އިހަވަންދޫ އައިސް ޕްލާާންޓް: އިއްސެގެ ހަށިގަނޑު ފެނުނީ އެތަނުގެ ތެރެއިން
18 ޖުލައި 2017 - 11:49
މިފްކޯ އައިސްޕްލާންޓް ތެރޭގައި މަރާލައިފައި އޮއްވާ މިދިއަ މަހު ފެނުނު އިސްމާއިލް އުމަރު (އިއްސެ) ގެ މަރާ ގުޅިގެން ހައްޔަރުކުރި ހަ ބިދޭސީންގެ ބަންދަށް ކޯޓުން އަނެއްކާވެސް 15 ދުވަސް އިތުރުކޮށްފި އެވެ.
މިއީ މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރި ތިން ވަނަ ފަހަރެވެ. އެ މީހުންގެ މުއްދަތު އިތުރުކުރީ ކުޅުދުއްފުށީ ކޯޓުންނެވެ. އެހެންކަމުން ބޮޑަށް ބެލެވެނީ އެ މީހުން ހައްޔަރުކޮށްފަައި ތިބީ ކުޅުދުއްފުށީގައި ކަމަށެވެ.
ފުލުހުން ބުނީ މިދިއަ މަހު 16 ގައި ހިންގި ގަތުލުގެ ތަހުގީގު މިހާރު ވަނީ ނިމުމަކާ ގާތްވެފައި ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
ފްލާންޓްގެ އެންމެ އިސް މުވަައްޒަފުގެ ގޮތުގައި އޭރު ހުރި އިއްސެގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އަދި އޭނާއާ އެކު ޕްލާންޓްގައި މަސައްކަތްކުރި ބަންގްލަދޭޝްގެ ޝުމޮން ވަނީ އެ މަރުގެ ޒިންމާ ނަގާފައި ކަމަށް ފުލުހުން ބުނެ އެވެ. އޭނާއާ އެކު ދެން ހައްޔަރުކުރީ ވެސް ވެސް ބަންގްލަދޭޝްގެ ފަސް މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy