ޚަބަރު / ސިވިލް ކޯޓް

ޓެކްސްގެ ގޮތުގައި ދެ މިލިއަނެއްހާ ރުފިޔާ ދައްކަން އެކި ފަރާތްތަކުގެ މައްޗަށް ހުކުމްކޮށްފި

މީރާ: ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ 1.9 މިލިއަން ރުފިޔާ ދައްކަން އެކި ފަރާތްތަކުގެ މައްޗަށް ވަނީ ހުކުމްކޮށްފައި --ފޮޓޯ/މިހާރު

ދައުލަތަށް ދައްކަންޖެހޭ އެކި ބާވަތުގެ ޓެކްސްގެ ގޮތުގައި 1.9 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން އެކި ފަރާތްތަކުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މިދިޔަ ހަފުތާގައި ސިވިލް ކޯޓުން ހަތަރު ފަރާތެއްގެ މައްޗަށް ހުކުމްކުރީ އެ ފަރާތްތަކުން ދައުލަތަށް ދައްކަން ޖެހޭ އެކި ބާވަތުގެ ޓެކްސް ނުދެއްކުމުން، އެ ފައިސާ ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދައުވާ ކުރުމުންނެވެ. އެއީ ޖީއެސްޓީ އާއި ޓީޖީއެސްޓީ އާއި އޭގެ ޖޫރިމަނާގެ ގޮތުގައި 1.8 މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި ވިިތުހޯލްޑިންގެ ޓެކްސްގެ ގޮތުގައި 116،000ރ. ދެއްކުމަށެވެ.

މި މަހުގެ 10 ވަނަ ދުވަހު ވެސް ސިވިލް ކޯޓުން ވަނީ ޖީއެސްޓީގެ ގޮތުގައި ބައި މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ދައްކަން އަމިއްލަ ކުންފުންޏެއްގެ މައްޗަށް ހުކުމްކޮށްފަ އެވެ.

މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ޓެކްސް ނުދައްކައިގެން 90 ފަރާތެއްގެ މައްޗަށް ހުކުމްކޮށް، 43 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ދައްކަން ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. ޓެކްސް ނުދެއްކުމުގެ އިތުރު ގިނަ މައްސަލަތަކެއް ވެސް ކޯޓުގައި ދަނީ ހިނގަމުންނެވެ.

7 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 61%
icon sad icon sad 17%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިބްރާހިމް

21 August 2017

މިތަނުގަ ކޮމެންޓްކުރާ ބައެއް މީހުން މީ ހަމަ ބައެއްތޯ ސުވާލު އުފެދޭ. ހަމަޖެހިފައިވާ އުސޫލެއްގެ ދަށުން ލިބެންޖެހޭ އެއްޗެއް ގާސިމެއްނޫން ކާސިމަށްވެސް ލިބެންޖެހޭނެ. އޭގެ މާނައަކީ އެވޯޑް ލިބުނުފަހުން ކުރިމަތިވާ ކަމެއްގެ ސަބަބުން ފައިސާއެއް ދައްކަންޖެހުނީމަ ތިމަންނާމީ ކުރީއަހަރު އެވޯޑް ލިބުނުމީހެކޭ އެހެންވީމަ ދައްކާނެ އެއްޗެއް ނޯންނާނެއޭ ބުނުން މީ ހަމަޖެހޭ ވާހަކައެއް ނޫން. ކޮންމެ އިންސާނަކަށްވެސް މާތް ﷲ ބުއްދި ދެއްވީ ވިސްނާ ފިކުރު ކުރަން. މީހަކު ހަމަ ބުނާއެއްޗެއްގަ ހިފައިގެން ނުދަނާ އަމިއްލަ ބުއްދިން ކަންކަން ހިނގާގޮތް ބެލުން ރަނގަޅުވާނެ

The name is already taken The name is available. Register?

ބޫމް ބޫމް

20 August 2017

މީ އެއްދުވަސްވަރެއްގައި ޓެކްސް ނުދެއްކުމަށް އިލްތިމާސްކޮށް ރައްޔިތުން ވާވެއްދި ގުރޫޕަށް ވެރިކަން ލިބުމުން އެމީހުންގެ ޙާލަތަކީ. އެހެންވީމާ ރައްޔިތުންނަށް ހެޔޮއެދުމެއް އޭރަކުވެސް މިހާރަކުވެސް ނެތްކަމުގެ ހެއްކެއް.

The name is already taken The name is available. Register?

ގިޒްމޯ

20 August 2017

ސަރުކާރަކުންނޫންދޯ އެފައިސާހޯދަން ދައުވާކުރީކީ. މީރާގެ ވަޖިބެއް އެއީ. އަދި މީރާއަކީ މިނިވަން މުއައްސަސާއެއްކަން ނޭނގެނީތަ. ކޮންމެ ސަރުކާރެއް އޮތްކަމުގައިވިޔަސް މީރާއިން އެމީހުންކުރަންޖެހޭކަމަށް ޓެކްސް ޤާނޫނުގައި ކަނޑައަޅާފައިވާކަންކަންކުރަންޖެހޭނެ.

The name is already taken The name is available. Register?

އަބޫ

20 August 2017

މިނިވަންވީމަ ދޯ އެއްކޮޅުވީމަ ރަންލާރިދީފަ ސިޔާސީގޮތުން އިދިކޮޅުވީމަ ޖޫރިމަނާ ބިލިއަނުން ދައްކަންޖެހެނީ

The name is already taken The name is available. Register?

ތި މާބޮޑަށް ލަވްލީ ވީ

21 August 2017

އަބޫ..ރަން ލާރި ދިނީ ގަވާއިދުން އެއްބަސްވުމެއްގެ ދަށުން ރަގަޅަށް ދިޔައިރު. ޢެގްރިމަންޓް އެކަހެރި ކޮށް ފައިސާގެ ބާރު ދައްކަން ފެށީމާ ދެން ގޮޅިއަށް ލާންޖެހޭ.

The name is already taken The name is available. Register?

ގަން ރެފިއުޖީން

20 August 2017

ދައުލަތަށް ދައްކަންޖެހޭ އެއްޗެއްވިއްޔާ ދައްކަންޖެހޭނެ، މުއްސަނދި މީހާއަށް އާދައިގެ މީހާއަށް ބެލުމެއްނެތި، ހިތާމައަކީ ބައެއް ރަށްރަށުގަ ގާޑިޔާ ހިންގުމުގެ ނަމުގަ ބޮޑެތި ވިޔަފާރިތައް އެބަކުރޭ، ރަށުކައުންސިލުން ހުއްދަދެނީ ގާޑިޔާހިންގަން، ރާއްޖޭގައި ހައްދާތަކެތި ވިއްކުމަށް، ނަމަވެސް އެކަމާގުޅިގެން ބައެއްފަރާތްތަކުން ހުއްދަނެތި އިމްޕޯރޓްމުދާ ވިއްކާ އެގާޑިޔާ ހިންގަން ހުއްދަދިން ބިމުގަ ބޮޑު ކޮށިގަނޑު ޖަހާ ރެސްޓޯރަންޓް ހިންގަމުންދަނީ ދައުލަތަށް އެއްވެސް ޓެކްސްއެއް ދެއްކުމެއްނެތި، މީރާއިން މިކަންކަން ބައްލަވާ ގާޑިޔާހިންގަންފެށި މުއްދަތުން ފެށިގެން ދައުލަތަށް ދައްކަންޖެހޭ ޓެކްސްއެއް ވާނަމަ އެ ނެގުމަށް ބާރުއެޅުމަށް ގޮވާލަން....

The name is already taken The name is available. Register?

ޙާނިމް

21 August 2017

ތިކަހަލަ ކުދި ކުދި ކަަންތަކާ ނުދަމަބަލަ. ދިވެހިންނައް ވާގޮތަކީ ރައްޓެއްސެއްވެސް ވިޔަފާރިއެއް ކޮއްލާ ދިރިއުޅުން ތަންކޮޅެއް ތަނަވަސްވެލާޙެން ހީވިޔަސް ހަސަދަލާ، ކުޓުވާލައިގެން ނަމަވެސް ކޮންމެސް ގޯނާއެއްކޮއްލާ، އެވިޔަފާރި ހުއްޓުވާލެވޭތޯ ބަލާނެ. ގާޑިޔާ ގަޑުން، ގަސްދަށުން، ބޯމަތީ ބަހައްޓައިގެން ދާ ވަޅޯމަސް ދޮލަގުން ޓެކްސް ދޭކައް ނުޖެހޭނެ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454