ނިލަންދޫ ދާއިރާގެ މެމްބަރު ޚަލީލް (ކ) ޕީޕީއެމްގެ ނިއުސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަނީ.---މިހާރު ފައިލް ފޮޓޯ
27 އޯގަސްޓް 2017 - 06:30
ރާއްޖޭގެ ވެރިކަން ވައްޓާލަން އިދިކޮޅު ފަރާތްތަކުން ކުލީ ސިފައިންގެ އެހީތެރިކަން ހޯދަން އުޅޭ ކަމަށް ނިލަންދޫ ދާއިރާގެ މެމްބަރު އަދި ޕީޕިއެމް ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލް އިއްޔެ ތުހުމަތުކޮށްފި އެވެ.
އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އިދިކޮޅު ފަރާތްތަކަށް ސަރުކާރު ވައްޓާނުލެވިއްޖެ ނަމަ ކުލީ ސިފައިންގެ އެހީތެރިކަން ހޯދަން މަސައްކަތް ކުރަން އުޅޭ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.
"...އަދި ރައީސް ޔާމީނަށް މެމްބަރުންގެ ތާއީދު އިތުރުވަމުންދާތީ ނަޝީދު ހުންނެވީ ވަރަށް ކަންބޮޑުވެފައި،" ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެ، ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ މެދުގައި ބަހުގެ ހޫނު ހަމަލާތައް ދެމުން އަންނަ މި ދަނޑިވަޅުގައި ޚަލީލް ކުރެއްވި ޓްވީޓުގައިވެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރު ވައްޓާލުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމަށް އެދިވަޑައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ މެމްބަރުންނަށް އެސްއެމްއެސް ފޮނުއްވައި އަދި ގުޅައި އާދޭސް ކުރައްވަމުންނެވެ.
ޚަލީލް ވިދާޅުވީ ވެރިކަމުގައި ހުންނަވައިގެން، ރާއްޖޭގެ "ޝެއިޚުންނަކީ ޓެރެރިސްޓުން" ގެ ގޮތުގައި ސިފަކުރެއްވި ގޮތަށް ނަޝީދު މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވެސް ވާހަކަފުޅު ދެއްކެވި ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް، ގާނޫނުއަސާސީގެ ތެރެއިން މަގާމުން ވަކިކުރުމަށް އިދިކޮޅު ފަރާތްތަކުން މިހާރު ކުރަމުން އަންނަ މަސައްކަތް ސަރުކާރުން އަބަދުވެސް ސިފަކުރަމުން ދަނީ ވެރިކަން ވައްޓާލުމުގެ އަމަލެއްގެ ގޮތުގަ އެވެ. އަދި ގާނޫނަށް ބަދަލުގެނެސްގެންނާއި ސިޔާސީ ގޮތުން އެކަމަށް ތަފާތު ހުރަސްތައް ސަރުކާރުން ވަނީ ކުރިމަތިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަނދަރު ކާޅު.
27 August 2017
ޗައިނާ މީހުން އިންޑިޔާކަނޑަށް އަތްގަދަކުރަން ރާވާ ސިޔާސަތުގެ މަޅީގައި މި ސަރުކާރު ޖެހުނީހެއްޔެވެ. ނޫނީ، އިދިކޮޅު ފަރާތްތަކުގެ ބޮލުގަ ބޮޑު އިލްޒާމެއް އަޅުވަން ރައްޔިތުންގެ ބޮލަށް ޖެހި ޗިޕެއް ހެއްޔެވެ. ކޮންމެ ގޮތަކަށް ވިޔަސް ވެރިކަން ދިފާޢުކުރަން ޗައިނާ ސިފައިން ގެނަސް، ރާއްޖޭގެ ދިފާއީ މަރުކަޒުތައް ދައްކާހެދުމަކީ އިސްތިގުލާލަށް އޮތް ނުރައްކަލެއް. ޚަލީލުމެން ތިބޭ ގުއިރޯނުގަ ޖެހިގެން. ހުރިހާ ގެއްލުމެއް ގައުމަށް.
ސުވާދީބު ރާނީ
27 August 2017
ތެދުވާހަކައެއް. މިމީހުން ހީކުރަނީ ދެން ތިބެނީ ގަޅިންކަމަށް.
ކޮއްކޮ
27 August 2017
ހީވާގޮތުން މިބޭފުޅާ ހުންއައިސްގެން ހޮސްޕިޓަލުގަ ބޭއްވި ދުވަސްކޮޅު ޖެހީ ނުބައި އިންޖެކްޝަނެއް. އަދިވެސް އޭގެ އަސަރު ނުފިލައިގެން އެއުޅެނީ. ސަރުކާރަށް ތާއީދު ކުރާ މެންބަރުން މީޑިއާގައި ކޮންމެ ފަދަ ވާހަކައެއް ދައްކާ އަދި ބައެއްގެ އަބުރަށް އަރައިގަތަސް އެކަމާ ފިޔަވަޅު އަޅަންކެރޭ މުއައްސަސާއެއް ނެތް.
އަލިކަތީބު
27 August 2017
އަނިޔާވެރިކަން ކޮޅުންލައި ދައުކަތުގެ ޚަޒާނާ ދޮވެލައި، މުޅިގައުމު ވިއްކާލާ ހަދަންފެށީމަ ދެން އެހެންގޮތެއް ނެތުނީމަ ކުލީ ސިފައިން ގެނަސްގެންވެސް އަންނަންއޮތް ޖީލްތަކަށް މި ގައުމު ސަލާމަތްކުރަން އެބަޖެހޭކަމަށް ގަބޫލްކުރާ ރައްޔިތުން މަދެއްނޫން. .މިހާރު ރާއްޖޭގެ ރައްޔިތުން މިތިބީ ވެރިކަމަށް ގެނެވުނުބައެއްގެ އަޅުވެތިކަމުގަ. މިވަރުގެ ބޭއިންސާފާ ނިކަމެތިކަން ރައްޔިތުންނަށް ލިބުނު ސަރުކާރެއް ދުވަހަކުވެސް މިރާއްޖެ އައިހެނެއް ހިޔެއްނުވޭ.
އަލިބެ
27 August 2017
ޚަލީލުއެވެ. މަނިކުފާނު ކިޔެވުމަށް އިންވެސްޓްކުރީ ހަމަ ގައިމުވެސް މަނިކުފާނު ދުނިޔޭގައި ނެތް ދުވަހަކުންވެސް އިރާގުގެ އިންފޮމޭޝަން މިނިސްޓަރ ސަހާފުގެ ގޮތުގައި ތާރީޚު ފޮތްތަކުގައި ނަން ލިޔުއްވަން ނޫންކަން ކަށަވަރެވެ. ތިބާގެ ނަފްސު ދެނެގަންނާށެވެ. ވީކްނަސް ހުރިނަމަ އެކަން އިސްލާހުކުރާށެވެ. އީގޯ މައްސަލައެއް އުޅޭނަމަ އެކަންވެސް ރަނގަޅުކުރާށެވެ. ގައުމު ދެކެލޯބިވާށެވެ. މިސްޓޭކަކީ ކޮންމެ މީހަކަށްވެސް ހެދޭނެ އެއްޗެކެވެ. ވީމާ، އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާށެވެ. އިލްމުގެ ބޭނުމަކީ އޮޅުވާލުމެއްނޫނެވެ. ޢިލްމުގެ ނިއުމަތަށް ޝުކުރުވެރިވާނަމަ ވިސްނާ ފިކުރު ކުރާށެވެ. ގައުމުގެ ލޮލުން ކަރުނަ ނާޅުވާށެވެ. އޭރުން ތިބާއަށް ގައުމު މަޢާފެއް ނުކުރާނެއެވެ.
ސޭކުބެ
27 August 2017
ޚަލީލޫ ތިދެއްކިވާހަކަ ރައްޔިތުން ބަލައިގެންފިކަން ސާބިތުވޭ ކޮއްފަހުރި ކޮމެންޓުތަކަށް ބަލާލީމާވެސް. ތިބޭފުޅުންނަށް ތާއީދު އިތުރުވާތަންވެސް ފެނޭ ލޯމަރައިގެން މިކޮމެންޓްތައްބަލާލައިފިނަމަ. ދެން ވަރަށް ސަލާން އިނގޭ!
އަލި ދޮންބެ
27 August 2017
މުހުސިންބެ ވައްޓާލާފައި ހަލީލު ތިޔައިނީ އަރާފައެއްނު . ދެން ކޮން ވާހަކައެއް .
ކުޅި ދޮމްބެ
27 August 2017
ތިޔަ ބުނާ މުޙުސިންބެ ވައްޓާލީ ވައްޓާލަން ޖެހިގެން. އަމިއްލައަށް ޤަބޫލު ކުރަން ބޭނުން ނުވިޔަސް މުޙުސިންގެ އާއި ޑރ.ޚަލީލުގެ ހުރި ތަފާތާއި، ދެމީހުންގެ ދައުރުގައި ދާއިރާ އާއި ރަށަށް އައިސްފައިވާ ތަރައްޤީ މިކަމަށް ހެކިދޭނެ. ތިޔަ ބުނާ މުޙުސިންބެގެ ދައުރުގައި ދާއިރާގައި އަދި އަމިއްލަ ފާހަގަ ކުރެވޭފަދަ ބޮޑު އެންމެ ޕްރޮޖެކްޓެއް ހިންގާފައި ހުރިނަމަ ރައްޔިތުންނަށް އެކަން ނިކަށް ސާފުކޮށްދީބަލަ. އަލި ދޮންބެ.. އަހަރުމެން ބޭނުން ވެގެން މިއުޅެނީ ގޮނޑި ހޫނު ކުރާނެ މީހެއްނޫން.
ދޮގު
27 August 2017
ހައްޔަރު ކުރެވުނު މީހުން މަދު ކަމުން އަނެއްކާ އަނެކެއްޗެކޭ ކިޔަން ފެށީ ތާއެވެ.
ޙަސަން
27 August 2017
މިވާނީ ޚަލީލުމެންގެ ލާސްޓް ކާޑަށް. ތިޔަހެން ގޭމް ޖައްސައިގެން އެއަށް ހެއްލޭނެ ރައްޔިތަކު މިއަދު މިގައުމަކު ނެތް. ވަގަތު ދަތުރުކުރަނީ ހަމަ ޚަލީލު މެންނާ ދުރަށް. ﷲގެ ކުޅަދުންވަންތަކަން ހުރިހާ ކަމަކަށްވުރެ މޮޅުއިތުރު.
ދޮންހަސަނު
27 August 2017
ސްޓޭޓް އޮފް އިމަޖެންސީ އިއުލާނު ކުރަން ތައްޔާރުވަނީބާ އަނެއްކާ.!!! އިލެކްޝަން ނުބާއްވާ ފަރުޖެހިދާނެ އެއްގޮތްތީ!!!
އަމީން
27 August 2017
މީދެންކާކު، ރައީސް މައުމޫން އިސްވެހުންނަވާ ގްރޫޕަކުންވިޔަސް ޓީމަކުންވިޔަސް ގޭން ވިޔަސް މިގައުމަށް ތިފާޑުކަންކަން ނުކުރައްވާނެ. ޚަލީލަށް ނޭގެނީ ގައުމްދެކެ ލޯބިވާ ބޭފުޅެއް މައުމޫނަކީ، މިކަމާ ނޫޅޭ އެހެންކަމަކާ އުޅޭ. ފަހު ތަޅާލުން ދާއިރު ތިފާޑުކަންކަން އުމުރިސްޕޫރީވެސް ކުރޭ. އެކަމަމަކު ބަތަލު ހަމަ އޭނަ މަރާލާނެ. އަހަރުމެންވެސް ޤައުމްމީ، މިފަސްގަނޑުގައި ތިބެ ހެޔޮދުޢާކޮށް އުޅޭ ފަސްގަނޑު. އަހަރުމެން މިއަދު ރޯންމިތިބީ، ހަނދާންކުރައްވާ އަަހަހރުމެން އަދި މިފަސްގަނޑުގައި ތިބޭ ހޭނަން، އުފާކުރާނަން، ނުޙައްޤުން އަނިޔާލިބި ތިބި މީހުންގެ ކަރުގަ މާފަތި އަޅުވާނަން. އިންޝާﷲ