މީރާއިން ބަޔަކު ޚިދުމަތް ހޯދަނީ: މިދިޔަ މަހު ލިބުނު އާމްދަނީގެ ބޮޑު ބައި ހިއްސާކުރަނީ ޖީއެސްޓީ --ފޮޓޯ/މިހާރު
13 ސެޕްޓެމްބަރ 2017 - 11:52
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް އެއް ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އެ އިދާރާ އިން އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ލިބުނު އެއް ބިލިއަން ރުފިޔާގެ ތެރެއިން 39.7 މިލިއަން ރުފިޔާ ލިބިފައިވަނީ ޑޮލަރުންނެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހު މީރާ މެދުވެރިކޮށް ލިބުނު އާމްދަނީ އަށް ވުރެ 0.4 ޕަސެންޓް ދަށް އަދަދެކެވެ.
އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ލިބުނު އާމްދަނީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އެވެ. އާމްދަނީގެ 46 ޕަސެންޓަކީ ޖީއެސްޓީގެ ގޮތުގައި ލިބުނު ފައިސާ ކަމަށް ވާއިރު ދެވަނަ އަށް އެންމެ ގިނައިން ލިބުނީ ރަށްތަކާއި ފަޅުތައް ދޫކުރުމުން ލޭންޑް އިކިއުޒިޝަން ފީގެ ގޮތުގައި ނަގާ ފައިސާއިންނެވެ.
މީގެ އިތުރުން ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް (ބީޕީޓީ) އާއީ ގްރީން ޓެކްސްގެ އިތުރުން ފަސިންޖަރުންގެ އަތުން ނަގާ އެއާޕޯޓް ސާވިސް ޗާޖާއި ދައުލަތަށް ނަގާ އެހެނިހެން ފީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.
މީރާ އިން ބުނި ގޮތުގައި މިދިޔަ އަހަރުގެ އޮގަސްޓް މަހު ލިބުނު އާމްދަނީ އަށް ވުރެ މި އަހަރުގެ އޮގަސްޓް މަހު ލިބުނު އާމްދަނީ މަދުވީ މިދިޔަ އަހަރުގެ އެ މުއްދަތުގެ އާމްދަނީގެ ތެރޭގައި މިދިޔަ އަހަރުގެ ޖުލައި މަހުގެ ދައްކަންޖެހޭ ފައިސާ އެ މުއްދަތުގެ ތެރޭގައި ލިބިފައިވާތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާސަރު
13 September 2017
މީރާ އަށް ލިބޭވަރު ގިނަވި ވަރަކަށް އިތުރު ފުލުހުން ހޯދަން ކުރާ އިއުލާނާއި އިތުރު ފަނޑިޔާރުން ހޯދާތަން ފެންނަނީ! މިއީ ހުސް ބޭކާރު ޚަރަދު! އިންސާފެއް ނުލިބޭ ސަލާމަތްތެރިކަމެއް ނެތް! ހުރިހާ ފައިސާ އެއް މިދެބައިމީހުނަށް ދީގެން ވާކަމެއް ހަރާން! އާސަންދައިންވެސް ލިބޭ ބޭހަށް ވުރެ ގިނައީ މިހާރު ނުލިބޭ ބޭސް ސަހަރޯ.
ޝިފީ
13 September 2017
އަވަހަށް ތިކަން ސެލެބްރޭޓް ކުރަން ހުރިހާ ޑިޕާރޓްމަންޓެއްގަ ފުއްޕާހަން އެލުވައިގެން ވީކެންޑުގަވެސް ސްޓާފުން ނެރެގެން 'ލިސްޓެޑް އިވެންޓް' އަކަށް ހަދައިގެން ސީޖީއަށް ހުޝާމަދުކުރުމުގެ ހަފުލާއެއް ރާވަމާ ދޯ؟ މީ ސަޕްރައިޒް އިވެންޓްއެއް. އެއްވެސް ކުއްޖަކު ސީޖީ ކައިރީ ނުބުނާތި..
އަމީ
13 September 2017
މަބުނީ ތިހާވަރަށް ލާރި ހޯދަދޭތީ އިތުރު ފުލެޓެއް ތިތާ ބޮޑުމީހާއަށް ދޭކަށްނުވޭތަ؟
ރަދީފް
13 September 2017
ތިފައިސާގެ ތެރޭގަ އަހަރުމެން ކުރި ފޯނުކޯލުން ނެގިފައިސާ ވެސް ހިމެނޭނެ. ލަދުކޮބާ ''އެމީހާގެ'' ؟؟
އަހުސަން ފަރީދު
13 September 2017
މިދެނ ކިހާ ބޮޑު ކަމެއް .....ބަލަ .. ކޮންމެ މަހަކު 2 ބިލިއަން އަށްވުރެން ގިނަ ލާރި ލިބިގެން ދައުލައް ހިންގޭނީ... ދެއް 1ބިލިއަން ލިބުނިމާ ހިތާމަ ނޫންތޯ ކުރަންވީ.. އެވަރުން ވެސް ދެބައިކުޅާ އެއްބައި ދިރުވާލާނެކަން އެނގޭ...