މީރާ: އާމްދަނީ ދަށްވީ ޓޫރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ މުއްދަތު އިތުރު ކުރުމުން ކަމަށް މީރާއިން ބުނޭ .---މިހާރު ފޮޓޯ
12 އޮކްޓޯބަރ 2017 - 11:22
މިދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ ލިބުނު އާމްދަނީ ދަށްވެއްޖެ އެވެ.
މީރާ އިން އާންމު ކުރި މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު މީރާ އަށް ލިބިފައިވަނީ 989 މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން 663 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނީ އެމެރިކާ ޑޮލަރުންނެވެ. އެއީ 43 މިލިއަން ޑޮލަރެވެ. އެއީ މިދިޔަ މަހު ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ 10 ޕަސެންޓް ދަށް އަދަދެކެވެ. އަދި މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ލިބުނު އާމްދަނީއާ އަޅާ ބަލާއިރު ވެސް 10 ޕަސެންޓް ދަށް އަދަދެކެވެ.
މީރާ އިން ބުނި ގޮތުގައި ލަފާކުރި އަދަދަށް ވުރެ އާމްދަނީ ދަށްވީ ޓޫރިޒަމް ދާއިރާ އިން ދައުލަތަށް ލިބޭ ބިމު ކުލީގެ ގޮތުގައި ދައްކަންޖެހޭ މުއްދަތު މި މަހުގެ ފުރަތަމަ ދުވަހާ ހަމަ އަށް އިތުރު ކޮށްފައި އޮތުމުންނެވެ.
އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ލިބުނު އާމްދަނީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އެވެ. އެއީ 47 ޕަސެންޓެވެ. ދެން ހިމެނެނީ ޓޫރިޒަމް ލޭންޑް ރެންޓާއި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބުނު ފައިސާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިދުރީސް
13 October 2017
ކުބާ ދެން ޖޫރިމަނާގެ ގޮތުގައި ރައްޔިތުން ފެލާލާގެން ހޯދާ ލާރިގަނޑު.
އުމަރު
12 October 2017
މީރާއަށް ދެން ލިބޭ އާމްދަނީ ދަށްވާނެ، އޭގެ ދިރާސާއެއް ކޮށްލުމުން އެނގޭނީ، އެއީ ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރި ނެގިގެންދިއުން، ހިދުމަތުގެ އަގުބޮޑުވުން، ކޮރަޕްޝަން އިތުރުވުން ބިދޭސީންގެ ވިޔަފާރި ގިނަވުން
ފޮނިކަލޯ
12 October 2017
ސުބުހާނަﷲ މިޖުނީ އަނެއްކާ އަނެއްކަންތަކާ އަޅުގަނޑު މެންކަހަލަ ކަންމަތީ ވިޔަފާރި ކުރާތަންތަނުން މީރާގެ ޓާގެޓުގައިވާގޮތުން ކޮންމެ ތިންމަހަކުން 1 ލައްކަ ރުފިޔާ މީރާއައް ދައްކަން މަޖުބޫރު ވާނެޔޯ