އެއްވުމެއް ހުއްޓުވަން ފުލުހުން ނުކުމެ
10 އޯގަސްޓް 2017 - 10:47
ފުލުހުންގެ އަބުރާ ބެހޭ މައްސަލަތައް ސީރިއަސްކޮށް ބަލައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފް އިއްޔެ ދެއްވައިފި އެވެ.
އަރީފް ސޮއިކުރައްވައި ނެރުއްވި ދެންނެވުމެއްގައި ވިދާޅުވީ ފުލުހުންގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރަން އުޅޭއިރު އެކި ފަރާތްތަކުން ގާނޫނާ ޚިލާފަށް ފުލުހުންނާ މެދު އަބުރުގެ އަމަލުތަކެއް ހިންގަމުންދާ ކަމަށެވެ. ފުލުހުން ގާނޫނީ މަސްއޫލިއްޔަތު އަދާކުރަން އުޅޭއިރު ފުލުހުންގެ އަމިއްލަ ޒާތާއި އަބުރަށް ހުތުރުވާ ގޮތަށް ބަހެއް އަދި އަމަލެއް ހިންގި ކަމަށް ފުލުހަކު ހުށަހަޅައިފި ނަމަ އަބުރުގެ ގާނޫނުގެ ދަށުން، އެކަން ބަލައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އޭގައިވެ އެވެ.
"ފުލުހަކާ މެދު މީހަކު ކުރާ އެފަދަ އަމަލެއްގެ ސަބަބުން އެ ފުލުހަކަށް ލިބޭ ގެއްލުމުގެ މަދަނީ ބަދަލު ހޯދުމަށް އެ ފުލުހަކު އަމިއްލަ ހައިސިއްޔަތުން ޝަރީއަތަށް ހުށަހަޅާ މައްސަލަތަކުގައި މި ސާވިސް އިން ދެވެން ހުރި އެންމެހާ ގާނޫނީ އެހީތެރިކަން ދޭނެ ވާހަކަ ވެސް ދަންނަވަމެވެ،" އޭގައިވެ އެވެ.
ފުލުހުންގެ އަބުރާ ބެހޭ ނަމަ، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައި މިވަނީ، ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި، ފުލުހުންގެ ތެރެއިން ވަކި ބަޔަކު ޣައިރު ގާނޫނީ އަމަލުތަކެއް ހިންގައި، އަދި އިދިކޮޅު ފަރާތްތަކުން ބާއްވާ އެއްވުންތައް ހުއްޓުވާއިރު އަނިޔާކުރަމުންދާ ކަމުގެ ތުހުމަތުކޮށްފައި ވަނިކޮށެވެ.
ރައްޔިތުންނަށް އަނިޔާކުރާ ކަމަށް ތުހުމަތުކޮށް ބައެއް ފުލުހުންގެ މައްސަލަ ވަނީ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ވެސް ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ
11 August 2017
ސީރިއަސް ވާނެ މައްސަލައެއް ފުލުހުންނަށް ފެނިއްޖެ
ރަމްސް
10 August 2017
ވެރިން އެންގިޔަސް ފުލުހުން ނުޖެހޭނެ އެއްވެސް ފަރާތަކަށް ސިޔާސީ މަންފާ ހޯދޭނެ ކަންކަމުގައި ބައިވެރިވާކަށް. އޭގެ ތެރޭގައި ހަމަހަމަކަންގެއްލި ވަކިފަރާތަކަށް ބުރެވެތިބެ ޑިސިޝަންތަށް ނެގުމާއި، ވަކިބައެއްގެ މައްސަލަބަލައި އަނެއްބައި މައްސަލަތަށް އަޅާނުލާ ދޫކޮށްލުމާއި، ވުޖޫދުގައި ނުވާ މައްސަލަތައް އުފައްދައި ހިންގުމާއި، މައްސަލަތަށް ޕާރކް ކޮށްފައި ބެހެއްޓުން ހިމެނޭ. އަދި ސައުކާރުން އަންގާ ކޮންމެކަމަކީ ޤާނޫނީ އިމުގެ ތެރޭގައި ހިމެނޭކަންކަން ކަމުގައި ދެކުމާއި، ޤާޒީންނާއި ބެހޭގޮތުން ކުރެވޭ ތުހުމަތުތަށް ނުބެލުމާއި، މުޖުތަމަޢުގެ ތެރޭގައި ހިނގާ ޤާނޫނާއި ޚިލާފުކަންކަމަށް ނުހުއްޓުމާއި، ރައްޔިތުންގެ ޚާދިމުންގެ ރޯލް ހަދާންނައްތާލާފައި ވެރިންގެ ޚާދިމުންގެ ގޮތުގައި މަސައްކަތް ކުރުމާއި، ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަތުމާއި ސިޔާސީ ކަންކމުގައި އަވަދިނެތި އުޅުމާއި މުވައްސަަސާގެ އިތުބާރުގެއްލޭގޮތަށް ދޮގުހެދުމާއި، މީހުންގެ އަބުރުކަތިލުމާއި މީހުން ފްރޭމުރުން ފަދަ ކަންކަން ކުރުން ހިމެނޭ. މިކަންކަން އިސްލާހުކޮސް ރައްޔިތުންނަށް އިޙްތިރާމު ކުރަންދަސްކޮށް އިޙްތިރާމާއި އެކު ރައްޔިތުންނާއި މުޢާމަލާތް ކުރަމުން ގެންދަންފެށުމުން، ފުލުހުންގެ މުވައްސަސާއަކީ ޤަދަރުވެރި، ރައްޔިތުން ލޯބިވާ ތަނަކަށް ވެގެންދާނެ!
އިލްހާމް
10 August 2017
އަބުރަކީ ގަދަބާރުން އޮބިއަޅައިގެން ރައްކާކުރެވޭނެ އެއެޗެއް ނޫންކަމުންތާ އޭތި ގެއްލިގެން އިރުއިރުކޮޅުން ހޯދަން މަސައްކަތްކުރަން ޖެހެނީ. އަބުރު ރައްކާކުރެވޭނީ އަބުރުވެރިކޮށް އުޅެން ދޫކޮށްލީމަ. އޭރުން އޭތި ރައްކާތެރިކަމާއެކު އުޅޭނެ. އޭތި ރައްކާކުރަން ބަޔަކު އުޅޭކަށް ނުޖެހޭނެ.
ސޯޓް
10 August 2017
ބަލަ ތިޔަވެސް މިސްޓިކާޖެހުމަށްވުރެ ރުފިޔާހޯދަން ރަނގަޅުގޮތެއްހެން މަށަށްހީވޭ. ގައިމު ލިބޭވަރުގިނަވާނެ ކަމަށްލަފާކުރެވޭ..
އުބޭ
10 August 2017
ފުލުހުންގެވެސް އަބުރު އޮންނަންވާނެ. ޢަބުރަކީ އެމީހާ އުޅެގޮތުން ގެެއްލޭއެއްޗެއް. ގޯސް ކަމެއް ކުރުމުން އެކަމާ ވާހަކަނުދައްކާށޭ އެމީހަކު ބުނުން ވާނީ އަބުރުނަގާލުމަށް. އެއީ އަބުރަކީ ގަދަކަމުން ހިފަހަށްޓަން ޖެހޭ އެއްޗެއްވެސްނޫން .
ހާސަރު
10 August 2017
ގާނޫނާއި ޚިލާފަށް ފުލުހުން ކުރާކަންތައް މާސީރިއަސް އެކަން ތައް ބަލަންފަށާކަށް ނުވޭތަ!؟
ލީން
10 August 2017
އުސޫލުތަކާއި ޤާނޫނާއި ހިލާފުވާ ގޯސް ފުލުހުން ހޯދައި އެފުލުހުންނާށް އަދަބުދިނުން އެއީ އެއްމެ ރަނގަޅުގޮތް އަބުރާއި ބެހިގެން ގޯސް ފުލުހެއް އިސްލާހު ނުވާނެ.
ދީދީ
10 August 2017
ފުލުންހުންނާ ސިފައިން އާންމުންނާ ދިމާއައް ގޮވާ އައުގުރާނޯ، އެއީ މައްސަލައެން ނޫންބާ
ޑީޑީ
10 August 2017
ފުލުހުންގެ އަބުރާ މަގޭ އަބުރާ ތަފާ ތަކީ ކޮބާ
ސަލާމް
10 August 2017
ފުލުހުންގެ އަބުރުނަގާލައި ވެއްޔާ މޮޑެނީ ހަމަ ފުލުހުން. އިތުރު ބަޔަކު ނޫން.