ޚަބަރު / ރައްޔިތުންގެ މަޖިލިސް

އިދިކޮޅު 12 މެމްބަރުންނަށް ކުރާ ދައުވާގެ ލިޔުންތައް ހަވާލުކޮށްފި

ދައުލަތުން ދައުވާ އުފުލި، އިދިކޮޅު މެމްބަރުން: އެ މެމްބަރުންނަށް ދައުވާކުރަނީ މަޖިލީހަށް ގަދަަކަމުން ވަތް މައްސަލާގައި---މިހާރު ފޮޓޯ

ރައްޔިތުންގެ މަޖިލީހަށް ގަދަކަމުން ވަތް މައްސަލާގައި މަޖިލީހުގެ 12 މެމްބަރަކަށް ދައުވާކުރާ މައްސަލައިގެ ލިޔުންތައް ކްރިމިނަލް ކޯޓުން މިއަދު އެ މެމްބަރުންނާ ހަވާލުކޮށްފި އެވެ.

މިދިޔަ ޖުލައި މަހުުގެ 24 ވަނަ ދުވަހު ގަދަކަމުން މަޖިލީހަށް ވަތް މައްސަލާގައި އިދިކޮޅު ކޯލިޝަންގެ 12 މެމްބަރެއްގެ މައްޗަށް، ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ ވަނީ އުފުލައިފަ އެވެ. މިއީ މަޖިލީހުގެ މިހާ ގިނަ އަދަދެއްގެ މެމްބަރުންގެ މައްްޗަށް އެއްފަހަރާ ދައުވާ އުފުލި ފުރަތަމަ ފަހަރެވެ.

ކްރިމިނަލް ކޯޓުން މިއަދު ވަނީ އެ މެމްބަރުން ހާޒިރުކޮށް، އެ މައްސަލައިގެ ލިޔުންތައް ހަވާލުކޮށްފަ އެވެ. ދައުވާކުރާ 12 މެމްބަރުންގެ މައްޗަށް ވެސް ދައުވާ އުފުލަނީ އެއް މައްސަލައެއްގެ ގޮތުގަ އެވެ.

ޖިނާއީ އިޖްރާއަތުގެ ގާނޫނު ބުނާގޮތުން އަޑުއެހުންތައް ފެށުމުގެ ކުރިން މައްސަލައިގެ ލިޔުންތައް ހަވާލުކުރަން ޖެހޭނެ އެވެ. އެއަށް ފަހު ދެން އޮންނާނީ އިބްތިދާއީ އަޑުއެހުންތައް ފެށުމެވެ.

ލިޔުންތަކާ ހަވާލުވުމަށް ފަހު ކޯޓުން ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވީ މެމްބަރުން މަޖިލީހަށް ވަނުމަކީ ކުށެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ދައުވާ ކުރުމުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އެއްވެސް ހަމަހަމަކަމެއް ނެތް ކަމަށް ވިދާޅުވެ، އިބޫ ވަނީ ޕްރޮސެކިއުޓާ ޖެނެރަލަށް ފާޑު ވިދާޅުވެފަ އެވެ.

"މިހާ ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުންގެ މައްޗަށް އެއްފަހަރާ ދައުވާކުރި ފުރަތަމަ ފަހަރު ކަން ނޭނގެ މިއީ ދުނިޔޭގައި ވެސް. ހަމަގައިމު ވެސް އަޅުގަނޑެއް ނުދެކެން މިހާ ގިނަ އަދަދެއްގެ މެމްބަރުންގެ މައްޗަށް ދައުވާކުރާ ތަނެއް،" އިބޫ ވިދާޅުވި އެވެ.

އެ މައްސަލާގައި ދައުލަތުން ދައުވާކުރާ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ އެ ދައުވާތައް އުފުލުމުގެ ބޭނުމަކީ މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރަށް ހޯދުން ކަމަށާއި އެކަމާ މެދު ކަންބޮޑުނުވާ ކަމަށެވެ. ކިތަންމެ ދައުވާއެއް ކުރިޔަސް ފަހަތަށް ނުޖަހާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަތަރު ލީޑަރުންގެ ވިސްނުންފުޅާ އެކު އަޅުގަނޑުމެން މިތިބީ ފަސް ނުޖެހި ކުރިއަށްދާ ގޮތަށް، ހަމަ ބާރަށް ކުރިއަށް ގެންދާނީ،" ރިޔާޒް ވިދާޅުވި އެެވެ.

އެ މައްސަލާގައި ދައުލަތުން ދައުވާކުރަނީ އިބޫގެ އިތުރުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އާއި ހެންވޭރު އުތުރު ދާއިރާގެ އަދި މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ އާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފްގެ އިތުރުން ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ)ގެ މައްޗަށެވެ.

އެ ދައުވާ ސާބިތުވެއްޖެ ނަމަ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑު އަންނާނެ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެ ހުކުމް އަޔަސް މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑިއެއް ނުގެއްލޭނެ އެވެ.

އެ ބޭފުޅުންގެ ތެރެއިން ސައުދާއި ވައްޑެ އާއި އަމީތުގެ މައްޗަށް ވަނީ އިތުރު ދައުވާއެއް ވެސް އުފުލައިފަ އެވެ. އެއީ އެ ތިން ބޭފުޅުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައި ވަނިކޮށް މަޖިލީހަށް ވަތް މައްސަލާގައިވެ އެވެ. އެ މައްސަލާގައި ކުރަނީ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އެވެ.

އެ 12 މެމްބަރުންގެ އިތުރުން މަޖިލީހުގެ އެހެން ދެ މެމްބަރެއްގެ މައްސަލަ ވެސް ކޯޓުގައި އެބައޮތެވެ. އެއީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ރިޝްވަތު ދޭން އުޅުމުގެ ދައުވާ އެވެ. ގާސިމްގެ މައްސަލަ ކުރިއަށް ގެންދާއިރު ފާރިސްގެ ޝަރީއަތުގެ އަޑުއެހުންތައް އަދި ނުފަށަ އެވެ.

4 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކާސިމް

24 August 2017

ރައްޔިތުން އިންތިޚާބުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަންނުމުން ދައުވާ ކުރެވޭ ބުނީމަ ހިނި އަންނަނީ. ދެން ބާރަށް އަތްޖަހާ.

The name is already taken The name is available. Register?

އުމަރު

24 August 2017

ދިވެހި ސަރުކާރުން ނުވަތަ ފުލުހުން އެދުވަހު ރަސްމީކޮށް އަންގާފައިނެއް ވަކި މަގުތަކެއް ބަންދުކުރާނެކަމަށް، އަދި ބެރިކޭޑް ވަކި މަގުތަކެއްގައި ޖަހާފައި ބަންދުކުރާނެ ވާހަކައެއްވެސް ރަސްމީކޮށް އިއުލާނެއް ނުކުރޭ، އަދި މަގުމަތީގައި ހިނގާފައިދިޔަ މަޖިލިހުގެ މެންބަރަކަށް ހުރަސް އެޅޭނީ ކޯޓުގެ އަމުރެއް ލިބިގެން، އަދި ވަކިން ހާއްސަކޮށް ރައްޔިތުންގެ މަޖިލިހުގެ މެންބަރެއްކަން އެނގިހުރެ ހުރަސް އެޅުމަކީ ކުށެއް، ހުރަސް އެޅީ އޭނާއަކީ ނުރައްކާމީހަކަށް ބަލައިގެންނޫން، ހަތިޔާރެއް އޮވެގެންނޫން، ކުށެއް ކުރަން އުޅެނިކޮށެއްނޫން، އަދި މަގުމަތީގައި މީހަކު ހިނގާފައި ދަނިކޮށް އެއްވެސް މީހަކަށް ހުރަސް ނެއެޅޭނެ އަދި އެމީހެއްގެ ގަޔަތް އަތްވެސް ނުލެވޭނެ، އެހެންކަމުން ތިޔަ މައްސަލައިގައި މަޖިލިހުގެ މެންބަރެއް ހިނގާފައިދަނިކޮށް ހުރަސް އެޅިކަމަށް ބުނާ ފުލުސް މީހާ ހާޒިރުކޮށް އޭނާ އެކަމަށް ހުރަސް އެޅި ސަބަބު ފުރަތަމަ ހޯދަންޖެހޭ،

The name is already taken The name is available. Register?

ފަޑުއްކަ

24 August 2017

މިހާރު މި ހަދާ ގޮތަކީ ސުޕްރީމް ކޯޓާއި ހައި ކޯޓްގައި ހުރި ސިޔާސީ ބޭފުޅުންގެ މައްސަލަތަށް ހިނގުނަ ނުދީ ހިފަހައްޓާފައި ޖޭއެސްސީ އާއި ކްރެމިނަލް ކޯޓް ގަދައަށް ހިންގަނީ އެވެ.ޟ

The name is already taken The name is available. Register?

ލާލް

24 August 2017

ޝަރީއަތްތައް ބާރަށް ކުރިޔަށް ގެންދަންވީ. ކުށްވެރިވާނަމަ އަދަބުލިބެންޖެހޭ. މަޖިލިސް މެމްބަރެއް ކާސިމެއް މޫސައެއް ބަލާނެކަމެއްނެތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454