ރާއްޖެ ޓީވީގެ ސީއޯއޯ ފިޔާޒު ވާހަކަ ދައްކަވަނީ: ޝަރީއަތްތައް ލައިވްކޮށް ގެނެސް ދިނުމުގައި ގާނޫނީ ހުރަހެއް އޮތް ކަމަށް ނުދެކޭ ކަމަށް ވިދާޅުވި --ފޮޓޯ/މިހާރު
14 ސެޕްޓެމްބަރ 2017 - 16:12
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެެމްބަރު އަހުމަދު ފާރިސް މައުމޫންގެ ޝަރީއަތާއި ޔާމީން ރަޝީދުގެެ މަރުގެ މައްސަލައިގެ ޝަރީއަތް ވަގުތުން ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ އަށް ރާއްޖެ ޓީވީން ކްރިމިނަލް ކޯޓުގައި މިއަދު އެދިއްޖެ އެވެ.
އެ ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އާދަމް އާރިފަށް ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒް ފޮނުއްވި ސިޓީގައި ވަނީ މުޖުތަމައުގެ މަސްލަހަތު ހިމެނޭ ބޮޑެތި މައްސަލަތަކުގެ ޝަރީއަތް ލައިވް ކުރުމުގައި ގާނޫނީ ހުުރަހެއް އޮތް ކަމަކަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އިންސާފު ގާއިމް ކުރުމަކީ ޝަރުއީ ދާއިރާގެ މަސްއޫލިއްޔަތަކަށް ވާއިރު އިންސާފު ގާއިމުވާ މަންޒަރު ރައްޔިތުންނަށް ފެނުމަކީ މުހިންމު ކަމެއް ކަމަށް އެ ސިޓީގައިވެ އެވެ.
ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ބަޔަކު ދިން އުދުވާނީ ހަމަލައިގެ ޝަރީއަތް ވެސް ވަގުތުން ދުރަށް ދެއްކިކަން ފާހަގަކޮށް، ރާއްޖެ ޓީވީން އެދިފައި ވަނީ ފާރިސްގެ ޝަރީއަތާއި ޔާމީންގެ މަރުގެ މައްސަލައިގެ ޝަރީއަތް އެ ސްޓޭޝަނުން ލައިވްކޮށް، ބްރޯޑްކާސްޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށެވެ.
ޝަރީއަތްތައް ލައިވްކޮށް ބްރޯޑްކާސްޓްކޮށް، ޓެލެކާސްޓް ކުރުމަކީ މިދިޔަ 30 ވަރަކަށް އަހަރުގެ ތެރޭގައި ވެސް ރާއްޖޭގައި ކޮށްފައިވާ ކަމެއް ނޫނެވެ. ރާއްޖޭގައި ހުޅުވާލައިގެން ގެންދާ ޝަރީއަތްތަކަށް ނޫސްވެރިން ވަނުމުގެ ހުއްދަ ދިނަސް އެއްވެސް ބާވަތެއްގެ އިލެކްޓްރޯނިކް ވަސީލަތެއް ޝަރީއަތުގެ މަޖިލީހަށް ވެއްދުމުގެ ހުއްދައެއް ނޯވެ އެވެ. ކޯޓުގެ ހުއްދަ ނެތި، އެފަދަ ކަމެއް ކޮށް، ޝަރީއަތުގެ މަޖިލިސް ރެކޯޑްކޮށްފި ނަމަ އެއީ ފިޔަވަޅު އެޅޭ ކަމެކެވެ.
ދުނިޔޭގެ ބައެއް ގައުމުތަކުގައި ބޮޑެތި ޝަރީއަތްތައް ލައިވްކޮށް، ބްރޯޑްކާސްޓް ކުރެ އެވެ. އެކަމަކު އެއީ ވަރަށް މަދުން ކުރާ ކަމެކެވެ. ބައެއް ގައުމުތަކުގައި އެއީ މުޅިން މަނާކޮށްފައި އޮންނަ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރު
15 September 2017
މިއީ ވަރަށް ރަނގަޅުކަމެއް 1988 ގެ އުދުވާނީ ހަމަލާފައި ދިވެހިން މަރުވި، އެއިރު ވެރިކަން ހިންގެވީ މައުމޫނު، އަދި ކުރީގެ ޤާނޫނު އަސާސީގެ ދަށުން، އެމައްސަލަ ލައިވްކުރެވުނު، ދަރުބާރުގެ ބޭނުންކުރެވުނު، އަދި ރައްޔިތުންނަށް އެމަންޒަރު ބަލާލަން މަޖިލިހުގެ ޖަލްސާއަށް ވަދެވުނު، އެހެންކަމުން 2017 ގައި އާޤާނޫނު އަސާސީގެ ދަށުން މިނިވަން ޑިމޮކްރަސީއެއްގައި މިފަދަ މައްސަލަތަކުގެ ޝަރިއަތް ލައިނުކުރެވެންޖެހޭ ސަބަބެއްއޮތްކަމަކަށް ގަބޫލެއް ނުކުރަން، އެހެންކަމުން މަރުގެ ހުރިހައި މައްސަލަތަށްވެސް އަދި ސިޔާސީ މައްސަލަތަށްވެސް ލައިވްކުރުން މުހިންމު، އެއިރުން ރައްޔިތުންވެސް ހޭލުންތެރިވެ އަދި ޤާނޫނު ކިޔަވާކުދިންނަށްވެސް އިލްމީގޮތުން އެއްޗެއް އެނގިގެންދާނެ، ޤާނޫނުތަށް ހަދާއިރު އެމެރިކާ ސިންގަޕޫރު މިންގަޑަކަށް ބަލަނީ، އެކަމަކު އަމަލުކުރަންވީމަ މިޔަންމާ އަދި އެފްރިކާގެ ގައުމުތަކުގެ ހާލަތަށްވުރެން ގޯސްވޭ، މިހެންވެގެންނުވާނެ ރާއްޖޭގައި، އަވަސްކުރޭ ލައިވްކުރޭ
ކަމީސާ
15 September 2017
ޝަރީއަތް ލައިވް ކުރުމަކީ ރަގަޅު ކަމެކެވެ. ލައިވް ކުރުމުން އާންމުންނަށްވެސް ޝަރުއީ ދާއިރާފެ ކަންތައްތައް އެނގި އަދި ޝާރީއަތް ހިގަމުންދަނީ އިންސާފުންތޯ ނިންމުމުފެ ފުރުސަތު ލިބިގެންދާނެ. މީރާއްޖެ ފަދަ އިންސާފުވއރިކަމެއް ނެތްގޮތަށް ޝަރީއަތް ހިންގަމުންދާ ތަނެއްގައި ކުރަން ރަގަޅު ކަމެއް. މަދުން ނަމަވެސް އެހެން ގައުމުތަކުގައިވެސް ކުރާކަމެއް. ސައުތު އެފްރިކާ ފަފަ ގައުމު ތަކުގައި އޮސްކީ ޕިސްޓޯ ރިއަސް ފަދަ މީހުންގެ މައްސަލަތައް ލައިވްކޮށް ގެނެސްދޭ. އަދި ސައުތު އެފްރީކާގެ ކޮންސްޓިޓިއުޝަންލް ކޯޓް(ސުޕްރީމް ކޯޓް) ގާނޫން އަސާސީއާއި ގުޅޭގޮތުން ހުށަހަޅާ މައްސަލަތައް ލައުވްކުރޭ. ލައިވް ކުރުމުން ފަދިޔާރުންގެ ޝަރީއަތް ކުރަމުންދަނީ ހަމަހަމަ އުށުލަކުންތޯ ބެލުމުގެ ފުރުސަތު ކުވޭ. އެހެން ކަމުން ލައިވް ކުރުމަކީ ރަގަޅުކަމެއް
ޙެހެ
15 September 2017
ފާރިސްގެ ޝަރީއަތް ތިހާ މުހިންމުވި ސަބަބެއް ނުވިސްނުނު. މައުމޫނުގެ ދަރިއަކަށް ވީމަތަ؟ އާން ދެން މިހާރު އޑޕ އަށް މައުމޫނު ވަރެއް ނެތް ވިއްޔާ. މާ ވަރަކަށް ޒައީމް ވެގެން ވިއްޔާ އުޅެނީ.
ހޭކެނޑޭ
15 September 2017
މަމެން އަބަދުވެސް ޝަކުވާ ކުރަނީ މަމެންނަކީ ޑިމޮކްރަސީގެ ރަސްގެފާނުމެން ކަމަށް. މިހެންކަމުން ދުނިޔޭގެ އެހެން ޤައުމު ތަކަށް މަމެން ނަމޫނާ ބަޔަކަށް ބަލައިގެން ތި ހުރިހާ ބޮޑެތި ޝަރިއްޔަތް ތައް ލައިވް ކޮއްފި ނަމަ ވަރަށް ފަޙުރުވެރި ޑިމޮކްރަސީ އެއް އޮންނަ ޤައުމަކަށް މި ލިޓްލް ސިންގަޕޯރ ވެގެން ދާނެ ކަމާއި މެދަކު ޝައްކެތް ނުކުރަން. އަދި މަމެންގެ އުއްމީދަކީ މިކަމާއި މެދު އުއްތަމަ ފަނޑިޔާރުވެސް ވިސްނާ ވަޑައިގަންނަވާނެކަމަށް.
މާމަ
14 September 2017
އަބަދުވެސް ވަކިބައެއްގެ ކަންކަން.....
މެންޓަލިސްޓް
14 September 2017
އަޅުގަނޑު އެއްގޮތަކަށްވެސް ތިޔަޝަރީޢަތްތަށް ލައިވްކުރުމާއި ދެކޮޅު ،،، އެހެނެއްނޫން އެއަޑުއަހަން މީހުން ވައްދަންވީ ،،، ނޫސްވެރިންނާއި ޖަމިއްޔާތުންވެސް ވައްދަންވީ ،،،، ކޮންމެހެން މުޅިރާއްޖެއަށް ލައިވްކުރާކަށް ނުޖެހޭނެ ،، އެހެންނަމަ ހުރިހާ ކެބިނެޓްމީޓިންގެ އެއްވެސް ލައިވްކުރަންވާނެ ،،، 241 ކޮމިޓީވެސް ލައިވްކުރަންވާނެ ،،، ސިފައިންގެ ބައްދަލުވުންތަށްވެސް ލައިވްކުރަންވާނެ ،،، އެހެންވީމައި ލައިވް ކުރުމާޢިމެދު އެބަޖެހޭ ފައިންލައިން އެއްޑްރޯކުރަން ،، އޭރުން އެއްބަސްވުމަކަށް އާދެވިއްޖިއްޔާމުން ތިޔަކަންކުރަންވީ ،، ، ވަރަށްވެދެުން
އަލިފުތު
14 September 2017
އެއްމައްސަލައަކީ އިންސާނީ ޙައްގުތަކާއި ކަރާމާތް ގެއްލުން އަނެއްމައްސަލައިގެ އަސްލަކީ ކޮބާކަން ނޭގެ. ނަމަވެސް މިދެމައްސަލަ ލައިވް ކުރުމުހެ ރާއްޖެޓީވީގެ ބޭނުމަކީ ކޮބާކަން ވިސްނާ ވިސްނާ ނޭގުނު.
ސިކްރިތިއާނާކޮއިމަލާ
14 September 2017
ތިކަމެއް ނުވާނެ! މަށައް ހަމަ ޔަގީން! ސަބަބަކީ އިންސާފަކީ މިސަރުކާރުން ދަންނަ އެއްޗެއް ނޫން! އަނެއްކާ މިކޮމެންޓް ޖަހާނެ ކަމެއްވެސް ނޭގެ! "މިހާރު" ނޫހުން އަހަރެން ކުރާ ކޮމެންޓް ޖަހަނީ ހިތައް އެރިއްޔާ! ހައްގު ތެދު ބުނާތީ ތޯއްޗެ! ގޯހެއް އުޅެންޔާ މެއިލް އަކުން އަންގާލަ ދިނުން އެދެން!
ސިއްތިއިބުރާހިމު
14 September 2017
ރައްޔިތުން ވަރައް އެދޭކަމެއްތީ ސަރުކާރުން ހިތްވަރު ހުރިނަމަ ނިކަން ކެރިގެން ބުނުއްވަބަލަ ޝަޜީއަތް ލައިވްކޮއް ބަލަންބޭނުންވާ މީހުން މަގުމަތީގަ އެތުރިލާށޭ ހަމަފުރާލާނަން ސަރުކާރު ލަދުގަންނަވާލާނަން ރައްޔިތުން ގަބޫލުކުރޭ މީއޮބިއަޅުވައިގެން ވަގައް ކަންކަން ނިންމާ ސަރުކާރެއްކަން
ހުންބެ
14 September 2017
ދެންނެތީތަ މި ގައުމުގަ ކުރާނެ އެހެންކަމެއް....އަންތަރީސްވެދާނެ މިބައި މީހުންނާއި ހެދި.....