ ބިރުވެރި މަންޒަރެކެވެ.
އޮމާންކަމާ އެކު ދަތުރު ކުރަމުން ދިޔަ އެ ބޯޓުން "ބަންލާފައި" ބާރު އަޑެއް ގޮވުމާ އެކު އިންޖީނަށް ކަމެއް ވީކަން އޭނާއަށް އެނގުނެވެ. އެންމެ ފުރަތަމަ ހީކުރީ އިންޖީނުގެ ތެރެއަށް ދޫންޏެއް ވަނީ ކަމަށެވެ. އެކަމަކު ހަގީގަތުގައި އިންޖީނުގެ ބުރަފަތިތަކުގެ ތެރެއިން ބުރަފައްޗެއް ބިިންދައިގެން ދިޔައީ އެވެ.
ބޯޓުގެ ތެޅުން ބައެއް ދަތުރުވެރިން ސިފަކޮށްފައި ވަނީ "ދޮންނަ މެޝިނެއް ތެޅެމުން ދާ ދިއުމާ" އެވެ.
ބޯޓުގެ އިންޖީނަށް މައްސަލަ ދިމާވި ނަމަވެސްް ރޭޑިއޯ އާއި އެހެން މުހިއްމު އާލާތްތައް ބޭނުން ކުރެވުމަކީ ފައުޒާނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އޭރު އެ ބޯޓު ވަނީ އަނބުރާ އޮސްޓޭލިއާއަށް ދާން އަނބުރާލައިފަ އެވެ. އެކަމަކު ބޯޓު ތެޅެމުން ދިޔަ ވަރުން، ކޮންމެ ވަގުތަކު ވެސް އިންޖީނު "ވީދައިގެން" ގޮސް މޫދަށް ޖައްސަން ޖެހިދާނެ ކަމަށް އޭނާ ގަބޫލުކުރި އެވެ.
އެހެންވެ، އޭނާ އިނީ ހުރިހާ ގޮތަކުން ވެސް ޕައިލެޓަށް އިތުބާރުކޮށްގެންނެވެ. ބޯޓުގައި ގިނަ ބަޔަކު ރޮމުން ދިޔަޔަސް، ހެޔޮ ގޮތްތައް ހިތަށް ވައްދައިގެންނެވެ.
އެ ބިރުވެރިކަމުގައި ދޮޅު ގަޑިިއިރު ހޭދަކުރަން ޖެހުނެވެ. ބޯޓު ގޮސް ޕާތު އެއާޕޯޓުގައި ޖެއްސި އިރު ވެސް އެންމެން ތިބީ ކަކުލުގައި ބޯ ޖައްސައިގެން، "ބްރޭސިން ޕޮޒިޝަން"ގަ އެވެ.
ބޯޓު ތެޅެމުން ދިޔަ ގޮތުން، އެއާޕޯޓުގައި އެ އުޅަނދު ޖެއްސުމަކީ ވެސް ވަރަށް މޮޅު ކެޕްޓަނަކަށް ނޫނީ ނުކުރެވޭނެ ކަމެއް ކަމަށް ފައުޒާން ބުންޏެވެ.
ބޯޓު ލޭންޑްކުރުމާ އެކު އެންމެން ވެސް އަތް ޖަހައި އުފާފާޅު ކުރި އެވެ. ފައުޒާން ވެސް އެންމެ ފުރަތަމަ ގުޅީ އޭނާ އާއިލާ އަށެވެ.
"ބައްޕަމެންނަށް ގުޅާފައި އެ ވާހަކަ ކިޔައިދިނުމުން ވަރަށް ހާސްވި. އެކަމަކު ސަލާމަތުން އެނބުރި އާދެވުނީތީ ވަރަށް އުފާވެފައި ތިބީ،" ފައުޒާން ބުންޏެވެ.
ކުރިމަތިވީ ބިރުވެރި ހާދިސާއެއް ނަމަވެސް ރާއްޖެ އައުމުގެ ދަތުރު އޭނާ ހުއްޓައެއް ނުލަ އެވެ. އެކަމަކު އަލުން، މެލޭޝިޔާއަށް ދެވޭ ގޮތް ވީ ރޭ ދަންވަރު ވަގުތެއްގަ އެވެ. މިހާރު ފައުޒާންގެ އުއްމީދަކީ ސަލާމަތުން ރާއްޖެ އައުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބުދުﷲ
28 June 2017
އަތްޖަހާ އުފާފާޅު ކުރަންވީއެއްނޫން ﷲ މަތިން ހަދުމަކޮށް ސުކުރު ކުރަންވީ
ޕިޑޭ
28 June 2017
"މަންމަމެން މަތިން ހަނދާންވެ، އެ މީހުންނަށް ގުޅައި ވަދާއީ ސަލާމް ނުކުރެވުނުކަމުގެ މައްޗަށް ހިތާމަކުރި އެވެ". މާ ވަރަކަށް ސަޕްރައިޒް ދޭން އަބަދު އުޅޭ މީހުން ކުރީބައިގައި ރަނގަޅަށް ވިސްނާލަންވި ތަންކޮޅެއް.
މުޙައްމަދު
28 June 2017
އަލްޙަމްދުލިއްﷲ
އަންނޯން
27 June 2017
އަލްޙަމްދު ލިއްލާހި. ސަލާމަތްވި އެންމެންނަށް މާތް ﷲ ބަރަކާތް ލައްވާށި. އާމީން
ޫޔޔ
27 June 2017
ދިވެއްސެއް އިނީމަ ނަސީބު ރަނގަޅީ ކަމަށް ވެދާނެ. ދިވެހިންނަކީ މާތް ބަޔަކަށް ވާތީ....
މެންޓަލް ކޭސް
27 June 2017
ހެޑްސް ޑައުން ސްޓޭ ޑައުން، ސަލާމަތުން ބޯޓް ޖެއްސިކަމަށް ޓަކައި އުފާ ކުރަން
ތަކުރު
26 June 2017
ލޯ ކޯސްޓް ކެރިޔާ ނުވަތަ ބަޖެޓް އެއާލައިން ތަކުގައިވެސް ބޭނުން ކުރަނީ އެންމެ ފަހުގެ މަތިންދާ ބޯޓް ފަހަރެވެ. ޢަދި ސޭފްޓީ ވެސް އެހެން އެއާލައިންތަކާއި އެއްފަދަ ވާނެއެވެ. ނަމަވެސް މި އެއާރލައިން ތަކުގެ ޓާގެޓް މާރކެޓަކީ ނޮން ޕްރިމިޔަމް ކަސްޓަމަރުންނަށްވާތީ، ސާރވިސްގެ ފެންވަރު ދަށްވާނެއެވެ. ސާރވިސްގެ ފެންވަރު ދަށްވިޔަސް އަގުހެޔޮޮށް ފްލައި ކުރަން ބޭނުންވާ މީހުންގެ އަދަދު ފަހަކަށް އައިސް ދަނީ އިތުރުވަމުންނެވެ. ޢެހެންކަމުން މިފަދަ އެއާލައިނަށް ތަކުގެ ޑިމާންޑް ބޮޑުވެ ޕްރިމިޔަމް އެއާލައިތަށް ބޭންކްރަޕްޓް ވާ ހިސާބަށް ދިއުމުން މިހާރު ބޮޑެތި ޕްރިމިޔަމް އެއާލައިންތަކުންވެސް އެހެން ނަންނަމުގައި ބަޖެޓް ކެރިޔާ އުފައްދައިގެން ހިނަގައެވެ. ސިންގަޕޫރު އެޢާރލައިން، ގަތަރު އެއާރލައިން، އަދި އެމިރޭޓުންވެސް އެހެން ނަންނަމުގައި ބަޖެޓް އެއާލައިން ފްލީޓް ހިންގައެވެ.
ތަކުތައް ބަހެއް
27 June 2017
30 25 އަހަރު ވެފަ ހުންނަ އެޔާކްރާފްޓް ތައްވެސް ސޭފްޓީ މިންގަންޑައް އަދި އިންޑަސްޓްރީ މިންގަވެސް ވެތޭ، އެކަމު ތިބުނާ ޕުރީމިޔަމް އެޔާލައިން ތަކުގެ މިންގަޑަކައް ނުފެތޭނެ. ޢެމްނެރަންގަޅުވާނީ ގަބޫލް ކުރެވޭ އެޔާލައިން ރޭންކިން ވެބްސައިޓް އަކައް ވަދެ ސޭފްޓީ ރޭންކިން އަމިއްލަޔައް ޗެކްކޮއްލުން.
ގޮބޮޅި ސިޓީ
26 June 2017
200 ޑޮލަރައް ޓިކެޓު ގަނެފަ ފުރާނަޔައް ރިސްކު ނާގާލަން ވޯތްތަ؟
ޝާން
26 June 2017
އެއާ އޭޝިއާގެ ބޯޓުތަކަކީ ވަރަށް ބާބޯޓުތަކެއް. އެހެންވުމުން މައްސަލަ ދިމާވުމުގެ ފުރުސަތު ބޮޑުވާނެ.
ބުރުގާ
27 June 2017
މިއުޅޭ މީހުނައް މީހަކަު ރަގަޅު ނަސޭހަތެއް ދިނަސް، ނުބައިވަނީ ނަސޭހަތް ދިން މީހާ.
މޫސަ
26 June 2017
އެފަދަ ބޮޑު މުސީބާތަކުން ސަލާމަތްވީމަވެސް އެބުނީ އެންމެ ފުރަތަމަ އާއިލާއަށް ގުޅި ވާހަކަ. އަޅުގަނޑު ނަމަ އެފަދަ މުސީބާތަކުން ސަލާމަތް ކުރެއްވީތީ ﷲ އަށް ޝުކުރު ދަންނަވާނީ. އެއަށްފަހު އާއިލާ. އަދި އެބައިން ބުނެފަ އެ ބިރުވެރި ހާދިސާ ހިނގި ވަގުތުވެސް ބޯޓުގެ ކެޕްޓަނަށް އިތުބާރުކޮށްގެން އިން ވާހަކަ. އޭގެ ބަދަލުގައި ﷲ މަތިން ހަނދާން ނުވިކަން ފާހަގަ ވޭ.
މުހައްމަދު
26 June 2017
މުސީބާތް ދިމާވިހިސާބުން ފެށިގެން ސަލާމަތް ވަންދެން އޭނަ ވަނީ ދުއާކޮށްފައި. އަދި ޝުކުރުކޮއްފަ. ރޭންޖް ނުލިބުނަސް ބޯޓް ތެރޭގަވެސް އެކަލާނގެއާ ހަމައަށް ސިގްނަލް ވާޞިލްވޭ...
ޝޭހް ސަލާމް
26 June 2017
އޭނަކީ ދުވާއާ، ގޮވި ނަދުރުގެ ވާހަކަ ބުނިނަމަ ހަމަޔަގީން ގޮވާނެ....އެއީވެސް ނޫސްނޫހަށް ބުނެދެންޖެހޭވާހަކަހޭ....ދެއްކުންތެރިކަމޭ. ދިވެހިންނެއްނު، ހެޔޮ އެއްގޮތެއްވެސް ނޯންނާނެ...
ައައިންސްޓަ
26 June 2017
ދުއާ އަކީ ޝުއޫރެއް. ދުލަކާ ބެހޭ ކަމެއް ނޫން
ނީ ޖާކް ރިއެކްށަން
26 June 2017
މޫސަ އަށް ކިހިނެއް އިނގެނީ ﷲ މަތިން އެސޮރު އެދޮޅުގަޑިއިރު ހަނދުމަ ނުކުރާކަމެއް؟ ގައިބުގާވާކަންކަން އިނގޭކަމަށް ދައުވާކުރަނީތަ؟
މާ
26 June 2017
މާ ބޮޑަށް އިނގެނީ މޫސަޔަށް. ލައިކު ހޯދަން މޮޅު ކޮމެންޓެއް ދޯ ތިކޮއްލީ ހިތުން
އަލީ
26 June 2017
ކުރި ކޮންމެ ކަމަކާ، ކީ ކޮންމެ ދުއާއަކާ، ހިތައް އެރި ހުރިހާ އެއްޗަކީ ނޫހުގައި ޖަހަން ކިޔައިދޭކަށް ނުޖެހޭނެ. އެއީ ދެއްކުން ތެރިކަމެއް. އެކަން ނުކޮށްގެން ބައެއް މީހުންނަށް ވަރަށް އަސަރު ކުރާނެ. މިއީ މިހާރު މިރާއްޖެއަށް ޖެހިގެން އުޅޭ ބަލިމަޑު ކަމެއް ކަހަލަ ކަމެއް. ނޭގޭ އެކައްޗެއް، ނުބެހޭ އެއްވެސް ކަމެއް ނޯންނާނެ.
ބޮޑު ގޮހޮޑާ
26 June 2017
ތިމާ މީ މާހެޔޮލަފާ އަޅުވެރިއެއްކަމަށް ދެއްކުމުގެ ގޮތުން އެހެން މީހުންގެ އަގީދާއާއި ދީންވެރިކަމާ މެދު ސުވާލުއުފައްދާ އެހެންމީހުންނަކީ ތިމާއަށްވުރެ ދީނީގޮތުން ދަށް ބައެއްކަމަށް ދައްކަން އުޅުމަކީ ދިވެހިންގެ ތެރޭގައި ވަރަށް ބާރަށް ފެތުރޭ ވަރަށް ގޯސް ވަބާއެއް.