ރާއްޖެ ޓީވީ ރޯކޮށްލާފައި: އެ މައްސަލާގައި މީހެއްގެ މައްޗަށް ދައުލަތުން ވަނީ ކްރިމިނަލް ކޯޓުގައި ދައުވާކޮށްފައި
09 އޮކްޓޯބަރ 2017 - 12:54
ރާއްޖެ ޓީވީ ރޯކޮށްލީ ދައުލަތުން ދޭން ޖެހޭ ހިމާޔަތް ދީފައިނުވާތީ ކަމަށް ބުނެ ރާއްޖެ ޓީވީން ދައުލަތާ ދެކޮޅަށް ދައުވާކުރަން ސިވިލް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.
މީގެ ހަތަރު އަހަރު ކުރިން އޮކްޓޫބަރު، 2013 ގައި ރާއްޖެ ޓީވީ ރޯކޮށްލި ހާދިސާގައި، ރާއްޖެ ޓީވީ އޭރު ހިންގި ބީކޭޓީ ބިލްޑިން އާއި ރާއްޖެ ޓީވީގެ ގިނަ ސާމާނުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެ ސްޓޭޝަންގެ ޚިދުމަތް ވަގުުތީ ގޮތުން މެދުކަނޑާލަން ޖެހުނެވެ.
ރާއްޖެ ޓީވީގައި ބަޔަކު ރޯކޮށްލި މައްސަލާގައި އޭރުގެ ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ނިންމާފައިވަނީ އެ ސަރަހައްދުގައި ފޯރިމަރަން ހަރަކާތްތެރިވި ފުލުހުންގެ އިހުމާލު އެކަމުގައި އޮތް ކަމަށެވެ. އެހެންކަމުން އެ ފުލުހުންނާ މެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށް ނިންމާފައިވެ އެވެ.
ރާއްޖެ ޓީވީ ރޯކޮށްލި މައްސަލާގައި ހ. ގަސްވާ މުހައްމަދު މީޣާދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް، ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ޝަރީއަތް ހިންގަމުންނެވެ.
ރާއްޖެ ޓީވީން ދައުލަތާ ދެކޮޅަށް ދައުވާ ކުރިއިރު އަބުރުގެ ގާނޫނުގެ ދަށުން ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އެ ސްޓޭޝަން ތިން ފަހަރެއްގެ މަތިން ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފަ އެވެ. އެންމެ ފަހުން އިއްޔެ ޖޫރިމަނާކުރީ 500،000ރ އިންނެވެ.
ޖޫރިމަނާތަކުގެ މައްސަަލަތަކުގައި ރާއްޖެ ޓީވީން ވަނީ ބްރޯޑްކާސްޓިން ކޮމިޝަނާ ދެކޮޅަށް ވެސް ދައުވާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެންޓަލިސްޓް
09 October 2017
ރާއްޖޭޓީވީ ރޯކޮއްލުމާޢި ގުޅިގެން އެކަމުގެ ގެއްލުމުގެ ކައްފާރާއެއްގެގޮތުގައި ވަރަށްބޮޑުއަދަދެއްގެ ކޮންޕެންޒާޝަންއޮންނާނެ ރާއްޖެޓީވީގެ ހިއްސާދާރަކާޢި ހަވާލުކުރެވިފައި ،، މިކަންހިނގާފައިއޮންނާނީ ލަންކާގައި ،،، ފައިސާދިންފަރާތް މިވަގުތު ހުރީ އާންމުންނާޢި އެހެންބައްދަލުވާހިސާބެއްގައިނޫން ،، ހަމައެކަނި އާޢިލާއާޢި ލޯޔަރުން ބައްދަލުވާނީ ،،، މީއަޅެދޮގެއްތޯ ރިޕޯޓަރުން އައްސަވާބަލަ ރާއްޖޭޓީވީ ބޮޑުންކައިރީ ،،، އެހެންވީމައި މިހާރު ދެން ކޮންދައުވާއެއްތޯ ތިޔަކުރައްވަނީ ،، އޭރުގެ ސީޕީ ރިޔާޒްވެސް މިހާރު އެހުންނެވީ އެހެންގަލަކަށް އަރުއްވައިގެން ،،، އިސްކޮޅުނުޖެހޭ ހިސާބުގައި ،، ދެން އެތަން ރޯކުރަން ކޮންޓްރެކްޓްއުސޫލުން ބޭނުންކުރި މަނާ ފުއްތަކަށް ހުކުމްކޮއްގެން ކޮންފައިދާއެއްތޯ ވާނީ ،، ސިޔާސީވެރިން އެސޮރުމެން ފައިސާގެ އަޅުންނަށް ހަދާ ހުރިހާ ޖަރީމާއެއްހިންގަނީ ،،، ވަރަށްވެދުން
ޕޮގުބާ
09 October 2017
ރާ ޓީ ވީ އަކީ ދިވެހިރާއްޖޭގަ އުފެއްދި އެންމެ. ދޮގުޚަބަރު ފޮނުވާ ޓީ ވީ އެހެންވެ މަގުބޫލު ކަންލިބެނީ
އެހެންވިޔަސް
09 October 2017
އެއްވެސް ވަކި ފަރުދަކަށް އެއްވެސް މިހަކަށް އެއްޗަކަށް ނުވަތަ ތަނަކަށް ، އަދަބު ނުވަތަ ގެއްލުމެއްނުދެވޭނެ، އެކަމަށް ފިޔަވަޅު އަޅަން ތަންފީޒީ އިދާރާތަށް ހުރޭ، ރަލަކަސް ފެނަކަސް އަލިފާނަކަސް،
ނަސީރު
09 October 2017
ވީ ޓީވީއަށް ގެއްލުންދިން ކޯލިޝަން ކުދިންނަށް ދައުވާކޮށްދިނުމަށް ތި ދައުވާގެ ފަހަތުގައި ލިޔެދީބަލަ ރ ޓީވީ ކުދިންނޭ
މަގޭޓީވީ
09 October 2017
ރާއްޖެޓީވީ އަކީ ވަރަށްގިނަބަޔެއްގެ މަގްބޫލްކަން ހޯދައިފާވާ ވަރަށް ބަލާހިއްވާކަހަލަ ޕްރޮގްރާމް ގެނަސްދޭބަޔަކެވެ. އެކަމަކު ސަރުކާރުން ރާއްްޖެޓީވީ ދެކެނީ ރައްޔިތުންނާއި ސަރުކާރު ޖައްސާބަޔެއްކަމަށް. ވީމާ ލައިސަންސް އުވާލުން ވަނީކައިރިވެފައިއެވެ.
ބޭނުމީ
09 October 2017
އެއްބަޔަކު ބޭނުމީ ސަނާ ސަނާ ހަމައެކަނި ސަނާ ، އެކަމު ރައީސް ޔާމިން ބޭނުން ފުޅެއްނޫ އެފަދަ ސަނާ އެއް ، ބޭނުން ފުޅީ ކަމެއް ކުރެއްވުމަށް ފަހު ސަނާ
ޕޮކަންޑިމޭން
09 October 2017
ކޯލިޝަން ޕާޓްނަރު އަދީބްގެ މައްޗަަކަށް ނުކުރޭތަ؟