މެމްބަރު އަމީތު: ސަރުކާރުން ބޮޑެތި އަދަދުތަކުން ލޯނު ނަގަމުން ދާތީ ފާޑު ވިދާޅުވި-- މިހާރު ފޮޓޯ: ހުސެން ވަހީދު
17 އޮކްޓޯބަރ 2017 - 18:53
އެކި މަޝްރޫއުތައް ހިންގުމަށް ކަމަށް ބުނެ ސަރުކާރުން "ލޯނުގެ މައްޗަށް ލޯނު ނަގާއިރު" ގައުމު މިހާރު ވަނީ އެތައް ޖީލަކާ ހިސާބަށް ދަރަނިވެފައި ކަމަށާއި އެ ފައިސާ ދެއްކުމުގެ ގާބިލްކަން ގައުމުގެ މާލިއްޔަތުގައި ނެތް ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.
ޖުމްހޫރީ ޕާޓީގެ އޮފީސް ހުންނަ މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން ވާހަކަ ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ލޯނު ނަގައިގެން ކުރިއަށް ގެންދާއިރު، އެ ލޯނު އަނބުރައި ދެއްކުމަށް ގައުމުގެ އިގްތިސާދުގައި ފުދުންތެރިކަން ހުރީ ކިހާމިންވަރަކަށް ބަލަން ޖެހޭ ކަމަށެވެ.
އޭނާ މިހެން މި ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން މިހާރު ޔޫއޭއީއަށް ކުރައްވާ ދަތުރުފުޅުގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް މަޝްރޫއަށް އަބޫދާބީ ފަންޑާ އެކު ލޯނު އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވައިފަ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އަބުދާބީ ފަންޑުން ގާތްގަނޑަކަށް 50 މިލިއަން ޑޮލަރުގެ ލޯނެއް ލިބުން އެކަށީގެންވެ އެވެ.
އަމީތު ވިދާޅުވީ ހުޅުލޭގައި އާ ރަންވޭ އެޅުމަށާއި އެއާޕޯޓު ޓާމިނަލް ހެދުމަށް ވެސް 900 މިލިޔަން ޑޮލަރު ހަރަދުވާއިރު އޭގެ 90 ޕަސެންޓަކީ އެކި ގައުމުތަކުން ނަގާފައިވާ ލޯނު ފައިސާ ކަމަށެވެ.
އޭނާ ވިދާޅުވީ އެތައް ސަތޭކަ މިލިޔަން ޑޮލަރުން ނަގާ މި ލޯނު ފައިސާ އަނބުރާ ދައްކަން ޖެހޭނީ ކުރިއަށް އޮތް ސަރުކާރުތަކުން ކަމަށާއި އެކަމަކު ގައުމުގެ މާލިއްޔާތުގައި އެ ފައިސާ ދެއްކޭނެ ފުދުންތެރިކަން ނެތް ކަމަށެވެ.
އެއާޕޯޓުގެ ބިޔަ މަޝްރޫގެ އިތުރުން، މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖާއި ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތްތަކާއި ހައުސިން ޔުނިޓުތަކާއި ރާއްޖޭގައި އަޅާ އެންމެ ބޮޑު ހޮސްޕިޓަލް، ދަރުމަވަންތަ ހޮސްޕިޓަލުގެ މަޝްރޫއު ވެސް ކުރިއަށް ގެންދަނީ އެތައް ސަތޭކަ މިލިޔަން ޑޮލަރަކުން ލޯނު ނަގައިގެންކަން އަމީތު ފާހަގަކުރެއްވި އެވެ.
"މިހާރު ވެސް އަޅުގަނޑުމެންގެ ދައުލަތް މި ވަނީ ދަރަނިވެރިވެފައި. އަޅުގަނޑުމެން ބަލަން އެބަޖެހޭ ކިހާވަރެއްގެ އަގެއް އަދާކޮށްގެންތޯ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ކުރިއަށް މިގެންދަނީ. މި ފަދަ ބޮޑެތި މަޝްރޫއުތަކުގެ 90 ޕަސެންޓަކީ ލޯނު ފައިސާ ކަމަށްވާއިރު އެތައް އަހަރުތަކެއް ވާންދެން އޭގެ އަގު އެބަ އަދާކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
އަމީތު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރާއިރު އަދި ސަރުކާރުގެ މެނިފެސްޓޯ ޕްރޮމޯޓް ކުރާއިރު އަބަދުވެސް ދައްކަނީ ތަރައްގީގެ ވާހަކަ ކަމަށާއި އެކަމަކު އެކަން ކުރަނީ ކިހާވަރަކަށް ދަރަނިވެރިވެގެންކަން ނުބުނާ ކަމަށެވެ.
"މި ބޭފުޅުން އަބަދު ވެސް ވިދާޅުވަނީ އެއާޕޯޓުގައި ރަންވޭއެއް އަޅައި އާ ޓާމިނަލެއް އެބަ އަޅަމޭ، 7،000 ހައުސިން ޔުނިޓް އަދި ބްރިޖް އަޅަމޭ. މި ވާހަކަތައް ދައްކާއިރު ސަރުކާރުގެ އިސްވެރިން ވިދާޅެއް ނުވޭ، މި ކަންކަން ކުރަނީ ކިހާވަރަކަށް ދަރަނިވެރި ވެގެންތޯއެއް. އެކަން އާއްމު ރައްޔިތުންނަށް އެބަ އެނގެން ޖެހޭ." ކުރިން ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އަމީތު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުގޯލި
18 October 2017
ލޯނު ނަގާނީ ލޯނުދެއްކޭވަރުގެ މީހުން އިދިކޮޅުކުދިން ބީރުގަންނަންޏާ ވާހަކަނުދައްކާ މަޑުންތިބޭ. ފިރިހެންދަރިންގެ ގޮތަކީ ކެރިގެން ކަންކަމާކުރިމަތިލުން ސާބަސްރައީސް . މިގޮތަށްކޮސްގޮވާ މީހުންގެ ވާހަކަ އަޑުއަހާނެ ކަމެއްނެތް.
ދޮންދީދި
18 October 2017
ވިސްނުމުގެ ކޮށިކަމާ.... ހަމަ އެންމެ ރަނގަޅީ ޙަބަރު ކިޔަން
މަރިޔަމް
18 October 2017
ތީ ދެން ކާކު ދެން ލޯނުގެ ވާހަކަ ދައްކަން ހަމަ ހަމަ ހަމަ އަންނަނީ ހިނި ހިނި ހިނި ހިނި ނޫނީ ސަރުކާރާ ތޮޅެން ގޯ ހޯމް އެން ސްލީޕް
އުނބުށެން
18 October 2017
ކިތަންމެ ވަރަށް ލޯނު ނެގިޔަސް ބޭނުންވާ ކަންކަން ވަންޏާ ނިމުނީނޫންހޭ އަހަރެމެން އެލޯނު ދައްކާކަށް ނުޖެހެޔޭ މުސްކުޅިޔަކު އަހަރެންގާތު ބުންޏެވެ. މިއީ ބައެއް މީހުންގެ ވިސްނުން ހުރިގޮތެވެ. އެފަދަ ވިސްނުން ހުރި ބަޔަކު ތިބިއްޔާ ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރިޔަސް ވަރިހަމަ ނޫންހެއްޔެވެ.
ހަސަނީ
18 October 2017
ތިދައްކާވާހަކަ އަޑުއަހާނެ ބަޔަކުނެތް މިގައުމާއި ރައްޔިތުންގެ ހާލަތު ދަނީ ދުވަހެއް ދުވަހަކަށްވުރެ ކުރިއަށް އެކަން މިގައުމުގައި ތިބި މަދު ބަޔަކު ގަބޫލު ނުކުރިޔަސް ގިނަ މީހުން އެކަން ގަބޫލުކުރޭ
ކަނބުރު
18 October 2017
ކަލޯ ސިކުނޑި އިންތާ އަނެއްކާ ވަޅުގަނޑުއެބައިންތަ...
ޢަމީނު
17 October 2017
ޙަހަހައް.... ކޮބަ ލަދު... އެކައްޗެއްވެސް ނޭގޭ ކަމާއެވެ.
ހުސޭނުބެ
17 October 2017
ކަލެއަށް ކޯޗެއް އެނގެނީ!! ކަލޭތީ މިހާރު ބޭކާރު އަގަނއެއް!!
ސޮކްތެރެޕީ
17 October 2017
ތީ ފީކަޅާ ކޯލިޝަނެއް.
އަތްފުނާ
17 October 2017
ކަލޭ ތިހެން ނުބުންޏަސް ރައްޔިތުންނަށް އެނގޭ ތިކަން.އަމިއްލަ ފަރުދުން ބޭންކުތަކުން ނަގާ ލޯނު ނުދެއްކިގެން އެވާހަކަ ދައްކަބަލަ