މައުމޫން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ: އަންނަ އަންގާރަ ނުވަތަ ބުދަދުވަހު އޭސީސީ އަށް ވަޑައިގެންނެވިދާނެ ކަމަށް ވިދާޅުވި.---މިހާރު ފައިލް ފޮޓޯ
02 ޖުލައި 2017 - 16:53
ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގެ އަށް ކުރި ޚަރަދުތަކާ ގުޅޭ ގޮތުން ނެރެފައިވާ އޮޑިޓް ރިޕޯޓާ ގުޅޭ މައްސަލާގައި ޖަވާބުދާރީވެވަޑައިގަތުމަށްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މި ހަފުތާގައި ހާޒިރުވެވަޑައިގެންނެވިދާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ އަށް ފޮނުއްވި ސިޓީފުޅެއްގައި މައުމޫން ވިދާޅުވީ ތީމުގޭގެ 2007 އާއި 2008 ގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ދެ މައްސަލައެއްގެ ތަހުގީގަށް ބަޔާން ދެއްވުމަށް އަންނަ އަންގާރަ ނުވަތަ ބުދަދުވަހުގެ މެންދުރު ފަހު 1:00 ގައި އެ ކޮމިޝަނަށް ހާޒިރުވެވަޑައިގެންނެވި ދާނެ ކަމަށެވެ.
މައުމޫން ވިދާޅުވި ގޮތުގައި އޭސީސީ އަށް އަމިއްލަފުޅަށް ހާޒިރުވެވަޑައިގަންނަވަނީ އެ ކޮމިޝަނުގެ ތަހުގީގު ޓީމަށް އެ މަނިކުފާނުގެ އަރިހަށް ވަޑައިގަތުމަށް ވުރެ އެ ގޮތް މާ ރަނގަޅު ވާނެތީ އެވެ.
"އަޅުގަނޑު ތިޔަ ކޮމިޝަނަށް ހާޒިރުވާ އިރު، އަޅުގަނޑާ އެކީގައި އަޅުގަނޑުގެ ގާނޫނީ ވަކީލް މައުމޫން ހަމީދު ވަޑައިގަންނަވާނެ ވާހަކަ ވެސް ދެންނެވީމެވެ." ސިޓީފުޅުގައި މައުމޫން ވިދާޅުވި އެވެ.
މައުމޫންގެ ވެރިކަމުގައި އެމަނިކުފާނު ދިރިއުޅުއްވި ތީމުގޭގެ އޮޑިޓް ރިޕޯޓާ ގުޅިގެން އެމަނިކުފާނުގެ އަރިހުން ސާފުކުރަންޖެހޭ ކަންކަން ސާފުކުރުމަށްޓަކައި މައުމޫންގެ އަރިހަށް އޭސީސީގެ ޓީމެއް ދިއުމަށް އެ ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. އަދި މައުމޫނަށް ފަސޭހަފުޅު ވަގުތެއް ދެއްވުމަށް ވެސް އޭސީސީން އެދުނެވެ. އެކަމަކު މައުމޫން އެންމެ ފުރަތަމަ ވެސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅު ވަނީ އަމިއްލަފުޅަށް އެ ކޮމިޝަނަށް ވަޑައިގެން ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކަމަށެވެ.
މައުމޫން މިދިޔަ މަހުގެ 23 ގައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ މަނިކުފާނު އޭސީސީ އަށް ވަޑައިގަންނަވާއިރު، "މީޑިއާ ވެސް އެ ތަނުގައި ތިބެން ވާނެ" ކަމަށެވެ.
"ގައުމަށް މިކަން ފެނި، އެނގެން ޖެހޭނެ. ހަގީގަތް އެނގުމަކީ ރައްޔިތުންނަށް އޮތް ހައްގެއް،" މައުމޫނާ ސުވާލު ކުރަން ބޭނުންވެގެން އޭސީސީން އެމަނިކުފާނަށް ފޮނުވި ސިޓީގެ މައްސަލާގައި ކުރެއްވި ޓުވީޓުގައި މައުމޫން ވިދާޅުވެފައިވެ އެވެ.
އޭސީސީގެ ރައީސް ލުތުފީ ވިދާޅުވެފައި ވަނީ ކުރީގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުން ކޮމިޝަނަށް ހާޒިރުކުރުމަކީ ގެންގުޅޭ އުސޫލެއް ނޫން ކަމަށެވެ. އަދި އޭނާ ވިދާޅުވެފައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އާއި ކުރީގެ ރައީސުންނާއި އުއްތަމަ ފަނޑިޔާރާއި އުއްތަމަ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުގެ ކުރީގެ ރައީސުން އޭސީސީ އަށް އެއްވެސް މައްސަލައެއްގައި ހާޒިރުކުރުމުގެ ބަދަލުގައި އެބޭފުޅަކާ މެދު ހުށަހަޅާފައިވާ ޝަކުވާއެއްގެ ބަޔާން ނަގާނީ އަރިހަށް ގޮސްގެންނެވެ.
ތީމުގޭގެ އޮޑިޓް ރިޕޯޓާ ގުޅޭ ގޮތުން މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްސަލައެއް ފުލުހުން ތަހުގީގުކޮށް އޭނާގެ މައުމޫންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ވެސް ކުރިން ފޮނުވި އެވެ. އެކަމަކު ޖިނާއީ މައްސަލަތަކުގައި ދައުވާކުރުމަށް ގާނޫނުލް އުގޫބާތުގައި ދީފައިވާ މުއްދަތު ފާއިތުވެފައިވާތީ ޕީޖީ ވަނީ އެ މައްސަލަ އަނބުރާ ފުލުހުންނަށް ފޮނުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިފުތު
03 July 2017
ދިގުތާރީޚެއްގައި ވެރިކަން ކޮށް ގައުމާއި ދުނިޔޭގައި ޝަރަފުލިބި ޢިއްޒަތްތެރިއެއްގެ ގޮތުގައި ހުރެ މިފަދަ ދަށުދަރަޖައަކަށް ވެއްޓުމަކީ ދިވެހީން ދެރަކަމެއް.
ޤުއްޓޭ
03 July 2017
ސާބަހޭ ޒަޢީމޫ. މިހާރު އެވެރިންގެ ހިތްޕުލައް އަރާ ވަޑައިގަންނަވާނެ. ތި މަންނަމެންގެ ހުރި ގާބިލް ކަން ދައްކަން ހަދައިގެން މި ފަހަރު މި ބޭލުނީ ތި މަންމެންގެ ސޯޓު ތާއެވެ. އަވަހަށް މި ކަމުން އިސްތިޢުފާ ދޭންވީތާއެވެ. ޒަޢީމު އެވެ. މަމެން މި ތިބީ މަނިކުފާނާއި އެކުގައެވެ.
ކޮސް
03 July 2017
މަސްއޫލިއްޔަތަށް އިހުމާލުވުމުގެ ދައުވާ ލުތުފީގެ މައްޗަށް ކުރަންވީ އެއީ މިހާގިނަދުވަސް ލަސްކުރުމުގެ ކުށްސާބތުވާތީ ދޯ؟
އަބްދޫ
03 July 2017
މިރިޕޯޓް ތަކަކީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ގޭގައި ތިބެ ބަޔަކު ތައްޔާރުޖުރި އަސްލެއް ނެތް ރިޕޯޓް ތަކެއް
ބޯބުރާންތި
03 July 2017
ކިހިނެއްތަ ވެގެން މިއުޅެނީ؟ މައުމޫނު ކިހިނެއް ވީއޭ؟
މަލީ
02 July 2017
ހަމަދާން ޖެހޭނީ... ތީވަކަިން ކާކުތަ....މިޤައުމަށް 30 އަހަރު ލިބުނު ހުރިހާ ލާރިއެއް ތިމާގެ ވެރިކަން ދިފާއުކުރަންވެގެން ގާތް މީހުންނަށް ބަހާ ހުސްކުރީ އެއްވެސް އިންސާފެއް ނެތިކަމަށް ކުރިން ވެސް އެމްޑީޕީ އިން ބުންޔެވެ. މިރާއްޖޭގައި ވެރިކަމެއް މީހަކަށް ކުރެން ނޯވެއެވެ.
ހެވެނީ
02 July 2017
މައުމޫނަކަސް ކާސިމަކަސް ގޯސްކޮށް ކަމެއްކުރީމަ ބަލަން ޖެހޭނެ... ސުކުރިއްޔާ ޔާމީނު... ބަލަ އެމްޑީޕީ ކުދިންތައް މައުމޫނު މައްސަލަ ބެލިއިރު ރަނގަޅު... މިއަދު ގޯސް... ހެޔޮ އެއްގޮތްވެސް ނޯނާނެ،.. ހަމަ އަޖައިބު......
ލަލާ
02 July 2017
މަނިކުފާނު ހާދަ ބިޒީ ފުޅޭ އަދިވެސް... ހަމަ ސަރުކާރު ވެއްޓުމުގަތޯ؟؟؟؟؟ އެއީ ބޮޑު ކުށެއް އިނގޭތޯ!!!!!! މަނިކުފާނަށް ސަނާކީ ޒަމާން ނިމިއްޖެ،... ސޮރިިިީ.....
އަލީ
02 July 2017
10 އަހަރު ކުރީގެ މައްސަލައެއް ހަމަ ކުއްލިއަކަށް ރައީސް މައުމޫނާއި ސަރުކާރާއި މައްސަލަޖެހޭ އިރަށް މިހާރު ފެނުނީމާ މިވާގޮތް ވަރަށް ސާފު ދެއްތޯ؟ މި ހުރިހާ އަހަރު ތިޔަ މައްސަލަ ނުފެނި އޮތީ ކީއްވެތޯ؟ މިއީ މިނިވަން މުއައްސަސާއެއް ނޫން. މިވަރު ވީމާ ބުނަން އޮތީ މުއައްސަސާގެ ނަން ޚަރާބު ނުކޮށް އިސްތިއުފާ ދީފައި ގޭގައި ތިއްބަވާށޭ.
އާދަނު
02 July 2017
ލުތުފީ ކަލޭ ތިތަނުން އިސްތިއުފާ ދީ ހެޔޮނުވާނެ. ތިތަންވެސް އަގުޅިނެތް ކަންނޭލަކަށް ހަދައި އަވަދިވެެއްޖެ