މެމްބަރު އާޒިމް: އޭނާގެ އިތުރުން އެހެން މެމްބަރަކު ވެސް މާދަމާ ފުލުހަށް ހާޒިރުވާން ވަނީ އަންގާފައި.---މިހާރު ފައިލް ފޮޓޯ
04 އޮކްޓޯބަރ 2017 - 11:17
ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވެސް ފުލުސް އޮފީހަށް ހާޒިރުވާން ފުލުސް އޮފީހުން އޭނާ އަށް އަންގައިފި އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ކަން ވެސް ކުރައްވާ އާޒިމް ކުރެއްވި ޓްވީޓެއްގައިވާ ގޮތުން އޭނާ އަށް އަންގާފައިވަނީ މާދަމާ މެންދުރު ފުލުސް އޮފީހަށް ހާޒިރުވުމަށެވެ. އެކަމަކު އެއީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ.
އާޒިމް ފުލުހަށް ހާޒިރުވާން އެންގި އިރު ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވެސް މާދަމާ ފުލުސް އޮފީހަށް ހާޒިރުވާން އިއްޔެ ވަނީ ޗިޓް ފޮނުވައިފަ އެވެ. އަދި ނޮޅިވަރަމު ދާއިރާގެ މެމްބަރު ހުސައިން އަރީފްގެ ޕާސްޕޯޓް ވެސް މިދިޔަ ހޯމަ ދުވަހުން ފެށިގެން ވަނީ ހިފަހައްޓައިފަ އެވެ.
އިދިކޮޅު ދެ މެމްބަރަކު ފުލުހަށް ހާޒިރު ކުރާ އިރު އިދިކޮޅު ކޯލިޝަންގެ 12 މެމްބަރެއްގެ މައްޗަށް ދައުވާ އުފުލައި، ޝަރީއަތް މިހާރު ދަނީ ހިނގަމުންނެވެ. އެ މެމްބަރުންނަށް ދައުވާކުރަނީ މިދިޔަ ޖުލައި މަހުު އިދިކޮޅު މެމްބަރުން ގަދަކަމުން މަޖިލީހަށް ވަން މައްސަލައިގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2018 ނޯވޯޓް
04 October 2017
އަނދަގޮނޑިޖަހައިގެން ވެރިކަންކުރަން, މިކަހަލަ އަނިޔާވެރިކަމަކަށް ރައްޔިތުންގެ ލޯތްބެއް ނުވާނެ, ތާއީދެއް ނުލިބޭނެ, ވަރަށް ފޫހި ނުލަފާ ވެރިކަނެއް,
ކޮބާ
04 October 2017
ކޮބާ ތަމެންނަށް ފެނޭތޭ. ހުންނާނެ މިހާރު ރަނގަޅަށް ރާކަނި މަސްކެވިފައި ދޯ.
ޖެޑް
04 October 2017
ޤައުމީ މަސްލަހަތް ނަގާލާ އެންމެން ގެންދަންވީ.
ގޮޑިކޮށްކޮ ބެންޗް
04 October 2017
އާކަމެއް ނޫން..އަދި ހީނުކުރާ ކަމެއް ވެސް ނޫން.
ނުބައިބައިގެ އުއްތަރަ މަނިކުފާ
04 October 2017
ހުރިހާ ޤާޒީން ނާއި ޕީޖީ ވެގެން ހުރިހާ އިދިކޮޅު މެމްބަރުން ގެ ދުވަސް ދުއްވާލަން އުޅުމުގެ ބޭނުމަކީ ކޮބާ ބާއެވެ.ހަމަ ޔަޤީނުން ވެސް ޑިމޮކްރެސީއެއްގައި ނުދެއްކޭނެ ވާހަކައެއް ނުވަތަ ޑޮމޮކްރެސީ އެއްގައި ނުކުރެވޭނެ ކަމެއް ކުރި އިދިކޮޅު މެމްބަރެއް ހުރިކަމެއް އެގިފައެއް ނެތެވެ.
ނުލާނަން
04 October 2017
ބިރުދައްކަން. ބިރުން ގޮސް ޔާމީންއަށް ވޯޓުލާނެ ކަމަށް ހީވަންޏާ ތިއީ ކުށްހީއެއް.
ހަސަނާ
04 October 2017
ދަގައްޑާ ވެގެން ގާނޫނަށްވުރެމަތީ ހިތުހުރިގޮތަކަށް އުޅެވޭނޭ ކަމަށް މީހުންނަށް ހީވެގެން ނުވާނެ. ފުލުހުންގެ މަސަކަތަށް އައްސަރިބަހާއި ސާބަސް.
ރަދީފް
04 October 2017
މިދެން ކިހާ ދެރަކަމެއް.އިންޓިމިޑޭޝަން ނޫން ދެން ކޯޗެއް މިއަށް ކިޔަންވީ.