ޚަބަރު / ކަރެކްޝަނަލް ސާވިސް

އަބްދުﷲގެ މަރާ ގުޅިގެން ކުރާ ތުހުމަތުތަކަށް ޖަވާބެއް ނެތް!

އަބްދުﷲ ރަޝީދު: އޭނާ މަރުވީ ކަރެކްޝަންގެ އިހުމާލުން ކަމަށް އާއިލާއިން ބުނޭ---

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް ގ. ކީމާ، އަބްދުﷲ ރަޝީދު މަރުވީ އޭނާ އަށް އެކަށީގެންވާ ބޭސްފަރުވާ ފޯރުކޮށްދޭން ކަރެކްޝަނަލް ސާވިސް އިން އިހުމާލުވުމުގެ ސަބަބުން ކަމަށް ބުނެ އާއިލާ އިން ސީރިއަސް ތުހުމަތުތަކެއް ކުރަމުންދާއިރު ވެސް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މި މައްސަލާގައި ވާހަކައެއް ނުދެއްކި އެވެ.

މީގެ ދެ އަހަރު ކުރިން، 2015 ގެ މެއި އެއް ވަނަ ދުވަހު ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ފަސް އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ، 51، މަރުވީ އެތެރެހަށީގެ ބައްޔަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަނިކޮށް މިދިޔަ ހޯމަ ދުވަހެވެ.

އުމުރުން 22 އަހަރާއި ފަސް އަހަރާ ދެމެދުގެ ފަސް ކުދިން ހިމެނޭ އަބްދުﷲގެ އާއިލާ އިން ގަބޫލުކުރާ ގޮތުގައި އޭނާ މަރުވީ ކަރެކްޝަންގެ އިހުމާލުންނެވެ. ބަލި ހާލަތު ސީރިއަސްވަމުން ދިޔަ އިރު ވެސް ފަރުވާ ނުދީ މާ ބޮޑަށް ލަަސްކުރި ކަމަށް އާއިިލާ އިން ބުނެ އެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އަބްދުﷲ ހޮޑުލައި ބޭރަށް ހިންގުމުގެ އިތުރުން ގޮޅި ތެރެއަށް ދެތިން ފަހަރަށް އަނބުރައިގަނެގެން ވެއްޓުމުން ފަރުވާދީފައި ނުވާ ކަމަށް އާއިލާ އިން ބުންޏެވެ. ހޯމަ ދުވަހު ވެސް ގޮޅިތެރެއަށް އަނބުރައިގަނެގެން ވެއްޓުމުން މާލެ ގެނެސް ފަރުވާ ދޭން ފެށިއިރު އިންފެކްޝަންގެ ސަބަބުން އަބްދުﷲގެ ދެ ކިޑްނީ އާއި ފުއްޕާމޭ ފޭލްވެފައިވާ ކަމަށް އާއިލާ އިން ބުނެ އެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހަކު މަރުވީ ބޭސްފަރުވާ ފޯރުކޮށްދިނުމުގައި އިހުމާލުވުމުގެ ސަބަބުން ކަމަށް ތުހުމަތުކުރާއިރު ވެސް މި މައްސަލާގައި ކަރެކްޝަނަލް ސާވިސް އިން ވާހަކައެއް ނުދައްކަ އެވެ. މިކަމާ ގުޅޭގޮތުން އެ މުއައްސަސާ އަށް ގުޅުމުން ވެސް ޖަވާބެއް ނުދިނެވެ.

މިއީ، އިންސާނީ ހައްގުތައް ރައްކާތެރިކޮށްދިނުމުގެ ގާނޫނީ ޒިންމާ މަތިކޮށްފައިވާ، ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ބަލަން ޖެހޭ މައްސަލައެކެވެ. އެކަމަކު މި މައްސަލާގައި އެ ކޮމިޝަނުން ވެސް މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެ އެވެ.

އަބްދުﷲގެ މަރާ ގުޅޭގޮތުން ކުރާ ތުހުމަތުތަކާ ގުޅޭގޮތުން ސުވާލުކުރުމުން އެޗްއާރުސީއެމުން ބުނީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ. އިތުރު އެއްވެސް ތަފްސީލެއް ނުދިނެވެ.

ރަޝީދުގެ މައްޗަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އައީ މިދިޔަ އަހަރެވެ. އޭނާގެ މައްޗަަށް ހުކުމް ކުރީ އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކުގައި ފުލުހަކު މަގުމައްޗަށް ވައްޓާލައި، ބޮޑެތި އަނިޔާތަކެއް ދިން މައްސަލައިގަ އެވެ.

11 ކޮމެންޓް, 61 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 89%
icon angry icon angry 2%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިންޞާފުގެ ތަރާޒު

19 February 2019

މަރުޙޫމް ޢަބްދުﷲ އަށްވެސް އިންޞާފު ލިބެން ޖެހޭނެ

The name is already taken The name is available. Register?

ކެކެ

27 October 2018

މިކަހަލަ ކަންކަން ހިނގަނިކޮށް ރާއްޖެއަށް ދުވަހަކު ހަމަޖެހުމެއް ނައަންނާނެ. ޤާނޫނު ދަމަހަށްޓާ ބޯލަނބަން އަދި ބޯލަންބަން ތިބޭފަރާތްތަކުން އެއާ ޚީލާފުވީމަ ދެން ކޮންހަމައެއް ލަމައެއް.

The name is already taken The name is available. Register?

ނުސިޔާނު

13 October 2017

ނުސިޔާނު ގޮތަކަށް މީހަކު މަރުވުމަކީ އެއްބަޔަކަށް ލިބޭ ބޮޑު އުފަލަކަށް ވެސް އެބަ ވޭ ވިއްޔާއެވެ.

The name is already taken The name is available. Register?

ސޭބެ

13 October 2017

މަރަށް މަރު ހިފާ އިންޖެކްޝަން ކޮބާހޭ... ވަރުގަދަ އިންޖެކްޝަނެއްތާ ތީ ދޯ. ޔާމީން މަރަށް މަރު ހިފާނީ ދެން އޮތް ދައުރެއްގަ އުތަ؟ މީ މީހުން މަރާ ދައުރު. ދެން އޮތީ މަރަށް މަރުހިފާ ދައުރު. މީހުން މަރަމުން މަރުހިފަމަކުން ނުދެވޭެތާ އުތަ؟

The name is already taken The name is available. Register?

‫ރާބިޔާ

13 October 2017

އަޅުގަނޑު ރަޝީދުގެ އާއިލާއަށް ޔިޔަލިބުނު ހިތާމައިގައި ނައިވެރިވަން އަދި ﷲ ގެ ހެޔޮތަހުމަތުން އަނެއްދުނިޔޭގައި ބައްދަލުބުމުގެ ހެޔޮނަސިބް ލެއްވުމަށްއެދި ދުއާކުރަން , ދެން އަލުގަނޑު ވަރަށް ހިތާމަކުރިން އެމަރްޙޫމްގެ ޖަނާޒާއަށް ދިޔަ ސިޔާސީބޮޑުންގެ މަދުކަމުން ... ދިވެހިން އަލުންބަލުން އެބަޖެހޭ އިންސާނިއްޔަތަށް ލޯބިކުރަން ދަސްކުރަން , ހަމްދަރުދީވާން ދަަސްކުރަން , އެލޯތްބަކީ މުޅި އެކްޒިސްޓަންަަްސް އަށް ވާންޖެހޭ ލޯތްބެއް , އެއީ ޕްރިޑެންޓް ކުރެވޭކަމެށްނޫން .. އެއީ އިހްސާސްއެްއް .. އަޅުގަނޑުގެ ދުއާއަކީ އެންމެން އެކަކު އަނެކަކު ދެކެލޯބިވެ ޖޯއީއާއި ހެޕިނަސްގައި އުޅުން ...

The name is already taken The name is available. Register?

ހަސަނު ބަސަބނު

12 October 2017

ޖަލުގައި 7. މަގުމަތީ 29 ގެއްލުނު 2؟ (ސުމައިދު ފަދަ) ގޮްތްނޭގެ ސުއިސައިޑް (5؟) 50 ވުރެ މަތީގައި.! ގައުމު އަތުޖައްސަން ބޭނުން ބަޔަކު އެބައުޅޭތަ؟

The name is already taken The name is available. Register?

ޖޯރޭ

12 October 2017

ޖަލަށް ހުކުމް ކުރާއިރު އެހުކުން މަރުގެ ހުކުމަަކަށް ބަދަލުވެ ނުހައްގުން މީހަކު މެރިކަމުގެ ޒިންމާ ނަގަންޖެހިދާނެތީ ބިރުގަންނަ ބަޔަކު އެބަ އުޅޭތަ؟ ބަލާބަލަ

The name is already taken The name is available. Register?

ސސސސ

12 October 2017

ހަތް 7 މީހުން ޖަލުގައި މިދައުރުގައި މަރުވެއްޖެ. އެއީ މަގުމަތިން މަރާލި 29 ނުލާ. ރާއްޖޭގައި ގަތުލާ ގޮތްނޭގެ މަރު އެންމެ ގިނަ ދައުރު. އެއިން އެއްވެސް މަރެއްގެ މޯޓިވްއެއް ހޯދިފައެއްނެތް. މޯޓިވް ނޭގި މާޜޑަރ ކޭސްތައް ހުކުމް ކޮށް ނިންމާލާ ހަމައެކަނި ގައުމަކަށް ރާއްޖެ ވެގެން މިއުޅެނީ ކާކު ފޮރުވަން؟

The name is already taken The name is available. Register?

ކުލީ ފުލުސް

12 October 2017

ކޮބާތޯތިބުނާ ބޮޑެތި އަނިޔާތަށް ލިބުނު ފުލުސް؟ ހަމަޢާއިލާޔައެކީ ހެވިފަ!

The name is already taken The name is available. Register?

ޔަގީން

12 October 2017

މިމައްސަލަ ބެލޭނެ ދުވަހެއް އަންނާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454