ހައި ކޯޓު: އެ ކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރުން ތިން މަހަށް މާލެ ގެންނަނީ މައްސަލަތައް އަވަހަށް ނިންމަން --ފޮޓޯ/މިހާރު
29 އޯގަސްޓް 2017 - 17:41
ހައި ކޯޓުގެ ދެކުނު ގޮފީގައި ތިއްބެވި ތިން ފަނޑިޔާރުން ތިން މަސް ދުވަހަށް މާލޭގެ ހައި ކޯޓުގައި މަސައްކަތްކުރާ ގޮތަށް ސުޕްރީމް ކޯޓުން މިއަދު ހަމަޖައްސައިފި އެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރެއްގައި އަންގާފައިވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ދެކުނު ގޮފީގެ ފަނޑިޔާރުން މާލޭގެ ހައި ކޯޓުގައި މަސައްކަތް ކުރައްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އެކަމަކު އެ ފަނޑިޔާރުން މާލޭގެ ހައި ކޯޓުގައި މަސައްކަތް ކުރައްވަން ޖެހޭނީ އެ ކޯޓުގެ ދެކުނު ގޮފީގެ މަސައްކަތްތަކަށް ހުރަސް ނޭޅޭނެ ގޮތެއްގެ މަތިން ކަމަށް އެ އަމުރުގައިވެ އެވެ.
އައްޑޫގައި ހުންނަ ހައި ކޯޓުގެ ދެކުނު ގޮތްޕަށް ކަނޑައަޅާފައި ތިއްބަވަނީ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.
އެ އަމުރުގައިވާ ގޮތުން އެގޮތަށް ހަމަޖެއްސީ ގިނަ ދުވަސްވެފައިވާ މައްސަލަތައް މާލޭގެ ހައިި ކޯޓުގައި ގިނަ އަދަދަކަށް ހުރުމުންނެވެ. މާލޭގެ ހައި ކޯޓުގައި 500 އަށް ވުރެ ގިނަ މައްސަލަ ނުނިމި ހުރިއިރު އޭގެ ތެރެއިން ގިނަ މައްސަލަތަކަކީ ހަ މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތައް ކަމަށް އެ އަމުރުގައިވެ އެވެ.
އެ އަމުރުގައި ހައި ކޯޓުގެ ފަނޑިޔާރުންނަށް އަންގާފައިވަނީ މިއަހަރުގެ ނިޔަލަށް ނިންމަންޖެހޭ މައްސަލަތައް ނިންމުމަށެވެ. އަދި އެކަމުގައި އިދާރީ ގޮތުން ހަމަޖައްސަންޖެހޭ ކަންކަން ހަމަޖައްސަން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް އަންގާފައިވެ އެވެ.
މާލޭގެ ހައި ކޯޓުގައި މިވަގުތު މަސައްކަތް ކުރައްވަނީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހުތާން
30 August 2017
އެމީހުން ލައްވާ ކުރުވަންގެންނަ މަސައްކަތް ކުރުވާފަ އެމީހުންގެ މަސައްކަތް ނިމުނީމަ އަނބުރާފޮނުވަނީބާ؟ވަކި މަސައްކަތަކަށް ވަކިބަޔަކު
ޙަސަަންް
30 August 2017
3 މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ މިހާރުވެސް ތި މީހުން މަލޭގަ އުޅޭތާ ..
ކުޑޭ
30 August 2017
ތީ އުވާލަންވެފައި ހުރި ގޮތްޕެއް، އަހަރު 4 މައްސަލަ ބަލަން ކީއްކުރަން ދައުލަތުން ބޮޑު ހަރަދުކޮށްފައި ހަދާފައިވާ ތަނެތް؟
ދީދީ ދީދި
30 August 2017
ފާރިޝް މައުމޫނު މައްސަލާގެ "ގެއްލުނު ފައިލް" ދެން ފެނިދާނެއެވެ.
ފެން
30 August 2017
މަޤުސަދަކީ ޝުޖާއު ގެނައުން ބާއެވެ.
ޖޫން
30 August 2017
ޢެބޭފުޅުން މާލެ ގެންނަވަނީ ވަކި މައްސަލަ ތަކެއް ބަލަން ތޯއެވެ؟ނުވަތަ ގިނަ ދުވަސްވެފައި ހުރި މައްސަލަ ތަށް ބަލަން ތޯއެވެ؟
ހަމަ ބުއްދި
30 August 2017
އައްޑޫން ފަނޑިޔާރުން ގެނެސްގެން ވެސް ނިކަން އިންސާނުނަށް އޮޅުން ފިލާ ޒާތުގެ ހުކުމް ތި ކޯޓް ތަކުން ނިކަން އިއްވަބާލާ ށެވެ
ޝުޖާއު ދީދީ
30 August 2017
މި ދުވަސް ވަރު ތިކަމެއް ތިކުރަނީ ހައިކޯޓްގެ މާލޭ ބެންޗްގައި މިހާރު ތިއްބެވި ފަނޑިޔާރުން ނަށް އިތުބާރު ނުކުރެވެނީ ބާއެވެ.
ޒެޑްސް 1
30 August 2017
މާ ވަރުގަދަ ކޮމެންޓް ނުލިޔޭ. ސޫމޯޓޯ ވެދާނެ
ބިރު ފިލުން
30 August 2017
ތިވަރަށް ބިރުގަނެގެން ކަމެއް ނުވާނެއެވެ.
ވިސްނާ
30 August 2017
ގަދަކަމުން ފަނޑިޔާރުން ލައްވައި ޝަރީއަތް ނުކުރާށެވެ.