ވައިކަރަދޫ ދާއިރާގެ މެމްބަރު ނާޒިމް: އޭނާ ފުލުސް އޮފީހަށް މިއަދު ހާޒިރުކޮށް ވަނީ ބަޔާން ނަގާފައި.
05 އޮކްޓޯބަރ 2017 - 20:31
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް ފުލުހެއްގެ ގައިގައި ދަތްއެޅި ކަމަށް ތުހުމަތުކޮށް ތަހުގީގުކުރާ މައްސަލާގައި މިއަދު ބަޔާން ނަގައިފި އެވެ.
ނާޒިމް ފުލުސް އޮފީހަށް ހާޒިރުކުރީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރީގައި ފުލުހުންނާއި މެމްބަރުންނާ ދެމެދު ހިނގައިދިޔަ ހަމަނުޖެހުމުގެ ތެރޭގައި އޭނާ ފުލުހެއްގެ ގައިގައި ދަތްއެޅި ކަމަށް ތުހުމަތުކޮށެވެ. ފުލުހުންނަށް ދިން ބަޔާނުގައި އެ ތުހުމަތުތައް އޭނާ ވަނީ ދޮގުކުރައްވައިފަ އެވެ.
މެމްބަރުންނާއި ފުލުހުންނާ ދެމެދު އެ ދުވަހު ހަމަނުޖެހުން ހިނގީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މަގާމް ދިފާއުކުރަން ސަރުކާރުން ކުރާ މަސައްކަތާ ދެކޮޅު ހަދައި، މަޖިލީހަށް ވެންނެވުމަށް އިދިކޮޅު މެމްބަރުން އުޅުއްވުމުންނެވެ.
ސަލާމަތީ ޚިދުމަތްތަކުގެ ބެލުމުގެ ދަށުގައި މަޖިލިސް އޮއްވައި ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލީހަށް ވެންނެވި ކަމަށް ބުނެ އިދިކޮޅު 12 މެމްބަރެއްގެ މައްސަލަ ތަހުގީގުކޮށް، ވަނީ ދައުވާ އުފުލައިފަ އެވެ. މި ދައުވާއާ ގުޅިގެން ގިނަ މެމްބަރުންތަކެއްގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެންޖޯ
07 October 2017
މި އޮތީ ފިފލުހުން އަމިއްލަ އަށް މަޅީގަ އެޅިފަ. ރައްޔިތުންގެ މަޖްލިސްކުރާގެއަށް ފުލުހުންނަށް ވަދެވޭނެ އެއްވެސް ހަމައެއް ޤާނޫނެއް ނޯންނާނެ. ނާޡިމް ކަހަލަ ހިތްވަރުގަދަ ކެރޭ މެމްބަރުންނަށް އަނިޔާ ކުރެވިދާނެ ކަމަށް ހީނުކުރައްވާ.. އަދި ޔާމީންއަށް އަބަދު ވެރިކަމުގަ ހުރެވޭނެ ކަމަށް ހީކުރުމަކީ ކުއްހީއެއް.
ދދދދދދދ
08 October 2017
ރީނދޫ ގުންޑާމެން ތިތިބީ މައިތިރި އަރުވާފަ. ނާޒިމަކަސް ޖަރާސީމަކަސް އަބަދަކު ދަތް އަޅާކަށް މަޖިލިހަކަށް ވަދެއެއް ނޫޅެވޭނެ. އެކަން ހަނދާން ކުރާތި. އާނދޮގޭ އެހެންތަ؟
ޠަތަ
07 October 2017
ތި ފުލުހުން ގެ ހެކިބަހުން ނާޒިމް ސޯވެސް އެހެރީ ފުރޭމް ކޮއްލާފަ
މާޅޮސް
07 October 2017
ފުލުހުން ނައް މަޖިލިސް ތެރެޔައް ވަދެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ނަމަވެސް މެމްބަރުންނާ ކުރިމަތި ލީ ފުލުން މަޖިލިސް ތެރެޔައް ވަދެގެކަން އެބަ އެގޭ
ނެޝަނަލިސްޓް
06 October 2017
މިއީ ހަމަ ފުލުހުން ކުރި ތުހުމަތެއްތަ؟
ޖުހާ
06 October 2017
އާންުކޮށް ސިޔާސީ މައްސަލަތަކުގައި ދޮގުހެކިދޭބަޔަކު އުޅޭކަން ފަޅާއަރާފައޮތީ ކުރިންވެސް
މެންޓަލިސްޓް
06 October 2017
އެމީހަކަށް އަނިޔާއެއްވީމައި ރިފްލެކްސް އެކްޝަންއެއްގެގޮތުން ބައެއްފަހަރު ދަތްއެޅުމަކީ އިންސާނާގެ ތަބީއަތުގައި ހުންނަކަމެށް ،،، އެއީ ބޭއިޙްތިޔާރުގައި ކުރެވޭކަމެށް ،، އިމޯޝަނަލް ހައިޖެކްއެއްގައި އެކަންހިގާފާނެ ،، އަޅުގަނޑު އެއްވެސް ހާލެއްގައި މިބުނީ އެއީކީ ރަގަލުކަމެކޭނޫން ،،، އަދިތިޔަމެންބަރު އެކަންކުރިއެކޭވެސް ނޫން ،، އެހެންވެދާނެޔޭ މިބުނަނީ ،، ބޭރުދުނިޔޭގައިވެސް ކުށެއްކުރީމައި ބުއްދިހުރި ގާޒީންބަލާނެ ކުއްކުރިމީހާގެ އިންޓެންޝަން އަދި ސިޗުއޭޝަން ،އަދި ސްޓޭޓަސް ،، އެއަށްބުރަވެ ކުރާހުކުމެއްކުރާނީ ،،، އެއީ އިސްލާމްދީނުގައިވެސް ތާރީޙްގައިވެސް މާތްނަބިއްޔާގެ ރިސާލަތުގައިވެސް ވަރަށްގިނަކަންކަން ނިންމާފައިހުރިގޮތްކަމަށް ލިއުމުން ފެންނާންއޮތްގޮތަކީ ،، ވަރަށްވެދުން
ގައްދޫކާފަ
06 October 2017
އެންމެފަހުން ތިކަހަލަ އަޑެއް އިވުނީ ސުވަރޭޒްގެ ފަރާތުން , ދޭތެރެ ދޭތެރެއިން ދަތްއަޅާތީ ޑޮކްޓަރަށް ދެއްކީމާ ބުނީ , ކުޑައިރު ގާތުން ކިރުނުލިބޭ ކުދިން ބޮޑުވީމާ ދަތްއަޅާނެޔޯ. މައިންގެ ގާތުންދޭ ކިރާއި އެންމެކައިރިކުރާ ކިރަކީ އެންފާގްރޯ އޭ. ދެން ސުވަރޭޒްވެސް މިހާރު އެކިރު ބޮއިގެން ދަތްއެޅުން ހުއްޓިއްޖެ.
މޭސްތިރި
06 October 2017
ތިޔަބުނާ ކަމެއް ކުރި ކަމައް އެބުނަނީ 24 ވަނަދުވަހު މަޖިޅިހައް ވަދެ ކަމައް ވާނަމަ ފުލުހުން މަޖިލީހުގެ އިދާރާޔަޔައް ވަނުން ހުއްދަ ވާނެ ގޮތެއް އޮންނާނެ ބާ ؟ ފާޅުގައި ވަޅި ހަރާއިރު ވެސް ވާކަމެއް ހަމަ ހަރާން ގޯނީގައި ފައިސާ ބެހިކަމައް ބުނާމީހުން ވެސް އޯކޭ ؟ ގޭންތަކައް ލާރި ދިނުން ވެރިމީހާ ވީމަ އޯކޭ ؟
އެންދެމޭ ބޭބެ
05 October 2017
ޕާރލަމެންޓް ގެ ލުއިސް ސުއަރޭޒް ދޯ. އެކަމަކު ގޯލް ޖަހަނީ ބައި ކޮޅަށް.
ހަންޓާ....
05 October 2017
ކޮންމެމީހަކު ކުރިކަމުގައިވިއަސް ކުށެއް ކޮށްފިއްޔާ ދޭންޖެހޭ ޙައްގުއަދަބު ދޭންޖެހޭނެ.. އަދި ހާއްސަކޮށް ދިވެހި ރައްޔިތުންގެ ފައިސާއިން ބޮޑުމުސާރަ ދޭފަރާތްތަކުން އަޙްލާގީ ގޮތުން ނަމޫނާވެރިބަޔަކަށް ވާންޖެހޭނެ.
މެންޓަލިސްޓް
05 October 2017
އާދެ ރަގަޅުވާހަކައެއް ،، ކުށެއްކުރީމައި އެންމެން ހަމަހަމަވާންޖެހޭނެ ، ނަމަވެސް ،،، ތިބޭފުޅާއަށް ފުލުހުންކުރާ ކުއްތަށް ނުފެނުމަކީ އަޅުގަނޑު ކުޑާކޮށް ހައިރާންވާކަމެށް ،، ފުލުހުން އާންމުންނަށް ހިތުހުރިގޮތަކަށް އަނިޔާކުރުމަކީ ކޮންގާނޫންއެއްގެ ކޮން އިންސާނީ ހަމައެއްގެ މަތީންކުރާކަމެއްތޯ ؟؟ އެކަންކުރުމުގެ ހުއްދައެމީހުންނަށް ދީގެން ތިބެންވީތޯ ؟؟ ތިޔަހެންހުއްޓާ އަމިއްލަ ދަރިއެއް ނޫނީ އަންބަޔަކަށް ފުލުހަކަު އަނިޔާކުރާދުވަހުވެސް އަތްޖަހަން ހުންނާނީތޯ ؟؟ ނޫނީ އެދުވަހަކުން އަދުލޭ އިންސާފޭ ކިޔާފައި ނުކުންނާނީތޯ ؟؟ މިހާރު ކާފަބެއަށްވެގެން އުޅޭގޮތް ވާނީތޯ ؟؟ ވީމާ ހަލާދަނޑީގެވެސް ދެކޮޅުއޮންނަހެން ކަންކަމުގެ ވިސްނެވެުން އެެދެން ،، ވަރަށްވެދުން
ކުރަފި
06 October 2017
ފައިސާގޯނި އުފުލީމަ އަދަބުދޭންޖެހޭނެތަ. ގެއަށް ނަހަލާލުފައިސާ ވަދެފަވާކަމަށް ރައްޔިތުން ކުރިމަތީ އިއުތިރާފުވީމަ ހޭވެސް އަހާލއވޭތަ.
ދޮގެއްތަ؟
08 October 2017
މެންޓަލިސްޓް ހައިރާންވެ ހުރިކަން އަދި މެންޓަލިސްޓް ބާގައި އެންމެނަކީ ހައިރާން އަރާފަ ތިބި ބައެއްކަން އެންމެން ދަނޭ.